ޚަބަރު / އެންވަޔަރްމެންޓް މިނިސްޓްރީ

ހިއްކުމުގެ ސަބަބުން ގުޅީފަޅަށާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ: ސޭވް މޯލްޑިވްސް

ގުޅީފަޅު ހިއްކުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ސަބަބުން އެ ރަށުގެ ފަރު އިޔާދަ ނުކުރެވޭނެ މިންވަރަށް ހަލާކުވުމުގެ އިތުރުން، 13 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި، ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތުން، ވިލިމާލޭގެ ފަރަށް ކިސަޑު ފެތުރި، ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެށްޓާބެހޭ ފަރާތްތަކުން އަންނަނީ ފާޅު ކުރަމުންނެވެ. ނަމަވެސް އެ ކަން ބެލުމަށް ފަހުގައި، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ އެ ޕްރޮޖެކްޓްގެ ސަބަބުން ފަރަށް އަދި ގެއްލުމެއް ނުވާ ކަމަށެވެ.

Vilimale farah adhi gehlumeh libifaeh neiy: EPA

Vilimale farah adhi gehlumeh libifaeh neiy: EPA

The most trusted news source in the Maldives

Mihaaru

ގުޅީފަޅު ހިއްކުމުގެ ސަބަބުން ވިލިމާލެ ފަރަށް އަދި ގެއްލުމެއް ނުވާ ކަމަށް އީޕީއޭން ބުނުން

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން، ސޭވް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ރާއްޖެ ލޮކްޑައުންގައިވާ މި ވަގުތުގައި ވެސް ސަރުކާރުން ގެންދަނީ ގުޅީފަޅު ހިއްކުން ފަދަ ދެމެހެއްޓެނިވި ތަރައްގީއާ ބީރައްޓެހި ޕްރޮޖެކްޓްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުން ކަމަށެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވެ އެވެ.

"މި މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ތިމާވެށްޓަށް ލިބޭނޭ ގެއްލުންތައް މިހާރު ވެސް ފެންނަން ފަށައިފި. ބޮޑު ސަރަހައްދެއްގައި ކިސަޑު ފެތުރި، ވަށައިގެން އޮތް ވިލިނގިލި ފަރަށާއި ކައިރީގައި ހުރި ޑައިވް ކުރާ ސަރަހައްދުތަކަށް ދަނީ އަސަރު ކުރަމުން. މީގެ ސަބަބުން ޑައިވަރުންނަށާއި، މަސްވެރިންނަށާއި، ބައެއް ރިސޯޓުތަކާއި އެހެން ވިޔަފާރިތަކަށް އަސަރު ކުރާނެ،" ސޭވް މޯލްޑިވްސް އިން ބުންޏެވެ.

ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރާއިރު މި ޕްރޮޖެކްޓްގައި 20 މިލިއަން ކޮޑިމީޓަރުގެ (30 މިލިއަން ޓަނުގެ) ވެލި ބޭނުންކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމާއަތުގެ ބަޔާނުގައ ބުންޏެވެ. އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުންވެ، މީހުން އާމުދަނީ ހޯދުމުގެ ވަސީލަތްތައް ހަލާކުވެ، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ބޮޑުވާނެ ކަމަށް ވެސް ބުންޏެވެ.

"މި ބޯޓުގެ މަސައްކަތުގެ ތެރެއިން ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުން މިހާރު ވެސް ލިބިފައިވާ ގްރޭޓާ މާލޭ ސަރަހައްދުގައިވާ ގުޅީފަޅުގެ ފަރު އިޔާދަނުކުރެވޭ މިންވަރަށް ކޮނެ، ހިއްކައި ފަނާކޮށް، އެ ފަޅުގައި 1995 އިންސުރެން ހިމާޔަތް ކޮށްފައިވާ ޑައިވް ސަރަހައްދު، "ހާންސް ހާސް ޕްލޭސް" އެއްކޮށް ނެތިދާނެކަމުގެ ބިރުއެބައޮތް،" ސޭވް މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.

ގުޅީފަޅު އަނެއްކާ ވެސް ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ ހިމާޔަތް ކޮށްފައިވާ ކަނޑުއަޑީގެ އެތައް ގުދުރަތީ ތަރިކައަކަށް ގެއްލުން ލިބޭނޭކަން ސަރުކާރަށް އެނގޭނެ ކަމަށް ސޭވް މޯލްޑިވްސް އިން ބުނެ އެވެ. މިއީ ހިމާޔަތް ކޮށްފައިވާ ކަނޑުއަޑީގެ ސަރަހައްދުތަކަށް ސަރުކާރުން އަޅައިނުލުމާއި ނާޒުކު ގުދުރަތީ ތަރިކަތަކަށް ސަރުކާރުން އިހުމާލުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ސޭވް މޯލްޑިވްސް އިން ބުނިގޮތުގައި، ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދާ ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ އިދިކޮޅަށް، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ހިދުމަތްތައް އިތުރު ކުރަން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުނިގޮތުގައި، ރާއްޖޭގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަކީ ބޮޑު ވިޔަފާރިއަކަށް ވާއިރު އެކަން ކުރުމުގައި ގުދުރަތީ ދިރުންތަކަށް ގެއްލުން ކުޑަކުރުމުގެ ނިޔަތެއް ނުގެންގުޅެ އެވެ.. އީއައިއޭގެ ފެންވަރު ބެލުމަށް ކަމާބެހޭ މުއައްސަސާތަކުން ނުކުޅެދިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ޖަމާއަތުން ބުނީ، މޫސުމާ ބެހޭ ކުއްލި ނުރައްކަލަށާއި އިގުތިސާދީ ހަގީގަތްތަކަށް އިޖާބަދީ މިހާރުން މިހާރަށް ގުޅީފަޅު ފަނާކުރުން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވައިލާ ކަމަށެވެ. ސަރުކާރުން މި ފުރުސަތުގެ ބޭނުން ހިފަން ވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، މިއަދާއި މާދަމާގެ ޖީލުތަކުގެ މަންފާއަށްޓަކައި ރާއްޖޭގެ ގުދުރަތީ ތިމާވެށި، ރައްކާތެރިކޮށް ދެމެހެއްޓޭނެ ގޮތަކަށް އަލުން ކަންކަން ރޭވުމަށް ކަމަށް ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުންޏެވެ.

"ސޭވް މޯލްޑިވްސްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މި ގޮވާލަނީ ސަރުކާރުގެ މިހާރުއޮތް ދެމެހެއްޓެނިވި ތަރައްގީ އާއި ބީރައްޓެހި މިސްރާބު އަލުން މުރާޖައާކޮށް، ކޮވިޑް-19 މުސީބާތާއެކު ދިމާވެފައި މިވާ އިޖުތިމާއީ، އިގުތިސާދީ ހަގީގަތްތަކަށް ރިއާޔަތްކުރުމާއެކު، އަގު ބޮޑު، މުހިންމު ނޫން، ދަރަނިބޮޑު އަދި ފަނާކުރުވަނިވި ތަރައްގީގެ މަޝްރޫއުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް،"

މިދިޔަ ފެބްރުއަރީ މަހުގައި ރައްޔިތުންގެ މަޖިލީހުން “ކްލައިމެޓް އިމަޖެންސީ” އެއް އިއުލާނުކޮށްފައިވީ ނަމަވެސް ތިމާވެއްޓާ ދެކޮޅަށް ހިންގަމުންދާ ފަނާކުރުވަނިވި މަޝްރޫއުތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން އެއްވެސް ވަރެއްގެ އަވަސް ކަމެއް ނުފެންނަ ކަމަށް ސޭވް މޯލްޑިވްސް އިން ބުންޏެވެ. މަޖިލީހަށާއި މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިކަމުގައި އިސްނަގައި ބަހާއި އަމަލު ދިމާކުރުމަށް އެ ޖަމައަތުން ގޮވައިލި އެވެ.

ގުޅީފަޅު ހިއްކުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ބެލުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭގެ ބޭފުޅުން މާދަމާ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީ އަށް ހާޒިރު ކުރާނެ އެވެ.

ސޭވް މޯލްޑިވްސްގެ ބަޔާނުގައި ބުނިގޮތުގައި، ރާއްޖޭގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަކީ ބޮޑު ވިޔަފާރިއަކަށް ވާއިރު އެކަން ކުރުމުގައި ގުދުރަތީ ދިރުންތަކަށް ގެއްލުން ކުޑަކުރުމުގެ ނިޔަތެއް ނުގެންގުޅެ އެވެ.. އީއައިއޭގެ ފެންވަރު ބެލުމަށް ކަމާބެހޭ މުއައްސަސާތަކުން ނުކުޅެދިފައިވާ ކަމަށް ވެސް ބުންޏެވެ.

"މީގެ ސަބަބުން ރާއްޖޭގެ ބިމާއި ކަނޑުއަޑީގެ ދިރުންތަކުގެ ނިޒާމުތަކުގެ ނާޖާއިޒު ފައިދާ ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން ގޮސް ތިމާވެށީގެ ބޮޑެތި ގެއްލުންތަކަށް ރާއްޖެ ހުށަހެޅިފައިވޭ،" ބަޔާނުގައިވެ އެވެ.

ރައްޔިތުން ގެ މަސްލަހަތު އެއްފަރާތްކޮށް، ސިޔާސީ ބޭނުމުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އީޕީއޭއިން އެކި ފަހަރު މަތިން ވަނީ ނުކުޅެދިފައި ކަމަށް ސޭވް މޯލްޑިވްސް އިން ބުނެ އެވެ. އީޕީއޭ އަކީ އެންވައިރަމަންޓް މިނިސްޓަރުގެ ނުފޫޒުން އެއްކިބާވެފައިވާ، މުޅިން މިނިވަން މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުން މިހާރަށް ކުރުމަށް ސަރުކާރަށާއި މަޖިލީހަށް އެ ޖަމާއަތުން ގޮވައިލި އެވެ.

ސޭވް މޯލްޑިވްސް އިން ސަރުކާރަށް ފާޑުކިޔާފައިވާއިރު، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. ރައީސް ވަނީ ކޮވިޑް-19 ގެ މި ހާލަތުން އަރައިގަނެ ހުރިހާ ކަމެއް އަލުން ފަށަން މަސައްކަތްކުރަމުން އަންނައިރު ތިމާވެއްޓާއި، ބައޯޑައިވާސިޓީ ރައްކާތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އަބަދުވެސް އެކަމަށް އަޑުއުފުލާނެ ކަމަށެވެ.

22 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 50%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަސްވެރިޔާ

08 June 2020

ލާމަރުކަޒީ ރާއްޖެ އަށް އެރާއްޖޭގެ ބަފާ ބޮޑިދީފި.

The name is already taken The name is available. Register?

ހަސަނު1

06 June 2020

ތިމާވެށީގެ ނަމުގައި އަޑު އުފުލާ ގިނަ ގުރޫޕްތަކަކީ މާބޮޑު އެއްޗެއް އެނގިގެން އަޑު އުފުލާ ބައެއްނޫން. އެކޯސައިޑް ކިޔައިގެން މޮޅު ބަހެއް ހަދާލައިގެން މިއުޅެނީ ނޭޗަރ އަކީ އޭގެ ޒާތުގައި ވަގުތު ލިބުނީމައި ރިކަވަރ ކުރާ އެއްޗެއް. ޥަގުތު ލިބުނީމައި ޑައިވް ސައިޓްތަށް ރިކަވަރކުރޭ. ވިލިގިލީ ފަރަކީ މަރުވެފަ އޮތްތަނެއް. މޮޅުވާހަކަ ދެއްކިދާނެ.

The name is already taken The name is available. Register?

ހަސަނު1

06 June 2020

ބައެއް މަޝްރޫޢުތަކަކީ ކުރިއަށް ގެންދަންޖެހޭ މަޝްރޫޢުތަށް. ހަނދާން ނެތުނީތޯ ގުޅިފަޅު ކުރިން ހިއްކާފައި އޮތްކަން؟ ވިލިގިލިީގައި ދެ ބަނދަރު ހަަނދާ ބޮޑެތި ބިން ހިއްކާފައި ހުރިކަން؟ ގްރޭޓަރ މާލޭގެ %80 މީ ހިއްކާފައި ހުރިބިން..ނޭޗަރ އޭގެ ޒާތުގައި ރިކަވަރކުރާނެ. ކުރިންވެސްކުރި. ގުޅީފަޅު ފަރު އޮންނާނީ މާލޭ އަދި ހުލުމާލެ ފަރު އޮތްގޮތަށް. ހުޅުމާލެ ބޭރަކީ އަދިވެސް ގަދައަށް ބޭނުންކުރާ ޑައިވް ސައިޓްތަކެއް. ގުޅިފަޅުންވެސް ޑައިވްކުރި. ބްރިޖް އެޅިއަސް ރާޅާ އަޅާ.

The name is already taken The name is available. Register?

އުދަމުދ

06 June 2020

މިގައުމުގައި ފަޅުރައްތައް މަދީތޯ ބިން ހިއްކަނީ ރައްޔިތުންގެ ލޮލުގަ އަދުން އަޅުވާފައި ރައްޔިތުން ގޯތިދީ ބޯހިޔާ ވަހިކަން ހޯދާދޭނަމުގައި ބިން ހިއްކާ ނިމޭ އިރައް ވެރިންގެ ބޮލައް ސަވާރުވެގެއް ގޯތި ނުދީ ފުލެޓް އަޅައިގެން ރައްޔަތުން އަޅުވެތި ކުރެވޭތޯ ތިޔަ ބައްލަވަނީ ހުރީހާ ސަރުކާރު ތަކަކުންވެސް މިމާލޭގަޔާ ހުޅުމާލޭގެ ފޭސް 1،2 ކިހަ ބިމެއް ފަޅައް އެބައޮއްތޯ ރައްޔިތުން 100 އަކަފޫޓް ގޮޅިއެއްގައި 4،5 ކުދިން ގޮވައިގެން ގަނަތެޅެނީ ވޯޓް ހޯދަން ވީމަ ރައްޔިތުން ފެންނަނީ

The name is already taken The name is available. Register?

ގުދުގުދާ

05 June 2020

ބަލަ ހުޅުމާލެ ހިއްކީމައި ކިތައް މަސްތޯ މަރުވީ!؟ އިންސާނުން ގެ ބޭނުމަށް ކޮންމެ ކަމެއްވެސް މި ދުނިޔޭގައި ކުރެވޭނެ! ކަމެއް ކުރުމުން އޭގެ ނެގަޓިވްވެސް ހުންނާނެ!

The name is already taken The name is available. Register?

ހައިވް

05 June 2020

ސޭވްމޯލްޑިވްސް ވުޖޫދަށް އައީ އިއްޔެ! ދިވެހިރާއްޖޭގައި އަދިކިރިޔާވިއްޔާތަނެއްމިހިއްކަނީ! ރައްޔިތުނައް ކަމެއް ކޮއްދެވޭތީ އުދަގުލަކަށްވެސްވެދާނެ!

The name is already taken The name is available. Register?

އަލީއައްޔަ

05 June 2020

ހުޅު މާލެ، އެނބޫދޫފަޅު، މާލެއަތޮޅުގެ ހުރިހާފަޅެއް އަދި އެހެން އަތޮޅުތަކުން އެތަކެއްފަޅު ހިއްކައިފި އަދި ހިއްކަ މުންދަނީ. އެކަ މަކު ފަރަށް ގެއްލުންވަނީ ގުޅީފަޅު ހިއްކު މުން. ތަންކޮޅެއް އުނދަގޫ އަރަތެއްވީ މަ ސާފުނުވެގެން މިއުޅެނީ.

The name is already taken The name is available. Register?

މަޒްނާ

05 June 2020

އިންސާނުންގެ ދިރިއުޅުން ފަސޭހަ ވާނެ ތިޔަ ބިން ހިއްކާ ނިމުނީމާ. މާލެއަށް ލުއި ލިބޭނެ ދެއްތޯ.

The name is already taken The name is available. Register?

މ މުހައްމަދު ނިޔާޒް

05 June 2020

ގުޅީފަޅު އެކަނިތޯ މިރާއްޖޭގަ ހިއްކަނީ؟ މާލެ ކައިރީގަ އެކަނިތޯ ފަރުތައް ހުރީ؟ ރާއްޖޭގަ އެހެން ހިސާބެއްގަ ފަތެއްވެސް ނެތީތޯ؟ "ހާންސް ހާސް ޕްލޭސް" އެކަނިތޯ ހަލާކުވަނީ؟

The name is already taken The name is available. Register?

އަހްމަދު 55

05 June 2020

ސޫނަރ އޯ ލޭޓަރ ތީ ހިއްކަން ޖެހަރނެ ތަނެއް. ތިހެން ކިޔައިގެން ތިކަން ލަސްކުރެވިދާނެ އެކަމު މީ ނުހުއްޓުވޭނެ ކަމެއް. ބަލަންވީ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!