ޚަބަރު / ޖިންސީ ކުށުގެ ބިލް

ޒިޔާދާގެ މަރު: ފިރިމީހާ ޖަލަށް ލުމުން ދަރިފުޅު ގެއިން ނެރެލައިފި

ޒިޔާދާގެ ދެ ފިރިހެން ދަރިން: ޒިދާން އިބްރާހިމް ހުސައިން އަދި ޒިޔާން އިބްރާހިމް ހުސައިން

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ޒިޔާދާ ނައީމް ރޭޕްކުރިކަން ސާބިތުވެ އޭނާގެ ފިރިމީހާ ޖަލަށް ލާން މިއަދު ހުކުމް ކުރުމާ އެކު، ޒިޔާދާގެ ހަގު ފިރިހެން ދަރިފުޅު ޒިޔާން އިބްރާހިމް ތިނަދޫގައި އުޅޭ ގެއިން ނެރެލާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ޒިޔާދާގެ ތިން ދަރިންގެ ތެރެއިން ދެ ވަނަ އަށް ހުންނަ ޒިޔާން، 20، ބުނީ ބައްޕަ އާއި ދޮންމަންމަ އުޅޭ ގެއިން ނުކުންނަން އެންގީ ބައްޕަ އަށް ކުރި ހުކުމަށް ފަހު ކޯޓުން ނުކުމެ ފޯނުކޮށްފައި ކަމަށެވެ. ޒިދާން ބުނީ މިހާރު އޭނާ ހުރީ ރައްޓެއްސެއްގެ ގޭގައި ކަމަށެވެ.

ޒިޔާން ބުނީ ކަނިފުށި މޯލްޑިވްސް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާ، ކޮވިޑްގެ ސަބަބުން ގެއްލި ބައްޕަ އާއި ދޮންމަންމައާ އެކު އުޅެނިކޮށް މިއަދު ކުރި ހުކުމަކީ، އަނިޔާތަކުގެ ސަބަބުން މަރުވި މަންމަ އަށް އިންސާފު ލިބުނު ނިންމުމަކަށް ވިޔަސް އެ ހުކުމާ އެކު އަނެއްކާވެސް އިތުރު ހިތްދަތިކަމެއް ވެސް ލިބުނީ ކަމަށެވެ.

"މިއަދު ބުނެފި ގެއިން ނުކުންނާށޭ. ކޮންމެހެން ބައްޕަ ނުހުންނަ ތަނެއްގަ ޒިޔާނަކަށް ނުހުރެވޭނެއޭ. ދެން އައިސް ރައްޓިއްސެއްގެ ގޭގަ މިހުރީ،" ޒިޔާން ބުންޏެވެ.

ޒިޔާދާގެ ނުރުހުމުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ގުޅުން ހިންގައި އަދި އެކަމުގެ ތެރޭގައި އަނިޔާވިކަން ސާބިތުކުރުމަށް، ޒިޔާދާ އޭނާގެ ދަރިންނަށް އެ ހާދިސާއާ ބެޙޭ ގޮތުން ދެއްކި ވާހަކަތަކާއި ކޮށްފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ޒަޔާން ބުނީ ބައްޕަ ތިން އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން، އޭނާ މަގުމަތިކުރި ނަމަވެސް އަބަދުވެސް ބޭނުންވީ މަންމަ އަށް އިންސާފު ލިބުން ކަމަށެވެ. އުމުރުން 17 އަހަރުގައި މަންމައާ ވަކިވާން ޖެހުނު އިރު މަންމައަށް ތަހައްމަލުކުރަން ޖެހުނު ވޭން އެނގޭ ކަމަށާއި އަބަދު ވެސް މަންމައަށް އިންސާފު ބޭނުންވާ ކަމަށް ބުންޏެވެ.

ހުކުމާ ގުޅިގެން "މިހާރު" އާ ވާހަކަދައްކަމުން ޒިޔާދާގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހިމް ހުސައިން، 22 ބުނީ މަންމަ އަށް އިންސާފު ހޯދައިދޭން މި ސަރުކާރުން ވައުދުވި ނަމަވެސް އިންސާފު ލަސްވަމުން ދިއުމުން ކަންބޮޑުވި ކަމަށެވެ. ނަމަވެސް ސަރުކާރު ފެއިލް ނުވާކަން އެނގިއްޖެ ކަމަށާއި މިއަދުގެ ހުކުމަކީ އިންސާފުގެ ފެށުން ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ތިން އަހަރު ވެސް އަސްލު މަދު. އެކަމަކު މިއީ އިންސާފުގެ ފެށުން ކަމަށް މި ބަލަނީ. ބޭނުންވަނީ މަންމައަށް ލިބުނު އަނިޔާއަށް ފުރިހަމަ އިންސާފު،" އަމިއްލަ އާއިލާއެއް ފަށައި މިވަގުތު ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ ޒިދާން ބުންޏެވެ.

ޒިޔާދާގެ ދަރިން: ޒިދާން، ޒިދާން އަދި ޒިއުނީ

"އެންމެ ފުރަތަމަ ވެސް ވަރަށް ޕްރެޝަރު އައި. އެކަމަކު ދުވަހަކު ވެސް ޕޮލިހަށް ދިން ބަޔާން ބަދަލެއް ނުކުރަން. އައި އޯލްވޭސް ސްޓިކް ޓު އިޓް. މިއީ އޭގެ ނަތީޖާއަށް ވެސް ވެދާނެ،" ޒިދާން ބުންޏެވެ.

ބަނޑޮސް މޯލްޑިވްސް އަދި މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގައި ފޮޓޯގްރާފަރެއްގެ ވަޒީފާ އަދާކުރާ ޒިދާން މިވަގުތު ލަންކާގައި ހުރީ ކޮވިޑް-19ގެ ސަބަބުން ގުޅިގެން ވަޒީފާ މެދުކެނޑުމުން އަންހެނުންނާއި ދަރިފުޅާ އެކު އެވެ.

އޭނާ ބުނީ އަންހެން ކޮއްކޮ ވެސް ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން ލަންކާ އަށް ބަދަލުކުރާނެ ކަމަށެވެ.

"ހީކުރިން މަންމަ ނިޔާވީމާ އާއިލާ އިން އަހަރެމެން ބަލާނެ ކަމަށް. އެކަމަކު އެހެނެއް ނުވި. ދެން އުޅޭނީ ތިން މީހުން އެކީ އެކަނި ބަޔަކާ ނުޖެހި،" ޒިދާން ބުންޏެވެ.

MEEHUN: Ziyadha ge huvafen thakaa eku dhoshee dharifulhu aa feshumakah

MEEHUN: Ziyadha ge huvafen thakaa eku dhoshee dharifulhu aa feshumakah

The most trusted news source in the Maldives

Mihaaru

މީގެ ކުރިން ޒިދާން މިހާރު އަށް ދިން އިންޓަވިއުއެއް

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް މިއަދު ހުކުމް ކުރީ ރޭޕްގެ މައްސަލައިގަ އެވެ. ދެން ހުރި ދައުވާތައް ވެސް އަދި ކުރިއަށް ގެންދާނެ އެވެ.

24 ކޮމެންޓް, 357 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 84%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯކު

03 October 2020

3 އަހަރު ރޭޕްކުރީމަ މީ ޖޯކެއް. ޢިންސާފައް ހުރަސްއެޅުން. ކޯޓުތައް ގާނޫނު ހަދާ މަޖިލިސް އަށް ލަދުވެތި. ބާކީ ހުރި ދައްވާ އަވަސް ކުރައްވާ. ޢިންސާފު އިންސާފު ބޭނުން

The name is already taken The name is available. Register?

ލުތުފީ

03 October 2020

ދައުލަތުން ކުރި ހުކުމަކާ ގުޅިގެން ދަރިން ގެއިން ނެރެލުމަކީ، ޝާހުގެ ފާރާތުން ފެނިގެންދިޔަ ގޯސްސިފައެއް. މިކަމުންދޭހަވަނީ ޝާހުއަކީ ރަހުމްކުޑަ މީހެއްކަން.

The name is already taken The name is available. Register?

ޖިންޓޫ

04 October 2020

ގަހަށް ނެތް ކުލުނެއް މަލަށް ވަކި ހުންނާނެތަ؟

The name is already taken The name is available. Register?

ބޯއިސްްްްް ް

02 October 2020

ތިންކުދިން އެކުގައި އުޅެ ރީތި އާއިލާތަކެއް ފައްޓަވާ. އަދި އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވޭތޯ 3 ދަރިންވެސް މަސއަކަތް ކުރޭ.

The name is already taken The name is available. Register?

ކޮއިފުޅު.

02 October 2020

ކޮއްކޯ ހިތްވަރު ގަދަކުރޭ. ﷲ ތަޢާލާ އެކި މީހުންނަށް މެދުވެރި ކުރައްވާނީ އެކިގޮތް. މަންމަގެ މައްޗަށް ގިނަގިނައިން ހެޔޮ ދުޢާކުރާތި. މަންމައަށް މިއަދު މަންފާކުރާނީ ތިޔަކުދިންގެ ދުޢާއިން. އިންޝާ ﷲ.

The name is already taken The name is available. Register?

ޕޮގުބަ

02 October 2020

ތިވަރުގެބޮޑު އަނިޔާއެއްކޮއްފަ މަންމަ މަރާލި މީހަކަށް 3 އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރުމަކީ އިންސާފް ލިބުނުކަމަކަށް ގަބޫލެއް ނުކުރަން ޒިޔާދާގެ ދަރިފުޅު ގެއިންނެރެލުމަކީ ޒިންމާދާރުކަންކުޑަ ފިނޑިޢަމަލެއް ޒިޔާދާގެ 3ކުދިންނަ ދުނިޔޭގަ ދިރިއުޅެވޭނެ ރަގަޅު ގޮތްތަށް މިންވަރު ކޮއްދެއްވާށި

The name is already taken The name is available. Register?

ށ. އަތޮޅު މީހާ

02 October 2020

މަށަށް ރޮވިއްޖެ! ތިކުދިންގެ ހިތްވަރަށް ސާބަސް ދެން. މަންމަގެ ފުރާނައަށް ސުވަރުގެ އެދެން!

The name is already taken The name is available. Register?

ގުއިދައިތަ

02 October 2020

"ދެން އުޅޭނީ ތިން މީހުން އެކީ އެކަނި ބަޔަކާ ނުޖެހި،" ޒިދާން ބުންޏެވެ. މިޖުމްލައިން އަހަރެންގެ ހިތް ފަޅައިގެން ހިނގައްޖެ. އެކަމަކު ތީ ވަރަށަ ރަނގަޅު ނިންމުމެއް. ތިޔަގޮތުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވަން. މާތް ﷲ ތިތިންކުދިންނަށް އެންމެހާ ހެޔޮގޮތްތައް މެދުވެރި ކުރައްވާށި. އަދި ތިކުދިންގެ މަންމައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ސަލީމް

02 October 2020

ހިތްވަރު ގަދަކުރައްވާތި..އަހަރެމްން މިތިބީ ތިޔަކުދިންގެ މައްމަގެ ހައްގުގައި ތިޔަކުދިންނާއެކު..

The name is already taken The name is available. Register?

ޙަބީބު

02 October 2020

ސަރުކާރުފޭލިވެއްޖެ މާބޮޑައްވެސް 3 ޢަހަރަކީ މަން މަގެ ފުރާނަޔާ އެދިން ލޯތްބައް އޮތް އަގުކަ މުގަވާނަ މަ ބަރަވެލި ފޫޅުގަނޑެއްގެ އަގު ސަރުކާރުން ތިޔަ އަދާކޮއްދިނީ އިންސާފަކީ މަރައް މަރު އެއީ އަގަކީވެސް އެއައްވުރެ ދައްއަގަކައް މަން މަގެ ފުރާނަ ޔައް ދިނީ މަ އިންސާފު ލިބުން ކަ މައްބުނެ ސަރުކާރައް ތައުރީފު ކުރު މަކީ މަން މަދެކެ ހަގީގީ ލޯބިވާ ދަރިޔަކު ނުކުރާނެ ކަ މެއް

The name is already taken The name is available. Register?

އާންމުމީހާ

02 October 2020

3 އަހަރު ވީ ދޯ.. 3 އަހަރު ކުރީގަ ވެރިކަމުގަ އޮތީ ކޮން ބައެއްބާ.. އަހަރުމެން މިހާރު އެމީހުން ވެރިކަމުން ދުރުކޮށްފީމޭ... ކޮއްކޮއަށް މި ގައުމުގެ ވާނުވާ އެބަ އިނގޭތަ.... ހުވާ މިކަހަލަ ބޯގޯސް މީހުންނާ ހެދި އެހެން މީހުންގެ ބޯ ހަލާކު...

The name is already taken The name is available. Register?

އެހުކުމް

03 October 2020

އަދި އެބައޮތް ދެ މައްސަލަ. އެޔާއެކު ގިނަ އަހަރަށް ހުކުމްކުރާނެ.

The name is already taken The name is available. Register?

އަންދު

02 October 2020

ބައްޕަ އާއި ދޮންމަންމަ އުޅޭ ގެއިން ނުކުންނަން އެންގީ ބައްޕަ އަށް ކުރި ހުކުމަށް ފަހު ނުކުމެ ފޯނުކޮށްފައި ކަމަށެވެ. ފޯނު ކުރި މީހެއް ސާފެއް ނުވި؟

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454