ޚަބަރު / ގުޅިފަޅު

ތިމާވެއްޓަށް ގެއްލުންވާތީ ގުޅިފަޅު މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް!

ގުޅީފަޅު މަޝްރޫއު ހުއްޓުވަން ދައުވާ ކުރި ހުމެއިދާ އަބްދުލްޣަފޫރާއި އޭނާގެ ގާނޫނީ ވަކީލު ހަސަން ޒަކީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި -- ފޮޓޯ: މިހާރު

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ޕްލޭނިން މިނިސްޓްރީ އާއި، އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރެވެ.

މި މަހުގެ ދެ ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ އާދީއްތަ ދުވަހު ސިވިލް އެ ކޯޓުން ބަލައިގެންފައިވާއިރު، މާދަމާ އަށް ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ހުމެއިދާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ހަސަން ޒަކީ ވިދާޅުވި އެވެ.

ދައުވާ ކުރިކަން ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިޖުތިމާއީ ދާއިރާގެ ދިރާސީ މަސައްކަތް ވެސް ކުރައްވާ ހުމޭ އޭނާގެ އާންމު ސިޓީ ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވީ، ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހިރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުގެ ސަބަބުން ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެކަން މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް ސާފުވާ ކަމަށް ހުމޭ ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމަށްޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކުން 30 މިލިއަން ޓަނުގެ ވެލި ނަގައިގެން އެ ފަޅު ހިއްކާ އިރު ވެލި ނަގާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަން ހުމޭ މިއަދު ފާހަގަ ކުރެއްވި އެވެ.

ގުޅީފަޅު ހިއްކުމުގެ ތެރޭގައި ވެލިތައް ފޭދިގެން ކަނޑަށް ދަނީ: ފަރުތަކަށް ވެލި އެޅުމަކީ ފަރުތައް މަރުވާ ސަބަބެއް ކަމަށް ތިމާވެށީގެ މާހިރުން ބުނޭ --

އީއައިއޭ ހަދަން ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅު ކުރި އިރު، ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ކުރިއެވެ.

އޭނާ ވިދާޅުވީ، ފައިސާއިން އަގުނުކުރެވޭ ގުދުރަތީ މުއްސަނދިކަން ސަރުކާރުން ތަރައްގީގެ ނަމުގައި ފަނާ ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް ޖީލުތަކަކަށް ތަހައްމަލު ކުރަން ޖެހޭ ފަދަ އިހުމާލެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް ހެޔޮގޮތްއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން ގަބޫލުކުރަނީ، ރާއްޖޭގެ ތިމާވެށްޓާ، ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާ، މާހައުލީ ނިޒާމުތަކާ، ފައިސާއިން އަގުނުކުރެވޭ މި އެންމެހާ ނިއުމަތްތައް، ދިވެހި ދައުލަތާ ސަރުކާރުން، އެކަށީގެން ވާ ވަރަށް ދިރާސާކުރުމެއް ނެތި، ތަރައްގީގެ ނަމުގައި ފަނާކޮށް، ނެތިކޮށް، ގެއްލުން ދިނުމަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު، އަދި އެކަމުގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ތަހައްމަލް ކުރަންޖެހޭ ފަދަ އިހުމާލެއް ކަމުގައެވެ." ހުމޭގެ ސިޓީގައިވެ އެވެ.

ގުޅީފަޅު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުންއެ މަޝްރޫއާ މެދު ކަންބޮޑުވުންތައް ފާޅު ކުރި އެވެ. އެގޮތުން، ސަރަހައްދުގެ ކަނޑުއަޑީގެ ރީތިކަން ގެއްލިދާނެތީ ކ. އަތޮޅުގެ ޑައިވް ސެންޓަރުތަކާއި ބައެއް ރިޒޯޓުތަކުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ގުޅީފަޅު ހިއްކަން ފެށުމުން ކައިރީގައި އޮންނަ ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ބުނެ ޖަމިއްޔާތަކުން އަޑުއުފުލި އެވެ.

މީގެ ކުރިން ވެސް މިފަދަ މަޝްރޫއެއް ހުއްޓުވަން އަމިއްލަ ފަރާތަކުން ދައުވާކޮށްފައިވެ އެވެ. އެގޮތުން، ކުޅުދުއްފުށީ ކުޅީގައި އެއާޕޯޓު އަޅަން ކުޅި ހިއްކުން ހުއްޓުވަން އެ ރަށު މެޖިސްޓްރޭޓު ކޯޓަށް އަމިއްލަ ފަރާތަކުން މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.

އޭގެ އިތުރުން، އެ ކުޅި ހިއްކުން ހުއްޓުވަން އީކޯ ކެއާއިން ޖަމިއްޔާއިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓުގައި ނެތް ކަމަށެވެ.

39 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 8%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

24 September 2021

ހުޅުމާލެ ހިއްކާފަ އެޔޮތީ ހަމަ އެއްވެސް ޒާތެއްގެ ގެއްލުމެއް ނުވާތީބާ، ހަމަ އެއްވެސް ފަރަކަށް ގެއްލުމެއް ނުވާތީބާ! އެކަން ހުއްޓުވަން ހަމަ އެއްވެސް މީހަކަށް ނުކެރުނީ ކޮންކަމަކާ ބިރުންބާ!

The name is already taken The name is available. Register?

ސީދިބެ.

24 September 2021

ކިހާ ދެރަކަމެއް. މިހާރުވެސް މިއުޅެނީ ވައި ނުސާފުކަމުން ނޭވާ ލެވޭ ވަރު ނުވެގެން. ތިޔަ ބަނދަރު ލާމު އަތޮޅުގައި ނުވަދަ ހުވަދޫގައި ހަދާބަލަ.

The name is already taken The name is available. Register?

ސަމްސާ

23 September 2021

އެނގިތިބެ ފަރުތަކެއް ހަލާކުކޮށްލަން ދިމާކުރާއިރު އ.ދ.އަށް ގޮސް ތިމާވެއްޓޭ ކިޔޭވަރުވޭބާ؟ އަމިއްލަ ގައުމުގައި ހިނގާ މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ދުނިޔޭގެ ސަމާލުކަން ހޯދަން ވާހަކަ ދެއްކީމަވެސް ބަޔަކު އަތްޖަހާނެ.

The name is already taken The name is available. Register?

ބަލާލާއިރު

23 September 2021

ގައުމުގެ ބޮޑު މީހާ ގޮސް ދުނިޔެ ކުރިމަތީ ތިމާވެށީގެ މޮޅުވާހަކަ ދައްކާއިރު އަމިއްލަ ގައުމުގައި ތިމާވެށި ހަލާކުކޮށްފަ ހިންގަން އުޅޭ ޕްރޮޖެކްޓްތަކުގެ ވާހަކައެއް ނުދެއްކޭ. މާދުރުގަ ތިބެ ތިމާވެއްޓާ ބެހޭ ޖަޒްބާތީ ވާހަކަތަކެއް ދައްކާފަ ކުޑަކުދިންގެ ސިޓީއެއް ކިޔައިދީފަ، ހަންމުށި ހިފައިގެން އަމިއްލަ ގައުމުގެ ތިމާވެއްޓާމެދު ކަންކަން ކުރަނީ. ފަރުތަކަށް ލިބޭ ގެއްލުމޭ އެއްއިރަކު ކިޔާފަ ބިޔަ ބޮޑު ފަރެއް ހަލާކުކޮށްލާއިރު އދ. ގަ އެއްޗެއް ބުނީމޭވެސް ހިތަށް ނާރާނެ.

The name is already taken The name is available. Register?

ޢަރުތަ

24 September 2021

މިހާތަނަށް ރާއްޖޭގަ ހިންގާފަހުރި މިފަދަ ބިޔަބޮޑު ޕްރޮޖެކްޓުތަކުން ތިމާވެއްޓަށް ހަމަ އެއްވެސް ގެއްލުމެއް ނުވާތީބާ އެއްވެސް ފަރާތަކުން ކޯޓަށް ނުގޮސްތިބީ!

The name is already taken The name is available. Register?

ބަޑިތަކުރު

23 September 2021

ތިމާވެށްޓޭ ކިޔާފައި އެތަނަށް ކުނިއެޅުން ހުއްޓުވީމާ ދެން ކުނިއަޅާތަނަކަށް ކުނިއެޅީމާ އެތަކެތިން ތިމާވެށްޓަށްވާނީ ފައިދާ ބާވައެވެ. ނޫނީ އެތަކެތި ހުދުކާފޫރަށްވާހެން ނެތިގެންދާނެ ޖޫދޫއެއް ކޯޓުން ބުނެދޭނީ ބާވައެވެ. ދުނިޔޭގެ އެހެންތަންތާނގައިވެސް ކުނިން މަންފާ ހޯދާހެން މަންފާލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރާވާހަކަ އަޑުއިވެއެވެ. ވީއިރު މިއުޅެނީ ދެން ކޮންކަމެއް ހާސިލްކުރަން ބާވައެވެ.

The name is already taken The name is available. Register?

ޢަރުތަ

24 September 2021

ބޯހިޔާވެހިކަން ނެތް މާލޭ މީހުނަށް މާލޭ ސަރަހައްދުން ބޯހިޔާވެހިކަން ދޭން.

The name is already taken The name is available. Register?

ހިތަދޫ 2

23 September 2021

ވެސްޓާން ސްޓްރެޓަޖީތަށް މުޅިންވެސް... ސްޕޮޓްލައިޓް ބޭނުންވެގެން... އަދި ކިރިޔާ ރޭކާލީ ތަނެއް ހިއްކާ ކަން؟؟ އަދި އަނެއްކާ މީނާ ބޭނުން ވާ ގޮތް ވީމަ އެގޮތަށް ވާންޖެހޭ؟؟ ހަހަ!

The name is already taken The name is available. Register?

ޚިޔާލެއް

23 September 2021

މިއޮތްހާދުވަހު ބިންހިއްކައިގެން ރާއްޖެއަށް ނުވިގެއްލުމެއްތަ ތިތަން ހިއްކައިގެން ލިބެން މިއުޅެނީ. އެހެންކަމަށްވާ ނަމަ އެކަން ސާބިތުކޮށްދޭންވާނެ. އެތައް ދިވެހިރައްޔިތުންގެ ހައްގަކަށް ދެމީހަކަށް އަރައިނުގަނެވޭނެ. މިއީ ޑިމޮކްރަޓިކް ޒަމާނެއް. މެޖޯރިޓީއަށް ތަބާވާންވާނެ.

The name is already taken The name is available. Register?

ފަނީ

23 September 2021

މިވެރިކަމުގެ ތިބި މީހުން އެންމެ ބާރަށް ގޮވާހެދީ ތިމާވެއްޓަށް ގެއްލުންވާ ވާހަކަ، މިހާރު އަމިއްލަ ކަންކަން ކުރަންވީމަ އެކަން އޯކޭވެފަ ތި އޮންނަނީ. ކުރިންވެސް މެޖޯރިޓީ އޮތްބަޔަކު އެކަން ކުރީ. އެކަމު އެއިރު ތަބާނުވެ އިހުތިޖާޖުކުރުން އޮތީ.

The name is already taken The name is available. Register?

ފަނީފަނީ

23 September 2021

ފަނީގެ ވިސްނުން ތިހިރީ 2 ފޫޓަށް ފޯރާ ހިސާބުގަ. މިގައުމުގަ ވެރިކަންކުރީ ތިބުނާ މީހަކު އެކަންޏެއް ނޫން. އަދި އޭނަގެ ވެރިކަމުގައެއް ނޫން ތަންތަން ހިއްކަންފެއްޓީ. އެކަން ފެއްޓީ އުމަރު ޒާހިރުގެ މިނިސްޓަރުކަމުގަ. އޭރު ތިބޭފުޅާގެ ނަންވެސް މިދުނިޔޭގައި އޮތްކަމެއް ނޭނގެ. ކުރީގައި މެޖޯރިޓީ ހޯދީ ގޮށްމުށުގެ ބާރުން. އެއީ މިނިވަން މެޖޯރިޓީއެއް ނޫން.

The name is already taken The name is available. Register?

ފަނީ

23 September 2021

ގޮއްމުށުގެ މެޖޯރިޓީ ހޯދިއިރެކޭ މިހާރެކޭ މާ ބޮޑު ތަފާތެއް ނެތް. ގޮށްމުށުގެ ބަދަލުގައި މިހާރު އަތްއަނބުރާލަން ބޭނުން ކުރާ އުކުޅުތައް ފަނީފަނީމެންނަށް ނޭނގެނީ. އެއީ ވަރަށް ހަޑި ހުތުރު މިތަނުގަ ލިއުމުން އެ ކޮމެންޓް ނުފެންނާނެ ފަދަ ކަންކަން. ތިމާމެންގެ ވިޔަފާރިއަށްޓަކައި ތިމާވެށި ހަލާކުކުރުމަކީ އޭރަށްވުރެ ބޮޑަށް މިހާރު ހިނގާ ކަމެއް. ފަނީފަނީމެންނަށް އިހަކަށް ދުވަހު ސައިކަލް ދުއްވަން ދަސްވިއަކަސް ނޭނގޭނެ އެކަހަލަ ކަންކަމެއް.

The name is already taken The name is available. Register?

ދޭއް

23 September 2021

ތިވާހަކަދެއްކެނީ "އިސްރައްވެއްސަކާއި" ކަން ފަނީ އަށް ނޭނގުމަކީ އަހަރެންގެ މައްސަލައެއް ނޫން. މިހާހިސާބަށް އާދެވިފައި މިހިރީ ކަންކަން އުނގެނި، ދަސްވެ، ތަޖުރިބާކުރެވިފައި. ކުރެވިފައިހުރި ތަޖުރިބާތައް އެހެންބަޔަކު އަނބުރައިލަން މަސައްކަތްކުރިޔަސް އެއީ ނުހިނގާކަމަކަށް ނުވާނެ. ވ.ވެދުން

The name is already taken The name is available. Register?

އެބުނާހެން

23 September 2021

މ ސަރުކާރު އައުމުގެ މާކުރިންވެސް ބިން ހިއްކުމުގެ ބޮޑެތި ބިޔަ ޕްރޮޖެކްޓުތަށް ހިންގާފަ އެބަހުރި. އޭރު ގެއްލުމެއް ނުވޭ ؟ މިކަހަލަ ވާހަކަ ވައިގަ ނުހިފިމަ ދެންބުނާނީ ތިޔަ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އިސްލާމްދީނަށް ބުރޫއަރާފާނޭ މިކަހަލަ ބައެް މިހާރު އިދިކޮޅުގަ އެތިބީ

The name is already taken The name is available. Register?

ޢަރުތަ

24 September 2021

އެހެން އެއްވެސް ކަމެއް ވެގެނެއް ނޫންހެން ހީވަނި ތިއުޅެނީ، ހަމަ "ސިޔާސީ ހަނގާ" އެއިރެއްގަ އޮންނަ ސަރުކާރަކުން ކަމެއް ކުރަންޏާ އެކަމެއް ހުއްޓުވަން ނޫނީ ސަރުކާރުން ކުރަންއުޅޭ ގޮތް ކަމުނުގޮސްގެން އެގޮތަށް އެކަމެއް ނުކުރެވޭނެއޭ ،ހައްގޭ ފަޅޮލޭ ކިޔާފަ އަޑު އުފުލާނެ، މީ ހަމަ ހުރިހާ ވެރިކަމެއްގަވެސް މިކަން ހިނގާ އުސޫލު، ދެން ފަޅުފަޅު ހިއްކީމަ ލިބޭ ގެއްލުންވެސް އެނގޭނީ ތިމާވެށީގެ ބޭފުޅުންނަށް ދެއްތޮ.

The name is already taken The name is available. Register?

بشاعقهغصشث

23 September 2021

ގުޅިފަޅުވެސް ހިއްކަން ވިި ތިކަން ކުރިޔަ ނުދޭން އުޅޭނެ ހުޅުމާލެއިން ފުލެޓް ލިބުނު 2 މީހަކު އެތަނުން މީހެއް ހެން ހީވަނީ،

The name is already taken The name is available. Register?

ފާނަކޮށި

23 September 2021

ތިހެންވިއްޔާ ކުޅުދުއްފުށިން ކުޅިހިއްކައިގެން ތިމާވެއްޓަށް ގެއްލުންވި ކަމަށް އޭރުގެ ސަރުކާރުންނާއި ކޯރޓުންގެ ވަރަށްބޮޑު ޒިއްމާއެއް އެއީ....އެފަރާތްތަކުން މިކަމުގައި ފޫނުބެއްދޭވަރުގެ ލިބުނުގެއްލުން އަނބުރާ ދައްކަންޖެހެއެވެ.

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

23 September 2021

ސިނަމާލެ ބުރިޖު އެޅިއިރު އެންމެއުނދަގޫޖެހުނީ ރާޅުބޯއީސްގެ ފަރާތުން. އެމީހުން ރާޅާއެޅުން ހުއްޓައިފިނަމަ ރާޅަށް ގެއްލުންވަނުއްޔޯ!

The name is already taken The name is available. Register?

ޢަރުތަ

24 September 2021

ސިނަމާލެ ބުރިޖު އެޅި އިރު އިސްލާމްދީން ޤައުމުން ނުފޮހެވި އޮތީ ހަމަ ކިރިޔާ، ބުރިޖު އެޅުމުގެ ސަބަބުން ދީނަށް ވަރަށް ނޭދެވޭ އަސަރު ކުރިކަމަށް ދިރާސާ ތަކުން ދެއްކި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454