ޓެގްގެ މެމްބަރު ޑރ. ޝަހީދު: ގެސްޓްހައުސްތައް ހިންގާ ރަށްރަށަށް ޚާއްސަ ހާލަތްތަކުގައި ދަތުރު ކުރިޔަސް، ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/އެޗްއީއޯސީ
29 ސެޕްޓެމްބަރ 2020 - 00:16
ގެސްޓްހައުސް ހުންނަ ރަށްރަށަށް ޚާއްސަ ހާލަތްތަކުގައި ދަތުރު ކުރިޔަސް، ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދު ކޮށްފައި ހުންނަތާ ހަ މަސް ފަހުން އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު ގެސްޓްހައުސް ހުންނަ ރަށްރަށަށް އާންމުން ދަތުރު ކުރުމަށް އެނބުރި ރަށަށް ދިއުމުން ކަރަންޓީން ވާންޖެހޭ ގޮތަށް ސަރުކާރުން އެކުލަވާލި އުސޫލުގައި އޮތުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނޭ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވީ ގެސްޓްހައުސް ހުންނަ ރަށްރަށަށް ދަތުރު ކުރާ މީހުން ކަރަންޓީން ވާން ޖެހޭ ޖެހުމަށް ޚާއްސަ ހާލަތްތަކުގައި އިސްތިސްނާ ލިބޭނެ ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ދާ މީހުންނާއި އެހެން ޒަރޫރީ ބޭނުންތަކުގައި ދާ މީހުން އެނބުރި ރަށަށް ދިއުމަށް ފަހު ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ ބޭނުުންތަކުގައި ދިޔަޔަސް، އާންމު ތަންތަނަށް ދިއުން މަދު ކުރުން މުހިންމު ޝަހީދު ވިދާޅުވި އެވެ.
"ޑޮކްޓަރަށް ދައްކަަން ނުވަތަ އެހެން ވެސް ޒަރޫރީ ކަންތައްތަކުގައި ދަތުރުކުރާ ނަމަ ކަރަންޓީން ވާކަށެއް ނުޖެހޭނެ. އެކަމަކު ނަގަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާނެ. މިސާލަކަށް އެގޮތަށް ގޮސް ހުންނައިރު އެރަށެއްގެ މީހުންނާ ނުވަތަ ޓޫރިސްޓުންނާ ބައްދަލު ކުރާއިރު ފިޒިކަލް ޑިސްޓެންސިން ބެހެއްޓުން އަދި އެރަށަށް ދާ ނަމަ އަބަދުވެސް މާކްސް އަޅައިގެން އުޅެން ޖެހޭނީ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެސްޓްހައުސް ހުންނަ ދެ ރަށެއްގެ ދެމެދުގައި ދަތުރު ކުރިޔަސް، ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި އަދި އެއް މެނޭޖްމަންޓުން ހިންގާ ރިސޯޓްތަކުގެ ދެމެދުގައި ދަތުރު ކުރުމުގެ ފުރުސަތު އޮޮންނާނެ ކަމަށެވެ. އެކަމަކު ގެސްޓްހައުސް ހުންނަ ކޮންމެ ރަށެއްގައި މާސްކް އެޅުން މަޖުބޫރުވާނެ ކަމަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ވަނުމުގެ ހުއްދަ ފަތުރުވެރިންނަށް ނޯންނާނެ ކަމަށް ވެސް ޝަހީދުު ވިދާޅުވި އެވެ.
"ވީހާ ވެސް ރަށުގައި ދިރިއުޅޭ މީހުންނާ އިންޓަރެކްޝަން މަދުކުރަން ޖެހޭ. އެގޮތުން މީހުން އުޅޭ ގޭގެއަށް ވަނުން ހުއްދައެއް ނުވާނެ ޓޫރިސްޓުންނަށް." އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން އެނބުރި ގައުމަށް ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ. އޭގެ ބޭނުމަކީ އެ ރަށެއްގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް ޝަހީދު ވިދާޅުވި އެވެ.
ގެސްޓްހައުސްތަކުގައި މުވައްޒަފުން ޚިދުމަތް ދޭން ޖެހޭނީ ވަކި ޔުނިފޯމެއްގައި ތިބެގެން ކަމަށާއި އެނބުރި ގެއަށް ދިއުމުގެ ކުރިން މުވައްޒަފުން ފެންވެރޭނެ އިންތިޒާމް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވާ މީހުން ބައިތިއްބަން ކޮންމެ ރަށެއްގައި ވަކި ފެސިލިޓީއެއް ހުރުން ލާޒިމްވާނެ ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
"މީހަކު ޕޮޒިޓިވް ވެއްޖިއްޔާ ގެސްޓްހައުސްއަކު ނުބެހެއްޓޭނެ. ނުވަތަ ކޮންޓެކްޓްވާ މީހުން ވެސް ގެސްޓްހައުސްއަކު ނުބެހެއްޓޭނެ. މިގޮތަށް ހެދީމަ ގެސްޓްހައުސްގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންނަށް ވެސް ރައްކާތެރިކަން ލިބިގެންދާނެ." ޝަހީދު ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ ގެސްޓްހައުސްތަކަކީ ރަށްރަށުގެ ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ވިޔަފާރިތަކަކަށް ވާތީ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން އެ ހުއްދަ މިވަގުތު ދެވެން އޮތީ ޚާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން ކަމަށާއި އެކަން ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގައި ހުރި ކޮވިޑް ޓާސްކްފޯސްތައް ވެސް އެބަޖެހޭ ވަރަށް ބޮޑަށް އެކްޓިވްވެ، އެޗްޕީއޭއާ އެކު ކޯޑިނޭޓް ކޮށްގެން ގެސްޓްހައުސް ވިޔަފާރި ފެށިގެން ދާއިރު މިކަން މޮނީޓާކޮށް މިނިސްޓްރީއަށް އަންގަމުން ގެންދަން." އޭނާ ވިދާޅުވި އެވެ.
އައްސަދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތައް ހުޅުވަން ކޮންމެ ރަށަކަށް ވެސް ހުއްދަ ދޭނީ އެ ރަށެއްގެ ހާލަތަށް ބަލައިި، އެ ރަށެއްގެ ކައުންސިލުން ރުހޭ ނަމަ އެވެ. ކައުންސިލުން ހުއްދަ ދިނުމުން ގެސްޓްހައުސްތައް ހުޅުވޭނީ ޓޫރިޒަމް މިނިސްޓްރީއަށް ވަކިން ހުށަހެޅުމަށް ފަހު ކަމަށާއި އަދި ގެސްޓްހައުސްތަކުން ވެސް ރައްކާތެރިކަމުގެ އެސްއޯޕީތަކެއް އެކުލަވާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެސްއޯޕީއާ އެއްގޮތަށް އެތަނެއްގައި ކަންކަން ހުރިތޯ ބެލުމަށް ކައުންސިލްތައް މެދުވެރިކޮށް އިންސްޕެކްޓް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކިވަކި ގެސްޓްހައުސްތަކުގެ އެސްއޯޕީއެއް އަޅުގަނޑުމެން ނަގާނަން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްތޯ އޮތީ ބަލާފައި ދެން ފޮނުވާނީ ކައުންސިލަށް އިންސްޕެކްޓް ކުރުމަށްޓަކައި." އޭނާ ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ އަލަށް އެކުލަވާލި އުސޫލުތައް ހިނގާނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ގެސްޓްހައުސްތަކަށް ކަމަށާއި އާންމުން ތިބުމަށް ކުއްޔަށް ދޫކުރާ ގޭގެއަށް އެ އުސޫލު ނުހިނގާނެ ކަމަށެވެ. އެކަމަކު އާންމުން ތިބޭ ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަ ދީފް ހުސެން
29 September 2020
އެއްބައްޔައް އެތައް 1،000 ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުސޫލެއް. މިބަލީގެ މޮޅުކަމަކީ ބައްޔައް ދަނެގަވެ ހާއްސަ ހާލަތްތަކާ އާން މު އުސޫލުވެސް. ގައު މެއްގެ ހިންގުންތެރިކަން ސިޔާސީވާނީ މިހާކައްވަރައް.
ގެސްޓްހައުސް
29 September 2020
27 ސެޕްޓެމްބަރުގަ މިކަމާ ގުޅިގެން މިނޫހުގައިި ޖެހިއާޓިކަލަށް އަހަރެން ލިޔުނު ކޮމެންޓްގައި އަހަރެން ބުނިގޮތަށް ވެފަމިއޮތީ. އެއްވެސް ކަމެއްގަ ހަރުދަނާކަމެއް ނެތްތަން އަނެއްކާވެސް ފެނިގެން މިދިޔައީ.
ހޮޓްކިންގ
29 September 2020
އެއްފަހަރު ބުނާނެ ޖެހޭނީ ކަރަންޓީނުވާށޭ. އަނެއްފަހަރު ބުނާނެ ނުޖެހޭނޭ ކަރަންޓީނުވާކަށް. ދުވާލު ދެއިރު ބޯ ބޭހެއްހެން ސިޔާސަތު ބަދުލުވީމާވެސް އެނގޭކަމަކީ އެއްވެސް ގޮތަކަށް ވިސްނާފައި ކަނޑައަޅާ ސިޔާސަތުތަކެއް ނޫންކަން ތިއީ. ހަމަ ތިބެލޭފައި ކަމެއް ނިންމަނީކަން. މީހުންނަށް އިންތިހާއަށް ދިރިއުޅެން ދަތިވެ ދިރިއުޅުން ފުނޑިގެން ދާއިރުވެސް ރައްޔިތުންނަށް ލުއިދީ ގައުމު ހިންގަން ނޭނގުމަކީ މައްސަލައެއް.
ޖުލައި
29 September 2020
ގެސްޓުހައުސް އޮޕަރޭޓު ކުރަން ފެށުމުން، މާލެއިން ގެސްޓުހައުސް ހުންނަ ރަށްރަށަށްދާ ދިވެހިން ކަރަންޓީނު ވާން ޖެހުމަކީ ޖޯކެއް. ދިވެހިންނަށްވެސް ކޮވިޑް ޓެސްޓު ހަދާފަ ނެގެޓިވްނަމަ ރަށަށްގޮސް ކަރަންޓީނު ވާންނުޖހޭގޮތަށް ތިއުސޫލު ބަދަލު ކޮށްދީ. ގެސްޓުނަށް ރަށުތެރޭގަ ބޭނުންތަނެއްގަ އުޅެވެންޏާ ދިވެހިންނަށްވެސް ކަރަންޓީނު ނުވެ އުޅެވޭނެ ގޮތަށް ތި އުސޫލު އޮންނަންވާނީ.
ޢަލީ343
29 September 2020
ގެސްޓް ހައުސް ހުއްޓަސް ނެތަސް ރައްޔިތުން ބަންދުކޮސްގެން އުޅުން ނިމުމަކަށް ގެންނަން ވެއްޖެ. ބަންދުކޮށްގެން އުޅުން ރަނގަޅު ސިޔާސަތެއްނޫން ކަން ސްވިޑެން އިން އެއޮތީ ސާބިތުކޮށްދީފައި
ހަކީމް
29 September 2020
ނިންމުންތަށް ނިންމާއިރު ދާއިރާގެ މީހުންނާ ވާހަކަދައަކައިގެން ކުރިއަށް ގެންދިއުން މުހިންމު. ސްވިންޗެއް އޮން ކޮއްފަ ނިއްވާހެން ޑިސިސަން ނެގީމަ ކަންކަން ކުރަން ވަރަށް އުނދަގޫވާނެ. ގެެސްޓް ހައުސް ހިންގުމަކީވެސް ކުޅޭ ކުޅިވަރެއް ނޫން. ވަރަށް ގިނަކަންކަން ރާވަން ޖެހޭ ... އެމީހުންނަށް ގެސްޓް މީހާ ވަރަސް މުހިންމުވާނެ.
ދޯބެ
29 September 2020
އާއްމުން އުޅޭތަންތަނަށް ޓުއަރިސްޓުން ވަނުން މަނާ... ޓުއަރިސްޓުންނަށް ފިހާރަތަކަށް ވަދެވޭތޯ އަހާލަ ބަލަ @ މިހާރު ނޫސް.
އަހަންމާބެ
29 September 2020
މަސައްކަތް ކުރަން ރިޒޯޓް ތަކުގަ އުޅޭ މީހުންނައް ލުޔެއް ދީބަލަ.ކިހާ ބޮދުވެއްޖެ ކަމެއްތަ މީ.
ތިލަދުންމަތި ކުޅަދުމަދު
29 September 2020
ކެނޑިގެންގޮސް ގޭގަ އޮތީ މަވީނުންދޯ...
އަހަންމާބެ
29 September 2020
މަސައްކަތް ކުރަން ރިޒޯޓް ތަކުގަ އުޅޭ މީހުންނައް ލުޔެއް ދީބަލަ.ކިހާ ބޮދުވެއްޖެ ކަމެއްތަ މީ.
ލެއްގި ކޮމިޝަނަރ
29 September 2020
ވަރަށް ރަނގަޅު ނިންމުމެއް. ހާއްސަ ހާލަތްތަކުގަ އަބުދުއްﷲ ޝާހިދު ހުއްދަ ލިބުނީމަ ދެން ކޮވިޑް 19 ނުޖެހޭނެ.