ރިޕޯޓް / ތާރީހް

މުޅި ރާއްޖެ ސިއްސުވާލި ގަތުލަށް ފަހު ޖޯހިމް ހޯދީ ދިވެހި ލޯތްބެއް

ޖޯހިމް ބްލަމްގެ ދިރިއުޅުމާ ބެހޭ ގޮތުން އެމެރިކާގެ ޓީވީ ޕްރޮގްމާރަމަކަށް އިންޓަވިއު ދެނީ

މީގެ 40 އަހަރު ކުރިން، 1976 ގައި، މުޅި ރާއްޖެ ސިއްސުވާލީ މާލޭގެ ގެސްޓްހައުސްއެއްގައި ޖަރުމަނުގެ ޓޫރިސްޓަކު އޭނާގެ ލޯބިވެރިޔާ މަރާލި ހަބަރުންނެވެ. އަންހެންމީހާ އެހެން މީހަކާ ގުޅުން ބާއްވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި އެ ހާދިސާ އިން ދިވެހިން ބިރުގަތީ އޭރު އެފަދަ ގަތުލްތައް ދިވެހިންގެ ތެރޭގައި އެއްގޮތަކަށް ވެސް ނެތުމުންނެވެ.

އޭރު ރާއްޖޭގައި އެހާ ބޮޑެތި ކުށްތަކެއް ނުކުރެ އެވެ. އެހެންވެ، ޖޯހިމް ބްލަމް ކިޔާ 23 އަހަރުގެ އެ ޒުވާނާ އޭނާގެ ލޯބިވެރިޔާ މަރާލައިގެން އަދަބެއްގެ ގޮތުގައި ބ. ފުޅަދުއަށް އަރުވާލި ވާހަކަ އޭރު ދިވެހިންގެ ތެރޭގައި މަޝްހޫރެވެ.

އެކަމަކު އަންނަ ޑިސެމްބަރު މަހު އެ ގަތުލަށް 40 އަހަރު ފުރޭއިރު، އޭނާ އަދިވެސް ރާއްޖޭގައި ދިރިއުޅޭތޯ އާއި އޭނާ ކޮބައިތޯ، މި ވާހަކަ އަލަށް އަޑުއަހާ ޒުވާނުންގެ ހިތަށްއަރާފާނެ އެވެ.

ޖޯހިމްގެ ނަން އަނެއްކާވެސް އާވާން ފެށީ އެ ދުވަސްވަރު ރާއްޖެ އައި އެމެރިކާގެ ސީބީއެސް ނިއުސްގެ މަޝްހޫރު ރިޕޯޓަރަކު ރާއްޖޭގައި އޭނާއާ ބެހޭ ގޮތުން ތައްޔާރުކުރި ވީޑިއޯ ރިޕޯޓެއް، ޔޫޓިއުބުގައި މި ފަހުން އާއްމުވުމާ ގުޅިގެންނެވެ.

ސީބީއެސްގެ "60 މިނިޓްސް، އޯވާޓައިމް" ޕްރޮގްރާމުގައި ރާއްޖެއާ ބެހޭ ގޮތުން ހެދި ރިޕޯޓް، ޖޯހިމްގެ ބަޔާ އެކު ގެނެސްދިނީ، މި އަހަރުގެ މެދުތެރޭގައި މަރުވި ނޫސްވެރިޔާ މޯލޭ ސޭފާ ފުޅަދުއަށް ދަތުރުކޮށްގެންނެވެ.

ބޯޓެއްގައި ތިން ދުވަހުގެ ދަތުރަކަށް ފަހު، ސޭފާ ފުޅަދޫ ގޮނޑުދޮށަށް ފޭބިއިރު، އެ ރަށުގެ މަދު ބަޔަކު ބަނދަރު މަތީގައި ތިއްބެވެ. ޖޯހިމް ކޮބައިތޯ ރަށު މީހެއް ކައިރީ ނާހަނީސް، އޭނާ ގޮސް ސޭފާއާ ސަލާމްކުރެ އެވެ. އޭނާ އޭރު ހުރީ މުންޑެއް އަނދެގެން ހުސް ގަޔާ އެވެ.

އެމެރިކާގެ ނޫސްވެރިޔާ ސޭފާ، ފުޅަދު އަށް ގޮސް ޖޯހިމްއާ ވާހަކަ ދައްކަނީ

ސޭފާ ފުޅަދުއަށް ދިޔައީ 1978 ގެ ފަހުކޮޅު ކަމުން، ޖޯހިމް އެ ރަށަށް އަރުވާލާފައި ހުންނަތާ ދޮޅު އަހަރު ވެއްޖެ އެވެ. އޭރު އޭނާ ވަނީ އިސްލާމްދީން ގަބޫލުކޮށް، ނަން އިސްމާއިލް ޖޯހިމްއަށް ބަދަލުކޮށްފަ އެވެ. އަދި ދިވެއްސަކާ ކައިވެނިކޮށް، ދިރިއުޅުމުގެ ވައްޓަފާޅި މުޅިން "ދިވެހި" ކޮށްލާފަ އެވެ.

ކުޑަ ކޮށިކަމާ އެކު އޭރު ވެސް އޭނާ ދިވެހި ބަހުން ވާހަކަ ދައްކާ އުޅެ އެވެ.

ސޭފާ އޭނާގެ ހާލު އަހުވާލު އެހުމުން ރަނގަޅު ކަމަށް ބުނެފައި ދެން ބުނީ "އެމެރިކާ އާއި ޖަރުމަނާ ބަލާއިރު މިއީ ވަރަށް ތަފާތު ދިރިއުޅުމެއް ކަމަށާއި ޖަރުމަނުގައި މިނިވަނެއްގެ ގޮތުގައި އުޅުމަށް ވުރެ، އަރުވާލާފައިވާ މީހެއްގެ ގޮތުގައި ފުޅަދޫގައި އުޅެން މާހިތްހަމަ ޖެހޭ" ކަމަށެވެ.

"އަހަރެން ދެކެނީ މިއީ މިހާރު ނަސީބުވެރިއެއް ކަމަށް،" ޖޯހިމް ބުނެ އެވެ.

ޖޯހިމް ބްލަމް އިންޓަވިއު ދިން އިރު ކައިރީގައި އަނބިމީހާ: އެ އިންޓަވިއުއަށް މިހާރު 38 އަހަރު ވެއްޖެ

ދެން ސޭފާ އޭނާ ކައިރީ އެހީ މީހަކު މަރައިގެން އަރުވާލުމުން ރަށު މީހުން އޭނާއަށް ޝައްކުތައްކޮށް ބިރުން އުޅުނުތޯ އެވެ. އެ ސުވާލަށް ސީދާ ޖަވާބު ޖޯހިމް ނުދިން ނަމަވެސް އޭނާ ބުނީ ރަށަކަށް އަރުވާލައި، އެގޮތަށް ދިރިއުޅެން ލިބުމުން ބަންދުކޮށްފައި ހުރި މީހެއްގެ އިހުސާސް ނުކުރެވޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފުޅަދޫގެ ދިރިއުޅުން ވަރަށް ކަމުދެ އެވެ. އެރަށުގައި އޭރު އޭނާ ވަނީ ދޯނި ދުއްވާށާއި މަސް ބާނަން ދަސްކޮށްފަ އެވެ. ރާޒުވާ ފަދަ ބައެއް "އިނގިރޭސި" ކުޅިވަރުތައް ފުޅަދޫގެ މީހުންނަށް ދަސްކޮށްދިނުމުގެ ބަދަލުގައި އެ މީހުން އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށްދެ އެވެ.

ލޯބިވެރިޔާގެ މަރާލި މައްސަލާގައި ބ. ފުޅަދުއަށް އަރުވާލި ޖަރުމަނު ޓޫރިސްޓެއް ކަމަށްވާ ޖޯހިމް ބްލަމް، 23، އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން އެމެރިކާގެ ޓީވީ ޕްރޮގްމާރަމަށް އިންޓަވިއު ދެނީ

ޖޯހިމް ބުނީ ސަރުކާރުން އޭނާ އަށް މާފުދީ މިނިވަންކުރިޔަސް އާއިލާ ކައިރިއަށް ޒިޔާރަތްކުރުމަށް ފަހު އަނބުރާ ފުޅަދުއަށް އަންނާނެ ކަމަށެވެ. އަދި އޭނާގެ މުސްތަގްބަލަކީ ފުޅަދޫ ކަމަށް އޭރު ވެސް އޭނާ ގަބޫލުކުރި އެވެ.

ޖޯހިމް މިހާރު ކޮބާ؟

ފުޅަދުއަށް އަރުވާލި އިރު އޭނާއަކީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އެކަމަކު މިހާރު އޭނާއަކީ 63 އަހަރުގެ ކާފައެކެވެ. ޖޯހިމް މިހާރު ވެސް ކައިވެނިކޮށްގެން އުޅެނީ އޭރު ވެސް އިން މީހާއާ އެވެ. އެ ދެމަފިރިންނަށް ހަ ކުދިން ލިބިފައިވާއިރު ކާފަ ކިޔާ 11 ކުއްޖަކު ވެސް އެބަ ތިއްބެވެ.

ޖޯހިމް އޭނާގެ ކާފަ ދަރިއަކާ އެކު: އަރުވާލިތާ މާ ގިނަ ދުވަހެއް ނުވެ އިސްލާމްވެ ނަން ބަދަލުކުރި

މީޑިއާއާ އެއްވެސް ވާހަކަ ދައްކާކަށް މިހާރު އޭނާ ބޭނުމެއް ނުވެ އެވެ. "މިހާރު" ގެ ފަރާތުން ޖޯހިމްއާ ގުޅަން އެތައް ފަހަރަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެކަމަކު ޖޯހިމްގެ ދިރިއުޅުން އޭނާގެ އަންހެން ދަރިއަކު ވަނީ ކިޔައިދީފަ އެވެ.

ނޫހުގައި ނަން ނުޖަހަން އެދި ވާހަކަ ދެއްކި ޖޯހިމްގެ ދަރިފުޅު ބުނީ 40 އަހަރު ކުރީގެ އެ ހާދިސާގެ ވާހަކަ ބައްޕަ އެއްވެސް ވަރަކަށް ދަރިންނާ ހިއްސާނުކުރާ ކަމަށާއި އެ ވާހަކަތައް އެނގެން އެއްވެސް ކުއްޖަކު ބޭނުން ވެސް ނުވާ ކަމަށެވެ.

ޖޯހިމް އޭނާގެ ހަ ދަރިންނާ އެކު 1980ގެ އަހަރުތަކުގައި: އޭނާގެ ގައުމަކީ ރާއްޖެ

"އެއީ މާ ކުރިން ހިނގާފައިވާ ކަމެއް. އަދި ބައްޕަ އަކީ މިހާރު ބަދަލުވެފައިވާ މީހެއް. އެހެންވީމަ، އެ ވާހަކަތައް މިހާރު ދެއްކުމުގެ ބޭނުމެއް ނެތް،" ތިން ކުދިންގެ މަންމަ ބުންޏެވެ.

އިސްލާމުވުމުން ޖޯހިމްއަށް ސަރުކާރުން މާފުދިނެވެ. ނަމަވެސް އޭގެ ފަހުން އޭނާ ޖަރުމަނަށް ނުދާކަމަށް ވެ އެވެ. އޭނާގެ ބޭބެއަކު ފުޅަދުއަށް ދިޔަ ތިން ފަހަރަކު ޒިޔާރަތްކުރި ކަމަށް ވެސް ވެ އެވެ.

ފުޅަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޖޯހިމްގެ ބޭބެ އެންމެ ފަހުން އޭނާއާ ބައްދަލުކުރަން ދިޔައީ 1990 އަހަރުގެ ފަހުކޮޅު އެވެ.

ޖޯހިމްގެ އަންހެން ދަރިފުޅު ބުނީ ބައްޕަގެ އާއިލާއާ މިހާރު އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި އެ މީހުން ދުނިޔޭގައި ތިބިކަމެއް ނުވަތަ ނެތްކަމެއް ވެސް ނޭނގޭ ކަމަށެވެ. އެކަމަކު ބައްޕަގެ އާއިލާ މީހުންނާ ބައްދަލުކުރާހިތްވާ ކަމަށް އޭނާ ބުންޏެވެ.

"އެހެންވެ، ބޭބެގެ ނަން ހޯދައިގެން ފޭސްބުކުން ކަޒިންއެއް ނުވަތަ ފެމިލީ މީހެއް ވެސް ފެނޭތޯ ބަލަން. އެކަމަކު މިއަދާ ހަމައަށް އެއްވެސް މީހެއްގެ ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

ޖޯހިމަށް ކާފަ ކިޔާ ތިން ކުދިން: އޭނާގެ ކާފަ 11 ދަރިން މިހާރު އެބަ ތިބި

ޖޯހިމްގެ ދަރިން އޭނާއާ ވައްތަރު ނަމަވެސް، އޭނާއާ އެންމެ ވައްތަރީ ކާފަދަރިންނެވެ. އެގޮތުން ބައެއް ކާފަ ދަރިންގެ ހަމުގެ ކުލަ އާއި އިސްތަށިގަނޑު ހުންނަނީ ޖޯހިމްގެ ޔޫރަޕް ނަސްލާ އެއްގޮތަށެވެ.

މީހަކު މަރައިގެން އަރުވާލި ނަމަވެސް ޖޯހިމަކީ ފުޅަދޫގައި ގަދަރުވެރިއެކެވެ. އެންމެ ކުރިއްސުރެ ވަޑާމުގެ މަސައްކަތް ކުރި އެވެ. މިހާރު އޭނާ އެ ރަށުގައި ކުރަމުން އަންނަނީ، މުރަކަ ދިރުވާ އާލާކުރާ ކުންފުންޏެއްގެ ބައެއް ވެލްޑިން މަސައްކަތްތަކެވެ.

ކައުންސިލްގެ އޮފިޝަލް ވިދާޅުވީ ކުޑަ އަޅައިގަތުމެއް ހުއްޓަސް ޖޯހިމް ރީތިކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ކަމަށެވެ.

ޖޯހިމް އޭނާގެ އަމިއްލަ ދަރިންނާއެކު ވަރަށް ފަހުން ނަގާފައިވާ ފޮޓޯއެއް

ފުޅަދުއަށް ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. އެއިން މީހަކަށް ޖޯހިމްގެ ހަބަރު އެނގުމުން އޭނާއާ ބައްދަލުކުރާ ކަމަށް ވެ އެވެ.

"މި ރަށަށް އަންނަ ބީރައްޓެހިން ވެސް ދާނެ އޭނާއާ ބައްދަލުކުރަން. ވަރަށް ރަހުމަތްތެރި މީހެއް އޭނާއަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރުގެ ހާދިސާ އޭނާގެ ދަރިންނަށާއި ރަށުގެ ގިނަ ބަޔަކަށް އެނގޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މީހުން ސުވާލުކޮށެއް ނުހަދަ އެވެ. އަދި އޭނާ ވެސް އެ ވާހަކަ އެއްވެސް ވަރަކަށް ދައްކައިނޫޅޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖޯހަމް އާއި އޭނާގެ އަނބިމީހާ ވަހީދާ: އެ ދެ މީހުން ކައިވެނި ކުރީ ޖޯހިމް ފުޅަދުއަށް އަރުވާލިތާ މާގިނަ ދުވަހެއް ނުވެ

"ހިއެއް ނުވޭ އެއްވެސް މީހަކަށް އެނގޭނެހެން އޭނާ ސިލްވިއާ (ޖޯހިމްގެ ކުރީގެ ލޯބިވެރިޔާ) މަރާލީ ކީއްވެގެން ކަމެއް. އެ ވާހަކަ އޭނާ ދައްކާކަށް ބޭނުމެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން ޖޯހަމް ވަނީ "ހަވީރު" ން ނެރުނު "ހުވާސް" މަޖައްލާއަށް އެ ހާދިސާއާ ބެހޭ ބައެއް މައުލޫމާތު ދީފަ އެވެ. އޭރު ވެސް އޭނާ ބުނީ އެއީ އޭނާ އިސްލާމްވެ، ރަނގަޅު ދިރިއުޅުމެއް އުޅެން މަގުފަހިވި ހާދިސާއެއް ކަމަށެވެ.

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ކުށްކުރެވެ އެވެ. އަދި އޭގެ ފަހުން ރަނގަޅުވެ، އުފާވެރި ދިރިއުޅުމަކަށް އެނބުރެ އެވެ. ޖޯހިމަކީ އޭގެ މިސާލެކެވެ. މިއަދު އޭނާގެ ހުރިހާ ވެސް އެއްޗަކީ އާއިލާ އާއި ރާއްޖެ އެވެ.

57 ކޮމެންޓް, 247 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހައްމަދު އަހައްމަދޭ

12 November 2018

ޖޯހިމް އަކީ އަސްލު ހަކިމް ޖަރުމަނު ލިއެކިޔާ ގޮއް އެހެންވެ ހަކިމް އަށް ތިއޮތީ އޭނަގެ ނަމުން މަގުދައްކަވާފަ ﷲ އެއީ ކޮންމެ ކަމަކަށް ކުޅަދުން ވަންތަ އިލާހް

The name is already taken The name is available. Register?

އަރާރޫޓް

10 November 2018

އޭނަ ރަށަކަށް ނުދާނެ. ޔޫރަޕަށް އަރާކަށް ނުކެރޭނެ. އޭނާ މަރާލި ސިލްވިޔާ އަކީ އިޓަލީ ނަސްލު މާފިޔާއަށް ނިސްބަތްވާ އަންހެނެއް. އެމީހުން ކޮންމެ ގޮތެއް ހަދާފަވެސް ކޮންމެވެސް ދުވަހަކުން މަރަށް މަރުހިފާނެކަން އޭނަޔަށް އިނގޭ.

The name is already taken The name is available. Register?

ސޭޑް

09 November 2017

ހުރިހާ ފޮޓޯ އެއްގަ ވެސް މޫނުމަތިން ފެންނަނީ މޮޅިވެރިކަން. ޢަސްލު އުފަލުގައި އުޅޭނެ ކަމަށް އުއްމީދު ކުރަނީ.

The name is already taken The name is available. Register?

ޙަސަން ރަސްގެފާނު

12 November 2016

އިސްމާޢީލަކީ މިހާރު އަހަރުމެން ކަހަލަ ދިވެއްސެއް، އިސްމާއީލް ހިތުގައި މިހާރު އެވަނީ އިސްލާމްދީނުގައިވާ މަތިވެރި އުސޫލުން އެކެއް އަނެކަކަށް އެހީތެރިވެ އުޅޭމައުހައުލެއްގައި އަރުވާލެވިގެން އުޅުންވެސް މާހިތްހަމަ ހަމަަޖެހެޔޭ ޖަރުމަނުވިލާތުގައި ނޫނީ އެމެރިކާގައަށްވުރެން އެއީ އިސްމާއީލް ޖަރުމަނުގައި ނޫނީ އެމެރިކާއިގައި މިނިވަންކަން މަތީ ތަޙައްމަލް ކުރި ދިރިއުޅުން. އަޅުގަނޑުމެން ދީނުގައި އޮންނަ ރިވެތި އުސޫލަށް ލޯބިކޮށް އިސްލާމްވުމުން މިހާރު އިސްމާއީލަކީ އިސްލާމްދީނަށް ލޯބިކުރައްވާ އަޅުގަނޑުމެންގެ ދިވެއްސެއް!

The name is already taken The name is available. Register?

އަރާރޫޓު

10 November 2018

މަރާލި އަންހެންކުއްޖާގެ މީހުން ބަދަލުހިފާނެކަން އިނގޭތީ ނުދަނީ

The name is already taken The name is available. Register?

އާމިނަތު

11 November 2016

الحمدلله. އިސްލާމް ވުމަކީ އަލުން ދުނިޔެއަށް އަައުން ފަދަ ކަމެއް. އުފަލުން ރޮވިއްޖެ. އެކަހަލަ ބޭވަފާތެރި ސިލްވިޔާ އެއްގެ އަވާގައި ޖެހި ހެދުނު ގޯހުން ލިބުނީ ވަފާތެރި ބަައިވެރިޔަކާ ދެދުނިޔޭގެ ހިދާޔަތު. ﷲ ހިދާޔަތު ދައްކަވައިފި އަޅަކު މަގުފުރެއްދޭނެ އެހެން މީހަކު ނުވޭ

The name is already taken The name is available. Register?

އަޢިޝް

10 November 2016

ޖޯހިމް ޒުވާން އިރު ވައްތަރީ ބުލޫ ލެގޫން ފިލްމް ގަ އުޅޭ ބޯއީއާ..

The name is already taken The name is available. Register?

ސިލްވާ

21 October 2019

އޯއެމްޖީ ޔެސް

The name is already taken The name is available. Register?

ފަލާޙް

10 November 2016

99 މީހުން މެރުމަށްފަހު ތައުބާވާން އެދުނު މީހާއަށް ވެސް ލިބުނީ މިކަހަލަ ފުރުސަތެއް

The name is already taken The name is available. Register?

ހައްގު

10 November 2016

ކޮބާ މަރުވި އަންހެން ކުއްޖާގެ ހައްގު؟ މާފްކުރެވޭނީ އަންހެން ކުއްޖާގެ އާއިލާއިން. މިކޮޅުން ހިފެހެއްޓުމަކީ ގޯހެއް.

The name is already taken The name is available. Register?

މާ އެނގޭ

10 November 2016

ކަލެއަށް މާ އެނގެނީ...

The name is already taken The name is available. Register?

ފުސް ކެޔޮ

01 January 2017

ދޭ ބަލަ ފަރަށް

The name is already taken The name is available. Register?

އަރާރޫޓް

10 November 2018

އަސްލުވެސް. ބޮއެގެން މަސްތުވާހާލު އެކުއްޖާ މަރާފަ ގޮދަޑި ދަށަށްލާފަ އޭގެމަތީ ނިދަންވެސް ނިދި. މަށަކީ އެގެސްޓްހައުސް ކައިރީގަ އުޅުނު މީހެއް. އަދި މީނަ އަމިއްލަ ރައްކަލަކަށް ދިވެއްސަކާ އިނީ. ރަށަކަށް ދާކަށް ނުކެރޭނެ އެއަންހެންކުއްޖާގެ އާއިލާ ބަދަލު ހިފާނެކަން އިނގޭތީ

The name is already taken The name is available. Register?

ޙައްވަ

10 November 2018

މައާފަކީ ހެއްދެވި ފަރާތް ދެއްވާ އެއްޗެއް

The name is already taken The name is available. Register?

ޕޯޓަބަލް

09 November 2016

ހުކުން ކުރި ގާޒީ ކުރި ރަނގަޅު ހުމުމެއް. ނަތީޖާ ކިތަންމެހާވެސް ރަނގަޅު.

The name is already taken The name is available. Register?

އަސްލު

10 November 2016

އަސްލުވެސް.. އެހެނީ އޭނާ އަނބުރާ ގައުމަށް ފޮނުވާލިނަމަަ ނޭގެ ވާނެ ގޮތެއް ހަމަ މަގު ގެއްލިގެން އުޅޭ މީހެއްފަދައިން ގޮސްފާނެ.. އެކަމް ގައުމުގަ ބެހެއްޓުމުން އެފެނިގެން ދިޔައީ ވ ރަނގަޅު ބަދަލެއް ދެދުނިޔެ ލިބެން މެދުވެރިވީ.. އަދި އަންނަ ހިތުން އުޅުނު ރާޖޭގަ ދާއިމަށް ހުރެވޭގޮތްވެސް ވީ.. އަދި އިސްލާމް ވުމުން ކުރިން ކުރި ހރިހާ ފާފަތަކެއް ފޮހެވުނީ.. الحمدلله..

The name is already taken The name is available. Register?

ﷲޫހި

09 November 2016

މިހަބަރު ގެނަުމުގެ ބޭނުމެއްނެތް...

The name is already taken The name is available. Register?

ސަހީމް

10 November 2016

ތަނެއްދޮރެއް ބަލައިނުލާ މޮޅު ކޮމެންޓެއް ކޮއްލާނަމޭ ހިތާ ކޮމެންޓުކުރާއިރު ބޭނުންކުރެވޭެ ނަމާ މެދުވެސް ވިސްނާނުލަ.. ބަލައިނުލާ މޮޅުއެއްޗެއް ބުނެވެނިކޮށަް ނިމުނީ ....ވު

The name is already taken The name is available. Register?

މަޒް

11 November 2016

ކަލޭއަށް ތި ނޫން ނަމެއް ނޭންގުނީތަ ބޭނުން ކުރަން.. ކީއްވެތަ ރާމާމަކުނޭ ނުޖެހީ؟

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454