ޚިޔާލު

އަސްދަނޑި: އެނގުނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑުގެ ދޯހަޅިކަން

ކުރީގެ ހޯމް މިނިސްޓަރު ޒުހޫރު (ކ-2) އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން: ފުލުހުންގެ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރު ކޮމިޝަނަރު އަރީފް ނެރުއްވި ނަމަވެސް، އެ އޮނިގަނޑުގެ ދަށުން މިދިޔަ މަހުގެ މުސާރައެއް ސަރުކާރުން ނުދިން.---ފައިލް ފޮޓޯ: ޕޮލިސް

03 ފެބުރުއަރީ 2017 - 06:50

59 comments
happy icon 69%

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

ފުލުހުންނަށް މިދިޔަ މަހު ދޭނީ އެލަވަންސްތަކަށް ގެނައި ބޮޑު ބަދަލާ އެކު ބޮޑުކުރި މުސާރަކަން އެއީ ކުއްލިއަކަށް އެނގުނު ކަމެއް ނޫނެވެ. "މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރ" ފެބްރުއަރީ 16، 2016 ގައި ފާސްކޮށް، ޖެނުއަރީ 10، 2017 ގައި ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑު ބަދަލެއް ގެނައުމާ އެކު، މުސާރަ އަށް ބަދަލު އަންނަކަން ފުލުހުން ވަނީ އެ ތާރީހުގައި މީޑިއާ އަށް އާންމުކޮށްފަ އެވެ. މީގެ އިތުރުން އެންމެ ހައިރާންވާ ކަމަކީ ފުލުހުންގެ މުސާރަ މި އަހަރުން ފެށިގެން ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވުމެވެ.

"މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރ" ފާސްކޮށް އޭގައި ސޮއިކުރައްވާފައި ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށްފައިވާ އުސޫލެކެވެ. ފުލުހުން ބުނާ ގޮތުން ނަމަ، އެއީ ވަރަށް ގިނަ ދުވަހެއްގެ ދިރާސީ މަސައްކަތްތަކެއްގެ ނަތީޖާ އެވެ.

ނަމަވެސް އެންމެ އަޖައިބުވީ ބޮޑުކުރި މުސާރައާ އެއްގޮތަށް ފުލުހުންނަށް މިދިޔަ މަހުގެ މުސާރަ ދިނުމަށްޓަކައި މުސާރަ ޝީޓް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމާ އެކު، އެ މިނިސްޓްރީގެ އިސް ވެރިންނަށް އެއީ އާ ކަމަކަށް ވުމުންނެވެ. ފުލުހުންގެ އެލަވަންސަށް މި އަހަރުން ފެށިގެން ބަދަލު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ، ފުލުހުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރަށް ބަލައިގެންނެވެ. ހަމަ ގައިމު ވެސް މިފަދަ ބޮޑު ކަމެއް ރައްޔިތުންގެ މަޖިލިހުން ނިންމައި ބަޖެޓަށް އަދަދެއް އިތުރުކުރާއިރު، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ބަޖެޓް ތައްޔާރުކުރި ސަރުކާރުގެ އެންމެ އިސް ވެރިންގެ ކޮމިޓީ އަށް ނޭނގިއެއް ނޯންނާނެ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: ފުލުހުންގެ އެލަވަންސާއި އިނާޔަތްތަކުގެ އާ އޮނިގަނޑަށް އަމަލުކުރެވޭނީ އެ އޮނިގަނޑު ރިވިއު ކުރުމަށް ފަހު ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ފުލުހުންގެ އެލަވަންސްތަކާއި އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަން އެބޭފުޅުންނަށް ރޭކާލީ، އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ޝީޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުން ކަމަށް ދޭހަވާ ގޮތަށް އަމަލުކުރުމަކީ ގޯހެކެވެ. ރައީސް އޮފީހުގެ މަޝްވަރާ ކުއްލިއަކަށް ބޭނުންވެ، ބަޖެޓުކޮށްފައި އޮތަސް ފުލުހުންގެ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން އެއިން އެނގެނީ މިކަމުގައި ފަރުވާކުޑަކުރެއްވި މިންވަރެވެ. ނުވަތަ ހުރިހާ ކަމެއް އެނގި ތިބެ، ބައެއްގެ ޕްރެޝަރާ ހެދި، ކުރިން ނިންމި ނިންމުން ބަދަލުކުރުމަށް ވަގުތު ހޯދަނީ އެވެ.

ކުއްލި ގޮތަށް މި މުސާރަ އާއި އިނާޔަތްތައް ރިވިއުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ. ރައީސް އޮފީހުގެ މަޝްވަރާ އަށް ދާން ޖެހޭ ސަބަބެއް ނޭނގެ އެވެ. މީގެ އެތައް ދުވަހެއް ކުރިން އެލަވަންސްތަކާއި އިނާޔަތްތަކުގެ އާ އޮނިގަނޑު އޮތީ ފާސްކޮށްފަ އެވެ. އަދި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އެ އޮނިގަނޑަށް އަމަލުކުރަން ވެސް އޮތީ ފަށައިފަ އެވެ. މާނަ އަކީ އާ އޮނިގަނޑުގެ ދަށުން މުސާރަ ޝީޓް ފުލުހުން ހެދުމުގެ ކުރިން ނުވަތަ އެ ޝީޓްގެ ދަށުން މުސާރަ އާއި އެލަވަންސްތައް ހަމަޖައްސައި ދިނުމަށް ފިނޭންސަށް ފޮނުވުމުގެ ކުރިން، އެކަމާ މެދު ކުރާނެ މަޝްވަރާއަކަށް އެކަށީގެންވާ ވަގުތު ލިބުމެވެ. ނަމަވެސް އެ ވަގުތުގެ ބޭނުން ސަރުކާރުން ނުހިފައި، ތެޅިފޮޅިގަތީ އެންމެ ފަހު ސިކުންތުގަ އެވެ.

ސުވާލަކީ ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑު ރިވިއު ކުރަން ޖެހެނީ މި ހިސާބަށް ކަންތައް ދިޔައީމަ ހެއްޔެވެ؟ ގާތްގަނޑަކަށް އެއް އަހަރު ކުރިން އެ އޮނިގަނޑު ފާސްކޮށް، މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އޮނިގަނޑަށް އަމަލުކުރަން ފެށިއިރު ވެސް، އެ މުއްދަތުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އެ ބަލައިލަން ވަގުތު ނުލިބުނީހެވެ. މީޑިއާގެ ސުރުހީތައް ވެސް ހަމަ ނުފެނުނީ ހެއްޔެވެ؟ ސަރުކާރުގެ ހިންގުން ބޮއްސުން ލާނީ މިހާވަރަކަށެވެ.

ދައުލަތް ވިޔަސް އަދި އަމިއްލަ ތަނެއްގެ މުވައްޒަފުން ކަމަށް ވިޔަސް، މަސް ނިމޭއިރު އެ މީހުންނަށް މުސާރަ ލިބެން ޖެހޭނެ އެވެ. ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ.

ސަރުކާރުގެ ތެރޭގައި އުފެދޭ ކޯޅުމެއްގެ ތެރެއިން މަސް ނިމި، އެންމެ ދުވަހެއް ވެސް މުސާރަ ނުލިބި ތާށިވުމަކީ މައްސަލައެކެވެ. ފުލުހުންގެ މައްސަލަ އަށް ބަލާއިރު ވެސް، އާ އޮނިގަނޑަށް އަމަލު ނުކުރެވޭ ނަމަ، ކުރީގެ އޮނިގަނޑުގެ ދަށުން ނަމަވެސް މަސް ނިމެންވާއިރަށް މުސާރަ ދީ ނިންމި ނަމަ ރަނގަޅުވީހެވެ. އެކަމަކު މުސާރައިގެ އާ އޮނިގަނޑު ރިވިއު ކުރުމުގެ ނަމުގައި ބޮޑު ކަންތައްގަނޑަކަށް މިކަން ހަދައިލީ އެވެ.

ފުލުހުންގެ މުސާރައިގެ މައްސަލާގައި ހާމަވި އެއް ކަމަކީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމެވެ. ޕޭ ކޮމިޝަނެއް އުފައްދާފައިވާއިރު، އެ ކޮމިޝަންގެ ޒިންމާ ބޮޑުކޮށް، ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަ ޖެހިފައިވާ ކަމެވެ. އެކަމަކު ޕޭ ކޮމިޝަންގެ ޒިންމާ އާއި ކުރާ ކަމެއް ނޭނގެ އެވެ. ޕޭ ކޮމިޝަންގެ ޒިންމާ ނެގޭ ނަމަ، ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑު ވެސް އެ ކޮމިޝަންގެ މެމްބަރުންގެ މޭޒުމައްޗަށް ކުރިން ދިޔައީހެވެ. ކޮމިޝަން ނިދާފައި އޮންނާކަށް ނުޖެހުނީހެވެ.

އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ.---މިހާރު ފައިލް ފޮޓޯ

މުސާރަ އާއި އިނާޔަތްތަކުގެ މައްސަލާގައި ސިފައިންނާއި ފުލުހުންގެ މެދުގައި ވެސް ކޯޅުނުކަން މިފަހަރު ވަރަށް ބޮޑަށް ސާފުވެއްޖެ އެވެ. ފުލުހުންގެ އެލަވަންސްތަކަށް ގެންނަ ބަދަލުތަކާ މެދު ސިފައިން ހިތްހަމަނުޖެހޭކަން، މި މައްސަލައާ ގުޅޭ އެކިއެކި ޚަބަރުތަކަށް ކޮށްފައިވާ ކޮމެންޓްތަކުން އެނގެ އެވެ. އަދި ސިފައިންނަށް ދޭ އިނާޔަތްތަކާ މެދު ހިތްހަމަނުޖެހޭ ފުލުހުން ތިބިކަން ވެސް ސާފުވެއްޖެ އެވެ. ހަމައެކަނި ސިފައިންނާއި ފުލުހުންނެއް ނޫނެވެ.

މިނިވަން މުއައްސަސާތަކާއި ސިވިލް ސާވިސްއާ ދެމެދު ވެސް މުސާރަ އާއި އިނާޔަތްތަކުގެ ފަރަގު އެހާ ބޮޑެވެ. މިއީ ހައްލެއް ނުލިބުނު މައްސަލައެކެވެ. ހާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ކުޑަ އުޖޫރަ އެނގޭ މީހެއް ނަމަ ރޮވޭވަރުވާނެ އެވެ.

ސަރުކާރުން ބޭނުންވާއިރަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިތުރު ގަޑި ކަނޑާލާނެ އެވެ. އެކަމަކު ސަރުކާރުގެ އެހެން ހަރަދުތަކާއި ސިޔާސީ މަގާމުތަކަށް މީހުން ވައްދާ ވަރު މަދެއް ނޫނެވެ. އެންމެ ކުޑަމިނުން ކޯޑިނޭޓަރުންގެ ނަމުގައި ވަޒީފާ ދޭ މީހުންގެ އަދަދު ވެސް މަދެއް ނުވެ އެވެ. އެ މީހުންގެ މުސާރަ 15،000-20،000ރ. އަށް އަރާއިރު މަހެއްގެ މައްޗަށް 5،000ރ. ވެސް ނުޖެހޭ ސިވިލް ސާވަންޓުން އެބަ ތިއްބެވެ. އެންމެ ކުޑަމިނުން ޑިގްރީ ހަދައިގެން އަންނަ މީހާ އަށް ވެސް ސިވިލް ސާވިސްގައި ލިބެނީ މަހަކު 8،000ރ. އެވެ. އެކަމަކު 60،000ރ. އާ ހަމައަށް މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުން އެބަ ތިއްބެވެ. ޑިގްރީއެއް، އެހެން ސެޓްފިކެޓަކަށް ބެލުމެއް ނެތެވެ. މިއީ ހާލަތު ހުރި ގޮތެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ: ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ، އެކަމަކު ހައްލެއް ހޯދައެއް ނުދެވޭ.---މިހާރު ފައިލް ފޮޓޯ

ރަނގަޅު ވާހަކައެކެވެ؛ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދޭން ވާނީ ބަޖެޓަށް ކުޅަދާނަ މިންވަރަކުންނެވެ. އެކަމަކު ހަޖަމް ކުރަން އުނދަގޫވަނީ ފެންނަ މަންޒަރުތަކުންނެވެ. ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރެވޭއިރު، ގުލާން ކޮށްދޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވުމުން ނުވަތަ އިތުރު ގަޑީގެ ފައިސާ ދޭން ޖެހުމުން އެކަން އުނދަގޫވާތީ އެވެ. ބޮޑުކަމަކަށް ވާތީ އެވެ.

މި ފަހަރު ބޮޑު މައްސަލައަކަށް މިވީ، ފުލުހުންގެ މުސާރައިގެ ކަންތައްގަނޑެވެ. މާދަމާ މިފަދަ މައްސަލައެއް ނުކުންނާނީ ދައުލަތުގެ ކޮން އިދާރާއެއްގެ ތެރެއިން ކަމެއް ނޭނގެ އެވެ. މުސާރަ އާއި އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގައި ހަރުދަނާ އުސޫލެއް ނުގެންގުޅޭ ނަމަ މިފަދަ ކިތަންމެ ހިތްހަމަނުޖެހުމެއް ކުރިމަތިވާނެ އެވެ. ފަރުވާކުޑަ ކުރުމާއި ޒިންމާ ނެގުމުން ރެކޭ ނަމަ އަދި މިއަށް ވުރެ ބޮޑެތި ކަންތަކާ ވެސް ލައިގަންނާނެ އެވެ.

59 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 17%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމު

05 February 2017

މި ސިވިލް ސާރވަންޓުން މޫސާރަ ބޮޑުކުރަން ގޮވާއިރު މިމީހުން މަސައްކަތް އެބަ ނިމޭ މެންދުރު ނުވަނީސް. ނިކަން ޔުނީފޯމެއް އަޅާލައިގެން ހުރެ ހިތްވަރެއް ކޮށްލަބަލަ! މުސާރަވެސް ބޮޑުވާނެ..

The name is already taken The name is available. Register?

ބޭނުން އެބައޮޮތްތޯ

04 February 2017

ސިވިލް ސާރވިސް މުވައްޒަފުންނަށް ފްލެޓް ވަކި ފްލެޓް ސްކީމެއް ނެތް. އިނާޔަތްތައްމަދު. އެހެންވީމައި ފުލުންނަށް ބޮޑުކުރުމުގެ ބޭނުމަކީ ކޮބާ؟ ފްލެޓް ދެނީ، ކާން ދެނީ........ފިހާރަ، ލޯން، ބޭސް ފަރުވާ...

The name is already taken The name is available. Register?

ބޫ

04 February 2017

ތިޔައީ ހަމަ އޯސަމް އެންޑް ފްލޯލެސް ކަމުން ވާހާ ގޮތްގޮތް.

The name is already taken The name is available. Register?

ޝީޒާއަލީ

04 February 2017

ފުލުހުންނެއް ސިފައިންނެއް ކިޔާނެ ކަމެއްނެތް. އެމީހުންނަށް އެކަނިތަ މުސާރަ ބޮޑުކޮށް ފްލެޓްދީ ހަދަންޖެހެނީ؟ މިވެސް އަޖައިބެއްކަހަލަ ކަމެއް؟ ސިވިލްސާވިސްގަ މަސައްކަތް ކުރާމީހުން ކުރަނީ މަސައްކަތެއްނޫންތަ؟ އެމީހުން ނުޖެހޭތަ ވަޒީފާގަ ޒިންމާ އުފުލަން؟ ތިޔަބުނާ ސިފައިންނާ ފުލުހުންނަކީ ދައުލަތުގެ އެންމެ ހަރަދުބޮޑު ދެތަން؟ އެމީހުން ކުރާހާވެސް ކަމަކީ މުޒާހަރާއެއް ކޮށފިއްޔާ ރައްޔިތުން ކޮށާ ކުދިމަހަށްހެދުން. އެހެން ނޫނީ މަގުމަތީ ހުންނަ ވެހިކަލްތަކުގެ އިސްޓިކާޖެހުން. މީ ރައީސްމީހާ ވަރަށް ހިނި އަންނަ ކަމަކަށްވާތީ އެމީހުންނަށް ހުރިހާކަމެއކޮށްދެނީ. ސިވިލްސާވިސްގަ ނޭވާނުލާ މަސައްކަތް ކުރީމަ 5000 ރުފިޔާ ކިރިޔާ ލިބެނީ؟ މިވަރުގެ ކުޑަކުޑަ މުސާރައެއް ދީފަ ސަރުކާރަށް ގުލާން ކުރުވާފަވެސް ކަމެއް ދިމާވާ އިރަށް ސިވިލްސާވިސްގެ މީހުންނަށް އޯޓީ ނުދޭނެ ވަހަކަ އާއި އިނާޔަތް ނުދޭން ކޮމިޓީތަކުން ނިންމާނީ.

The name is already taken The name is available. Register?

އާދަން

04 February 2017

މިއީ ބަލި ކަށި ލީޑަރޝިޕެއް އޮތުމުން، މިހެން މިވީ. އެހެން ނޫންނަމަ ރައީސް އޮފީހުން އެންގި ނަަމވެސް ކުރީގެ މުސާރަ ޝީޓް ފޮނުވަން އެއްބަސް ނުވި ނަމަ މިހެން ނުވީސް.

The name is already taken The name is available. Register?

ބލާއއްނު

04 February 2017

ސިފައިންގެ މުސާރައިން އުޅެވެޔޯ ދަތިކަމެއްނުވެ. ޢަތުން ފައިން ކުރާ ކަމެއް ނެތް ޑިއުޓީގައި ތާސް ކުޅުން ނޫނީ ޙަގީގަތަކީ ފުލުހުން ކުރާ މަސައްކަތާއި އެކަށީގެން ވާ ވަރުގެ މުސާރައެއް ނުލިބޭކަން. ޢެހެންވީމާ ދަތިކަމެއް ނުވާ މީހުން މިކަމަށް ހުރަސް އަޅަންވީ ސަބަބެއް ނެތް ކަންނޭންގެ. ފިނޭންސް މިނިސްޓަރ ވެެސް ބަލަނީ ކވތ.. ލިބޭ މުސާރަ ކުޑަކަމުން.

The name is already taken The name is available. Register?

މަރޮށި

04 February 2017

ފުލުހުންގެ މުސާރައާ ބެހޭގޮތުން މަޝްވަރާކުރަން ފިނޭންސް މިނިސްޓަރީއަށް ދިއުމުގެ ބަދަލްގައި މިދާން ޖެހުނީ ރައީސް އޮފީހަށެވެ ވުޒާރަތުލް މާލިއްޔާ ގެ ވެސް ބާރެއް ނެތެވެ ހުރިހާބާރެއް ޖަމާކޮށް ގަނޑުކުރެވޭތައް މިދަނީ ފެންނަމުންނެވެ ތަންތަނުގެ ވެރިންނަށް މިހާރު އަންގާފަ އޮތްކަމަށްވަނީ ހުރިހާ ސިވިލްސަރވަންޓުން 2:30. ޢަށް އޮފީހުންނެރެ އޮފީސް ބަނަދުކުރަންޖެހޭނެ ކަމަށެވެ އެއީ އިތުރުގަޑި ކަނޑާލުމަށެވެ މިހެން އެންގީމަ މިރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ މިހަދާގޮތަކީ އެންމެންނެރެ ތަޅުލައިގެން އިދާރާގަ އިތުރުގަޑިޔަށް އިންނަނީ އެވެ މުސާރަ ބޮޑުކުރާކަށް އަހަރެމެން ބޭނުމެއް ނޫނެވެ އެކަމަކު ތަކެތީގެ އަގު ދެގުނަވެފަވާތީ ދިރިއުޅުނަ ދިނމަށްޓަކާ މުސާރަ. ބޮޑުކުރަން ޖެހެނީ އެވެ ނިކަން މިދޭ މުސާރައާ މެދު ދިވެހި ސިވިލް ސަރވިސް އަޖުދާދެއްގެ މުސާރައަށް ނަޡަރުކޮށްލަމާ ހިނގާށެވެ މަސައްކަތު މީެހެކެވެ މަހު މުސާރައަކީ 3100. ޜުފިޔާ އެވެ ސަރވިސް އެލަވަންސް 1000 ރުފިޔާއެވެ ޖުމްލަ 4100 ރުފިޔާ އެވެ މީގެން ރިޓަޔަރމަންޓް ފެންސަނަށް 7% އަށްވާ 248 ރުފިޔާ ކަނޑާ އޮފީހަށް ދައްކާފަ އޭނައަށް ލިބޭނީ 3854 ރުފިޔާ އެވެ ބާޒާރުގަ މިހިރަ އަގުތަކުގަ މީގެން ހަމަޖައްސާނެ ގޮތެއް ނިކަންމޮޅު އިކޮނޮމިސްޓަކު ކިޔާލަދީ ބަލާށެވެ ބަޔަކު ކައިގެން ފުރުޓުކައިލިއެއްކަމަކު ގިނަބަޔަކު މިފަހަކަށް އައިސް މިއޮއް އުޅެނީ ދެއިރު ބަތްޕެން ފޮދުވްރެއް / މަދުފަހަރެއްގަ ގަރުދިޔަ ފޮދެއް ބޯލައިގެނެވެ ކޮންމެދަދަ ހާލެއްގައި ބަޔަކު އުޅުނަސް ބަލާނެ މީހަކު ނެތަމަ އެކަން ދެނެގަނެވޭނެ ގޮތެއްވެސް ނެތެވެ އަމުދުން މިހުންނަނީ ބަލާހިތްވާ ކަންތަކެއްވެސް ނުމެނޫނިއްޔާ އެވެ ކުރިޔަށް އޮތީ ރަމަޟާން މަހެވެ މުސާރައަށް ގޮތެއް ނުހަދާ ފަރުޖެއްސޭނެ ބަޔަކު ނެތެވެ އެހެނެއް ނޫނެވެ ބަންޑާރަ ކޮއްތު ކައިގެން އުޅޭ މީހުންނަކަށް ދައްޗެއް ނުވާނެ އެވެ އެއީ އިރުކޮއްތު އިރަށް ސަބްކުއްލުން އަޖުމައީނައާއި އެކު ނަންހުސްކޮށް ހުންނާނެ އެވެ ނޫނީ ބަނޑުހަނޑޫ ލިބިލިބި ހުންނާނެ އެވެ ސިޔާސީން ނޫން މީހުންނަށްވެސް އުޅެވޭނެ ވަރު ނެތި ނޫޅެވޭ ހިސާބަށް ގޮސް ނިމިއްޖެ އެވެ

The name is already taken The name is available. Register?

ތަންދޮރު

03 February 2017

މެޓް އޮފީހުގެ ވެރިންނަށް ކޮން ސެޓްފިކެޓަކަށް ބަލައިގެންތަ މުސާރަ ބޮޑުކުރީ. ޢެއީ ބޮޑު އޮޅުވާލުމަކުން ފާސްކޮށްފަ އިން އޮނިގަނޑެއް. ނިކަން ފިނޭންސް މިނިސްޓަރ މިކަން ތަހުގީގު ކޮށްބަލަ

The name is already taken The name is available. Register?

ޕޮލިސް

03 February 2017

2018 އަށް ވަރަށް ސަލާން.

The name is already taken The name is available. Register?

ނަމެއް މިޖެހީ

03 February 2017

ކަލޯ ފުލުހުން އެއެތި ފާސްކުރި އިރު ހުރީ މިހާރުގެ ނައިބު ރައީސު ދޯ ފިނޭންސުގަ. ދެން ވިސްނާލާ ކިހާ ވަރަކުން ދާނެކަން ތިޔަ މައުލޫމާތެއް ހޭންޑު އޯވަރު ކުރުމުގަ. މަވާ ސަލާމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454