ޔާމީން ރަޝީދު: އޭނާ މަރާލިކަމުގެ ދައުވާލިބޭ އިސްމާއިލް ރަޝީދަށް ފަރުވާ ނުދޭ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ނުގެންދެވިގެެން ވަނީ ހުއްޓާލާފައި
17 ފެބުރުއަރީ 2021 - 11:56
ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ދައުވާލިބޭ އިސްމާއިލް ރަޝީދަށް ޖަލުގައި ބޭސްފަރުވާ ނުދޭ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން އިންޓަނެޓްގެ މައްސަލަތަކާ ހެދި ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ރަޝީދު ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އިސްމާއިލް ރަޝީދަށް ޑޮކްޓަރުގެ ލަފައާ އެއްގޮތަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުދިނުމާއި އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ ތަކެެތި ކަރެކްޝަންސް އިން އަތުލާފައިވާ ކަމުގެ ޝަކުވާތަކެއް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ކުރިން އޮތީ ކޮށްފަ އެވެ. އެކަމާ ގުޅިގެން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައުލޫމާތު ސާފުކުރަން ކަރެކްޝަންސްގެ ސާވިސްގެ ވަކީލުން މިއަދު ހާޒިރުކުރި އެވެ.
އެހެން ނަމަވެސް އިންޓަނެޓްގެ މައްސަލަތަކާ ހެދި ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށް ގެންދާނީ ފިޒިކަލީ މީހުން ކޯޓަށް ހާޒިރު ކޮށްގެން ކަމަށެވެ. އަދިި އެ އަޑުއެހުން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވި އެވެ.
ތިން އަހަރަށް ދިގު ދެމިގެންދިޔަ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދެ ފަރާތުގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމި މިހާރު އެ މައްސަލަ އޮތީ ނިމުމަކާ ގާތުގަ އެވެ. ދެން އޮންނާނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
17 February 2021
ޔާމީނުގެ މަރުގެ މައްސަލަ ބަލަމުން ގޮސް މައްސަލަނިމި ހުކުމާ ހަމަޔަށް ގޮސްފަ އޮއްވާ، ޔާމީނުމަރުގެ ތުހުމަތުގަ ހައްޔަރުކޮށް ދަޢުވާ އުފުލާފަ ހުރި މީހަކަށް ފަރުވާ ނުދޭ މައްސަލަ ބެލިއަސް އަދި ފަރުވާ ނުދިންނަމަވެސް ތީ މުޅިން އެހެން މައްސަލައެއް، ޔާމީނު މަރާލިކަމުގެ ކުށް ތިމީހުންގެ މައްޗަށް ސާބިތުވާނަމަ، ތިމީހަކަށް ބޭސްފަރުވާ ނުކުރާކަމަށް ބުނެ ހުކުމް.........، ހުކުމް ކުރިނަމަވެސް ބޭސްފަރުވާ ކޮށްނުދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގަ ބެލޭނެ.