ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ފުލުސް މީހާ ހައްޔަރުނުކޮށްގެން މިރޭ ހިތަދޫގައި މުޒާހަރާކުރަނީ

16 ސެޕްޓެމްބަރ 2021 - 23:42

12 comments

އައްޑޫގައި ކުޑަ އަންހެންކުއްޖަކު ރޭޕްކުރާ ކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ މިރޭ ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ބޮޑު ތުހުމަތެއް ކުރެވޭ އިރު ވެސް އޭނާ ހައްޔަރު ނުކޮށް ހުންނާތީ އައްޑޫގައި އާންމުން މިރޭ މުޒާހަރާކޮށް ހަމަނުޖެހުން ވެސް ހިނގާފައި ވަނިކޮށެވެ.

ފުލުހުން ބުނީ ކުށުގެ ތުހުމަތަށް މިރޭ 11:09 ގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި އައްޑޫ ފުލުހުން ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ރޭޕްގެ މައްސަލާގައި ފުލުސް މީހާ އަށް ތުހުމަތުކުރާ މީހުން ބުނަމުން ދަނީ އުމުރުން 14 އަހަރުން ފެށިގެން ކުއްޖާއާ ބެހެމުން އަންނަ ކަމަށެވެ. ކުއްޖާގެ އުމުރުން މިހާރު 16 އަހަރު ވެއްޖެ ކަމަށާއި ފުލުސް މީހާ ކުއްޖާ ރޭޕްކުރާކަން އެނގުނީ އޭނާގެ އަންހެނުންނަށް އެ މަންޒަރު ފެނިގެން ކަމަށް ވެސް ބުނެ އެވެ. އެ ކުއްޖާ އަކީ ފުލުސް މީހާގެ އަނބިމީހާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެއް ކަމަށްވެ އެވެ.

އައްޑޫ ހިތަދޫގައި މި މައްސަލާގައި މިރޭ މުޒާހަރާކުރީ ތުހުމަތުކުރަމުން އަންނަތާ އެތައް ދުވަހެއް ވީއިރުވެސް ފުލުސް މީހާ ހައްޔަރު ނުކޮށް އޭނާ ހިމާޔަތްކުރަމުން އަންނަ ކަމަށް ބުނެ އެވެ. މިރޭ މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ބައެއް މީހުންގެ ގަޔަށް ޕެޕަސްޕްރޭ ވެސް ޖަހައިފަ އެވެ.

12 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔަ ބޮޑޭ

17 September 2021

މިރާއަޖޭގަ ފެއިލްނުވާ މުއައްސަސާއެއް ގެއްލިފަވެސް އެބައޮތްތޯ, ވައްކަންކުރުމާ ރާބުއިމާ ވަޅިހެރުމާ ރޭޕުކުރުމަ ޒިނޭކުރުމާ ނުބައިވެގެން މިތާނުކުރަނީކޮންކަމެއްތޯ,

The name is already taken The name is available. Register?

ކޫލު

17 September 2021

މުޅި ރާއްޖޭގަ ކޯން ޕޮލިސް. ވެހޭހާވާރޭ ގަޔާ ދޭހާ އައްވެއްގަ ކޯން މަގުބެލެހެއްޓުމުގަ ކުއްކުރާމީހުން ބަލަން އެވެރިން ޑިޔުޓީ ނިމިގެންދަނީ އެހެންކަންކަމު

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

17 September 2021

ފުލުހުންގެ މުއައްސަސާ ބަދުނާމު ވަނީ ބައެއް ފުލުހުން އަމަލުކުރާގޮތުން އެ ގޮތަށް އަމަލުކުރާ ފުލުހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން

The name is already taken The name is available. Register?

ހަސަނު

17 September 2021

އެއީ ތެދަކަށް ވާނަމަ އެ ފުލުސް މީހާގެ އިތުރުން، އެކަން އޮއްބާލަން މަސައްކަތް ކުރި މީހުން ވެސް ހައްޔަރު ކުރަން ޖެހޭނެ

The name is already taken The name is available. Register?

ޚައިނު

17 September 2021

އެއީ 100% ތެދެއް

The name is already taken The name is available. Register?

ހާމަ333

17 September 2021

ދިވެހި ފުލުހުންގެ މުވައްސަސާ ފެއިލްވެފަ އޮންނަތާ ލައްކަދުވަސް ވެއްޖެ..ކުށްވެރިންނަށް ހިމާޔަށްދިނުމާއި ފުލުހުންގެ ވެހިކަލްގަ އަދި ޔުނިފޯމްގަ ތިބެގެން ގޭންގްސްޓާރުންނާ ހީސަމާސާކޮށް އެކުވެރިކަން ބަދަހިކުރާ މަންޒަރަކީ އައްޑޫގަވެސް ފާޅުގަ ފެންނަ މަންޒަރުރައް...ޓްރެފިކް ބަލަހައްޓާއިރުވެސް މިހިފަހައްޓަނީ މުސާރަލިބޭހެން ހީވާކަހަލަ މީހަކުވެއްޖިއްޔާ...އެއްކަލަ ޕާޓޭން ދާނެ ފުރޭނިގެން ދެން އެދާގޮތަކަށް...މިހިރީ ފާޅުގަ ފެންނަ ހަގީގަތް

The name is already taken The name is available. Register?

ނަވާނަވައި

17 September 2021

މިހިރީ ހާލަތުހުރިގޮތް. އިސްޕުރޭކޮށް މަތަކުރަން މިޖެހުނީ ކުއްވެރިޔާ މަތަނުވެގެން، ގަވާއިދާ ގާނޫނު ހިންގަން ތިބިމީހުންނަށް އެކަންނުވެގެން އެވާހަކަ ބުނަން އުޅުނުމީހާ. ދެންބުނާކަށް ވަކިއެއްޗެނެތް.....

The name is already taken The name is available. Register?

ޝެލަރީ

17 September 2021

އަހަރެންދިޔަ ރަށެއްގަ ހުންނަ ޕޮލިހުންގެ އިންޗާރޖް އަކައް ހުންނަމީހާ މިކުރާކަމަކީ އަންހެންވެރީންގެ ބައިސްކަލްތައް ހިފަހައްޓާފަ ޖޫރިމަނާގެ ބިރުދައްކާފަ މިބުނަނީ އޯކޭދާށޭ މަށައްގުޅާށޭ މަވިއްކަމޭ ބައިސްކަލްބައްތި މިގޮލާ ބައްތި ވިޔަފާރީގަ އުޅެނީ

The name is already taken The name is available. Register?

ޖަމަލު

17 September 2021

ޕޮލިހުންތިބުމުން ލިބޭ ފައިދާ އާއި ނެތުމުން ތިބޭ ފައިދާ ވެއްޖެ މިހާރު ބަލަން. ކުއްވެރިން އުޅޭނެ ގޮތަކަށް އުޅޭތަނެއް މީ. އެތާ ތެރޭވެސް މިއޮންނަނީ މިކަހަލަ ގޮތަކަށް

The name is already taken The name is available. Register?

ތުއްތުކަލޯ

17 September 2021

މިރާއްޖޭގަ ތިބެނީ ހަމައެކަނި ޓްރެފިކް ޕޮލިސް

The name is already taken The name is available. Register?

1828

17 September 2021

ހަމަ ހަަޤީޤަތުގައިވެސް މިހާރު ރައްޔިތުން ބަސް ހުއްޓޭ ހިސާބަށް ގޮއްސި. މިފަދަ ދަށު ދަރަޖައިގެ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ކޮންމެ ފަހަރެއްގައިވެސް މިސަރުކާރު އައިފަހުން ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރަން ޖެހިފައިމިވަނީ ރައްޔިތުން އިހުތިޖާޖުކޮށްގެން. މިފަދަ އަމަލުތަކަކީ އެއްވެސް މުޖުތަމައަކުން ބަލައިގަންނަ އަމަލަކަށްނުވާއިރު މިސަރުކާރުން މިފަދަ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްގެން ތަހުޤީޤްކުރަން ބޭނުންނުވާ ކަހަލަ.

The name is already taken The name is available. Register?

ދެރަކަމެއް

17 September 2021

ރައްޔިތުންނިކުމެ ހުރިހާ ސަރުކާރެއްގަވެސް ކުއްވެރިންނަށް އަދަބުދޭން އުޅުނީ. އެއްވެސް ސަރުކާރަކަށް މުހިއްމެއްނޫން ކުއްކުރާ މީހުން މަދުކުރުން. ބުރިޖަކާ ފުލެޓެއްނޭޅިގެން އުޅެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454