ޚަބަރު / ވައްކަމާއި ފޭރުން

ސަރުކާރަށް ތާއީދުކޮށްގެން ހުންނަން މިހާރު ލަދުގަނޭ: މެންބަރު ޝަހީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް މަޖިލީހުގެ ޖަަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެ އެކަން ހައްލުކުރަން ދާނެ ތަނެއް ނޭނގޭ ހިސާބަށް ކަންތައް ގޮސްފައި ވާތީ ސަރުކާރަށް ތާއީދުކޮށްގެން ހުންނަން މިހާރު ލަދު ގަންނަ ކަމަށް ވިދާޅުވެ، ވައްކަމާއި ފޭރުން އިތުރުވާ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް ފާޑުވިދާޅުވެއްޖެ އެވެ.

ވައްކަމާއި ފޭރުން އިތުރުވެ، މީހުން ރަހީނުކޮށްގެން ވެސް ފޭރޭތީ އެކަން ހުއްޓުވަަން އަވަސް ފިޔަވަޅު އަޅަން ގޮވާލައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝަހީމްގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ ކިތަންމެ ރަށެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ހުއްޓުވަން މާބޮޑު ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވެ އެކަމުގެ ޝަކުވާ އުފުއްލަވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅުއްވަން ވެސް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި އެކަމަކު ގުޅޭ ގޮތް ނުވި ކަމަށެވެ.

"ކަނޑިތީމު ދާއިރާގައި ށ.ފޭދޫގައި ރައްޔިތުން އިހުތިޖާޖުކޮށްގެން ރައްޔިތުން ނިކުންނަ ހިސާބަށް އެކަންކަން ދިޔައިމާ އަޅުގަނޑުމެން އެ މައްސަލަތަަކަށް ހައްލު ހޯދަން ވެގެން އަޅުގަނޑުމެންނަށް ދާނެ ތަނެއް ނޭނގިފައި މިއޮތީ އިއްޒަތްތެރި ރައީސް. މިއަދު އަޅުގަނޑުމެން ލަދުގަނޭ މެމްބަރެއްގެ ގޮތުގައި މިތާ ހުންނަން، މިސަރުކާރަށް ތާއީދުކޮށްގެން އަޅުގަނޑުމެން ވާހަކަ ދައްކަން،" ޝަހީމް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ކުރިން މިއަދު އޮތީ ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދިިކޮޅު މެމްބަރުން ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ. އެ ބަހުސްގައި ޝަހީމް ވިދާޅުވީ އިމްރާންގެ އިތުބާރެއް ނެތް ކަމަށާއި އެ މައްސަލައަށް ތާއީދުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ކުށްކުރުން ގިނަވުމުގެ ކަންބޮޑުވުމާ ބެހޭ މައްސަލަ ހުށަހެޅުއްވީ އޭނާ.

ކުއްލި މައްސަަލަ ހުށަހެޅުއްވި މެމްބަރު ނިހާދު ވިދާޅުވީ އޭނާގެ ދާއިރާގައި ވައްކަމާއި ފޭރުމުގެ މައްސަަލަތައް ގިނަވެ، އެ މައްސަލަތައް ފުލުހުންނަށް ތަކުރާރުކޮށް ހުށަހަމުން ދިޔަ ނަމަވެސް ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

"އެހެން ނަމަވެސް އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި މިހާރު އޮތް ގާނޫނީ ސިސްޓަމްގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް މިކަންތައްތަކަށް ހައްލު ހޯދޭނެ،" ނިހާދު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގައި ވައްކަމާއި ފޭރުމުގެ މައްސަލަ އޮތްވަރު ތަފުސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ ފޭދޫގެ ގޭގައި ހުންނަ އެއާކޯންތަކުގެ އައުޓްޑޯ ޔުނިޓުން ފެށިގެން ބަދިގޭގައި ހުންނަ ތެލިތަށި ވެސް ވަގަށް ނަގަމުންދާ ކަމަށެވެ. ގޭތެރޭގައި ތިބޭ މައިންގެ ކަރުގައި ވަޅި ޖައްސާފައި ރަން ފަށް ފޭރިގަނެގެން ގެންދާ ހިސާބަށް ފޭރުން އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މުޅި ރައްޔިތުންނަށް ފެންނަަން އޮތް ހަގީގަތް، މިކަންކަން ހިނގަނީ ފޭދޫގައި އެކަންޏެއް ނޫން،" ނިހާދު ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އޭނާގެ ދާއިރާގައި ވެސް ވައްކަމާއި މަސްތުވާ ތަކެތީގެ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދައިދޭން އެދިވަޑައިގެން ފުލުހުންނާއި ހޯމް މިނިސްޓަރަށް އެތައް ފަހަރަކު އާދޭސް ދަންނަވާފައިވާނެ ކަމަށެވެ.

"މާފަރު ކައުންސިލުން މިކަމުގެ ޝަކުވާ މިނިސްޓަރަށް ލިއުމުން ފޮނުވައިފި، ކަމިޝަނާ އޮފް ޕޮލިސްއަށް ލިއުމުން ފޮނުވައިފި. އަތޮޅު ކޮމާންޑަރަށް ގުޅާ ގުޅާ އެބޭފުޅާގެ އެހީތެރިކަމެއް ނުލިބުނު،" އަހުމަދު އީސާ ވިދާޅުވި އެވެ.

ކުށްކުރުން ހުއްޓުވުމަކީ ހޯމް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަަމަކަށް ވާއިރު، ކުށްކުރުން އިތުރުވުުމުގެ ކަންބޮޑުވުމުގެ މައްސަލަ އެޖެންޑާކޮށްފައި މި ވަނީ ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ވެސް އެއް އެޖަލްސާއަކަށެވެ. އިމްރާނުގެ އިތުބާރުގެ މައްސަލައިގައި އެމްޑީޕީން ނިންމާފައި އޮތީ އޭނާ ދިފާއުކުރުމަށެވެ.

42 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 51%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު ވިއެގުރާ

24 November 2020

ބަލަގަ ކަލޭކާރީ އެކަކުވެސް ނުބުނޭ ހުންނާށެކޭ ރައްކާވޭ އަހަރުމެން އަތުގަ ސުޕަރ މެޖޯރިޓީ އެބައޮތް ހަމަ މިހާރު ރައްކާވޭ ފާޑުފާޑުގެ ކުކުޅު ސަމުގާއޭނުކިޔާ

The name is already taken The name is available. Register?

ދަރަނި ދަންތުރަ

24 November 2020

ސޯލިބޭ ބުނީ ގައުމު އަމާން ވެއްޖެޔޯ ރޭޕު ހަބޭސް ފޭރުން ހަބޭސް ވަށްކަން ހަބޭސް ، ގައުމު އަމާން ވާނީ މިވަރަކަށްތާ..

The name is already taken The name is available. Register?

ދޮން ހުސޭނު

24 November 2020

ހޮވުނުތާ މާގިނަ ދުވަހެއް ނުވެ އޮފީސްތައކުގައި މަސައްކަތް ކުރި ކެމްޕޭނުކޮށްދިން ޅަކުދިން މެދުވެރިކޮށް، ތިމަންގެ ނުފޫޒު ބޭނުންކޮށްގެން ބައެއް އޮފީސްތައް ވެސް ހަލާކު ކުރީމެއް ނޫންތޯ. މިހާރު އެކަހަލަ ކަމެއް ނުކުރެވޭތީ ފޫހިވީތޯ

The name is already taken The name is available. Register?

ނިޝާތު

24 November 2020

އމއމ ޕީއާރުސީ ގެ ގެއްލުނު ލާރި ހޯދުނީކީނޫން. އަފްރާޝީމް؛ ރިލްވާން'ޔާމީން؛އަނަސް ގެ ގާތިލުން ހޯދުނީކީނޫން' ރައްޔިތުން އަށް ބޯހިޔާވެހިކަމެއް ހޯދުނީކީނޫން' ނޫ އިގްތިސޯދެއް ބިނާކުރެވުނީކީ ނޫން. ލާމަރުކަޒު ކުރެވުނީކީއް ނޫން ރައްޔިތު މީހާ ޖީބައް ޑޮލަރު ވަނީކީ ނޫން. ވައްކަމާއި ފޭރުން އިތުރުވަނީ؛ ޑޮލަރު އަގުބޮޑުވަނީ' މާލޭ އަށް ހުރިހާ ބާރެއް ޖަމާ ވަނީ، ރައްޔިތުން ބިކަވެ ފަނާ ވަނީ. އަވަޓެރި ގައުމެއްގެ ބާރު ދަށަށް ގައުމު ގޮސް ނިމެނީ.

The name is already taken The name is available. Register?

ސޯދިގު/މ.މުރިނގު

24 November 2020

ތި ހާ ލަދުގަންނަންޔާ ގޮނޑި ބަ ހައްޓާފަ ގޮސް ގޭގައޮވޭ..އެ ހެންގައުމުތަކުގަ މީ ހުން އިސްތިއުފާދެނީ..ސޭކުސްތާނު ތަފާތުވަނީ އެ ހެންވެ..ދެން މާބޮޑަށް އެނގިގެން އުޅެނީ...ތިޔަ ލަދަކާ ހުރެ ރައްޔިތުން މަތިކުރި މަސްއޫލިއްޔަތަށް ހުރަސް އެޅޭނެ.

The name is already taken The name is available. Register?

އެންޓަރ

24 November 2020

ބަލަ ކަލޯ! ދެންތިހެން ނުކިޔާ ލަދުހާޔާތް ކަނޑާފަ ތިކަމުން ސަލާމަތްވޭ!

The name is already taken The name is available. Register?

މޫސަ123

23 November 2020

ލަދުން ބޯހަލާކު އެއްކޮޅުން ގޮވަނީ ވަރަށް ކާމިޔާބު ދެއަހަރޭ ރަތްޔިތުނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމު ކޮށްދެވިއްޖޭ އަނެއްކޮޅުން ގޮވަނީ ސަލާމަތްކޮށްދޭށޭ ފޭރެނީޔޭ ވައްކަން ކުރަނީޔޭ ޖިންސީ ގޯނާކުރަނީޔޭ ދެން ކާމިޔާބުގެ މާނަ އޮޅުންފިލުވަންތޯވީ ؟؟

The name is already taken The name is available. Register?

ކާމިޔާބު

24 November 2020

ކާމިޔާބު މިބަހުގެ މި ޒަމާނުގެ މާނައަކީ 1. ލަދުގެ ކަންފުޅެއް. 2. ރޭޕްކުރުން. 3 ވައްކަންކުރުން. 4 ދީނަށް ފުރައްސާރަކުރުން. 5. ދޮގު ހެދުން. 6. ޣީބަބުނުން. 7. ގަޒުފުކުރުން. 8. ހަޔާންކެޑިފައި ހުރުން 9. މީސްތަކުންގެ ހައްޤުތަކަށް އަރައިގަންނަން ޖެހިލުމެއް ނުވުން. 10. މަސްތުވާތަކެއްޗަށް ދޯޅުވުން. 11. ގޮތެއްފޮތެއް ނެތުން. 12. މުރައްކަބުޖާހިލަކަށްވުން. މި ސިފަތައް މީހަކަށް ލިބިއްޖެތަ. އެއީ ވަރަށް ކާމިޔާބު މީހެއް އަދި ވަރަށް ވަރަށް ކާމިޔާބު ލީޑަރެއް.

The name is already taken The name is available. Register?

ހާސް ހިތާމަ

23 November 2020

ވައްކަންކުރުމަކީ ރަނގަޅުކަމެކޭ ނޫން މި ބުނަނީ! އެކަމަކު މިހާރު ވަރަށް ގިނަ މީހުންގެ އަތްމަތި ވަނީ އާދަޔާ ޚިލާފަށް ދަތިވެފައި! ޓްއަރިޒަމް ދާއިރާގައި ފުދިގެން އުޅުނު އެތައް ސަތޭކަ މީހުންގެ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެ ނުވަތަ ހުއްޓިފައި! އެތަށް ވިޔަފާރިއެއް ހުއްޓިއްޖެ! އޮންލައިންކޮށް ބޭންކް ކާޑުތައް ބޭނުންްކޮށް ގެން ވިޔަފާރިކުރި އެތަށް ބައެއްގެ އާމްދަނީ ހުއްޓިއްޖެ! ކޮބާ މި އެންމެންނާ ގުޅިފައިވާ ޢާއިލާތަށް؟ ވީމާ، ތިޔައިގެ ގިނަ ވައްކަންތަށް ބަނޑު ފުރާނަ މުއްތި ކުރުމާ ވެސް ގުޅިފައި ހުރެދާނެ! މިހާރު ދިވެހި 1000ރ ގެ ވެލިޔުއަކީ 800ރ. މިވަރުން ވެސް ސަރުކާރުގެ ކްރެޑިބިލިޓީ ރަގަޅުވާނެ ކަމަށް ބޮޑެތި ލޯނު ނަގައިގެން ކުރަނީ ބޭކާރު ޚަރަދު! ހިތަށް އަރާ މި ސަރުކާރު ނިމޭނީ ކޮން އިރަކުންބާއޭ!

The name is already taken The name is available. Register?

މުރާސިލް

23 November 2020

މިސަރުކާރު މިއޮތީ ހަތަރު ތަނުން ފެއިލްވެފައެވެ. އަދިވެސް އަހަރެމެން ކޮންޑުހުޅުން ނެއްޓެންދެން އަތްޖަހަންވީ ހެއްޔެވެ؟ ތިމާމެންގެ އަމިއްލަ ޕާޓީގެ މެންބަރުންގެ ނުރުހުން އަމާޒުވީމާ ދެން އެއްޗެއް ވިސްނެން ޖެހެއެވެ.

The name is already taken The name is available. Register?

އަރުވާލިކާސިމުގެ ސިޔާސީ ކޮސް

23 November 2020

މިހާރު ތިޔައޮޑިއަކީ ފަރަށްއަރާއަރާ ބަނޑުފިލާގަނޑުގޮއްސާ އޮތް އޮޑިއެއް. ނޭންގޭ މިއަދުކަމެއް މާދަމާކަމެއް އަޑިއަށްދާނީކީ. ތި އޮޑިގާ ބަގުޑިބައްދައިގެން އޮތުމަށްވުރެ މިހާރު މާރަނގަޅުވާނެ ޖާބިރުބޭ އޮޑިގަނޑުވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!