ވަހީދު: ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އައުން ހުއްޓުވީ ކުރީގެ ރައީސް ޔާމީން ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
18 އޮކްޓޯބަރ 2020 - 23:43
ބޭރު ގައުމުތަކުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތް ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ އައުމާ އެކު، ޑިމޮކްރަސީގެ ނަމުގައި ހިންގާ ކަންކަމުގެ ތެރެއިން ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އަންނަމުންދާ ކަމަށެވެ. އެފަދަ ތަޖުރިބާ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ކުރެއްވި ކަމަށާއި އެ ނުފޫޒުތައް ދުވަހަކަށް ވުރެ އިތުރުވަމުން ދަނިކޮށް އެކަންކަމަށް ޖާގަ ދެއްވުން ހުއްޓާލެއްވީ ޔާމީން ކަމަށް ވަހީދު ވިދާޅުވި އެވެ.
"އެ ނުފޫޒުތައް، އެ ނުރައްކާތެރި ހަރަކާތްތައް ހުއްޓުވާލެއްވި ބޭފުޅަކީ ރައީސް ޔާމީން،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ބޭރުގެ ބައެއް ގައުމުތަކުން ޔާމީންއާ މެދު ހިތްހަމަނުޖެހެނީ ވެސް އެ ގައުމުތަކުގެ ނުފޫޒުތަކަށް ޔާމީން ޖާގަ ނުދެއްވާތީ އެވެ. ދިވެހިންނަކީ އަވަށްޓެރި ގައުމުތަކަށް އިހްތިރާމް ކުރާނެ ގައުމެއް ކަމަށާއި އެކަމަކު ރާއްޖޭގެ މިނިވަންކަން ނަގާލަން އެއްވެސް ގައުމަކަށް ފުރުސަތު ނޯންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެހީވެދީ، އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމަށްޓަކައި މަސައްކަތްކޮށްދޭ ކޮންމެ ބަޔަކީ އަޅުގަނޑުމެންގެ ރަހުމަތްތެރިން، އަޅުގަނޑުމެންގެ އަޚުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ގައުމުގެ މިނިވަންކަމާ ތޮޮޅެން އުޅޭ ކޮންމެ މީހަކީ އަޅުގަނޑުމެންގެ ހަތުރުން. އެ މީހުން ދަންނަންޖެހޭ ދިވެހިންނަކީ ހަމަ ބަލަހައްޓައިގެން ތިބޭނެ ބައެއް ނޫން ކަން." ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން އެތައް ގައުމަކުން ރާއްޖެ ބޭނުންވާ ކަމަށާއި މިހާތަނަށް ވެސް މިިނިވަން ދަމަހައްޓަމުން އައީ ކާބަފައިންގެ މަސައްކަތުން ކަމަށެވެ. އެ މިނިވަންކަން ދެމެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށާއި އަދި ބައިބައިވުމާއި ހަމަނުޖެހުމަކީ މިނިވަންކަން އެންމެ ފަސޭހައިން ގެއްލިގެންދާނެ ސަބަބު ކަމަށާއި އެކަން ތާރީޚުން ވެސް ފެންނަން އެބައޮތް ކަމަށް ވަހީދު ވިދާޅުވި އެވެ.
"ޕޯޗުގީޒުންނަށް ދިވެހިރާއްޖެ އަތުލެވުނީ ވެސް ރާއްޖޭގެ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން. ރާއްޖޭގެ ވެރިކަމުގައި އޮޮތް ތަޅާފޮޅުމުގެ ސަބަބުން. ރާއްޖޭގައި ސިޔާސީ ހަމަނުޖެހިގެން އުފެދި، އަޅުގަނޑުމެންގެ އަޚުންގެ މެދުގައި ދެކޮޅުވެރިކަން ބޮޑުވާ ކޮންމެ ވަގުތަކީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ފަހަރެއް." ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ނަމުގައި ހިންގާ ކަންކަމުގެ ސަބަބުން ގާތް ގުޅުން ނެތިގެންދާ ދިއުން ހުއްޓުވަން ޖެހެ އެވެ. އެއާއެކު ސިޔާސީ ވާދަވެރިންނަށް އަނިޔާވެރިވުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ގައުމީ ދުވަސް ފާހަގަ ކުރާއިރު ޔާމީން ނުހައްގުން ޖަލުގައި ހުންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ވަހީދު ގޮވާލެއްވީ ސިޔާސީ ވާދަވެރިއަކަށް ވިޔަސް، ޔާމީނާ މެދު އިންސާފު ގާއިމްކޮށް ޔާމީން މިނިވަންކޮށް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާރާސްކޯރު22
19 October 2020
ބޭރުގެ ނުފޫޒްގެވާހަކަދައްކަން ކަމުދާމީހެއްތޯމި ވަހީދަކީ؟
މަނިއްޕުޅު
19 October 2020
ބޭރުގެ ނުފޫޒަށް ޖާގަ ދެއްވުން ހުއްޓާލެއްވީމާ ވީގޮތަކީ ގޮޅިން ޖާގަލިބުނީ ؟؟؟
ީހށނ
19 October 2020
ވަގުން އުޅޭނީ އެހެން. ތަހުޒީބު ބަޔަކާއެކު ނުއުޅޭނެ، ނޯތުކޮރެއާ ގެ ވެރިންވެސް އުޅެނީ ވަކިން. މުޅިގަުމުގަ ތިބެނީ ވެރިމީހާގެ އަޅުން.
ނަމެއްނެތް
19 October 2020
ޙަޤިގަތަކީ ޔާމީނު ވެރިކަމުގައި އެެކަނި ބޭރުގެ ނުފޫޒުގެ ސަބަބުން ރާއްޖެއިން ސަބަބެއްވެސް ނުބުނެ ޒަމާންވީ ގުޅުން އޮތް މުސްލިމް ދެ ޤައުމާ ގުޅުން ކަނޑާލީ . މިދައްކަނީ ޤަތަރާ އީރާނުގެ ވާހަކަ، ސުވާލަކީ މިކަންކަން މިހެން ހިނގުމުން ބޭރުގެ ނުފޫޒު ކަނޑާލީއޭ އަނެކައްޗެކޭ ކިޔޭވަރުގެ ބައެއް ނޫން ތީކީ
ސަންޕަ ހަސަންފުޅު
19 October 2020
ޗައިނާއަށް ދަރާފައި އޮންނަހިނދަކު އެބައިމީހުންގެ ނުފޫޒުއޮންނާނެ. ފޮނިނުކަނޑާ! އިންޑިޔާއަށް ދަރާފައި އޮންނަންޏާ އެމީހުންގެ ނުފޫޒުވެސް ހަމަ މިތާއޮންނާނެ. ވަހީދު ޅަވީމާ އަދި ކަންކަން ދާ އާޖުފާޖުގަނޑު ނޭންގިގެން ތިއުޅެނީ.
ސާރުބާރު
19 October 2020
ހަޤީޤަތަކީ އެއީ... ޤަބޫލުކުރަން ކިތަންމެ ދައްޗަސް.. ކިތަންމެ ކެޔަސް. ޔޫރަޕް މީހުން ލަދުވެސް ގަންނާނެ. މިހައި ކުޑަ ތަނެއް އެމީހުންގެ ކައިރިޔަށް ނުގޮސް 5 އަހަރު ހޭދަކޮށްލީ... މިހާރު އެހިފަނީ ބަލަދު.
އަލަޑަބިޔާ
19 October 2020
ޔޫރަޕު ޓޫރިސްޓުން ދޭ ޑޮލަރާ އިއުރޯގަ ހިފާކަށް ލަދެއްނުގަނޭ ދޯ!؟ ޔޫރަޕު މީހުން އެބައުޅޭތަ ޔާމިނު އައި ވަހީދު ދައްކާ ވާހަކައަކަށް ލަދުން ނޫނީ ބިރުން!؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
19 October 2020
އާދެ. ޔޫ.އެން ( ނުފޫޒް ހުއްޓާލީ ހެޑް އޮފް ސްޓޭޓުންގެ ޖަލްސާއަށް ހަމް ހިލާ ނުގޮސް. ކޮމަންވެލްތް ( ނުފޫޒް ހުއްޓާލީ ކޮމަން ވެލްތްއިން މުތުލަގަށް ވަކިވެގެން. ) ތީ އަހަރުމެނަށް ޑަކުޓަރަކު ކިއާނުދެއްވިއަސް ވަރަށް ސާފް ކަމެއް ނުފޫޒުގެ "ފާނޫޒު" ނިވުނީ އެސްކްރޯ ވެގެން މަނީ ލޯންޑަރ ވެގެން.
ވަރަށް ކުރުކޮށް
19 October 2020
ޔާމީނަކީ ލާރި ހިތި ވެރިކަމަށް ބޫތު ެަނިޔާވެރި ރަހުމު ކުރާ ޑިމޮކްރެސީ ނުދަންނަ ވެރިޔެކެވެ.
ވިލޫ
19 October 2020
ޔާމިން އިސްބެސްޓް
ރިކަވަރީ
19 October 2020
ޥަހީދު ތިހުރީ މުސާރަދީފަ ތިޒާތުގެ ދެކޮޅު ނުޖެހޭ ވާހަކަ ދެއްކުމަށެވެ އެންމެނަށްވެސް އެނގޭ ޔާމީނަކީ ގޭޙަރުގަ އެއްލާ އޮވެ ތާސްކުޅޭ މީހެއްކަން ޔާމީނު ގޭގަ ބާއްވައިގެން ގައުމު ހިންގީ އަދީބު ދެން އެ ޙަޤީޤަތް އޮޅުވާ ނުލެވޭނެ
މޫސާ މިނިކް
19 October 2020
ޔާމިންއަކީ ތަރައްގީގެބާނީ
ޖޫލިއާ
19 October 2020
ނާދޮގެއް؟ ޗައިނާގެ ނުފޫޒުގެ ތެރެއަށް ގައުމު އޭރު ވަހީދުއާއި ޔާމީން ވިއްކާލީ! މިއަދު ނަޝީދު އަދި އިބޫ އިންޑިޔާގެ ނުފޫޒު ގެ ތެރެއަށް ގައުމު ވިއްކާލަނީ! ކީއްވޭ؟؟ ކީއްވެ؟ ފައިސާ އާއި ސިޔާސީ ބާރާއި މައްޝޫރުކަމުގެ ދަހިވެތިކަމުގަ! މިހާރު ފެންނަ އެއްވެސް ސިޔާސީ މީހެއްގެ ގައުމު ދެކެ ލޯބި ވުމެއް ނެތް! ވަހީދަކީ ވެސް އަމިއްލަ އާއިލާ އަށް ފުރަތަމަ އިސްކަން ދޭމީހެއް! މިސާލަކަށް ވަހީދުގެ ފިރިހެން ދަރި!
ސޯލިހް
19 October 2020
ވަހީދުއިސްބެސްޓް