ޚަބަރު / ދަނގެތީގައި މީހަކު މަރާލުން

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ބިދޭސީމީހާ ހައްޔަރުކޮށްފި

މަހުމޫދު މަރައިލި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ ދަނގެތީ ނެދުންގޭގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެންގުޅޭ ބަންގްލަދޭޝްގެ ފިރިހެނެއް.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީމީހާ ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް މިއަދު ވައްދަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

16 އޮކްޓޯބަރ 2021 - 11:25

31 comments
16 އޮކްޓޯބަރ 15:50

ދަނގެތި ނެދުންގެ ބަލައި ފާސްކުރުމުގެ މަސައްކަތް މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ ނިންމާލާފައި. ފުލުހުން ވަނީ މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް އެ ގޭގައި އުޅޭ ބިދޭސީމީހާ ހައްޔަރު ކޮށްފައި. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އެ ގެ އިން ބައެއް ތަކެތި ގެންދިޔަ މަންޒަރު ވެސް ނޫސްވެރިންނަށް ފެނިފައިވޭ.

16 އޮކްޓޯބަރ 15:45

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބަންގްލަދޭޝްގެ ފިރިހެންމީހާ އަކީ ފުލުހުން މިއަދު ބަލައި ފާސްކުރި ނެދުންގޭގައި އުމުރުން ދުވަސްވީ މީހާ ބަލަން ގެންގުޅޭ ބިދޭސީ މީހާ. އޭނާ އަތުގައި ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް ވައްދާ މަންޒަރު އެ ރަށުގައި މިހާރު ހަރަކާތްތެރިވާ "މިހާރު" ގެ ނިއުސް ޓީމަށް ވަނީ ފެނިފައި.

16 އޮކްޓޯބަރ 15:02

މަހުމޫދު މަރައިލި މައްސލަ ތަހުގީގު ކުރަން ދަނގެތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމުން އެ ރަށު ނެދުންގެ އަށް މިއަދު ވަންނަނީ: އެ ގޭގައި އޮންނަ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓާ ބަންގްލަދޭޝްގެ ފިރިހެނަމާ އެ މަރާ ގުޅުވައިގެން ފުލުހުން އަންނަނީ ސުވާލުތައް ކުރަމުން---ފޮޓޯ: ނިޝާން އަލީ/ މިހާރު

16 އޮކްޓޯބަރ 14:56

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ، ދަނގެތީގައި މިހާރު ފުލުހުން ފާސްކުރަމުން އަންނަ ނެދުންގޭގައި އުޅޭ ބިދޭސީމީހާ ކަމެއް އަދި ޔަގީނެއް ނޫން. އެ ގޭގައި މިއަދުގެ ހެނދުއްސުރެ ފެށިގެން ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާއިރު، އެއްވެސް މީހަކު ހައްޔަރު ކޮށްގެން ގެންދިޔަ ތަނެއް ދަނގެތީގައި މިހާރު ހަރަކާތްތެރިވާ މީޑީއާ އަަކަށް ނުފެނޭ. ނެދުންގެ ހިމެނޭ ސަރަހައްދު ފުލުހުން ބަންދު ކޮށްފައިވާއިރު، ބައެއް ނޫސްވެރިން ވެސް އެ ގެ ކައިރީގައި އެބައުޅޭ.

16 އޮކްޓޯބަރ 14:49

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ދެންމެ ބުނެފި. އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް ތަފުސީލެއް އަދި ނުދޭ.

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގުގެ ތެރެއިން، އެ ރަށުގައި ބިދޭސީއަކު އުޅޭ ގެއަކަށް ފުލުހުންގެ ޓީމެއް ދެންމެ ވަދެއްޖެ އެވެ.

ބަންގްލަދޭޝްގެ އެ މީހާއަކީ ނެދުންގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.

ދަނގެތީގައި ހަރަކާތްތެރިވާ "މިހާރު" ގެ ނިއުސް ޓީމުން ބުނީ، އުމުރުން ދުވަސްވީ މީހާ އެހެން ގެ އަކަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށާއި އެ ގޭގެ ތެރޭގައި ފުލުހުންގެ ޓީމު އެބަތިބި ކަމަށެވެ.

ފުލުހުން ފާސްކުރާ އެ ގޭގައި އުޅެނީ އެ ބިދޭސީމީހާ އާއި އުމުރުން ދުވަސްވީ މީހާ އެކަންޏެވެ.

"މިހާރު" ގެ ނޫސްވެރިން ބުނީ ފުލުހުން މިހާރު ފާސްކުރާ ނެދުންގެ އާއި މަހުމޫދު މަރާލާފައި ގޯންޏަކަށް ލައި އެއްލާލާފައިވާ ގެ ވެސް ހުންނަނީ އެއް މަގެއްގައި ކަމަށެވެ.

"ގާތްގަނޑަކަށް 100 ވަރަކަށް ފޫޓު ދުރުމިން ހުންނާނީ،" ސީނިއާ ފޮޓޯގްރާފަރު ނިޝާން އަލީ ބުންޏެވެ.

ދަނގެތީގެ ނެދުންގެ ފުލުހުން ފާސްކުރާއިރު، އެ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 57 އަހަރުގެ މަހުމޫދު މަރައިލި މައްސަލައިގެ ދަނގެތީގެ ގިނަ ބަޔަކު އިނގިލި ދިއްކުރަނީ އެ ރަށަށް ބަދަލުވި ތޮއްޑޫގެ ދެ މީހަކަށެވެ. އެ ދެ މީހުން ގާތަށް ފަހުން ދިޔަ އެ ރަށުގެ އަންހެނަކަށް ވެސް ޝައްކު ކުރެ އެވެ.

މަހުމޫދު މަރައިލައިފައި އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ފެނުމާއެކު، ދަނގެތީގެ މީހުން އެ ދެ ފިރިހެނުގެގައި ތަޅައިގަތުމުން އެ ވަގުތުން ފެށިގެން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެންމީހާ އާއި އެ ދެ ފިރިހެން އިއްޔެ ހެނދުނު ވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

ދަނގެތީގެ ނެދުންގެ ފުލުހުން ފާސްކުރާއިރު، އެ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް މި ތިން މީހުންނަށް ފުލުހުންގެ ތަހުގީގުން އެއްވެސް ޝައްކެއް ކުރެވޭ ކަމެއް އަދިއެއް ނޭނގެ އެވެ. އެ މީހުންނާ ގުޅޭ ތަނެއް ވެސް މިހާތަނަށް ފާހެއް ނުކުރެ އެވެ.

ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައި މަހުމޫދުގެ ހަށިގަނޑު ގޯންޏަކަށް ލައި ވައްޓާލާފައި އޮތީ ދަނގެތީގެ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ރަށުގެ މީހުން ނުކުމެ ހޯދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ހާއިރު އެވެ.

އޭނާ ގެއްލުނީ ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެ- އިންޑިއާ ކުޅުނު މެޗު ބަލަން އިނދެފައި ގެ އިން ބޭރަށް ނުކުތް ފަހުންނެވެ. އޭގެ ފަހުން މަހުމޫދުގެ އެއްވެސް ޚަބަރެއް ނުވެގެން ދަނގެތީގެ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

31 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަޖަވާދު

16 October 2021

ބުރަކަށިންފެނުނު ނިޝާންތަކުން ތަނެއްގައި ދަމާފައިވާކަމަށް ލަފާ ކުރެވޭ ބިދޭސީމީހާ މަގުމަތީގައި އެއްޗެއްދަމާފައި ދިޔަކަމަށް އެރަށު މީހުންބުނޭ. ހަޅޭކުގެ އަޑުއިވުނު ކަމަށްބުނޭ. މަރާލީ ވަޅުހުރި ތަނުގައިނަމަ ގޯނިފެއްތުމުގެބޭނުމެއްނެތް. ގޯނިންއެނގެނީ ބޮޑީމޫވް ކުރިކަން. ހައްޔަރު ކުރިކަން. އަޚުލާގް ރަނގަޅު ބަނގްލަދޭޝް މީހާއުޅޭ ގެ ހިމެނޭ ދުރު ހިސާބެއްގައި ގައުމީޓީމްގެ މެޗް ގަޑީގަ ބިދޭސީއަކު ދިވެއްސަކު މަރާނެ ސަބަބަކީ ކޮބައިބާ؟

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

16 October 2021

މިގައުމުގައި ބަނގުލާ ބޭފުޅުންގެ "ބލ ވެރިކަން " ޖެހި މިހާރު މިތަން ދޫކޮށްދިވެހިން ދާންޖެހޭ ވަރަށް ކަންތައް ބޮޑުވެއްޖެ. ރައީސް ސާލިހު އަދި ރައީސް ނަޝީދު އަށް ދަންވަން މިގައުމު ބަނގުލާ ބޭފޫޅުން ގެ އަތަްމަތިން ސަލާމަތް ނުވެ ކުރިޔަށް ދާނަމަ މިތަނުގައި ދާހިލީ ހަމަނުޖެހުމެއް އައުމަކީ ވަރަށް ކައިރީގައި އޮތްކަމެއްކަމުގައި ދެބޭފުޅުންނަށް ދަންނަވަން .

The name is already taken The name is available. Register?

ރާއްޖެތެރޭ

16 October 2021

ރައްރަށުގަ ތިބި ބިދޭސީން ކައުންސިލްތަކުން ބަލައެއްނުލާ, ލާރި ދެންޏާ ބޮޑުބޭބެ, މިކައުންސިލްތަކުން ކުރާނެ މަސަކަތެއްނެތިފަ. ބޭރުމީހުން މޮނީޓާ ކުރަނީކީނުން. ފިލާގެންގޮސް ރައްރަށުގަ ބާވަރު ބިދޭސީން. މިމީހުން ގެންގުޅޭ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.

The name is already taken The name is available. Register?

ޝާނީް

17 October 2021

މިރަށަށް އެރި ބިދޭސީ ގުރޫޕް އުޅުނީ އަމިއްލަޔަށް. ގޭގޭގެ މަސައްކަތް ކުރަނީ ފަހުން ނޫނި އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް. ފުރަތަމަ ހަދަންފެށީ ހުރިހާ ބޮޑުންގެ ގޯތި. ކައުންސިލް ރައީސް ގޯތި ވަށާފާރު ރާނާދިންފަހުން ހުރިހާ ބޮޑުންތިބީ ދަރަނ8ވެރިވެ ދަށުވެފަ. މިހާރު ބުނާއަޑުއިވޭ ކައުނސިލުވެސް އޮތީ އެމީހުންގެ ބާރުގެ ދަށުގައޭ

The name is already taken The name is available. Register?

ޒުބއ

16 October 2021

ދިވެހިން އެއް ނުވޭތަ މިކަމާ. ބަންގާޅި އެއް މީހަކު މަރާލިއަސް އޯކޭ ވީ ދޯ?

The name is already taken The name is available. Register?

އަލީ

16 October 2021

ތިޔަ ބިދޭސީ މީހަކީ ޤަވާއިދާ އެއްގޮތަށް ވޯކްވިސާ އާއި ވޯކްޕާމިޓް އޮތް މީހެއްތަ?

The name is already taken The name is available. Register?

އޮބްޒާވާރ

16 October 2021

އޭނާގެ ޓީސާޓުން މީހާރުވެސް ލޭ ވައްތަރުގެ އެއްޗެއް އުނގުޅިފަ ހުރިހެން ހީވޭ....

The name is already taken The name is available. Register?

ކކކކ

16 October 2021

މީ ބަންގާޅީން މަރާލި ކިތައްވަނަ ދިވެހިމީހާތަ؟

The name is already taken The name is available. Register?

ނޯޓިސް

16 October 2021

އޭނާ މަރާލާފައި އޭނާއަށް ލިބިފައިވާ ގެއެއްގެބައިގަ އެހެން އޮތުމަކީ ވަރަށް އަޖައިބުކަމެއް. އެއީ އިއްތިފާގެއް ނޫންނަމަ ތިޔަ މަރުގައި އާއިލީ މައްސަލައެއް އޮވެދާނެހެން ހީވޭ. ފޯނު ނުފެނުނަސް އޭނާއަށް އެރޭ އެންމެ ފަހުން އައި ފޯންކޯލް ބެލޭނެތާ. ވަކި ބަޔަކަށް މާ ކުރިން ޝައްކުނުކޮށް ތަހުގީގުކުރުން މުހިއްމީ. ރަށު މީހުން ނަފްރަތު ކުރާ ބަޔަކު އެރަށުގަ ތިއްބަސް ތަހުގީގު ކުރާ މީހުން ބަލަންވާނީ އެހެންނެއްނޫން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

16 October 2021

ތިކަކަމުގަ އަޅުގަނޑު އެއްންމެ އުފާވީ ތަހުގީގައް މައުމާތު ދިނީ ފިރިހެންކައްވާތި! މީހަކު ހަޅެލެވޭއަޑު އިވިގެން މައުލޫމާތު ދިނަސް އިސުލާމީސަރިއަތުގަ އަންހެނުންގެ ހެކިބަސްވެސް ގަބޫލު ނުކުރެވޭތި މިފަދަ ގައުމެއްގަ އަންޙެނަކު ތިވާހަދެއްކިނަ ފުލުހުން ފަހަރުގަ ސަމާލުކަން ނުދިނުމަކީ ވެސް އެކަށީގެން ވާކަމެއް ކަމުގަ ދެކެން

The name is already taken The name is available. Register?

ކިޔު

17 October 2021

އަހަރެމެން އެބަޖެހޭ އިސްލާމީ ޝަރީއާ ކިޔަވަން.

The name is already taken The name is available. Register?

ޙިނި

16 October 2021

މިބަންގާޅައިން ވަރެއްނެތިގެން އުޅެނީ ދިވެހިސަރުކާރައް، ބަންގާޅައިން އެތެރެކުރަން ހާއްސަ ކުންފުނިތައް އަޔަންކޮއް، ވަގައް އެތެރެވެ ވިސާފީނުދައްކާ އުޅުމަކީ މަސަލައެއް ނޫން ކަމައް ހަދައިގެން އުޅެނީ ހަމަސަރުކާރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454