22 ޑިސެމްބަރ 2020 - 19:10
މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް މީހަކު ހަމަލާދީ، އޭނާގެ ބޯފަޅާލުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
ނިކަގަސް މަގުގައި ހުންނަ އެ ފިހާރައިގައި މަސައްކަތްކުރާ ބިދޭސީ މީހާއަށް ހަމަލާ ދިނީ އެ ފިހާރަ އަށް ވަން މީހެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖަހާ ކަން ހާ އިރު ކަމަށް ވެސް އެތަނުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
23 December 2020
ކާރެއް ހަނިގޯޅިޔަކަށްވައްދާލާފިއެވެ. ސައިކަލެއްނަގަން އެކާރުގެ އަރިމަތިން މީހަކު ހުރިއިރު އިތުރު މީހަކު ހިގާނެ ޖާގައެއްނެތެވެ. ނަމަވެސް ބަންގާލިޔަކު އަރިޔަކަށް އޮވެ ކާރު ލޯގަ ޑުގައި ޖެހިގަނެ ކާރާއި މީހާޔާ ތެރެއިން ދެމިގަނެފިއެވެ. ކާރު ޑުރައވަރު ބިއްލޫރިގަ ޑުތިރިކޮށް ލާފަ ބުނީ ނުފެނޭހޭ މިދޭތެރެއިން ނުދެވޭނެ ކަން އިގޭނެއްނޫންހޭ. ބަންގާޅިމީހާ ހަމަ ވަގުތުން ކަލޭ ލޯނެތީތަ، ކަލޭ ބޯނެތީތަ. މިއީ މި މީހުންގެ ފެންވަރު މިހާރު
ތިމާވެށި
23 December 2020
އެއްވެސް ބިދޭސީ އަކު ކޭޝިއަރަކަށް ހުރުމަކީ ގާނޫނު މަނާ ކުރާ ކަމެކެވެ. ދިވެހީންގެ ހައްގު ގެއްލިފަ އެވެ. ހިއުމަން ރައިޓް ޕޮލިސް އަދި އެހެން ބަޔަކަށް ވެސް ނުފެނެ އެވެ. ފިޔަވަޅެއް ނާޅަ އެވެ. ބިދޭސީ މީހާ އަށް ހަމަލާ ދިން މީހާގެ މައްސަލަ ބަލަން ޖެހެ އެވެ.
ތާނަ
23 December 2020
ބަންގާޅުންގެ އުނދަގޫ ބޮޑުވަނީ
ރަށުމީހާ
23 December 2020
މިރާޖޭގާބަންގާޅީންމާގަދަވާނެ ދިވެހިން ތިބެންޖެހޭނީ ކުރާނެކަމެއްވެސް ހެދޭނެގޮތެއްވެސްނެތް.
ކަކުނިބޯ
23 December 2020
މައްސަލަ އަންނަނީ ބަލަމުން ޖެހިމީހެއް ނޭންގެ، ޖެހީ އަންހެނެއްކަން ނޫނީ ފިރިހެނެއްކަމެއްނޭންގެ އެމީހަކު ހިރީ މިނިވަނެއްގެ ހާލަތުގައިކަން ކަށަވަރު ބޯފަޅައިގެން ދިޔަމީހާ އޮތީ ހޮސްޕިޓަލުގަ މައްސަލަ އޮތީ ޕޮލިހުގަ، ޕޮލިހުން މައްސަލަޔަށް ބަލަނީ މިއޮށް ވިއްސާރަ ރޭވެސް ޝުކުރިއްޔާ
ބަބުރުލް ސަލީމް
22 December 2020
ދެން ތިތަހުގީގަށް ވާގޮތެއް ނޭންގޭނެ ދެހަފަތާއެއްހާ ދުވަސްތެރޭގާ.
ބެސްޓް
22 December 2020
ތިޔަ ބިދޭސީ ބޭފުޅުންގެ ކަންތައްވެސް ހައްދުން ނެއްޓިއްޖެ. އެހެންނު ވާނީ އެމީހުނަށްވެސް އިގޭ މިއީ ހަމައެއް ލަމައެއް އޮތް ތަނެއް ނޫންކަން.
ރާއްޖެ
22 December 2020
އިމްރާނު؟ ކޮންކަމެއް ހޭ މި ވެރިކަމުގަ ވަކި ރަގަޅުވީ؟