ޚަބަރު

ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ލަންކާއިން ހައްޔަރުކުރީ އަޝްމަލީ

އަޝްމަލީއަށް ތުހުމަތުކުރަނީ ޖިންސީ ބޭނުމަށް ކުޑަކުއްޖާ ހޯދަން އުޅުނު ކަމަށާއި ކުއްޖާ ލައްވާ ހަށިވިއްކުވި ނެޓްވޯކަށް އެހީވި ކަމަށް.

ކުޑަކުއްޖަކު ލައްވައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަޝްމަލީ -- ފޮޓޯ: ފޭސްބުކް/އަޝްމަލީ

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެންކުއްޖަކު ލައްވައި އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި އެ ގައުމުން ހައްޔަރު ކޮށްފައި ވަނީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ.

ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ހައްޔަރު ކޮށްފައިވާ ދިވެއްސަކީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ ކިޔާ މީހެކެވެ.

ލަންކާ ފުލުހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެއީ ކުރީގެ ސްޓޭޓް މިނިސްޓަރު އަޝްމަލީކަން ކަށަވަރު ކުރެވެ އެވެ.

ލަންކާ ފުލުހުން "މިހާރު" އަށް މިއަދު ބުނީ އޭނާ ހައްޔަރުކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އެއީ އަކީ ހަށިވިއްކުމުގެ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުންޏެވެ.

"ދިވެހި މީހާ ހައްޔަރުކޮށްފައި ވަނީ އިންޓަނެޓް މެދުވެރިކޮށް އަންހެން ކުއްޖާ ގަތުމުގެ ތުހުމަތުގައި،" ރޮހާނާ ވިދާޅުވި އެވެ.

އެ މީހާ [އަޝްމަލީ] ކުއްޖާއާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު އަދި ކުރިއަށް ގެންދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އޭނާގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.

ލަންކާގެ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށެވެ. އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރިކުރާ މީހަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

69 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 12%
icon angry icon angry 68%
icon wow icon wow 4%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔުބޭ

05 July 2021

މިފެންވަރުގެ މީހުން ރާއްޖޭގެ ބޮޑެތި ކުންފުނި ތަކުގެ މިފަދަ މަޤާމަށް އެކިއެކި ސަރުކާރުތަކުން ހަމަޖައްސާ މިފަދަ މީހުނަށް ޤާނޫނީ ހިމާޔަތްދެވޭކަމީ އަހަރެެމެން ނުހަނު ކަންބޮޑުވާކަމެއް.

The name is already taken The name is available. Register?

ހުސެން

05 July 2021

ލަންކާގައި މުޅީންއަލަށް ހިނގައިގެން އުޅޭކަމެއްވިއްޔާދޯ! މިފަދަކަންކަމަކީ ލަންކާގައި 24 ގަޑިއިރު ހިނގަހިނގާ ހުންނަކަންކަން، މާބޮޑުކަމެއްކަމުގައި ދައްކައިގެން ގޭސްގަނޑެއް މިއަނބުރަނީ ކޮންބޭނުމެއްގައިބާ؟ ފައިސާހުރިނަމަ އެމީހަކު ބޭނުންވާކަންކަމަށް ހޭދަކުރާނެ އަސްމަލީއެއްނޫން އަހަރެންނަމަވެސް އެކަންއޮންނާނީއެހެން، ހަށިވިއްކުމެކޭ ނޫންމިކިޔަނީ މިކިޔަނީ ލަންކާގައި އަލަށޭތިޔަޒާތުގެ ކަމެއް ތިޔަހިނގީ، އެހެންވީމައޭ ލަންކާ ފުލުހުން ޑުރާމާކުޅެނީ!

The name is already taken The name is available. Register?

ގެދާނޯމޮސް

05 July 2021

އަހަރުތަކެއް ކުރިން ބަޔަކަށް ކޯފާއަކަށް ގޮވާލީ މާ އެކަމުގެ ހިތިފިލުވާލުމަށް ބަޔަކު ރާވައިގެން އޭނަޔަށް ދިންލަނޑަކަށް ވެދާނެއެވެ.

The name is already taken The name is available. Register?

ހުސެން

05 July 2021

ޔޭސް ވަރަށްވައްތަރުކަމެއްތިޔަބުނީ! އެހެންނާ ލަންކާގަ ކޮންމެދުވަހަކު ވޭވެހުންނަ އެމީހުނަށް ކަމަކަށްނުވާކަންކަންމީ! އަސްލަމީ އަސްލަމީ އޭ މީޑިއާގަ ލަންކާފުލުހުންނޭ ގޮވާވަރުންވެސް އެބަހާމަވޭ ރާވައިގެން ކުޅޭ ޑުރާމާއެއްކަން، ދިވެހިންނަކީ މިފަދަކަންކަމުގައި ވަރަށްވެސް ދީންވެރިބައެއް އެކަން އެބަފެނޭކޮމެންޓުތަކުން، ކޮންމެމީހަކަށްވެސް ޗާންސެއްނުލިބިފަތިބެނީ ކޮންމެއެއްޗެކޭ ކިޔާފަ ކޮމެންޓުކުރިޔަސް!!

The name is already taken The name is available. Register?

ރޯޒަސް

07 July 2021

ކޮންމެ ގޮތަކަށް މިކަން އަނބުރަން އުޅުނަސް އަޝްމަލީ ކުރީ ވިޔާނުދާ ނުލަފާ އަދި ކޮށްގެން ނުވާނޭކަމެއް. ވައްކަން ކޮށްގެން ފާޅާއެރީމައި ބުނަންވީ އެންމެންވެސް ވައްކަން ކުރެޔޭ ޕޮލިހުންދެން ތިމަންނަގެ ކޭސް މާ ބޮޑުކަމަކަށް ހަދާލައިގެން އުޅެނީއްޔޭ.

The name is already taken The name is available. Register?

ގަންގްނަމް ސްޓައިލް

05 July 2021

އައްދެ، މިސޮރުގެ އަބުރެއްވާ ނެތް. މީނާއާ މި ކޭހާ ގުޅޭ ސަބަބު ލަންކާއިން ހާމަ ނުކުރަނީސް މިއޮތީ މީނާ ކުރީ މިވެނި ކަމެއްކަމަށް ގިނަ މީހުން ނިންމާފައި. ދެން އެބަ މަސައްކަތްކުރޭ ވަކި ޕާޓީއެއްގެ މީހަކާ މީނާ ގުޅުވަންވެސް. މަގުސަދެއް ނޭނގެ.

The name is already taken The name is available. Register?

ހށނ

05 July 2021

ތިވާނީ އެކަމުން އެކުއްޖާސަލާމަތްކުރަން އުޅެނިކޮށް އޮޅުމަކުން ހައްޔަރުވީކަމަށް.!

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

05 July 2021

ތީނަ ގައިގަ ޖަހާ ނުއަތު ބުރު އަޅާ މީހެއް ވައްތަރުވެސް!

The name is already taken The name is available. Register?

ދެރަ

05 July 2021

މުޅި މުޖުތަމައު އެކުއްޖާއަށް ރައްކާތެރިކަން ދިނުމުފައި ވަނީ ފެއިލް ވެފަ

The name is already taken The name is available. Register?

ބޮކިފުރާޅު އަލީ

05 July 2021

މީނާ އަތުވީ ރާއްޖެއިންނަމަ މީހާރު އޮންނާނީ ލަންކާއަށް، ތައިލެންޑަށް ނޫނީ ޔޫކޭއަށް ބޭސްފަރުވާއަށްފޮނުވާފާ.

The name is already taken The name is available. Register?

މޭޔަރ 2023

05 July 2021

ސަހަލު އެކަކު ނެތޭ

The name is already taken The name is available. Register?

ހާމިދު ޝާހިދު

05 July 2021

މީ ޔާމީން ސަރުކާރަށް އައިއިރު ވަހީދު ސަރުކާރުން ޕްރޮމޯޓްވެގެން ލެއްގި މީހެއް. އޭރު ޓީވީތަކަށް ވަރަށް އިންޓަވިއުވެސްދިން. ޔާމީން ވެރިކަމަށް އައުމާއެކު ބޮޑެތި މަގާމުތައް ލިބުނު. އެހެންނަމަވެސް، ވެރިކަން ލިބުނުތާ 1 އަހަރުނުވަނީސް، އޭނާގެ މައްސަލަތަކެއް ފެންމަތިވެ، ޔާމީނުގެ ސަރކަލްގެ ތެރެއިން އޭނާހުރީ ބޭރުކޮށްލާފައި. އެންމެފަހުން ރިޔާސީ އިންތިހާބު ބޯމަތިވިއިރު، އަޑެއްބަޑެއްވެސް ނީވުނުތާންގައި އޭނާ ގެއްލުނު. ފަހުގަޑީގައި އެމްޑީޕީވެގެންއުޅުނީ.

The name is already taken The name is available. Register?

ޙޫޓޭ

05 July 2021

ކަޑަވީމަ އެމްޑީޕީ ހެހެހެ..

The name is already taken The name is available. Register?

ހަސަނު1

05 July 2021

ހާދަ އަވަހަކަށް އެމްޑީޕީ ބޮލަށް ކަނޑާލީ... މީ ހަމަ ކަލޭމެންގެ މީހެއް. އެވަރެއް ނެތިގެން ގެންގުޅުނު މީހެއް. އޭގެ މާނައަކީ އޭނަ ކުރާ ކޮންމެ ކުށަކީ ޕީޕީއެމް އެންޑޯސް ކުރާ ކުށްތަކެކޭ ނޫންދޯ؟

The name is already taken The name is available. Register?

ބަބުޗީ

05 July 2021

މިހާރު ސިފަ ކުރެވެނީ މިހަބަރު ކިޔާފަ ޔާމީނު މޫނު ކުނިކޮއްލާނެ ވަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454