ހުޅުމާލޭ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ސިއްހީ ޚިދުމަތްތެެރިން މަސައްްކަތް ކުރަނީ. ރާއްޖޭން އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް ވުރެ މަތިވެފައި
25 ސެޕްޓެމްބަރ 2020 - 22:43
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްްވި މީހުންނާ އެކު ރާއްޖޭން އެބަލި ޖެހުނު މީހުންގެ ޖުމްލަ 10،000 އަށް ވުރެ މަތިވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެ ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަަދަކީ 75 އެވެ. އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 10،014 އެވެ.
މިއަދު އަލަށް ޕޮޒިޓިވް 75 މީހުންގެ ތެރެއިން 53 މީހުންނަކީ ދިވެހިންނެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށީ މިދިޔަ ޖުލައިމަހުގެ ފަހުކޮޅުގަ އެވެ. އެ ބަލި ފެތުރުން ކޮންޓްރޯލްކުރަން ރާއްޖޭން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށީ އޭރުން ފެށިގެންނެވެ. ރާއްޖޭން މިހައިތަނަށް އެބަލީގެ ކޭސްތައް އެންމެ ގިނައިން ފެނުނީ މިދިޔަ އޮގަސްޓްމަހު އެވެ.
މި މަހު ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް ސިއްހީ މާހިރުުން ވިދާޅުވެފައި ވަނީ ކޮވިޑްގެ ކޭސްތައް ފެންނަ ވަރު މަދުވިޔަސް ރާއްޖެ އަދި ގްރީން ޒޯނަށް ނުދާ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ، ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު އިންޑިކޭޓާސްތަކަށް ބަލާއިރު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ކޮޮމިއުނިޓީ ސްޕްރެޑެއް އޮތީ މާލޭގައި އެކަނި ކަމަށް ވިޔަސް އެބަލީގެ ކޭސްތައް ރާއްޖޭގެ 26 ރަށަކާއި 15 ރިސޯޓަކުން ވެސް ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިއަށް
26 September 2020
ކައިރީގަ ކޮވިޑް އެންމެ ގިނަ ގައުމުން މުދާ ގެނައުން އިތުރުކުރީ. މިއީ ކޮވިޑަށްވެސް ގޮތަކުން ލިބޭ ކުރިއެރުމެއް.
ޒަމީރު
26 September 2020
ރަނގަޅު ތާ ދޯ ގައުމައް އެހީ ލިބޭނެ ، އޭގެ ވެސް ބޭނުން ހިފާނީ ވެރިން
ރަބަރު
26 September 2020
ލަންކާ 3333 ރާއްޖެ 10000 ހުރަސްކުރީ. ރާއްޖެއަކީ މި ބަލި އެންމެ ފަސޭހައިން ކޮންޓްރޯލު ކުރެވޭނެ އެއްގައުމު. އެކަމަކު އެހެންނުވި. ހުރިހާކަމެއްގެ ތެރެއަށް ވަންނަ އަދި ހުރިހާކަމެއް މާމޮޅަށް ދަންނަ މީހުން ގިނައީ. ޑޮކްޓަރުންގެ ސިއްހީ ދާއިރާގެ އަތްމައްޗަށް މިކަން ދޫކޮށްފަ އެމީހުންގެ ނިންމުންތައް ތަންފީޛު ކުރާ ބަޔަކަށް ތަންފީޛީ އިދާރާވިނަމަ އުފާވެރި މަންޒަރު ފެނިގެންދިޔައީސް. މާމޮޅު މީހަކު މިގައުމުގައިއުޅޭ. ޢުޤައިލަށްވުރެ ވެސް މޮޅު. ފައްކާ ރޯނުއެދުރެއް.
ޕުރޮފިޝަރު ނަޖީލު
26 September 2020
ރާއްޖޭގައި ދިހަ ހާސް މީހުނަށް ކޮވިޑް ނުޖެހޭނެ ކަމަށް އެހެން މީހަކު ބުނި ތަ؟ އަދި ވެސް ޖެހޭނެ އެވެ. ޖެހިފައި ތިބޭނެ ވެސް މިއެވެ.
އަޙްމަދު އަލި ދީދީ
26 September 2020
މި ޤައުމުގައި ސަރުކާރެއް އެޗް.ޕީއޭ އެއް ނެތްނަމަވެސް ވީހީ މިހާކަށްވަރު.
ސަަމާސާ
26 September 2020
ތިއީވެސް އެއްގޮތަކުން ސަރުކާރުގެ ވެރިން އުފާކުރާނެ ކަ މެއް އެއީ ދިހަހާސް ފަހަނަ އެޅު މަކީ އަނެއްކާ އިތުރައް ފައިސާ ރާއްޖެއައް ލިބޭނެކަ މެއްކަ މައްވަނީ..
ހހ
25 September 2020
އުގައިލް ބުނިހެން މިވީ
ރަދީފު ބިން ރަފައިދާ
25 September 2020
މިއޮތީ ޕުރޮފެސަރ އުގޭލު ބުނިނަންބަރަށް އަރާފައި. ކޮވިޑު ހަމަފެށުނުތަނާ 10،000ގެ ނަންބަރު އެމަނިކުފާނު ބުނުމާއެކު މިތަނުގާވެސް އެމަނިކުފާނާދިމާއަށް ނުގޮވާކަށް އެއްޗެއް ނެތް.
1235
26 September 2020
10000 މީހުން މަރުވާނޭ ބުނީ
މަމޮޅު ރަދީފު
26 September 2020
އުގައިލްއަކީ އޭނާގެ ފަންނުގަ މޮޅު މީހަކަށްވުމަކީ ހުރިހާކަ މަކަށް މޮޅުވު މެއް ނޫން ކޮވިޑްކަންކަން ކުރިއައް ލަފާކުރަންވެސް އުނދަގޫކަ މަކަށްވެގެން އުޅޭއިރު ތިބުނާ ސްޓެޓިސްޓިކްތައް ލަފާކޮށް ނެރުނަސް އެ ދި މާނުކުރެވިގެން އެން މެންވެސް ތެޅިބާލަނީ ބުނަން މިއުޅެނީ މިހާވެސް ނިކަ މެތި ބަޔަކޭ އިންސާނުންނަކީ.
ހަނދަން1
26 September 2020
އުގެއިލް ބުނީ 10000 މީހުން މަރުވާނެ ވާހަކަ. 2 ލައްކަ މީހުންނައް ޖެހި
ސިކުނޑި
26 September 2020
ނަމުގެ ކުރިޔަށް ޕްރޮފެސަރު ކިޔަނީ ކޮންމެވެސް ކަމަކުދޯ؟
ްއަދުރޭ
26 September 2020
އެއީ ދިވެހިންގެ މައްސަލައަކީ.. ނަޝީދު ވެސް އެކަހަލަ އެެއްޗެއްބުނި...
ޢަމަލް
26 September 2020
އުގައިލް ވިދާޅުވީ 10000 މީހުން މަރުވާނެ ކަަމަށް ލަފާ ކުރެވެއޭ ނޫންތަ!