ހުޅުމާލޭ ކޮވިޑް ފެސިލިޓީޒްގެ އައިސީޔޫގައި ބަލި މީހަކަށް ފަރުވާދެނީ: މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 32 މީހުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
މިދިޔަ 24 ގަޑި އިރުގެ ތެރޭގައި 32 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 32 މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 19 މީހުންނަކީ މާލެ ސަރަހައްދުގައި ތިބި މީހުން ކަމަށާއި އަނެއް 13 މީހުންނަކީ އެހެން ރަށްރަށާއި ރިސޯޓުތަކުގައި ތިިބި މީހުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ވޭތުވެދިޔަ ދެ ދުވަހު ވަނީ ކޭސްތައް އިތުރުވެފަ އެވެ. އެގޮތުން އިއްޔެ 94 ކޭސް އަދި އޭގެ ކުރީ ދުވަހު 68 ކޭސް އަލަށް ފެނުނެވެ.
ކޮވިޑްގެ ބަލިމީހުން، މީހުން އުޅޭ 14 ރަށަކާއި 30 ރިސޯޓެއްގައި އެބަތިއްބެވެ. އޭގެ ތެރޭގައި 52 ޓޫރިސްޓުންނާއި ރިސޯޓްތަކުގެ 155 މުވައްޒަފުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އަދި އޮތީ މާލެ ސަރަހައްދުގައި އެކަންޏެވެ. އެކަމަކު ކޮންޓެކްޓްވުމުގެ ސަބަބުން ޕޮޒިޓިވްވި ދެމީހަކު ހދ. ނޭކުރެންދޫގައި ތިބި ކަމަށް އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫތުން ދައްކަ އެވެ. އެނޫނީ ދެން ތިބީ ފުރަބަންދު ހޯމް ކަރަންޓީނު ނިމުމުން ޓެސްޓްކުރި އިރު ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ރިސޯޓުން ފުރަންވެގެން ޓެސްޓްކުރި އިރު އެ ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖެ އިން މިހައިތަނަށް 12،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ނަމަވެސް އެކްޓިވް ކޭސްްތަކުގެ ޖުމްލައަކީ މިހާރު 967 އެވެ. އަދި 45 މީހަކު ވަނީ އެބަލީގައި މަރުވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނުގުނާ
22 November 2020
އަހަރުމެން ގުނާލަ ގުނާލަ ބިރުން ތިބޭނީ. ބްރެޒިލްގައި އަންނަ މަހު 1 ލައްކަ މީހުން ޗައިނާގެ ވެކްސިންޖަހަން ފަށާނެ.
ބަސް
22 November 2020
الحمد لله