އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި، ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
22 ނޮވެމްބަރ 2020 - 12:05
ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއާ ގުޅިގެން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ގަޑިއިރު ފަހުން ދޫކޮށްލެއްވީ އެވެ. އެ މައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން މީގެ ކުރިން ވެސް އެންގި އެވެ. ނަމަވެސް އެ އެންގުން ކެންސަލްކުރުމަށް ފަހު މާދަމާ މެންދުރު 2:30 އަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ޝުޖާއު ޕޮލިހަށް ގެންދިޔައީ، ޕީޕީއެމުން އެ ޖަލްސާ ރާވައި އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވުމުންނެވެ.
އޭނާ މީގެ ކުރިން ވިދާޅުވީ ފުލުހުން ހަ ތުހުމަތެއް ކުރި ކަމަށެވެ. އޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން ފަދަ ކަންކަން ހިމެނެ އެވެ. އެ ތުހުމަތުތަކަށް ޝުޖާއު ވަނީ އިންކާރުކުރައްވައިފަ އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅުން ބާއްވާ ޖަލްސާއަކާ ގުޅިގެން ތުހުމަތުތައް ކުރުމަކީ، ޑިމޮކްރަސީއެއް ނޫނެވެ. އެއީ، އަންނަ އަހަރުގެ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އިދިކޮޅުގެ އިސް ބޭފުޅުންނަށް އަމާޒުކޮށްގެން މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދާ ކަމެއްގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
23 November 2020
މިކަލޭގެ ބާންވަ ބަލަ ކުޑަ ގޮޅީގަ.
ޢިޙްސާސް
23 November 2020
ސުޖާއޫ ތިޔަބުނާ ޑިމޮކްރަސީގަ އޮންނަނީ ތިމާގެންގުޅެ މުވައްޒަފުންނަށް މުސާރަނުދީ ބިކަކުރުންތަ؟
އަހުމަދު ސަރީފު
22 November 2020
މަލީހު ޕާޓީއެއްގެ ރައީސައްނުވާތީ ބޭރުކޮއްލަނީ
ޓިނު
22 November 2020
މާލަސްވެއްޖެ
ޙަބީބު
22 November 2020
ހާދަބިރެއް ގަންނަ ސަރުކާރެއްމީ ކުރިންބުނި ޔާމިނު އެހެން މިހެނޭ ހަދަނީ ތިހަދަނީ ކޯޗެއްމިހާރު
އަޖައިބުހ
22 November 2020
ކޮބާ ހަވާ އަރޔވާތަން ބަލަން އެއްވީ 15 މީހުންތޯ؟
ވިސްނާލުމަށް އެދެމޭ
22 November 2020
ސުޖާ ހިއްވަރުކުރޭ..މެޖޯރިޓީ ރައްޔިތުން ސުޖާއާއެކު ވާނެ..ތިޔައީ ވަރުގަދަ ފަ ހުލަވާނެ ހިއްވަރުގަދަ ދަރިއެއް...ފުރިފަ ހުރިއެއްޗެ ގުޑުގުޑެނާޅާނެ..ސުޖާއަކީ ބިމަށް ފައި ހަމަވެފަ ހުރި ލީޑަރެއް..
ހިންދުކޮޅު
22 November 2020
ޕޮލިހުންގެތެރޭގަވެސް އެބަތިބި މެޑަލްޖަހަންބޭނުންވާ މީހުން އެމީހުންގެ އަމިއްލައެދުމުގެ ބޮޑުކަމުން ހަމަސިޔާސީމީހުންފަހާދުވަނީ
ދަރަނި ދަންތުރަ
22 November 2020
ސަރުކާރުން ކިތަށްމެ ތުހުމަތެއްކުރިޔަސް ސުޖާއު ފަސްއެނބުރި ނުބަލާނެ ތިޔައީ ބާރަށަށް އުފަން ހިއްވަރުގަދަ ފަހުލަވާނެއް ، ވެބުކެމް އަށް ވާހެން ނުވާނެ ޔަގީން
ކަޅުކޮފީ
22 November 2020
މިތާ ފާހަގަ ކުރަން ޖެހޭނީ އިންޑިޔާގެ ގައުމީ ދުވަހާ ދިވާލީއާ އެކަނި. މީ މިހާރު އިންޑިޔާގެ ސްޓޭޓެއް. މީދެވަނަ ކަޝްމީރު.