ހުޅުމާލޭގައި ބަޔަކު ސައިކަލު ދުއްވަނީ: ރޭގަނޑު އެކަނި ހިނގާފައި ދާ އަންހެނުންނަށް ބިދޭސީންގެ ނުރައްކާ ވަނީ ބޮޑުވެފައި
24 ނޮވެމްބަރ 2016 - 13:38
ހުޅުމާލޭގައި ރޭ ހިނގާފައި ދިޔަ މެދު އުމުރުގެ އަންހެނަކު ހިފަހައްޓައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ބަންގްލަދޭޝް މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުސް އޮފީހުން ބުނީ އެތަނަށް ހުށަހެޅި ހާދިސާ ހިނގީ ނެއިބަހުޑް ދޭކަށް ދެވެން އޮންނަ ބަގީޗާ މަގުން ރޭ 11 ޖަހާކަންހާއިރު ކަމަށެވެ.
"މިހާރު"އާ ވާހަކަދައްކަމުން އެ އަންހެން މީހާ މިއަދު ބުނީ ފަހަތުން ގޮސް އޭނާގެ ގައިގައި ހިފައިގަނެ ގެންދަން އުޅުނީ ސެންޓްރަލް ޕާކު ކައިރީގައި ހުރި ގަސްތަކެއްގެ ތެރެއަށް ކަމަށެވެ.
"(ކަސްރަތުގެ ގޮތުގައި) ހިނގާ އުޅޭތީ އަޅުގަނޑު ބޭނުންވީ ބަހަށް ނާރައި ފައިމަގުގައި ދާން. ގަސްތައް އޮންނަ ފަރާތް އަނދިރިވުމުން މަގުގެ އަނެއް ފަޅިން ހިނގާފައި ދިޔައީ ވެސް. އެކަމަކު ވަކި ހިސާބަކުން ބަންގްލަދޭޝް މީހަކު އަޅުގަނޑުގެ ފަހަތުގަައި އަޅުވާލީ،" އެ އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ ވަކި ހިސާބަކުން ބިދޭސީ މީހާ އޭނާގެ ފަހަތުން ބައްދައިގަނެ، އަނގަމަތީގައި އަތް އެޅުމަށް ފަހު އުފުއްލާލައިގެން މަގުގެ އަނެއް ފަރާތަށް ގެންދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމީހާގެ އަތުގައި ދަތް އެޅުމުން އޭނާ މަގުމައްޗަށް ވެއްޓުނީ ކަމަށް ބުންޏެވެ.
"އެކަމަކު ދެން ވެސް އޭނާ ހަމަ އެގޮތަށް ނަގައިގަނެގެން ގަސްތަކުގެ ތެރެއަށް ވެއްދީ،" އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ ގަސްތަކުގެ ތެރެއަށް ވެއްދި އިރު ވެސް އެ މީހާ ހުރީ އޭނާގެ އަނގަ މަތީގައި އަތް އަޅައިގެން ކަމަށެވެ. ސަލާމަތްވާން ދެވަނަ ފަހަރަށް ވެސް އެމީހާގެ އިނގިލީގައި ވަރަށް ބާރަށް ދަތް އެޅީ ކަމަށް އަންހެން މީހާ ކިޔައިދިނެވެ.
"އޭނާގެ އިނގިލި ބުރިވާ ވަރަށް އަޅުގަނޑު ދަތް އެޅިން. ދެން އެވަގުތު ސައިކަލުތަކެއް އެ ސަރަހައްދަށް އަރާ ހަމަވުމާއި ވީ ތަދުން އެމީހާ އަޅުގަނޑު ދޫކޮށްލީ. ވަގުތުން އަޅުގަނޑު ހަޅޭއްލަވަމުން ނުކުތީ މަގުމައްޗަށް،" ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަަމުން އަންނަ އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ އެވަގުތު އެ ހިސާބުން ދިޔަ ސައިކަލެއްގައި އިން މީހަކާއި މަގުން ހިނގާފައި ދިޔަ އިތުރު މީހުން ކައިރީ އެ ވާހަކަ ބުނުމުން ބިދޭސީ މީހާ ހޯދަން ގަސްތަކުގެ ތެރެއަށް ވެސް ވަން ކަމަށެވެ. އެކަމަކު އޭރު އޭނާ ފިލައިފި އެވެ.
އަންހެން މީހާ ބުނީ އޭނާގެ އަތުގައި ރަނާއި ފައިސާ ހުރި ނަމަވެސް އެތަކެތި ހޯދަން ބިދޭސީ މީހާ ނޫޅުމުން އޭނާގެ މަގްސަދަކީ ރޭޕް ކުރުން ކަން އެނގޭ ކަމަށެވެ.
އެފަދަ ހާދިސާއެއް ހަމަ އެ ސަރަހައްދުން މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ވެސް ވަނީ ހިނގާފަ އެވެ.
ދަންވަރު ދޭއް ޖަހާކަންހާއިރު ބިދޭސީއަކު ވަނީ ދިވެހި އަންހެނަކު ގަދަކަމުން ހިފަހައްޓައި ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކޮށްފަ އެވެ.
އެ އަންހެން މީހާއާ ބެހުނީ ދަރިފުޅު ގެއަށް ލާންވެގެން ފިރިމީހާ ސައިކަލްގައި ދިއުމުން، ހިނގާފައި ދަނިކޮށް ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި ޖަލުގެ ސެކިއުރިޓީ ޓްރެއިނިން ހަދާފައި ހުރި އެ އަންހެން މީހާ ސަލާމަތްވީ ހަތަރު ފަހަރެއްގެ މަތިން ގަސްތަކުގެ ތެރެއަށް ވެއްދި ފަހުންނެވެ.
"އެ ހާދިސާގެ ވާހަކަ އަޑުއަހާފައި އޮތުމުން އަޅުގަނޑު ހިނގާފައި ދިޔައީ ވެސް މަގުގެ އަނެއް ފަރާތުން. އަދި އެއީ 11 ޖަހާކަންހާއިރު ކަމަށް ވުމުން ކޮންމެވެސް ވަރަކަށް މަގުމަތީގައި މީހުން ވެސް އުޅޭ،" ރޭގެ ހާދިސާއާ ކުރިމަތިވި އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ ހުޅުމާލޭގައި އުޅޭ ހުރިހާ ބިދޭސީންގެ ކަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ނުބެލެހެއްޓުނު ނަމަވެސް، މަގުގެ އަރިމަތީގައި ބޯކޮށް ހެދިފައި ހުންނަ ވިނަތައް ކޮށައި، އެތެރެ ފެންނަ ގޮތަށް ބެހެއްޓުން މުހިއްމު ކަމަށެވެ.
"ފުލުހުންނަށް އަޅުގަނޑު ބަޔާން ދިނުމުން އެ މީހުން ވެސް ފާހަގަކުރި އެޗްޑީސީން ގަަސްތައް ނުކޮށާ އޮންނަ ކަމަށް. އަދި މީގެ ދެ އަހަރެއް ވަރު ފަހުން ފުލުހުންނަށް ވެސް އެތަން ނުބެލެހެއްޓޭ ވަރަށް ކަންތައް ހިނގައިދާނެ ކަމަށް ބުނި،" އަންހެން މީހާ ކިޔައިދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަޒާން
25 November 2016
ބައެއް ބަންގްލަދޭޝް މީހުންގެ އުންދަގޫ ވަރަށް ބޮޑު ވެއްޖެ. އެ މީހުން ހޯދާ ޑީޕޯޓް ކޮށްލަންވީ. އަދި އެކަހަލަ ވިޔާނުދާ ކޮށް އުޅޭ ބަންގަލަދޭޝް މީހުން ގެނެސް އެމީހުން ލއްވާ މަސެއްކަތް ކުރާ ފަރާތްތަކަށް ވެސް އަދަބެއް ދޭންވީ. ބަންގަލަދޭޝް މީހުންތަށް ހަމަ ޑީޕޯޓް ކުރަންވީ ވަގަށް އުޅޭ ބަންގަލަދޭޝް މީހުން އެހާ ގިނަ.
ކޮންޖަރިންގ
25 November 2016
ދިވެހިންގެ ކަންނެތްކަމުން ދިވެހިންނަށްވެސް ކުރެވޭނެ ކަހަލަ އާދައިގެ މަސައްކަތްތައް ކުރަންވެސް މިޖެހެނީ ބިދޭސީން ގެންނަން! ހަގީގަތް ބަލާފައި ކޮމެންޓުކުރޭ!
ހހޖހޖ
25 November 2016
ޖެންޑާރ މިނިސްޓަރު އަރާ ކިޔަނީ ގެވެށި އަނިޔާ ހުއްޓާށޭ. އަނެއްކޮޅުން ދެން ތިބި ސަރުކާރުން ބޮޑުން (ޚާއްސަކޮށް ފިރިހެނުން) އަރާ މިކިއަނީ އެންމެން މާލެ އަރާށޭ ފްލެޓްވާން. ރަށު ގޯތި ދޫކޮށްލާފައި ގްރޭޓަރމާލޭ ޖަލުގޮޅީ ސިޓިންރޫމްގަ ކަންކަމުން، ކަމުން،ކުޅެމުން، ...ހިންގަމުން އެތައް އާއިލާތަކެއް ޑިއުޓީ ބަހައިގެން ނިދިއަސް އެންމެން އޮރެންޖްހެދުންލާ ޕާޓީކުރީމާ މައްސަލަ ހައްލުވީ! ނަމަނަމަ ރާއްޖެތެރޭ އަންހެނާ ނިކަމެތިކުރަން މާލޭ ސަރުކާރުން ހިންގާ ޕޮލިސީ ވާހަކަ ނުދައްކާތި!
ޢަމަން
25 November 2016
އެހެން މީހުންގެ ވާހަކަ ތަކަށް ހެލިގެން އައުން ހުއްޓާ ލަންވީ އެހެންވީމަ ކުޑަ މާލެ ޔަށް . އަމިއްލަ ޔަށް ނިކަމެތި ވާން މާލެ ނުދާން ވީތާ. މާލެ ނޫނަސް އަރާމުގަ އުޅެވޭ ރަށުގަ ވެސް
ޙަޙ
25 November 2016
ގަހެއްނޫން މަޝައްގޯހީ މަށަށް ގޯހީ ބިދޭސީން ކޮންޓޯލުކުރަން ކުރާ މަސައްކަތުގެ ދޯހަޅިކަމުން. ޢަދި މިޔަވުރެއް ބޮޑެތި ކަންކަން ވަަނެ. ޟަޖިލީހުގަ ބާރު ހުރި މެމްބަރެއްގެ ދަރިޔެއް އަނބަކަށް ވިކަމެއްނަމަ ކޮންމެވެސް ވަރަކަށް ހަލުކުރަން އުޅުނީސް
ބޮކިފަތި 3 އަހަރު
25 November 2016
ޕާކްތައް ހަދަނީ ރޫމް ނުލިބޭ ޒުވާނުންނަށް
ކަޑަ
24 November 2016
މާލޭގަވެސް އެބަޕާކު ހަދާ.. ޒުވާނުންނަށޯ... ރަގަޅު ސޯސަންމަގުގަ އަލަށް ހެދިޕާކުގަވެސް ދަންވަދަންވާގެން އެކަކު އަނެކަކު އުރުތެރެއަށް އެރިއޮވޭ... އެހާ އަލި މަޑު.. ހުޅުމާލެވެސް ކުށްކުރާމީގންނަށް ކުށުގެ ހާއްޔަކަށް ވެނިމިއްޖެ... މިކަހަލަ ހިތާމަވެރި ކަންތަމަށް މަގުފަހިވަނީ..
ލުގުމާން
24 November 2016
ތިޔަކަމުގައި ދަންނަވަން އޮތީ ދެވާ ހަކައެއް ފުރަތަމަ ކަމަކީ އެއީ ބަނގުލަދޭޝް މީހަކަށް ވީތީ ކުރިކަމެއްނޫނޭ އެއީ ދިވެހިންވެސް ކިތައްމެ ފަހަރަކު ކޮށްފައިވާކަމެއް. އެހެނޭ ކިޔާފަ ކޮންމެ ހެނަކުން ނުޖެހޭ ބަނގާޅުން މިގައުމުން ބޭރުކުރާކަށްވެސް. އެހެން އެއްމެނެއްނޫލޭ. މިގައުމުގައި އެބަތިބި އެއްލައްކަ ވަރަކަށް ބޭރުމީހުން. ތިޔަކަމުގައި ދިވެއްސެކޭ ބަނގާޅެކޭ ވާންޖެހޭނީއެއްވަރު. ދެވަނަ ވާހަކައަކީ ކޮންމެހެނަކުން ގަސްތަކެއް ކޮށާލާކަށް ނުޖެހޭ. އަންހެނަކު ގަދަކަމުން ކޮޓަރިއަކަށް ވައްދައިފިއްޔާ ދެން ވީ ހުރިހައި ކޮޓަރިތަށް ބިއްލޫރިން ހަދަން ނޫނީ ހުރިހާ ކޮޓަރިތަކުގެ ފާރު ތަޅާލަންތޯ. އެއީކީ ދެކޮޅު ޖެހޭކަމެއްނޫން. ކުރަންވީކަމަކީ ހެދިފައި ވާ ގާނޫންތަށް ދިވެހި ދިދައިގެ ދަށުގައިވާ އެއްމެންގެ މަށްޗަށް ހަމަ ހަމަ ވާގޮތަށް ހިންގުން. ހުކުމް ބަރާބަރަށް ތަންފީޒް ކުރުން.
ޝަކުވާ އަލީ
25 November 2016
ޅުގުމާންގެ ވިސްނުން ވަރައްކޮށި ކިހިނެއްތޯ މި ގައުމުގެ އުފަންދަރިންނާ ބިދޭސިންނާ ހަމަ ހަމަ ކުރެވޭނީ،، މި ރާއްޖޭގައި ބިދޭސިން އުޅެނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބިދޭސިން އުޅޭގޮތަކައްނުން ކުރާކައް ނުކުރާކައް ކަމެއް ނެތް، ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ބަލާަބަލަ މި ގޮތައް ބިދޭސިންނައް އުޅެވޭތޯ، ގަވާއިދާ ޙިލާފައް މިތާ އުޅެނީ ކިތައް ބިދޭސިންތޯ، އެކަންމަނާކުރާނެ ފަރާތެއްނެތް، ހުރިހާ ވިޔަފާރިތަކެއް އެ މީހުން ކޮންޓްރޯލް ކުރަނީ، މުޅި ރާއްޖެ އަދި އެ މީހުން ގެ ބާރުގެދަށައްދާނެ މިހާރު މިދާ މިސްރާބުގަ ކަންތައްތައް ކުރިޔައްދާނަމަ ވަރައްބޮޑައް އަޅުގަޑުމެން މިކަމާ ވިސްނަންވެއްޖެ.
މަންސޫރު
25 November 2016
ވަރަށް ތާއީދު!
އަހުމަދު އިބުރާހިމް
26 November 2016
މީދިވެހިންގެ ޤައުމެއް! މި ޤައުމުގައި އުޅޭ ބޭރުމީހުން ދިވެހިންނަށް އެފަދަ އަނިޔާތައް ކުރަމުންދާއިރު ދިވެހިންނާ ހަމަހަމަ އެއް ނުކުރެވޭނެ!
މަނާހު
24 November 2016
ބޭރުމީހުންނަށް ޖެހިލުމެއްނެތި ދިވެހިފަސްގަނޑުގައި ދިވެހިންނާމެދު އެހައި އަނިޔާވެރި ނުބައި ބަދުއަޚްލާޤީ އަމަލެއް ހިންގަންކެރެނީ މިތަނުގައި މިބާވަތުގެ ކުށްތަކަށް ހައްގުއަދަބު ނުދެވޭތީއެވެ.
މަނާހު
24 November 2016
މަގުމަތި ނާމާންވެ ނުރައްކާތެރިވުމަކީ ގައުމު ތަހުޒީބާ ފެއަށް ދަތުރުކޮށްފައިވާކަމުގެ ހެތްކެކެވެ. މިފަދަ އަމަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅެއް ނޭޅިއްޖެނަމަ އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާމީހުން އެކަމެއް ނުހުއްޓާނެއެވެ. ޢަދި އަގަލެއްނެތް މީހުން އިތުރުވާނެއެވެ.
ބަކުރު
24 November 2016
ތިބަންގާޅިންގެ ވާހަކަ ދެއްކި ދާނެ ޕްރެސްކޮންފަރެންސް ބާއްވާ އިމިގްރޭޝަން ޙާލީލް އަށް އަގައިން ނުބުނެވޭ ވަރުވެސް ކުރެވިދާނެ ، އެކަަމަކް ތިމީހުން ރާއްޖޭން ފުނުވޭނީ އެމް.ޓީ.ސީ.ސީ އާއި އެމް.އަރް.ޑީ.ސީ އަށް މުއަޒަފުން ގެނެސްގެން އަދި ދިވެހިރާއްޖޭގައި އުޅޭ ބޭރު ކޮންސްޓަރަކްޝަން ކުންފުނިތަކަށްވެސް މުއަޒަފުން ގެނެސްގެން އެނޫނިއްޔާ ޕްރެޖެކްޓްތަށް ހިންގަން ވަރަށް އުދަގޫވަނެ ކަމަށް ފެންނަނީ!ޤ!!
އާދަމް
24 November 2016
ފުލުހުން ކޮބާހޭ. މަހަކު އެތައްފަހަރު އެކަންތައްވާއިރުވެސް އަޅާލާނެ ފުލުހެއްނެތީހެ. ފުލުހުން ކުޅިވަރުކުޅުމުގަހޭ.