އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މި އަހަރު ގްރޭޑް 10 ކިޔެވި ދަރިވަރުން ގްރެޖުއޭޓްވެއްޖެ އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި 217 ދަރިވަރުން ގްރެޖުއޭޓް ވެފައި ވެ އެވެ. އެ ދަރިވަރުންނަށް ވަނީ ސެޓްފިކެޓާއި ސޭޝް ހަވާލުކޮށްފަ އެވެ.
ސައިންސް ސްޓްރީމް ކިޔަަވާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އިއްޔެ ނިމިފައިވާއިރު ބިޒްނަސް ސްޓްރީމް ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު ނިމޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އޯ ލެވެލް އިން މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އިތުރު ގަޑިތައް ނެގުމާއި މާއްދާތަކާ ގުޅޭ ތަފާތު ކޭމްޕުތައް ބޭއްވުން ހިމެނޭކަން ރަޝީދު ފާހަގަކުރެއްވި އެެވެ.
އަހުމަދިއްޔާ ސްކޫލުން މިިދިޔަ އަހަރު 217 ދަރިވަރުން އޯ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 201 ދަރިވަރުން ފަސް މާއްދާ އިން ފާސްވި އިރު 45 ދަރިވަރަކު ވަނީ އޯ ލެވެލް ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ޓްރެވެލް އެންޑް ޓޫރިޒަމް އިން ދުނިޔޭގެ ގަދަ ދިހެއްގައި ހިމެނިފަ އެވެ.
އަހުމަދިއްޔާ އިންޓަަނޭޝަނަލް ސްކޫލަކީ ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެއް ސްކޫލެވެ.