16 ޖުލައި 2021 - 22:46
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވީ 114 މީހަކު ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 11 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން ފެށިގެން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް ޓެސްޓްކުރި 7،101 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން އެ ބަލި ޖެހުނީ 18 މީހެކެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 82 މީހެއް، ރިސޯޓުތަކުން ނުވަ މީހެއް އަދި ހަދަމުން އަންނަ ރިސޯޓުތަކުން ފަސް މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަކީ 2،578 އެވެ. ރާއްޖެ އިން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 75،736 އަށް އަރައިފަ އެވެ. މީގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 72،930 މީހެކެވެ. މިހާތަނަށް ޖުމުލަ 216 މީހަކު ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވެފައިވެ އެވެ.
މިދިޔަ މެއި މަހުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އެޅި ފިޔަވަޅުތަކަށް، މިދިޔަ ހަފުތާގައި ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy