ޝަހީބު: އޭނާ މިހާރު ވަނީ ދޫކޮށްލާފައި
28 އޮކްޓޯބަރ 2020 - 18:30
ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރު ކުރި، ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުސް އޮފީހުން ބުނީ މި މަހުގެ 14 ވަނަ ދުވަހު ހައްޔަރު ކުރި ޝަހީބު ދޫކޮށްލީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އެ އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ. އަދި އޭނާ ދޫކޮށްލީ، ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ޝަހީބު ހައްޔަރު ކުރުމާއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑްކޮށްފަ އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް ތުހުމަތު ކުރެ އެވެ. ފުލުހުން ބުނާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
ޝަހީބަކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ކަންނެލި ދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ އަހްމަދު މޫސާ އާއި އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Influvac
29 October 2020
ޕީއެންސީ އެއް އެމްޑީޕީ އެއް މިފަދަ މައްސަލަތަކުގައި ބުނެ ދޫކުރެވިގެންނުވާނެ. މިފަދަ ޑްރަގް ޑީލަރުންނާ އަދީބުފަދަ ސަރުކާރުން ނުހަނުލޯބިވާ ގައުމީ ވަގުން އަބަދުވެސް ބެހެއްޓެންވާނީ ޖަލުގާ.
ތެހެލާނޫ
29 October 2020
ރަދުން ހެދިގެން އުޅެން ބޭނުންވާ މީހަކު ނަމުން ރާނީގެ ނަންދީގެން ގެންގުޅޭ ކުއްޖަކު ލާގެން ޖުޑިޝަރީ އޮތީ މިނިވަންކޮށްފައި. ޖޭއެސްސީ އޮތީ އިސްލާހުވެ ނިމިފައި.
ލޯވަޅުބެ
29 October 2020
ދަލުގަ ވެރިން އަޅާފަހުރި ވަގު ބާގަނޑު ތަކުން ތިހިރަ ދެމިގަންނަނީ. ގޯސް ވާނީ ފުލުހުން
ވަހީދު
29 October 2020
ފުލުހުން މުޖުރިމެއްގެ ނަން ހާމަ ކުރަނީ ވެސް ބަލާފައި އެއިރެއްގެ ސަރުކާރާއި ގުޅުމެއް ނެތިއްޔާ. ކުރީ ދުވަހު ފޭރެން އުޅުނު މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރި އިރު އަނެއް 3 މީހުން ހައްޔަރެއް ނުކުރޭ އަދި ވެސް. އެކަކު ހައްޔަރު ކުރެވުނީމަ އަނެއް 3 މީހުން އަތުލައގަނެވޭނެ ގާބިލުކަން ފުލުހުންގެ ހުންނަންވާނެ. އަތުލައިގަނެވުނު މީހާއަކީ ކާކުކަން ބުނެދެވެންވާނެ ގާނޫނުގެ ތެރެއިން.
ވިސްނާލުމަށް އެދެމޭ
29 October 2020
މިފަހަރު ފަޑިޔާރުންގެ ސްލޫކީ މަ އްސަލަ ބަލާނެކަމަށް ހީވޭތަ....ޖޭ އެސްސީގަތިބީ ކޮންސަރުކާރެ އްގެބަ އެ..ކޯޓުތަކާ ފަޑިޔާރުންގެ ބާރު އޮތީ ކޮންބަޔަކަށް...ކަމެގޯސްވީ ކުރީސަރުކާރު..ކޮންސަރުކާރަކުން ހޯރަ އި އްބެ ދޫކުރީ..90 އެތަ އް ކިލޯ އެ އްގެ މަސްތުވާތަކެތީގެ މަ އްސަލައިގަ ހަ އްޔަރުކުރި މީހުންތަ ދޫކޮ އްލީ ކޮންސަރުކާރަކުން..މޑޕމީހުންނަ ގޯސްވާނީ ކުރީސަރުކާރު...ފުލުހުންނާ ފަޑިޔާރުންނާ ޕޖގެ ވަކީލުންގެ މަ އްސަލަ އެނުފެނޭ. ކޯޓަށްހުށަހަޅާ މަ އްސަލަތަކުގަ ވަކާލާތުކުރަނީޕޖގެވަކީލުން.
ތިމާވެށި
29 October 2020
ފުލުހުންގެ އިންޓެލިޖެންސް އިން ޑްރަގް އެތެރެ ކުރާ މީހުންނަށް އެހީވާ ގާޒީންނާއި ވަކީލުން ގެ މައްސަލަ ތައް ބަލާ ފޯން ކޯލް ތައް ރެކޯޑް ކޮށް ތަހުގީގަކަށް ދާން ވީ އެވެ. ހެކި ހުރެ މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށް ސަލާމަތް ވާން ފުރުސަތު ދެވިގެން ނުވާނެ އެވެ. ޖޭއެސްސީ ވެސް މިފަދަ ގާޒީންގެ މައްސަލަ ތައް ބަލާ ފިޔަވަޅު އަޅަން ޖެހެ އެވެ.
ދީދީ އައްޑޫ
29 October 2020
މި ފެންނަނީ ފައިސާގެ ބާރު.
ގ މީ
29 October 2020
އެންމެފުރަތަމަވީ އޭނަދޫކޮށްލި ގާޒީގެ މައްސަލަބަލަން.ތިކަހަލަމީހުން ތިބެގެން ދުވަހަކުވެސް މިކަމެއް ނުހުއްޓުވޭނެ.
އާދަންބެ
29 October 2020
މިހެންވާތީއޭ ފަނޑިޔާރުންގެ އިތުބާރު މިގެއްލެނީ. މިކަމަށް އެބަޖެހޭދޯ ކޮންމެވެސް އެހެން ގޮތެއް ހޯދަން
ެޕލސ
29 October 2020
ފުރަތަމަ މުއްދަތު ޖެހީ އޮކްޓޫބަރު 13 ވަނަ ދުވަހު. 15 ދުވަސް ބަންދު. މިއަދު އޮކްޓޫބަރު 28 އަށް 15 ދުވަސް ހަމަވެގެން ދެވަނަ މުއްދަތަށް ގެންދިޔައީ. ދިމާލަށް ފެންނަން ހުންނައިރުވެސް ދޮގު ތިހަދަނީ ކާކަށް އޮޅުވާލަންތޯ?