ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް ކައިރީ އެތަނުން ފްލެޓް ލިބުނު ބަޔަކު މަޑުކޮށްލައިގެން --. ފޮޓޯ: ނިޝާން އަލީ/މިހާރު
21 ޖުލައި 2021 - 20:27
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، "ހިޔާ ޔޫނިއަން" މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދިއްޖެ އެވެ.
ޓަވަރެއްގެ ތިރީ ބުރިން ފްލެޓް ލިބުނު މީހަކު މަތީ ބުރިއަށް ބަދަލުވާން ބޭނުން ނަމަ، ނުވަތަ މަތީ ބުރިން ފްލެޓް ލިބުނު މީހަކު ތިރީގެ ފްލެޓަކަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް ގުޅިގެން އެކަން ކުރެވޭ ގޮތަށް ހުޅުވައިލުމުން "ހިޔާ ޔޫނިއަން" ގެ ފްލެޓް އެކްސްޗޭންޖް ޕްލެޓްފޯމުގެ ހިދުމަތް 900 އަށް ވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ފްލެޓް ލިބުނު މީހުން ހިމެނޭ ވައިބާ ގްރޫޕެއް ވެސް އެ ޔޫނިއަނުން ހިންގަމުން އަންނައިރު ފްލެޓް ބަދަލުކުރުމަށް އެތައް ބަޔަކު ވަނީ އެ ގުރޫޕުގައި އެދިފަ އެވެ. ފްލެޓް ލިބުނު ފްލޯ އާއި އިތުރު މައުލޫމާތު ހިމެނުމުން އެ ތަން ބޭނުންވާ އިތުރު މީހަކު ހުރި ނަމަ އެކަން ދިޔައީ އެ ގުރޫޕުގައި އަންގަމުންނެވެ.
ޔޫނިއަން މެދުވެރިކޮށް އެކަނިވެސް 900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން އެދުނުއިރު، މިގޮތަށް ފްލެޓް ބަދަލުކުރުމަށް ސީދާ އެޗްޑީސީ އަށް ހުށަހެޅި މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ދައްކައިލުމަށް ފަހު، މިހާރު ކުރިއަށް ގެންދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަމެވެ. އެކަމަކު މި އީދު ބަންދަށް ސޮއިކުރުން މި ވަގުތަށް މެދުކަނޑާލާފައި އޮތް ނަމަވެސް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް ފަށާނެ އެވެ.
ފިނިޝިންގެ މަސައްކަތް ނުނިންމައި ފުރަތަމަ ފަހަރަށް ދޫކުރާ މި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. އެޗްޑީސީ އަށް ނަގާނެ އެވެ. އެކަމަކު އެ ކުލި ކުޑަކުރުމަށާއި ފިނިޝިން ނިންމުމަށްދޭ ތިން މަސް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ފްލެޓް ލިބުނު މީހުންދަނީ އާދޭސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމީ
23 July 2021
ނޫސްވެރިޔާ އަޅެ ސުވާލުކޮށްލަދީބަ ބާލީ ފްލެޓްތަކަށް ވީ ގޮތް. ދެމަފިރިންނަށް ފްލެޓް ލިބުނު މީހުންގެ ތެރެއިން ދިނީ އެކަކަށްތާ…އެގޮތަށް ކެންސަލްވީ ފްލެޓްތަކަށް ވީގޮތުގެ ވާހަކަ ދައްކާ މީހަކުނެތް
މަހޭބެ
22 July 2021
ޚިރިއާވެސް ގޮތެއް އޮތްމީހަކުވިއްޔާ ބަދަލުކުރާނެ... ހާދަހާވެސް ކިބަޅިކޮށޭ އެތަން ހުރީ މާފުށީ ޖުވެސް ބަލާލަން ރީތި. އެހުންނޫންވާނި ބޮޑުމީހާ 3 ބިލިއަން ރުފިޔާ ކައްވާލިވިއްޔަ...
ޖޫން
23 July 2021
ހާދަހާ ހިތުގަ ހަސަދަބައި ބޮޑޭ. ޔާމީނުވެސް އެވަރު ކޮށްފިތާ، މިއުޅޭ މީހާއަށް މިއުޅެނީ ގަލެއްވެސް ބާއްވާ ނުލެވިގެން
ބަބޫ
22 July 2021
އެއީ ފްލެޓް ލިބުން ހައްގު ނުވާމީހުންށް ފްލެޓް ދިނީނަ ވާގޮތް. މާލޭގެ ގެދޮރުވެރިންނަށްވެސް ފްލެޓް ލިބިފަ އެބަހުރި. 3 ކޮޓަރީގެ ލަގްޒަރީ ތަންތަނުގަ އުޅެފަދާމީހުން އެއީ. އަހަރެމެން މިއުޅެނީ ބޮލައް ވެއްޓޭ ހިސާބުގަ ހުރި ތަންތަނުގައި. ސަރުކާރަށް ހިދުމަތް ކުރާތާ 14 އަހަރު ދަރިޔަކު އެބަހުރި ބަލަން މިސްކުޅި ބައްޕަޔަކު އެބަހުރި. ތިޔަ ތަނުން ނުލިބުނު
ނުހާސ
22 July 2021
ވައިބާ ލިއްކު ލިބޭނެތޯ..
މަކަރުވެރި ސިޔާސީވެރިން ތި
22 July 2021
ހިތުން ޔާމިންގެ އަގު ވައްޓާލަން ފުލެޓްް ނުނިންމައި ހަވާލު ކުރަނީ. ކުރީ ސަރުކާރުން ކުރި ކަމެއް ވީމައި ސިޔާސީ ކޮށްލީ. ރާއްޖޭގެ ސަރުކާރު ތަކުން ކުރާ ވަރަށް ނާތަޙްޒީ ބު ކަމެއް އެއް ސަރުކާރުން ކުރާ ކަންކަމާއި ޕްރިޖެކްޓް ތައް ހަލާކު ކޮށް، އަގުވައްޓައިލުން. ބަދަލުހިފަނީ. މީގެ ހުރިހާ ގެއްލުމެއް ލީ ބެނީ ރައްޔިތުންނަށް. ދުނިޔޭގެ ކޮންގައުމެއްގައިތޯ ދައުލަތުގެ ބޯހިޔާވަހިކަމުގެ ޕްރިޖެކްޓެއް ނިންމަން ރައްޔިތުންނާއި ހަވާލު ކުރީ.. ?
އެވެރިންނަށް ހެއްލޭ މީހުން
22 July 2021
ހިތުން މޮޅުވާހަކައެއް ދައްކާނަމޭ ހިތާބުނިއެއްޗެއް. އެކަމަކު ހަގީގަތަކީ ފުލެޓު އިމާރާތް ކުރަން ހަވަލުކޮށްފައިއޮތީ އެންމެ ބޮޑު އަގުހުށަހެޅި އެއްފަރާތާއި. އަދި އަގަށް ބަލާއިރު އެއީ 900 އަކަފޫޓުގެ ތަނެއް ފިނިޝިންއާއި އެކު ނިންމޭނެ ވަރުގެއަގެއް. އެކަމަކު މިކޮންޓްރެކްޓުގަ ފިނިޝިން ނުހިމެނޭ. ދެން ފިނިޝިން ނިންމަންޖެހެނީ އިތުރު ލޯނެއް ނަގައިގެން. އަދި އެވަރުންވެސް ފުލެޓު ދޭންޖެހޭނީ 5000 ރިފިޔާ އަށޯ، ހުރިހާ ހަޑިއެއް ހާވާފައި އައިސްހުރެ، މޭޔަރު އެބަގޮވާ.
ހެއްލޭ މީހާ
23 July 2021
ލޯނު ފިނިޝިންގްއަށް ލޯނު ނުނަގަން ނިންމީ ޔާމީން ބުނެގެންތަ؟ ތަން ނިންމާ ހަވާލު ކުރަން ޖެހޭ ތާރީހަށް ނުނިންމުނީވެސް ޔާމިން ބުނީމަތަ. ތަން ހަވާލު ނުކުރެވިގެން އިންޓްރެސްޓް އެރީމަ އިތުރު ލޯނެއް ބޮޑު އިންޓަރެސްޓްގަ ނެގީވެސް ޔާމިން ބުނެގެންތަ. މީ ހަމަ ނާގާބިލް ސަރުކާރެއް، ސިޔާސީ މޮޅު ސްޓަންޓެއް ޖައްސަން ހަދައިގެން ތޮޔޮތީ އަތަށް ގޮވާފަ
ޙަބީބު
22 July 2021
ރައިސްޔާމިނު ދެންވެސް ހޮއްވަވަންވީ އޭރުން ދެންވެސް 3 ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ކޮޓަރީގެ ފުލެޓު އަޅާފަ ތިޔަވަގުތީ ހިޔަތަކުން އަލަތު ކައިވެންނައް ޖާގަދީފަ ރަނގަޅު ބަދަލެއް ފެންނާނީ
ދެރާ
22 July 2021
ޝުކުރިއްޔާ، ހިޔާ ޔުނިއަން. އަޅުގަނޑު ޢާންމު އެކުވެރި ގުޅުމުގެ "ކޮތަރު ކޮށި" ވައިބަރ ގްރޫޕު"ން ފެނުނު ފްލެޓް ބަދަލުކުރާ ފޯމް ފުރައިގެން ޖަވާބެއް ނުލިބި އިންތިޒާރުގަ ހުރީ، އެކަމަކު ފަހުން އެތަނުގެ ލޯގޯއަކާއި އެކު އެހެން މީހެއްގެ ފްލެޓް އެކްސްޗޭންޖް ކޮށްދޭނެ ފަރާތެއް ހޯދަން ޕޯސްޓެއް ދައުރުވާތީ ފެނިގެން، ވާނުވާ ނޭގި ދެރަަވެ، މިކަން ފްރެންޑަކާ ޝެއަރ ކޮށްލީމަ ހިޔާ ޔުނިއަން ގްރޫޕަށް އެޑްކޮށްދިނީ، މިހާރު ފެމިލީމީހަކާއި އެއްފްލޯރގަ. އަލްޙަމްދު ލިއްލާހި.
ޢަލަި
22 July 2021
ވަކި ސަރުކާރަކުން ކޮށްފަ އޮތްކަމެއްވީމަ ޖެއްސުން ކުރާހެން ހީވަނީ. ކުރީ ސަރުކާެުރުން ކޮށްފަ ހުރިކަން ކަން ރަނގަޅުކުރަން އަހަހރެން މިސަރުކާރަށް ވޯޓް ދިނީ. އެކަމަކު މިކިޔަނީ ކުރީ ސަރުކާރުކޮށްފަ އޮތްކަމެއްވީމައޭ އަނެކައްޗެކޭ. ސޯޝަލް ހައުސިްނ އަކީ އެންމެ އާދައިގެ މީހާއަށްވެސް ހަމަޖެހިލައިގެން އުޅެވޭ ވަރުގެ ތަނެއް. އެކަމަކު މިސަރުކާރުން އައިސް3 އަހަރު ވަންދެން އެތަން ނުދީ އެތަނަށް އެރި ޖޫރިމައިނާވެސް އަތުލަނީ ނިކަމެތިމީހާ ގެ ދިޔަފެލައިގެން.
ާއަންނި
22 July 2021
ކޮބާ 2500 ފުލެޓް
އައްޑޫ ކޮއިޔާ
21 July 2021
ހިޔާ ޔޫނިއަން އަކީ ފުލެޓް ތަކުގައި އުޅޭމީހުންގެ އަދަދަށްބަލައިގެން ސިޔާސީ މަންފާ އެއްނަގަން އުޅޭ ބައެއް. ވައިބާ ގްރޫޕްގައިވެސް ލިޔަން ޖެހެނީ މުޅީންވެސް އެމީހުންނަށް ސަނާކިޔާފައި. ނޫނީ އެމީހަކު ބޭރުކޮށްލާ އެބަ. ތިޔަ ޔޫނިއަންރަޖިސްޓްރީ ކޮށްގެން އުޅޭ ކިތަށްމީހުންނަށް ބާ ތިޔަތަނުން ފުލެޓް ލިބިފައިހުރީ. ވައިބާ ގުރޫބްގައި ފުލެޓް ބަދަލުކުރަން އަމިއްލަ އަށް އެޑެއް ޖެހީމަވަސް ވަގުތުން ބޮލޮކް ކޮށްލީ. ކޮންމެ ކަމެއްވެސް އެމީހުން ތުރޫކޮށްދާންޖެހެނީ.
ޥއޖސމސ
21 July 2021
އައްޑޫ މީހުން ބޮލުގަެި ތުހުމަތު އަޅުވަންޏާ ބަސް ދަސްކޮށްގެން ލިޔަންވީނު. ކޮއިޔާ އެކެޭ ނުކިޔާނެ އައްޑޫ މީހުނެއް.
ކިނބޫ
24 July 2021
އެއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ބައެއް ނޫން. ސަރުކާރުގެ ބަޔަކު ހުތް ލައިދީގެން ހަދައިގެން އުޅޭ ވައިބަރ ގްރޫޕްގަނޑެއް. ސުވާލެއް ކޮށްފިއްޔާ ދޭ ޖަވާބަކީ ތިމަންމެނަކީވެސް ތިބޭފުޅުންފަދަ، ފްލެޓް ލިބުނު އާންމު މީހުންނޭ. ހާސިލުކުރި ކަންކަމުގެ ގޮތުގަ ބުނަނީ ޕެޓިޝަނެއް ލީ ވާހަކައާ މީސްމީހުނާ ބައްދަލުކުރި ވާހަކަ. މިމީހުން ބައްދަލު ކޮށް އެމީހުނާއެކު ބައިސާ ކެނޑުން އެއީ ލިބުނު ކުރިއެރުމެއް ކަމެއް ނުދެނަހުރިން.