ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: ގަވާއިދެއް އުވާލުމުން އޭނާގެ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައި.
29 ސެޕްޓެމްބަރ 2020 - 10:50
ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވާ ކަން އޭސީސީގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.
ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ޚިލާފަށް ކަމަށެވެ. މިއީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދަން ކުރެއްވި ކަމެއްގެ ތުހުމަތާ އެކު އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އެދިފައިވެ އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެކި ވިޔަފާރިތަކުގައި އެންމެ އިސްކޮށް ހަރާކާތްތެރިވާ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ. ގާތްގަނޑަކަށް 64 ވިޔަފާރިއަކުން ނަހުލާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވެ އެވެ.
މި ގަވާއިދު މިނިސްޓަރު އުވާލެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 16 ގައި ގެޒެޓްކުރި ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވަ އެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކަންބޮޑުވުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ވެސް މިނިސްޓަރަށް ތަކުރާރުކޮށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މަތީގައި ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ،" މައްސަލައިގެ ލިއުންތަކުގައިވެ އެވެ.
އެކަން ތަފްސީލްކޮށްދޭން ހަވާލާދީފައި ވަނީ ކޮރަޕްޝަންގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އެވެ. އޭގައި ބުނެފައި ވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާގެ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަކީ ކުށެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިމާރުލް ވަތަން
30 September 2020
މިނިސްޓަރުކަން މުއްސަނދިންގެ އަނބިންނަށް ދިނީމާ ވާނީ ތިހެން. އެމަންޖެ މިހާރު ހުންނާނީ ފުދިފަ. މީހަކު ބުނާ ބަހެއް އަހާކަށް ބޭނުންމެއް ނުވާނެ.
ލާލުފަރީ
30 September 2020
އެންޓަނާ ވަޒީރު. އުޑެއް ބުޑެއް ނޭގޭ މީހުން ވަޒީރުންނަށް ލީމަ ވާނީ ތިހެން. ގައުމު ދާނީ އެންޓަނާ އާ ދިމާއަށް. ދެންވެސް ތިހެން ތިބި ވަޒީރުން ބޭރުކުރަންފެނޭ އަވަސްވާ ގޮތަކަށް.ނޫނީ މުޅި ރާއްޖޭގައި އެންޓަނާ ޖަހާފާނެ. ތީ އެންޓަނާ ވަޒީރު.
ހުސެން
30 September 2020
ރާއްޖޭގައި ނަންހިނގާ ބޮޑެތި ގާތްގަނޑަކަށް 64 ވިޔަވާރިއަކުން ސޮއިކޮށް މިފަދަ ތުހުމަތެއް ނުކުރާނެ މިކަމުގައި ނަހުލާ ގޯހެއް ހަދާފައިނުވާނަމައެއް، މީ ހަމަ ކޮމަންސެންސް، ތިޔަކަމެއްގެ އަޑީގައި ހުރީ ބުރުމާއެއްނޫންބާ! ކިތަންމެމަތީ މަގާމެއްގައި ހުރިނަމަވެސް ފިރިމީހާގެ ނުފޫޒުނުފޯރާ ހިސާބަކަށް އަނބިމީހާއެއްނުދާނެ
ali
29 September 2020
ތިޔަ ވިޔަފާރި ވެރިން ތިއުޅެނީ އަދިވެސް މުދަލައް ފައިދާ ލެވޭވަރު މަދުވެގެން. ސާބަހޭ މިނިސްޓަރ
ހާމިދު ޝާހިދު
29 September 2020
ގާސިމް ގެ އަނބިކަނބަލުން ގެ ރައުސްމާލުގައި އޮތީ އެންމެ 6000 ރުފިޔާ ކަމަށް ދައްކަނީ ސްޓޭޓްމެންޓުން. މިހާރު ބޭންކް ސްޓޭޓްމެންޓް ނެގިނަމަވެސް ފެންނާނީ ހަމަ މިއަދަދު. ދެން ކިހިނެތް އެކަމަނާ ނާޖާއިޒް ގޮތެއްގައި ފައިސާތަކެއް ހޯދިކަން ހޯދާނީ. ތިކަންދާނީ އެންމެ ފަހުން ތޮޅިއަށް. ޒީރޯޓޮލަރެންސް ސަރުކާރުގެ ހާލަތަކީ މިއީބާ.
އިދުރީސް2
29 September 2020
މުދާ އިމްޕޯޓު ކުރާ ފަރާތަތަކުން ނަގަމުން އަންނަ ފީތައް ކަޑާ ލެވުނަސް މުދަލުގެ އަގުން އެންމެ ލާރިއެއްވެސް ހެޔޮ ނުވާނެކަން ޔަގީން. ދެން ތިޔަ ކަމާ އަހަރުމެނާ ވާ ކޮން ބެހޭ ކަމެއް. ޕެޑުން ޓެކްސް ކަނޑާލީމާ އަގުހެޔޮވި؟ އިމްޕޯތް ޑިއުޓީ ކުޑަ ވި އެއްވެސް ފަހަރަކު އެއްވެސް މުދަލަކުން އަގު ހެޔޮވިކަމެއް ނުދެނަހުރިން!
އައްޔަ
29 September 2020
ޑީއޯ ޗާޖް ބޮޑުކުރީމާ ހުރިހާ ގެއްލުމެއް ރައްޔިތުމީހާއަށް
ޢޭންޖަލް
29 September 2020
ވަކި ކުރަންވެފަ ހުރި ވަޒީރެއް. މިސަރުކާރުން މީހުންގެ މޫނަކަށް ނުބަލަމޭ ބުންޏަސް އެއީ ހަގީގަތެއް ނޫން. އެތައް ކަމެއް ނުފޫޒުން، ބާރުގެ ބޭނުން ކޮށްގެން ކުރާ ވަޒީރެއް. މައްސަލަ ލިޔަސް ނުވެސް ބަލާ ރައީސް އޮފީހަކުންވެސް
ހަސަނު23
29 September 2020
ބޭނުން ބަޔަކަށް ބޭނުންކަމެއް ނުކުރެވޭތީ ނަހުލާ އާއި ހަސަދވެރި ވަނީ ދޯ...
މަންޖެ
29 September 2020
މިއީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި ހަޑިތައް ލައްފިލުވާ ލައިގެން ސާފުކުރަން ވަޑައިގެންނެވި ބޭފުޅާގެ ހާލު. ދެރަވަރު ދެރަ ފެންވަރުގެ ހަޑިމުޑުދާރު އަމަލު ފެންނަނީ.
ޙަބީބު
29 September 2020
ދެންވެސް ވޯޓުލާ ކުރިންވެސްބުނިންދޯ މިދުވަސް އަންނާނޭ ކޮބާ ބާރުދުވެލީގަ ވަމ މުންދިޔަ ތަރައްގީ
ރުޅި
29 September 2020
މީނާ ވީ މިނިސްޓަރުކަމުން ވަކިކުރަން. މިއޮށްބޮޑު މިނިސްޓްރީ އެއްވެސް ތަޖްރިބާއެއްނެތް މީހަކަށް ދީގެން ފަސްއަހަރު ދުއްވާލުން އެއީ ރައްޔިތުންނަށް ދެވޭ ބޮޑު ދެރައެއް. އެ ދާއިރާ ދަންނަ ކިޔަވައިގެންހުރި ހިންގުން ތެރިއަކުލީމަނަމަ ނަތީޖާ ފެންނާނެ.