ކްރިސްޓަލް މެޑިކަލްސް ކްލިނިކުން މީހެއްގެ ސާމްޕަލް ނަގަނީ --- ފޮޓޯ: ނިޝާން އަލީ/މިހާރު
06 ސެޕްޓެމްބަރ 2021 - 15:45
ކްރިސްޓަލް މެޑިކަލްގައި ޕީސީއާރު ލެބެއް ހުޅުވައި، ކޮވިޑް ޓެސްޓު ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ކްލިނިކުން މިދިޔަ މަހުގެ 26 ގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ދޭން ފެށިއިރު، އެ ލެބުން ދުވާލަކު 1،000 އަށް ވުރެ ގިނަ ޓެސްޓު ކުރެވޭނެ ކަމަށް ބުންޏެވެ.
މި ލެބުން ގިނަވެގެން 24 ގަޑިއިރު ތެރޭގައި ސާމްޕަލްގެ ނަތީޖާ ލިބޭއިރު، އަވަހަށް ނަތީޖާ ހޯދުމަށް ހާއްސަ ޕެކޭޖުތަކެއް ހަމަޖައްސާފައިވެ އެވެ. އެއީ ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖަކާއި ހަ ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖެއްގެ އިތުރުން 12 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ނަތީޖާ ލިބޭ ޕެކޭޖުތަކެކެވެ.
ކްރިސްޓަލް މެޑިކަލްސް ކްލިނިކުން ސާމްޕަލް ޓެސްޓް ކުރަނީ. --- ފޮޓޯ: ނިޝާން އަލީ/މިހާރު
ގޭގެ އަށް ގޮސްގެން ޓެސްޓު ހެދުމުގެ އިތުރުން، ރިސޯޓުތަކާއި ގެސްޓް ހައުސްތައް އަދި ކުންފުނިތަކަށް ހާއްސަ ރޭޓުތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި ދިވެހިންނަށް ހާއްސަ ވަކި އަގުތަކެއް މި ކްލިނިކުން ވަނީ ކަނޑައަޅައިފަ އެވެ.
ކްރިސްޓަލް މެޑިކަލްގެ ޕީސީއާރު ލެބުން ކޮވިޑް ޓެސްޓު ކުރުމުގެ ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭނގަނޑު 10:00 އަށެވެ. ހުކުރު ދުވަހު އެ ތަން ހުޅުވާނީ މެންދުރުފަހު 3 އިން ރޭގަނޑު 10 ޖަހަންދެންނެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 7790671 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy