މީގެ 38 އަހަރު ކުރިން މާލޭގައި ދޯންޏެއް އެހެލަނީ: ސޭފާގެ ރިޕޯޓުގައި މާލެ އޭރު ގޮތް ވަނީ ސިފަކޮށްދީފައި
08 ނޮވެމްބަރ 2016 - 07:47
މީގެ 38 އަހަރު ކުރިން، ރާއްޖެއާ ގުޅޭ ގޮތުން ރިޕޯޓެއް ހަދަން މާލެ އައި، އެމެރިކާގެ ސީބީއެސް ނިއުސްގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު މޯލޭ ސޭފާ ސިފަކުރި ގޮތުގައި ދިވެހިންނަކީ ހުރިހާ ގޮތަކުން ވެސް ނާޒުކު ބައެކެވެ. ރިޕޯޓުގައި އޭނާ ބުނިގޮތުގައި ރާއްޖޭގައި އެކަކު އަނެކަކަށް އެއްގޮތަކަށް ވެސް އަނިޔާއެއް ނުކުރެ އެވެ. އަދި ކުށްކުރުން މަދުކަމުން ޖަލެއްހާ ހިސާބު ވެސް ނުހުރެ އެވެ.
އޭނާ ރާއްޖެ ސިފަކުރީ އެއްގޮތަކަށް ވެސް ކުށެއް ނުފެންނަހާ ކުށް މަދު ގައުމެއްގެ ގޮތުގަ އެވެ.
މިއީ މި ފަހުން، ދިވެއްސަކު ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އަދި މިހާރު ސޯޝަލް މީޑިއާގައި ބާރަށް ދައުރުވަމުން އަންނަ ސީބީއެސްގެ "60 މިނިޓްސް، އޯވާޓައިމް" ޕްރޮގްރާމްގައި ސޭފާ، ދިވެހިން އަދި ދިވެހި ރާއްޖެ ކިޔައިދީފައިވާ ގޮތެވެ.
މި ރިޕޯޓުން މީގެ 40 ހަކަށް އަހަރު ކުރިން މާލެ އޮތް ގޮތް ވަރަށް ރަނގަޅަށް ފެނެ އެވެ. މާލޭގެ ބަނދަރުމައްޗާއި މުހިއްމު ބައެއް ތަންތަން ވީޑިއޯކޮށްފައި ހުރުމުން އެތަންތަން އޭރު އޮންނަ ގޮތް އެނގެ އެވެ.
މީގެ 38 އަހަރު ކުރިން މާލޭގެ މަގެއްގެ މަތި: ސޭފާގެ 60 މިނިޓްސް"ގެ ރިޕޯޓުގައި އޭރު މާލެ އޮތްގޮތް ވަނީ ސިފަކޮށްދީފައި
ސޭފާގެ ރިޕޯޓު ފަށަނީ ރާއްޖެ އަކީ ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމުގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި ބޭރުން އަންނަ މީހުންނަށް ދިވެހި އަންހެނުންނާއި ފިރިހެނުން އެހާ ރަނގަޅު އިރު، ރާއްޖޭގައި އެހާ ވަރި ގިނައީ ކީއްވެ ކަމެއް އެއްވެސް މީހަކަށް ނޭނގެ އެވެ. އެކަމަކު ކިތަންމެ ވަރި ގިނަޔަސް، ދިވެހިންނަކީ ހިތްހެޔޮ، އުފާވެރި ބައެއް ކަމަށް އޭނާ ބުންޏެވެ.
ރިޕޯޓުގައި ބުނާ ގޮތުގައި އޭރު ރާއްޖޭގެ އާބާދީއަކީ 130،000 (މިހާރު، ތިން ލައްކައަށް ވުރެ ގިނަ) މީހުންނެވެ. އަދި ބައެއް މީހުންނަށް ކުޑަކޮށް އިނގިރޭސިން ވާހަކަ ދައްކަން އެނގޭ ކަމަށް ބުނެ އެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފްވިތާ އޭރު މާ ގިނަ އަހަރުތަކެއް ވެފައި ނުވާތީ، މާ ގިނަ ބަޔަކަށް ރާއްޖެއަކީ އޮންނަ ތަނެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު އިންޑިއާ އާއި ޕާކިސްތާނާއި ލީބިއާގެ އެމްބަސީ ރާއްޖޭގައި ހުންނަ ކަމަށް އޭނާ ބުންޏެވެ. ރާއްޖެއިން ކަނޑައަޅާފައި ހުންނަ ހަމައެކަނި ޑިޕްލޮމެޓަކީ އދ. ގައި ހުންނަ މަންދޫބެއް ކަމަށް ވެސް ބުނެ އެވެ.
ރާއްޖެއާ ބެހޭގޮތުން ރިޕޯޓު ތައްޔާރުކުރި ސޭފާ: މި އަހަރުގެ މެދުތެރޭގައި އޭނާ ވަނީ މަރުވެފައި
މި ފަދަ ރިޕޯޓަކަށް އެންމެ މުހިންމު ވާނީ ގައުމުގެ ވެރިންގެ އިންޓަވިއު ހިމެނުން ކަމަށް ވުމުން ދެން އޭނާ މަސައްކަތް ފަށަނީ އެ ކަމަށެވެ. އެންމެ ފުރަތަމަ ދިޔައީ އޭރުގެ ރައީސަކަށް ހުންނެވި އިބްރާހިމް ނާސިރުގެ އިންޓަވިއުއެއް ހޯދަން މުލީއާގެ ކައިރިއަށެވެ. އޭރު ނާސިރު ހުންނެވީ ނޮވެމްބަރު 11 ގައި، ރާއްޖޭގެ ވެރިކަން މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރައްވަން ތައްޔާރުވެވަޑައިގެންނެވެ.
އިންޓަވިއުއަކަށް އެދިފައި އޭނާ ގޮސް އިންނަނީ، މުލީއާގެ ކުރިމަތީގައި ހުންނަ ހުކުރު މިސްކިތް ކައިރީ، މުންނާރުގެ ގާފޮޅު މަތީގަ އެވެ. އެކަމަކު އިރުގަނޑަކު މަޑުކުރި ފަހުން، ރައީސް އިންޓަވިއު ދޭން ދެކޮޅު ހެއްދެވި ކަމަށް އޭނާ ބުނެ އެވެ.
"ރައީސް ރިޕޯޓަރުންނާ ވާހަކަފުޅު ދައްކަވަން ޖެހޭ ކަމަށް ދިވެހިން އަދި އިނގިރޭސިއަކުން ވެސް ލިޔެފައެއް ނޯވެ އެވެ. އެހެން ނޫނަސް، މާލޭގެ އެއްވެސް މީހަކު ސީބީއެސް އަދި 60 މިނިޓްސްގެ ވާހަކަ ދުވަހަކު ވެސް އަހާފައެއް ނުވާނެތާ އެވެ،" ރިޕޯޓުގައި ސޭފާ ބުނެ އެވެ.
ދެން އޭނާ ދަނީ، ރިޔާށީ އިންތިހާބުން ރައީސް ކަމަށް އިންތިހާބު ވެޑައިގެންފައިވާ އަދި، އޭރު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި މައުމޫނާ ބައްދަލުކުރަމް ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ.
އޭނާ ދާ މަގުމަތީގައި ވަރަަށް ގިނަ މިނިސްޓްރީތައް ފެނެ އެވެ. އޭގެ ތެރޭގައި "މިނިސްޓްރީ އޮފް ޖަސްޓިސް، ތެފްޓް ޓްރިއަލްސް ޑިވިޒަން،" އާއި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ސްޕޯޓްސް ޑިވިޒަނާއި ޑިޕާޓްމެންޓް އޮފް ބޯޓްސް، އެ ރިޕޯޓުގައި ދައްކާލަ އެވެ.
ރައީސް ނާސިރުގެ އިންޓަވިއު ހޯދުމަށް ސޭފާ މުލީއާގޭ ކައިރީގައި މަޑުކޮށްލައިގެން: ރިޕޯޓު ތައްޔާރު ކުރި އިރު ރާއްޖޭގެ ރައީސަކަށް ހުންނެވީ ނާސިރު
ސޭފާ ބުނިގޮތުގައި މާލޭގައި މިނިސްޓްރީއެއް ނުހުންނަ މަގަކަށް ނޭރޭނެ އެވެ. އެކަމަކު މިނިސްޓަރެއް ލޮލަށް ފެނުމަކީ ނާދިރު ކަމެކެވެ.
މައުމޫނާ ބައްދަލުކުރެއްވުމަށް އޭނާ ގޮސް މަޑުކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީ ދޮށުގަ އެވެ. އެކަމަކު އޮފީހުގައި ނޫޅުއްވާތީ އޭނާއަށް އެމަނިކުފާނާ ވެސް ބައްދަލުވާ ގޮތެއް ނުވެ އެވެ.
އެކަން އެންގުމަށް އޭނާއަށް މެސެޖް ހިފައިގެން ދިޔަ މީހާ ބުނަނީ މައުމޫން އޮފީހަށް ވަޑައިގަންނަވާނީ އަނެއް ދުވަހުގެ ހެނދުނު އަށެއް ޖަހާއިރު ކަމަށެވެ.
ސޭފާ ދެން މިސްރާބު ޖަހަނީ ބާޒާރު މައްޗަށެވެ. އޭރު ބާޒާރު މަތި އޮންނަ ގޮތް ވަރަށް ރަނގަޅަށް އެ ރިޕޯޓުން ފެނެ އެވެ. މާލޭގެ ފަޅުގައި އަޅާފައި އޮތް ބޮއްކުރާތަކާއި ބާޒާރު މަތީގެ ހަލަބޮލިކަން އެ ރިޕޯޓުގައި ދައްކާލަ އެވެ.
ވެރިންގެ އިންޓަވިއުއެއް ނުލިބުމުން މާޔޫސްވެފައި ހުއްޓާ ދެން އޭނާއަށް އަޑު އިވެނީ، ލޯބިވެރިޔާ މަރާލައިގެން ބ. ފުޅަދުއަށް އަރުވާލާފައި ހުރި ޖަރުމަނުގެ ޒުވާނެއްގެ ވާހަކަ އެވެ.
ކުށް އެއްގޮތަކަށް ވެސް ނެތް، މީހުން މަދު ގައުމެއްގައި މިއީ ވަރަށް ބޮޑު ހަބަރެއް ކަމަށް އޭނާ ދެކެ އެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހޯދީ، މީހަކު މަރާލުމުން ވެސް ހުކުމެއްގެ ގޮތުގައި ރަށަކަށް އަރުވާލަން ނިންމި ނިންމުމެވެ.
ސޭފާ ދެން ދަތުރު ފެށީ އެ ޒުވާނާ ހޯދަން ފުޅަދުއަށް ދިޔުމަށެވެ.
ފުޅަދުއަށް އޭނާ ކީ ނަމަކީ "ފުރުޑު" އެވެ. "އަ ލޯންގް ވޭ ޓު ފުރުޑު"ގެ ނަމުގައި ވާ މި ރިޕޯޓު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވެސް އެ ވާހަކަ އަށެވެ.
ބޯޓެއްގައި ތިން ދުވަސް ދަތުރުކޮށްފައި އޭނާ ފުޅަދުއަށް ގޮސް 23 އަހަރުގެ އެ ޒުވާނާއާ ބައްދަލު ކުރެ އެވެ. (އެ ޒުވާނާގެ ވާހަކަ އެހެން ރިޕޯޓެއްގައި)
ރާއްޖެއާ ބެހޭ ގޮތުން އެހާ ތަފްސީލުކޮށް ބޭރުގެ އެއްވެސް މީޑިއާއަކުން އޭރު ރިޕޯޓެއް ތައްޔާރުކޮށްފައެއް ނުވެ އެވެ. އެހެންވެ، އޭރު މާލެ އޮތް ގޮތް މިހާރުގެ ޒުވާނުންނަށް ފެނުމުން ޝައުގުވެރިކަން ވީ ބޮޑެވެ. އަދި އޭރު ރާއްޖެ އޮތް ހާލަތާއި، މިހާރުގެ ހާލަތު އުޑާ ބިމާހާ ތަފާތުކަމުން ޔޫޓިއުބުން އެ ރިޕޯޓް ބަލާ މިންވަރު ފަތުއަޑު ކިޔާފައި ފެތުރެމުން ދަނީ އެވެ.
ރާއްޖެ އައިސް މި ރިޕޯޓު ތައްޔާރުކުރި ސޭފާ ވަނީ މި އަހަރުގެ މެދުތެރޭގައި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް
08 November 2016
ތާރީހަށް ކަމެއް ކޮށްފިއްޔާ، ތަރީހީ ލިޔުމެއް ލިޔެފައޮތިއްޔާ އެކަން މިދިވެހިރާއްޖޭގަ ކޮށްފައޮތީ ކޮންމެސް ފަރަންޖީއެއް.. އަޅެ މިދިވެހި ކާބަފައިންމީ ކީއްކުރާބައެއްތަ؟؟؟
ކެޔޮޅު
16 May 2017
ޙަސަން ތާޖުއްދީން އެއީ ފަރަންޖީއެއްބާ؟
ވަހީދު
21 May 2017
ކާބަފައިން ކޮށްފައި ހުރި ކަންކަން ފެންނާނީ ބަލާ ހޯދާ މީހުންނަށް. އަމިއްލައަށް ސޯޓު ބޭލޭއިރު ނޭނގޭ މީހުން މިހާރު ގިނައީ
އައިމިނާ
08 November 2016
ވަރަށް ޝައުގުވެރި ކިޔާހިތުން ކިޔާލެވުނު ލިއުމެއް.އަނެއްބަޔަށް އިންތިޒާރުކުރަން.
އާވާޒް
08 November 2016
ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ވީޑިއޯތައް ޔޫޓިއުބުން ބަލާބަލަ، މާ ސާފުކޮށް މާލޭގެ އޭރުގެ ހާލަތު އެގޭނެ ރާއްޖެތެރޭގެ ބައެއް ރަށްރަށުގެ ހާލަތުގެވެސް އެގޭނެ
ހޯބޯ
08 November 2016
މިވީޑިއޯ ބަލުމުން އެނގުނީ އޭރުއޮތީ ކާބަން ނިއުޓުރަލް ރާއްޖެއެއްކަން، މައުމޫން ތިރީސް އަހަރުކޮށްފަ ދިޔައިރު މިފުރަމާލެ އަކީ އިންސާނުން އުޅެން ކަމުނުދާ ތަނެއްކަމަށް އުގެއިލްމެންފަދަ ޕްރޮފެސަރުން ވިދާޅުވޭ! އެކަމަކުވެސް މައުމޫނަކީ ތިމާވެށީގެ ބައްޕަޔޯ
އުދުހޭ
08 November 2016
މިހާރުވެސް ކާބަން ނިއުޓްރަލް ކުރެވިދާނެ. ތިބާ ގެއިން ކަރަންޓް ކަނޑާލާ ފުޅިބައްތިއަށް ބަދަލުކޮށްލާ. ތިބާއާ ހިސާބުން ފަށަމާ؟! ރައްޔިތުންނޭ ކިޔަވާ ހޭޖެހިގެން ބަދަލުވީ!
އަލިބެ
08 November 2016
ކޮންކަމެއްތަ ރަގަޅީ މިހާރު އެއިރު މާރާމާރީޢާ ވައްކަމާއި ޑުރާގާއި ފޭރުމެއްން! މިހާރު ކޮންމެއާއިލާއެއްގަ އަމިއްލަހާލައް ނޫޅެވޭ ނުކުދޭމީހެއް ފަދަ ޕާޓޭއެއް އެބަހުރި!
ބަލާމީހާ
08 November 2016
ދިވެހި ސަމާޖަށް (ސަންސްކްރިތުން މުޖްތަމަޢު، އަރަބި ބަހެއް ނޫން) ދިމާވެފައި މިވާ ދެރަ ގޮތް ކޮމެންޓުތައް ކިޔާލުމުން އެނގޭނެއެވެ. މި ވީޑިއޯ ބަލާފައި ގިނަ މީހުން އަޅައިގަތީ މާލެއަށް އެކަނި އައިސްފައިވާ އުމްރާނީ ވިކާހެވެ (ސަންސްކްރިތުން ތަރައްގީ). އަހަރެމެންގެ ސަމާޖަށް އައިސްފައިވާ ނޭދެވޭ ބަދަލުތައް ކަމުގައިވާ މެޓީރިއަލިސްޓިކް ވުން، ކުށް ގިނަވުން ފަދަ ހައްލު ނުކުރެވިފައިވާ ބޮޑެތި މައްސަލަތައް ފާހަގަ ކުރީ ވަރަށް މަދު ބަޔެކެވެ. ދެން މި އައިސްފައިވާ ވިކާހުގެ ވާހަކަވެސް ކުޑައިކޮށް ދައްކަމާ ބަހީއެވެ. ދިވެހިންނެވެ. ތަރައްޤީ އަކީ އަގުބޮޑު ކާރާއި ތާރު އެޅި މަގެއް ނޫނެވެ. ވިކާހަކީ އަކީ އަހަރެމެން ބޭސް ފަރުވާއަށް ސަލާން ނުޖެހުމެވެ (އާސަންދައިގެ ވާހަކަ ބާއްވާށެވެ). ވިކާހަކީ ބުރިޖެއް ނޫނެވެ. ވިކާހަކީ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުގައި އުޅޭ މީހުން ބަރޯ އަކަށް ލައިގެން ދަނިކޮށް ވިހަން ނުޖެހުމެވެ. ވިކާހަކީ އަހަރެމެން އެންމެންގެ ދަރިން ރަނގަޅު ކާނާ ކެއުމެވެ. ވިކާހަކީ އަހަރެމެން އެންމެންގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ލިބުމެވެ. ވިކާހަކީ ތިން ހަތަރު ވަޒީފާއަށް ނުގޮސް އެންމެ ވަޒީފާއަކުން ފުދިގެން އުޅުމެވެ. ވިކާހަކީ މިކަހަލަ ވީޑިއޯއެއް ބަލާފައި މީގެއިން ތާކުންތާކު ނުޖެހޭ ކަންތައް ނުނަގައި އެންމެ މުހިންމު މެސެޖު ނަގަން އެނގުމެވެ!
ހެހެހެހެ
08 November 2016
ނަސޯރާދީން ފަތުރާ 'އިވަންޖެލިސްޓް' އަކަށް ނާސިރު ދިވެހި ރޭޑިއޯއިން ވަގުތު ވިއްކި ވާހަކަ އަދި އޭގެ އަޑު އެއްވެސް ކުއްޖަކަށް ފާހަގަ ނުވިދެއްތޯ؟
އަލީ
08 November 2016
އަނެއްކާ ރާއްޖެއިން އިސްލާމް ދީން ނައްތާލަން އެމެރިކާއާ ހުޅަނގުން ރާވައިގެން ކުރާ ކަމަކަށްވެސް ވެދާނެ. އެމެރިކާގެ ނަން އައިސްފިއްޔާ ބައެއް ގްރޫޕްތަކަށް އެހެން ހީވޭ.
ގައުމު
08 November 2016
މިވީޢިއޯ ގައި އެންމެ ފާހަގަ ކޮއްލެވުނުކަންތަށް "މިހާރުގެ" ރިޕޯޓުގަ ނެތްކަންފާހަގަކުރެވޭ. މިވީޑިއޯގެ އެންމެ ފަހު 30 ސިކުންތު ވަރަށް މުހިންމު. އަށްޑޫ "ގަން" ހޯދުމަށް ރަޝިޔާ އިންހުށައެޅި އަހަރަކު އެންމިލޔަން ޑޮލަރުގަ ނިހިފާ އޭރުގެސަރުކާރުން ދޫކޮއްލިކަން ވަރަށްފާހަގަ ކުރެވޭ. އޭރުގަ މި އަދަދަކީ އެތަށް އަހަރުދުވަހުގެ ބަޖެޓް ފަިސާ. މިއަދުގެ ވެރިން ގައުމު އިސްކުރާނެބާ..............
މައުރޫފު
08 November 2016
މިއީ މައުމޫނު ވެރިކަމަށް އެރި އަހަރު ރާއްޖޭ އޮތް ހާލަތު . އެހެންވީމާ 30 އަހަރު ދުވަހުން ރާއްޖޭ ގެނެސްފައިވާ ހިސާބު މިއަދުގެ ޒުވާނުންނަށް މިއަށް ވުރެން ސާފުކޮށް އެނގޭނީ ދެން ކިހިނެތް ހެދިއްޔާތާ. ދެން ބުނާނެ ނަޝީދު އެންމެ 30 އަހަރު ގެނެސްދީފިޔޭ 30 އަހަރާ ނުބައްދަލު ތަރައްގީ. 3 އަހަރުން ޔާމީނު ގެނެސްދީފިޔޭ 40 އަހަރުން ނުގެނެވުނު ތަރައްގީ. ބަލަގަ ތަރައްގި އާއި ތަހުޒީބާއި ފުދުނ ް ތެރި ކަމަކީ އޮވަރނައިޓަކުން ގެނެވޭ ކަން ކަމެއް ނޫނެވެ. މައުމޫނާއި ހަވާލޫވީ ގައުމެއްގެ ސިފަ ވެސް ފުރިހަމަ ނުވާ ގްރޫޕް އޮފޮ ޓްރައިބްސް ތަކެކެވެ. 200 އެން ހާ ރަށަށް ފެތުރިފައިވާ އެއްލައްކަ ތިރިސް ވަރަކަށް ހާސް މީހުން. އެއިގެ ތެރެއިން 37 ޕަސެންޓް މީހުން ލިޔަން ކިޔާކަށް ނޭގޭ. ވީމާ ތިރީސް އަހަރުން މައުމޫނަށް ކުރެވުނު ވަރު އެއީ ދުނިޔޭގެ ރިކޯޑެއް ކަމުގައި ނޫނީ ނުވާނެއެވެ. ދުނިޔޭގެ ޔުނިވަރުސިތީ އަކުން ދިރާސާ ކޮށްފައި މިވަހަކަ އިނގިރޭސި ރިޕޯޓެއް ނުވަތަ ޑޮކުއުމެންޓަރީ އަކުން ދައްކައިފިއްޔާ ޒަމާނީ ދިވެހިން ކޮންމެވެސް ވަރަކަށް ގަބޫލު ކޮށްފާނެއެވެ.
ބުރޯ
08 November 2016
ތަރައްގީވީ މާލެ އެކަނި. ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ސްކޫލެއް ނާޅާވާހަކައެއް ނުބުނަން.
ބުރިޖު
08 November 2016
ބުރިޖު އަޅައިދެނީ ޔާމިންޖެ ޖީބުންތައް.