މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲ
24 އޮކްޓޯބަރ 2020 - 13:52
އައިޗީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލަަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އިއްޔެ ހެނދުނު މޫދު އަޑީގައި މަަރުވެފައި އޮއްވާ ފެނުނީ ގދ. ވާދޫ މުހައްމަދު ސިދުރަތުﷲ، 31، އެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ފާހަގަވުމުން އެ މައްސަލަ އޭނާގެ އާއިލާ އިން ވަނީ އެޗްއާރުސީއެމް އާއި ކަމާބެހޭ އެހެން މުއައްސަސާތަކަށް ހުށަހަޅައިފަ އެވެ.
އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމަށެވެ. އެކަމަކު ތަހުގީގު ހިނގަމުންދާތީ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ފުލުހުން ވަނީ މަރުވެފައި އޮތް މީހާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ވެސް ނިންމައިފަ އެވެ. އެއީ އޭނާ މަރުވީ ގުދުރަތީ މަރަކުން ކަން ކަށަވަރު ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.
މަރުގެ ތަހުުގީގަށް ފުލުހުން ވަނީ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުން، އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާއިލާ
25 October 2020
މީ ހްމަ ސީދާ ބޮޑު ދޮގެއް. މިއީ މިރަކީ ގުދުރަތީ މަރެއްކަމަށް ރައްޔިތުންނަށް ޔަގީން ކޯށްދޭންވެގެން ރާވައިގެން ކޮށްފައިވާ ކަމެއް.
ކާސިންޖީ
25 October 2020
ތިތަނުން މައްސަލަ ބަލަން ނިންމީ ކޮންކަމަކައް ބަލާފަތަ، ނުނީ ހުރިހާތަނަކައް ސީ އުންދުޅި ކޮއްޕަނީތަ ކުރާނެކަމެއްނެތިގެން.
އިބްތިހާލް
24 October 2020
ރަނގަޅައް ބަލާތި ރަސްފަންނާ މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ އުފެދިފަވާ ގަލެއްފުރޮޅާތި ނުފުރޮޅާ ގަލެއް ނުބާއްވާތި ބަލާފަ ނޫސްވެރިންނާ ދުވަހަކުވެސް ހޮއްސާކޮއް ވީނުވީ އަންގާނިކަމެއްނެތް
ޅަބޭ
24 October 2020
ހޫނ. ކަނތަ ކާ ޖެހުނީ.....