މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު: އޭނާގެ ވާރިސުންގެ ބަސް ނަގަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހު --
17 އޯގަސްޓް 2021 - 12:03
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޑިސެމްބަރު 18ގެ ކުރިން ހުކުމް ކުރަން ޖެހޭ ގޮތަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ޔާމީން ރަޝީދު ދިރިއުޅުނު ގެޔަށް ވަންނަނިކޮށް ތޫނު އެއްޗެހިން ހަމަލާދީ އޭޕްރީލް 2017 ގައި އޭނާ މަރާލި މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
ދިފާއުން ހެކިބަހާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި އޮތް މި މައްސަލައިގައި އަޑުއެހުމެއް ނުބާއްވާތާ ހަ މަސް ފަހުން މިއަދު ބޭއްވި އަޑުއެހުމަށް ބައެއް ވަކީލުން ވަޑައިގަތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ތައްޔާރު ނުވެ އެވެ. އެހެންވެ އެ ވަކީލުންގެ އެދުމުގެ މަތިން އެ ބައި އެހެން ދުވަހަކަށް ފަސްކޮށް، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ގާޒީ އާދަމް މުހައްމަދު އިއުލާނު ކުރެއްވި އެވެ. އޭނާ ނިންމެވި ގޮތުގައި ދެން ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ އަޑުއެހުން ބާއްވާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގަ އެވެ.
އޭގެ ފަހުން އޮންނާނީ ޔާމީން ރަޝީދުގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެވެ. އެ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 9:00ގަ އެވެ. ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެ ދުވަހުން އެ ދުވަހަށް ހުރިހާ ވާރިސުންގެ ހެކިބަސް ނަގައި ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޔާމީން ރަޝީދަށް ހަމަލާދިން މީހުން އެ ގޭގެ ސިޑި ގޮޅީގައި
މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ބާއްވަން ތާވަލުކުރީ ނޮވެމްބަރު 18 ވަނަ ދުވަހުގެ 9:00 އަށެވެ.
ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ. އެހެންވެ މި ތާވަލާ އެއްގޮތަށް މައްސަލަ ގެންދެވިއްޖެ ނަމަ ޑިސެމްބަރު 18ގެ ކުރިން ހުކުމް ކުރަން ޖެހޭނެ އެވެ.
ކުރިން މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވެސް މައްސަލަ ނިންމަން ތާވަލުތައް އެކުލަވާލެއްވި ނަަމަވެސް އެކި ސަބަބުތަކާ ހެދި ތާވަލުތަކާ އެއްގޮތަށް މައްސަލަ ކުރިއަކަށްނުގެންދެވެ އެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ މިހާރު އިސްތިއުފާ ދެއްވާފައިވާ ގާޒީ އިބްރާހިމް އަލީ އަދި ސުޕްރީމް ކޯޓަށް ބަދަލުކޮށްފައިވާ ފަނޑިޔާރު އަލީ ރަޝީދެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދު ޖަލުގައި ހުންނައިރު، ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އެކަށީގެންވާ ފަރުވާ ނުދިނުމާއި އަނިޔާ ކުރުމާއި އޭނާގެ އަމިއްލަ ތަކެެތި ކަރެކްޝަންސް އިން އަތުލާފައިވާ ކަމުގެ ޝަކުވާތަކަކާ މަތިކޮށް އޭނާގެ ބަންދަށް ލުޔެއް ދޭން ކުރިން އެދިފައި ވާތީ އެކަމަށް ވެސް ގާޒީ މިއަދު ގޮތް ނިންމެވި އެވެ.
ގާޒީ އާދަމް މުހައްމަދު ނިންމެވީ އެކަށީގެންވާ ވަރަށް ބޭސްފަރުވާ ނުދެވުނަސް ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ނެތުމުން އިސްމާއިލްގެ ބަންދު ދަމަހައްޓާށެވެ. ނަމަވެސް، އޭނާއަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުން ބުނާ ޑައިޓުގައި ކާން ވެސް ލިބެންޖެހޭނެ ކަމަށާއި ބޭސްފަރުވާ ވެސް ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ކަރެކްޝަންސް އިން ނެގި އޭނާގެ ތަކެތި 30 ދުވަހުގެ ތެރޭގައި އަނބުރާ ރައްދުކުރަން އެންގެވި އެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޔާމިން ރަޝީދު މަރާލި ރޭ އޭނާ ދިރިއުޅޭ ގޭގެ ސީސީޓީވީ ކެމެރާތަކުގެ ފޫޓޭޖުތައް ވަނީ ދައްކާފަ އެވެ. އެ ގޭގެ ލިފްޓުގެ ކެމެރާއިން ފެންނަނީ ލިފްޓުގެ ދޮރު ހުޅުވޭއިރު، ސިޑި ގޮޅި ތެރޭގައި މީހަކު ބިންމައްޗަށް ވައްޓާލައި ދެ މީހަކު ވެގެން ހަމަލާ ދޭ ތަނެވެ.
އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެއްބަސްވާ ނަމަ އެވެ. ވާރިސުންގެ ތެރެއިން އެކަކު ވެސް އެކަމާ ދެކޮޅު ހަދާ ނަމަ މަރަށް މަރު ނުހިފޭނެ އެވެ. މަރަށް މަރު ނުހިފާ ހާލަތުގައި އަންނާނީ ޖަލު އަދަބެވެ.
މި ފަހުން ސުޕްރީމް ކޯޓުން އެކުލަވާލި ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުގައިވާ ގޮތުން ވާރިސުންގެ ބަސް ނަގަންވާނީ ޝަރީއަތުގެ އަޑުއެހުންތައް ނިންމައި، ކުށް ސާބިތުވާ ނަމަ، އަދަބު ކަނޑައެޅުމުގެ ބައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާތިލު ރައިޓްސް ވޮޗް
17 August 2021
ޔާމީން އަމިއްލަޔަށް މަރުވީކަމަށް ނިންމާލާ. އޭރުން ގާތިލުންނަށް އިންސާފު ލިބޭނީ. ގާތިލުންނަށް އަދަބު ދިނުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން. ގާތިލުން އަވަހަށް ދޫކޮށްލާ. ކުރީސަރުކާރު ކުށްވެރި ކުރީމާ އިތުރު ފުރިހަމަ ކަމެއް ލިބޭނެ.
މޙއމ
17 August 2021
ޤިޞާޞް ހިފަން އިންކާރުކުރީމައޮންނަނީޖަލަށްލާކަށްނޫން. އަދި އޮވޭ މަރުގެ ދިޔަ ވެސް.
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
17 August 2021
ސޫދު، އަންނިއަށް، ޑރ. އަފްރާޝީމުމަރާގުޅޭގޮތުން އެރުވިކަހަލަ ރިޕޯޓުން އެކުނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.
އަހްމަދު މުހަންމަދު އަލީ
17 August 2021
ކޮބައިހޭ “ގަލު ބިއްދޮށުގައި އޮއްވާ، ގާތައްވެސް މިއޮތީ ފިލާޔޭ ގޮވާ، ދުވަސް …ގޮވާ” ބައިގަނޑު؟ އެބައިމީހުން ހިއްވަރު ދީގެން މިކަހަލަ ކަންކަން ވަނީ!
ފެއިލް
17 August 2021
އަމާ ބުނީތީ ފަރައްދާހެން. ބަލައެއް ނުގަނެވޭނެ. އިންސާފެއް ނެއް
ބައިރޯ
17 August 2021
ތާއިދު