ޚަބަރު / ޑރ. އަބްދުﷲ މައުސޫމް (ޓޫރިޒަމް މިނިސްޓަރު)

ހޯމް ސްޓޭގެ ފުރަތަމަ ބްރޭންޑަކީ "ރިހާކުރު އައިލެންޑް"

ދިއްގަރު: ހޯމް ސްޓޭ އަންނަ ޖެނުއަރީ މަހު ފަށަން ނިންމާފައި ވަނީ މި ރަށުން. -- ފޮޓޯ: އަބްދުﷲ އަބީދު

މީރު ރިހާކުރާ އެކު މ. ދިއްގަރު ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އަންނަ ޖެނުއަރީން ފެށިގެން އެ ރަށް ވެގެންދާނީ "ދަ ރިހާކުރު އައިލެންޑް"ގެ ގޮތުގައި އިންޓަނޭޝަނަލީ ވެސް މަޝްހޫރު ބްރޭންޑަކަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "މިހާރު" އަށް ވިދާޅުވީ ޑޮމެސްޓިކް ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭ ފަށަން ނިންމާފައި ވަނީ ދިއްގަރުން ކަމަށެވެ. އެ ރަށް، ދުނިޔެ އަށް ހުޅުވާލުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޖެނުއަރީ އެކެއްގައި އެ ރަށަށް ދާނެ ފަތުރުވެރިއަކު ނުވަތަ ފަތުރުވެރިންތަކެއް ބުކިން ހަދައިގެން ހޯމް ސްޓޭ ތަޖުރިބާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ދިއްގަރު: މި ރަށް މަޝްހޫރުވެފައި އޮންނަނީ މީރު ރިހާކުރު ކައްކާ ރަށުގެ ގޮތުގައި.

މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ދިއްގަރަކީ ބިން ފުރި، ތޮއްޖެހުން ބޮޑު ރަށަކަށް ވިޔަސް އެ ރަށުގައި ހޯމް ސްޓޭ ފަށަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް ހަނި ދޭތެރެއަކުން ވެސް މަންފާ ހޯދެން އޮތް ކަން ޔަގީންކޮށްދިނުމަށެވެ.

އެކަމަށް ފަހިވެފައި އޮތް މަގަކީ ޓޫރިޒަމް ދާއިރާގައި ތަޖުރިބާ ހުރި މީހުންނާއި ޝައުގުވެރިވާ ޒުވާނުންތަކެއް ރަށުގައި ތިބުމުވެ. ދިއްގަރާ އެކު އެ އަތޮޅު މަޑުއްވަރީ ކައުންސިލުން ވެސް ހޯމް ސްޓޭ އަށް ތައްޔާރުވަމުން އަންނަ ކަން މައުސޫމް ވިދާޅުވި އެވެ.

ފުރަތަމަ އަމާޒު 30 އެނދަށް

ހޯމް ސްޓޭއާ އެކު ރަށުގެ ރައްޔިތުންނަށް އާމްދަނީގެ ދޮރު ހުޅުވިގެންދާނެތީ އެކަން ލަސްކުރާކަށް ދިއްގަރު ކައުންސިލުން ވެސް ބޭނުމެއް ނުވެ އެވެ. އާާބާދީގައި 1،375 މީހުން ހިމެނޭ ރަށުގައި މިކަން ފެށުމަށް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު "މިހާރު" އާ ވާހަކަދައްކަވަނީ---ފޮޓޯ:އަހުމަދު އަވްޝަން އިލިޔާސް/މިހާރު

އެ ރަށުގައި ގެސްޓް ހައުސްއެއް އަދި ނެތެވެ. އެކަމަކު ހޯމް ސްޓޭ ފަށަން ގެތައް ހަދަމުން އަންނައިރު އަމާޒު ހިފާފައި އޮތީ ފަށާއިރު ވެސް 30 އެނދަށެވެ.

ކައުންސިލްގެ ރައީސް އަހްމަދު ނިޝާން ވިދާޅުވި ގޮތުގައި 30 އެނދާ އެކު ހަރުދަނާ އުސޫލެއްގެ ދަށުން އެކަން ފެށިގެންދާނެ ކަމުގެ އުއްމީދު ބޮޑެވެ.

ރިހާކުރު އައިލެންޑްގެ ނަމުން ދިއްގަރު ބްރޭންޑްކުރާއިރު އޮތް ގޮންޖެހުމަކީ ޓޫރިސްޓުންނަށް ރިހާކުރު މަގްބޫލު އެއްޗަކަށް ނުވުމެވެ. އެހެންކަމުން މި ބްރޭންޑާ އެކު ވިސްނުން ހުރީ މަސްވެރި އުފެއްދުންތައް ކުރިއަށް ނެރުމަށެވެ.

ދިއްގަރުގައި ރިހާކުރު ކައްކަނީ: މި ރަށުގައި ޑޮމެސްޓިކް ޓޫރިޒަމް ފުޅާކޮށް ރަށަށް އާމްދަނީ ހޯދައިދޭން ކައުންސިލާ ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުން. -- ފޮޓޯ: އަބްދުﷲ އަބީދު

"ރިހާކުރު އައިލެންޑްގެ ޓެގްލައިން ނުގެއްލޭ ގޮތަށް ޕްރޮމޯޓްކުރަން މަޝްވަރާތައް ކުރިއަށް ދަނީ،" ނިޝާން ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި އެ ރަށް ކައިރީގައި ޑައިވިން ސްޕޮޓްތަކެއް އެބަހުއްޓެވެ. އެހެންކަމުން މަސްވެރިކަމުގެ ބާވަތްތަކާ އެކު ހޯމް ސްޓޭގައި އެކަން ވެސް ތަޖުރިބާކޮށްލަން ޓޫރިސްޓުންނަށް ފުރުސަތު ހުޅުވާލަން ކައުންސިލްގެ ވިސްނުން އެބަހުއްޓެވެ.

40 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުސްް

21 October 2021

އިޒް ދެއާ އެނީ ރެގިއުލޭޝަން ފޮ އޮޕަރޭޓިން ހޯމް ސްޓޭ؟

The name is already taken The name is available. Register?

ކުރު

21 October 2021

ރިހާކުރު ކައްކަނީ ތިރަށުގައިވެސް ބިދޭސީންނެއް ނޫންތަ، ހޯމްސްޓޭ އާއެކު ތިކަން ވެސް ހުއްޓިދާނެ 5 ވަރަކަށް އަހަރު ތެރޭ، ޓޫރިސްޓުންނައް އުދަގޫވާތީ

The name is already taken The name is available. Register?

ބޮލި މުލައް

21 October 2021

މިނިސްޓަރޫ ހޯމްސްޓޭއަށް ދޮންކުއްޖަކު މިކޮޅަށްވެސް ފޮނުވާލަދީ އަހަރެން ނިދާ އެނދުގަ އަދި އޮވޭ ހުސްޖާގައެއް އެޖާގައަށް

The name is already taken The name is available. Register?

ސޯލިހްބެ

20 October 2021

ދެން ކޮބާތަ ގަރުދިޔަ އައިލެންޑް، ޗަކޮއެ އައިލަންޑް، ކައްޓަލަ އައިލަންޑް، ގޮޅަޔާ އައިލަންޑް، ބޯންތަށި އައިލަންޑް، ފަންކާ އައިލަންޑް، ބަތްޕެން އައިލަންޑް، އޮބި އައިލަންޑް، ހަވަރު އައިލަންޑް، އަނދިރި ހިއްކި އައިލަންޑް.

The name is already taken The name is available. Register?

ހުސްނުހީނާ

20 October 2021

ތޮއްޑޫ = ކަރާ އައިލެންޑް

The name is already taken The name is available. Register?

މިންމި

20 October 2021

ދ. ހުޅުދެލި މީހުން ހަދާ ރިހާކުރު ވަރުގެ ފެންވަރު ރިހާކުރެއް ނުހެދޭނެ. ބެޓް މި ކުރީ. ޓްރައި

The name is already taken The name is available. Register?

ރިހޭކުރު

20 October 2021

ރިހާކުރު ތެލުލާފަ އާ ކުޅިކޮށްލާފަ ދިވެހިން ކާ ގޮތަށް އެއާއެކު ކާ ތަކެއްޗާއެކު އެމީހުންނަށް ރަހަ ދެއްކީމަ އެ ހިނގާނީ. އެ ބޭނުންކޮށްގެން ތައްޔާރުކުރާ ކާ ތަކެތީގެ ފެސްޓިވަލެއް ކަހަލަ އެއްޗެއް ބޭއްވީމަ އަސްލު އޭގެ ރަހައާ އޭގެ ރަހަ ލައްވައިގެން ހަދާ އެއްޗެހި ގިނަ ބަޔަކަށް އެނގޭނީ. ރިހާކުރު އައިލެންޑް ކިޔާފަ ރިހާކުރު ވަޅުޖެއްސީމަ ކަމަކުނުދާނެ.

The name is already taken The name is available. Register?

ހިތަދު @

20 October 2021

ރިހާކުރު ފަތުރުވެރިންނަށް ކަމުނުދާތީ މަސް ޕްރޮޑަކްޓް ޕްރޮމޯޓް ކުރާވާހަކަ މިދައްކަނީ އެކަމަކު ރަށް ޕްރޮމޯޓް ކުރަން މިޖެހެނީ ރިހާކުރު އިލަންޑް؟ ކީކޭ ބުނާނީ!

The name is already taken The name is available. Register?

އެކެކުސް

20 October 2021

ތިރަށުގެ ރީތިނަންވެސް ހަލާކުކޮއްލީތި މާމޮޅު ނަންތައްކިޔަންހަދާގެން

The name is already taken The name is available. Register?

ދިއްގަރުފިނިހަކަ

21 October 2021

ދިއްގަރު މީހުން ރިހާކުރޭ ކީމަ ރުޅިނާދޭތޯ އަޅެ އެމީހުންގެ ކައިރީ އަހާލަބަލަ.

The name is already taken The name is available. Register?

ބުއްރާސް

20 October 2021

ނާޅި އައިލެންޑު= ކެލާ

The name is already taken The name is available. Register?

ގޯނިބޭކުޑައަލީ

21 October 2021

ކެލާ ރަގަޅު ކައްޓަލަވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454