"ފަސްކުރި" ދޯނި
26 އޮކްޓޯބަރ 2020 - 11:18
ކުންފުންޏަކުން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ބަރާބަރަށް ފައިސާ ނުދައްކާ ކަމަށްބުނެ، އެ ދޯނި އަތުލަން ތޫނު ހަތިޔާރާ އެކު ބަޔަކު ރޭ އެ އަށް އަރައިފި އެވެ.
އެނގިފައިވާ ގޮތުގައި، "ފަސްކުރި" ނަމަކަށް ކިޔާ އެ ދޯނި ލ. ގަމު މީހަކު ވިއްކާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް މީގެ ދެ އަހަރު ކުރިންނެވެ. އެ ކުންފުންޏަަށް އެ ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށް ވެ އެވެ. އެކަމަކު އެއީ ޖާބިރު ބައްލަވައިގެންފައިވާ ފައިސާ ކަމަކަށް ޖާބިރު އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ.
"އަޅުގަނޑުގެ ނަމުގައި އެއްވެސް ބަޔެއްގެ ދޯންޏެއް ގަނެފައެއް ނުވާނެ. ތިޔަ ވިދާޅުވާ ދޯންޏަކީ އަޅުގަނޑަށް އެނގޭ ކަމެއް ވެސް ނޫން،" ޖާބިރު ވިދާޅުވި އެވެ.
"އެހެން ނޫނަސް، އެކަހަލަ މުއާމަލާތެއްގައި ފައިސާ ނުދެއްކިޔަސް ކިހިނެއްތޯ ހަތިޔާރާ އެކު ބަޔަކަށް ދޯންޏަކަށް އެރޭނީ. މި ރާއްޖޭގައި މިކަހަލަ މައްސަލަތަކުގައި އުސޫލުތަކެއް އޮވޭ ނޫންތޯ،" ޖާބިރު ވިދާޅުވި އެވެ.
މި މައްސަލައިގައި ތިރީހަކަށް މީހުންގެ ގުރޫޕަކުން ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެ ދޯންޏަށް ރޭ އެރީ ލ. އަތޮޅު ވަޑިނޮޅު ކައިރީގައި ދިއްލައިގެން އޮއްވަ އެވެ.
"ފަސްކުރި" ދޯނި ގަމު ތުނޑި ބަނދަރުގައި މިއަދު ހެނދުނު އަޅާފައި.
އެ މައްސަލައިގައި، މީޑިއާ އަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ، ރޭ 11:55 ހާއިރު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައިވާ ނުވާ ކަމަށް ބުންޏެވެ.
"އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
"މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ދަނީ ކުރަމުންނެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުންޑާ ކާށިދޫ ދާއިރާ
27 October 2020
ޖާބިރު މެންގެ ނުބައި ކަމާއެވެ. މިހެން މިބުނީ އޮޅުވާލުމަށް ސެންޓިމީޓަރެއް ހާ ޖާގަލިބޭ ކަމެއް ގައި ވެސް އޮޅުވާލުން އިސް ކުރާތީ އެވެ. ނިކަން ބަލާށެވެ. ޔޮޓް ޓްވާސް އާއި ޖާބިރު ހުރި ތަފާތަކީ ކޮބާ ތޯއެވެ؟ އެކަމަކު ޔޮޓް ޓުވާސް އިން ގަނެފައި އަގުނުދީ ދޯނީގެ މައްސަލަ އަބުދުލާހި ޖާބިރު ދެނަހުރި ކަމެއް ވެސް ނޫން ކަމަށް މިފަހަރު ހަދާލީ އެވެ. ވީމާ ޔޮޓް ޓުވާސް އަކީ ޖާބިރު މީހުނަށް އޮވާލައި ފްރޯޑް ކުރަން ބޭނުން ކުރާ ޓޫލްސް އެއް ތާއެވެ
ޖާބިރު
27 October 2020
ހައްދުންމަތި؟ އަބަދުވެސް ހައްދުންނެއްޓިފަ ތިބޭ ބައެއް.
އޮނަރަބްލް އަފީފު ދީދީ
26 October 2020
ކޯޓުން ބޭރުގައި ޝަރީއަތްކޮށް ޓޯރަބޯރާ އާއި އެފްރިކާ ބައްރުގެ ފަޤީރު ޤައުމުތަކުގައި ހިންގާފަދަ މަގުމަތީ ޝަރީއަތް ހިންގާން ފުރުސަތު ދީގެން ނުވާނެ. # މިފަދަ ގޭންގް ތަކުގެ އެހީ ހޯދާ ވިޔަފާރިވެރިންނާއި ތިމާމެނަށް ލިބެން ހުރި ފައިސާއާއި ނުވަތަ ތިމާއާއި އެހެންފަރާތަކާއި ދެމެދު ހައްލުނުވެ އޮތް މުއާމަލާތް ތަކުގެ ތެރެއަށް ތަގު ޤްރޫޕްތައް ވައްދައި ފައިސާދީގެން ނުވަތަ ދޭނެ ކަމަށް ބުނެގެން ޖަރީމާ ހިންގާ ފަރާތްތަކާއި މެދުވެސް ޖިނާޢީ ދައުވާކޮށް އަދަބު ދޭންޖެހޭ.
ނަން
26 October 2020
މީ ޖާބިރު ގަތްކަމަށް ބުނާ ދޯންޏެެންނު.
ޙުސޭން
26 October 2020
ޢަދުލު އިންސާފު ޤާއިމު ނުކުރެވި ޖަރީމާތައް ހިންގާމީހުނާ ދޭތެރޭ ފިޔަވަޅުނޭޅި ޑިމޮކްރަސީއޭ ކިޔައިގެން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލީމާ ވާނެ ހަތެރެތި ވަމުން ތިދަނީ، މިހާރު ތިއޮތީ ގޭންގް ތަކުގެ އަތް މައްޗަށް ޤައުމު ދޫކޮށްލެވިފަ. މަގުމަތިން ޝަރީއަތްކޮށް ނިންމާލަނީ....
ޢަނީލް
26 October 2020
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުނަށް ޖާބިރު ދައްކަން ޖެހޭ ދަރަނީގެ ދަފްތަރެއް އެކުލަވާލަން ދެނޭ. ދިވެހި ސަރުކާރުގެ ދަރަންޏަށްވުރެ ކުޑަވާނެހެނެއް ހިޔެއްނުވޭ.
ބޯހަލާކޭ
26 October 2020
މަތިންނާ ތިރިން ތަ މީހުން އެރީ.
ބޮއްސުންލާފަ
26 October 2020
ތިއޮތީ ބޮޑުވެގެންވާ ޓެރަތިޒަމްގެ އަމަލެއް ބަޔަކު ހިންގާފަ ތީގެތެރެއިން އެންމެ މީހަކަށް ހުކުމެއް އަޔަސް ހަތްކާށި އެއްފަހަރާ ކާންވެސް މިހުރީ ތައްޔާރަށް އެވެސް އޭގެ ނާށިގަނޑާއެކު
ޙަބީބު
26 October 2020
ހަމަމިހާރު ވެރިފަރާތާ ދޯނިހަވާލުކުރޭ މާލޭ މީހުންގެ ބިންތައް ފޭރުނުގޮތައް ދެންހުރި ރައްޔިތުން އަތުގަވެސް ރަނގަޅު އެއްޗެއްހުރިއްޔާ އަތުލައިގަންނަން އެއުޅެނީ
ޙިނި
26 October 2020
ފައިސާ ނުދައްކަ މީހުން ކުންފުނިތައް ބައިވަރު މިޜައްޖެގަ ސްމޯލް ކްލެއިމްސް ކޯޓެއް ނުހުރޭ އެމީހަކަ އެމީއެއްގެ އުސޫލް މިއޮންންނީ