ޚިޔާލު / ކޮލަމް ށަވިޔަނި

ކޮލަމް ށަވިޔަނި: އުމަރުގެ އާދަޔާޚިލާފު ސިޓީ އާއި ތިނަދޫ ފިލްމު

"1962: ތެނަދޫ"ގެ ސްކްރީންޕްލޭ: މަސައްކަތް ފެށި ތަނާ ސަރުކާރުން ފިލްމު ހުއްޓުވާލި ގޮތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ--ފޮޓޯ: އަހުމަދު ޒަރީރު

ރައީސް އިބްރާހިމް ނާސިރުގެ ބޮޑު ވަޒީރުކަމުގައި ގދ. ތިނަދޫން މީހުން ބޭލި ހާދިސާއަކީ ދިވެހިންގެ ތެރޭގައި ޚިޔާލުތަފާތުވުން ބޮޑު މައުލޫއެކެވެ. އެކަމަކު އެއީ ރާއްޖޭގެ ތާރީޚުގެ މުހިއްމު ބައެކެވެ. ހިނގާފައި އޮތް ކަމެކެވެ. ފިލްމެއްގެ ސިފައިގައި އެ ހާދިސާ ގެނެސްދޭން އުޅުނީމާ ސަރުކާރުން އެކަން ހުއްޓުވާލީ ކީއްވެގެންތޯ ސުވާލުކުރަން އެބަ ޖެހެ އެވެ.

ތިނަދޫގައި އަލުން މީހުން ދިރިއުޅެން ފެށިތާ 50 އަހަރު ފުރުން އަންނަ އޮގަސްޓް 22ގައި ފާހަގަކުރާނެ އެވެ. އެ ދުވަހާ ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ޑޮކިއުމެންޓްރީ ފިލްމެއް އުފައްދަން ހުށަހެޅުމަކީ ތިނަދޫ މީހުން ދިން ވަރަށް މޮޅު ޚިޔާލެކެވެ. އެކަމަކު "1962: ތެނަދޫ"ގެ މަސައްކަތް ފެށި ތަނާ ހޯމް މިނިސްޓްރީން އެންގީ އެކަން ހުއްޓާލާށެވެ.

މިދިޔަ ހަފްތާގައި ކުއްލިއަކަށް މިނިސްޓަރުކަމުން އިސްތިއުފާދެއްވުމުގެ ކުރިން އުމަރު ނަސީރު ސީދާ ސޮއިކުރައްވައި ތިނަދޫ ކައުންސިލަށާއި ފިލްމުގެ ޑައިރެކްޓަރު އަބްދުލް ފައްތާހަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އޭގައި އޮންނަނީ މިއީ "މުޖުތަމައުގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވެ އާއްމުންގެ މެދުގައި އެއްބައިވަންތަކަން ގެއްލިގެންދާނެ ފިލްމެއް" ކަމަށެވެ.

"ކުރިން ހިނގާފައި ހުންނަ ތާރީޚީ ބޮޑެތި ހާދިސާތަކަށް ފިލްމު ހެދުމަކީ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެކެވެ. ހޮލީވުޑާއި ބޮލީވުޑްގައި ވެސް އެންމެ ހިނގާ އެއް ޖޮންރާއަކީ މި އެވެ. އެއް ހާދިސާއަކަށް އެތައް ފިލްމެއް ހަދާފައި ވެސް އެބަހުއްޓެވެ. އެކި އޭންގަލްތަކުން އަދި އެކި މީހުންގެ ނަޒަރުން އެއް ހާދިސާއެއް ތަފާތު ގޮތްގޮތަށް ގެނެސްދިނުމަކީ މައްސަލައެއް ނޫނެވެ."

ފިލްމު ހަދަން އުޅޭ މީހުންނަށް، އުމަރުގެ ސިޓީން ލިބުނީ ކުއްލި ހައިރާންކަމެކެވެ. ތަފާތު ސަބަބުތަކާ ހެދި އެވެ. ފުރަތަމަ ކަމަކަށް، ފިލްމެއް އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ހޯމް މިނިސްޓްރީ ވަންނަން ޖެހޭ ސަބަބެއް ނެތެވެ. އެ މެންޑޭޓް އޮތީ ޔޫތު މިނިސްޓްރީއަށެވެ. ފިލްމު ހަދަން ހުއްދަ ދެނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ. ތިނަދޫ ފިލްމަށް އެ ހުއްދަ އޮތީ ދީފަ އެވެ. ދެން އޮންނާނީ ފިލްމު އާއްމުކުރުމުގެ ކުރިން ފާސްކުރުމެވެ. އެ ހުއްދަ ދެނީ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުންނެވެ. އެއީ ވެސް ޔޫތު މިނިސްޓްރީގެ ދަށުގައި އޮންނަ ތަނެކެވެ. އެ ބިއުރޯ އަށް ފިލްމު ގެންދަން ޖެހޭނީ އުފައްދައި ނިމުނީމަ އެވެ. ފިލްމެއް ހެދުން ނުވަތަ ނެހެދުން ބިނާވެފައިވާ މިފަދަ ބާރެއް ސަރުކާރުގެ އެހެން އިދާރާއަކަށް ނެތެވެ.

ދެން އޮތް ސުވާލަކީ، "1962: ތެނަދޫ" އަކީ ހަމަނުޖެހުމަށް މަގުފަހިވެ އެއްބައިވަންތަކަން ގެއްލިގެންދާނެ ފިލްމަކަށް ވަނީ ކޮން ގޮތަކުން ހެއްޔެވެ؟ ސިޓީގައި އެ ވާހަކައެއް ނެތެވެ. ހޯމް މިނިސްޓަރު އެ ގޮތަށް ކަނޑައެޅުއްވީ ކޮން ކަމަކަށް ބައްލަވާފައި ހެއްޔެވެ؟ ޔަގީނުން ވެސް ފިލްމުގެ ސްކްރީންޕްލޭއަކަށް ނޫނެވެ. ފިލްމުގެ ހުރިހާ މަންޒަރުތަކާއި ޑައިލޮގްތައް ސްކްރީންޕްލޭގައި ހުންނާނެ އެވެ. އެކަމަކު ކައުންސިލުން ބުނެފައި ވަނީ ސްކްރީންޕްލޭ ބަލަން ދިން ދައުވަތު ހޯމް މިނިސްޓްރީން ގަބޫލުކޮށްފައި ނުވާ ކަމަށެވެ.

"1962: ތެނަދޫ"ގެ އެކްޓަރުންނަށް ނަގައިދިން ވޯކްޝޮޕެއްގެ ތެރެއިން.--ފޮޓޯ: "1962 ތެނަދޫ" ފޭސްބުކް ޕޭޖު

ތިނަދޫ ފިލްމާ މެދު ބަޔަކު ހިތްހަމަނުޖެހިގެނެއް ވެސް ނޫޅެ އެވެ. ޔަގީނުން ވެސް ފާޅުގައި އެކަހަލަ ކަމެއް ނުހިނގަ އެވެ. ދެން ބަލައިލަން ޖެހެނީ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިވޭތޯ އެވެ. އެފަދަ އެއްވެސް ކަމެއް ވެސް ކަމާ ބެހޭ ފަރާތަކުން ފާހަގަކޮށްފައެއް ނެތެވެ. އެހެންވީމާ "މި ފިލްމުގެ މައްސަލަ ތަހުގީގުކުރުމަށް" ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ސިޓީގައި އުމަރު ވިދާޅުވެފައި އޮތީމާ ހައިރާންވާން ޖެހެ އެވެ. އެ ސިޓީގެ އެންމެ އާދަޔާޚިލާފު ކަމަކީ މި އެވެ. ފިލްމެއް ހެދުމަކީ ރާއްޖޭގައި ކުށެއް ނޫނެވެ. މިއީ ޖިނާއީ މައްސަލައެއް ނޫނެވެ. އެހެންވީމާ ފުލުހުން ތަހުގީގުކުރަންވީ ކޮން ކަމެއް ހެއްޔެވެ؟

ހޯމް މިނިސްޓްރީގެ ހުއްދަ ނެތި ފިލްމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާކަށް ތިނަދޫ ކައުންސިލުން ވެސް އަދި ޑައިރެކްޓަރު ވެސް ބޭނުމެއް ނުވެ އެވެ. އެމީހުންނަށް ސަރުކާރާ ދެކޮޅަކަށް އެކަމެއް ނުވެސް ކުރެވޭނެ އެވެ. ވަރަށް ދެރަ އެވެ. މި އެންގުމަކީ ވަރަށް ބުރަ މަސައްކަތުން ރާއްޖޭގައި ގާއިމްކޮށްފައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތި ކުރި ހުރަހެކެވެ.

ފިލްމީ ދާއިރާ އަށް މިކަމުން ފޯރާނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ ފިލްމު އެސޯސިއޭޝަން ކަހަލަ ބަޔަކު މިކަމާ އެއްޗެއް ނުބުނެ މަޑުމަޑުން ތިބޭތީ ހައިރާން ވެސް ވެ އެވެ. މާދަމާ ކޮންމެވެސް އެހެން ފިލްމެއް މި ގޮތަށް ހުއްޓުވާނުލާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަނެއްކޮޅުން ދިވެހިން މި ތިބީ މިފަދަ ތަފާތު އުފެއްދުންތަކަށް ފެންބޮވައިގެންފަ އެވެ. ފައްތާހު ގެނެސްދޭން މި އުޅުނީ މިހާތަނަށް ދިވެހި ސިނަމާ އިން ފެނިފައި ނުވާ، މުޅިން އާ ޖޮންރާއެކެވެ. ތާރީޚީ ހާދިސާތަކަށް ބިނާކޮށްފައިވާ މިފަދަ ފިލްމުތައް ވަރަށް މުހިއްމެވެ. އެހެންވީމާ އުމަރުގެ ސިޓީއަކީ އޯޑިއެންސަށް ވެސް ލިބުނު މާޔޫސްކަމެކެވެ.

ދާދި ފަހުން އަލީ ސީޒަންގެ "އަހުޝާމް" ރިލީޒްކުރީ ފުލުހުންނަށް ދައްކާފަ އެވެ. އޭގައި ފުލުހެއްގެ މަސައްކަތް ގެނެސްދީފައިވާތީ އެވެ. އެކަމާ ހެދި ފިލްމުގެ ޕްރިމިއާ ލަސް ވެސް ވި އެވެ. ފުލުހުންނަށް ފިލްމު ދެއްކުމަކީ ކްލެސިފިކޭޝަން ބިއުރޯ އިން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަކަށް ނުފެނެ އެވެ. އެކަމަކު އެ ގޮތަށް ހަދައިގެން އެ ފިލްމު އޯޑިއެންސާ ހަމައަށް އައިސް، މައްސަލަތަކެއް ދިމާ ނުވެ ސަލާމަތްވިކަން ފާހަގަކުރަން ޖެހެ އެވެ. "1962: ތެނަދޫ"އާ މެދު ސަރުކާރުން ކަންބޮޑުވާ ނަމަ މިފަދަ ވިސްނުމަކަށް ވެސް ދެވުނީހެވެ. އެންމެ ކުޑަމިނުން، ސްކްރިޕްޓް ކިޔަން ދިން ފުރުސަތުގެ ބޭނުން ހޯމް މިނިސްޓްރީ އަށް ހިފުނީހެވެ.

"1962: ތެނަދޫ"ގެ ބައެއް މަންޒަރުތައް ނެގުމަށް ގދ. ފިޔޯރީގައި ލޮކޭޝަންތައް ބަލަނީ.--ފޮޓޯ: "1962 ތެނަދޫ" ފޭސްބުކް ޕޭޖު

އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭ ބެއްލެވި ނަމަ، އުމަރުގެ ވިސްނުން ފަހަރުގައި ތަފާތުވީހެވެ. ތިނަދޫ ފަޅުކުރި ސަބަބުތައް ވަކި މީހެއް ނުވަތަ ވަކި ބައެއްގެ ބޮލަށް ކަނޑާލުމުގެ ރޫހެއް އެއަކު ނެތެވެ. ފިލްމުގެ މައިގަނޑު މައުލޫއަކީ މުޅިން އެހެން އެއްޗެކެވެ. އަސަރުގަދަ ސްކްރިޕްޓް ލިޔެފައި އޮތީ ތިނަދު އާއި އެ އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ގޮސް، އެ ހާދިސާ ތަޖުރިބާކުރި މީހުންގެ ވާހަކަތައް އަޑުއަހައިގެންނެވެ. އެ ހާދިސާއާ ބެހޭ ގޮތުން އޭރު ލިޔެފައި ހުރި އެއްޗެހި ބަލައި ދިރާސާކޮށްގެންނެވެ. ނާސިރު އަރިހުގައި ތިނަދު އަށް ދިޔަ އެމަނިކުފާނުގެ ސެކްރެޓަރީންނާއި އޭރު ސިފައިންގޭގައި އުޅުނު ބައެއް މީހުން ދިން މައުލޫމާތަށް ވެސް ބިނާކޮށްގެންނެވެ.

ކުރިން ހިނގާފައި ހުންނަ ތާރީޚީ ބޮޑެތި ހާދިސާތަކަށް ފިލްމު ހެދުމަކީ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެކެވެ. ހޮލީވުޑާއި ބޮލީވުޑްގައި ވެސް އެންމެ ހިނގާ އެއް ޖޮންރާއަކީ މި އެވެ. އެއް ހާދިސާއަކަށް އެތައް ފިލްމެއް ހަދާފައި ވެސް އެބަހުއްޓެވެ. އެކި އޭންގަލްތަކުން އަދި އެކި މީހުންގެ ނަޒަރުން އެއް ހާދިސާއެއް ތަފާތު ގޮތްގޮތަށް ގެނެސްދިނުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަމާ މެދު ބަހުސެއް އުފެދުމަކީ ވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ސަރުކާރުން އެ ފުރުސަތު ނުދީ އެ މިނިވަންކަން ނިގުޅައިގަތުމެވެ.

ސަރުކާރާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން ތިނަދޫ ކައުންސިލުން ބޭނުންވެ އެވެ. ފަހަރެއްގައި އެ ފުރުސަތު ލިބި ވެސް ދާނެ އެވެ. މިހާރުގެ ހޯމް މިނިސްޓަރު އަހުމަދު ޒުހޫރަކީ ތިނަދޫ ބޭފުޅެކެވެ. އަދި އާ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ނިސްބަތްވަނީ އެ ރަށަށެވެ. ސީދާ ޖިހާދު އެންމެ ތުއްޕުޅުއިރު މަންމާފުޅު އެމަނިކުފާނު ގޮވައިގެން ރަށުން ފޭބި ހިތްދަތި ގޮތް ވެސް ފިލްމުގެ ސްކްރިޕްޓްގައި ހިމެނެ އެވެ. އެހެންވީމާ "1962: ތެނަދޫ" ހުއްޓާލަން އުމަރު ފޮނުއްވި ސިޓީ ބާތިލްކުރޭތޯ ބަލަބަލައި ތިބެވިދާނެ އެވެ. އެކަމަކު ވެސް އެ ސިޓީ އެ އޮތީ ފޮނުވާފަ އެވެ. ހޯމް މިނިސްޓަރު ފިލްމެއް މި ހުއްޓުވާލީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ.

34 ކޮމެންޓް, 131 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 15%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންޓިފިތުނަ

27 June 2016

އެހެންވީމާ ޒުހޫރު އާއި ޖިހާދު އާއި ވަހީދު އާއި ދެންވެސް ތިބި ތިނަދޫ މަޝްހޫރު މީހުން ތިޔަ ފިލްމުގައި ބައިވެރިކުރާންވާނެ، އޭރުގެ މީހުން ބޭނުންކުރީމަ ފިލްމު އަދި ވަކީން ފުރިހަމަ ވާނެ. އަދި ތިޔަ ފިލްމުގައި ޖެހޭނެ އަސްލާއި އެއްގޮތް ކުރުމުގެ ގޮތުން ތިނަދޫ މީހުން ހުވަދު އަތޮޅުގެ އެހެން ރަށްތަކަށް އަރައި އެރަށްތައް ސުންނާފަތިކޮށްލި ގޮތްވެސް ގެނެސްދޭން. ޚާއްޞަކޮށް ގައްދޫ އަށް އަރައި އެރަށު މީހުންގެ ބުރިޔަށް ދަގަނޑު އަމުނައިފަ މޫދުގައި ބެއިތިބިއްބި ގޮތް ގެނެސްދޭން ވާނެ، ދެން ދިވެހި ރާއްޖޭގެ ވެރިކަމާއި ދިފާޢީ ބާރަށް ނުކިޔަމަންތެރިކަން އަދާކޮށްލި ގޮތާއި ތިމާމެންގެ ނުލަފާކަމާއި ބޮޑާކަން ދައްކައިލިގޮތް ގެނެސްދޭންވާނެ. މިފަދަ މުހިއްމު ކަންކަން ނެތިއްޔާ ތިޔަ ފިލްމު ފިލްމަކަށް ނުވާނެ. މިބައިބައި ގެނެސްދިނުން ވަރަށް މުހިއްމު. މިކަމުން އުފެދޭނެ ފިތުނައެއް ނެތް. ހަމަ ތާރީޚި ކަމެއް..

The name is already taken The name is available. Register?

ާތެނަދޫ

26 June 2016

ގައްދޫ ކުދިންނައް ވަރައް ސަލާމް...ކަލޭމެން ވެސް ބޮޑާ ނުހާކާ ފިލްމެއް ކުޅެބަލަ....

The name is already taken The name is available. Register?

ޒައިދު

26 June 2016

ދެން ތި ހުއްދަ ލިބިދާނެ ނައިބަކަށް ތެނަދޫ މީހެއް، ހޯމްގަ ތެނަދޫ މީހެއް... އެހެންވީމަ ތިކަން ހަމަޖެހި ނިމުނީތި. އެއްގޮތަކަށްވެސް ނުރޯތި

The name is already taken The name is available. Register?

ޒޭ

26 June 2016

ވާގޮަތަކީ ތިނަދުން ފިލްމު ހަދާއިރަށް ގައްދޫން ވެސް ފިލްމު ހަދާނެ އަނެއްކާވެސް ޒުވާބާ އަރާރުމާ ހަމަނުޖެހުމަށް މަގު ފަހި ވާނެ.. ހޯމް މިނިސްތްރީގެ މެނޑޭޓްގަ އޮންނާނެ ދާޚިލީ ހަމަ ނުޖެހުމަކަށް މަގު ފަހިވެދާނެ ކަމުގެ ބިރު އޮންނަ ކޮންމެ ކަމެއް އެއީ ފިލްމެއް ކަމެއް ވިޔަސް ފުޓު ބޯލަ މެޗެއްކަމެއް ވިޔަސް ހުއްޓުވޭނެ ދާހިލީ ވަޒީރަށް.. ޤައުމުގެ އެތެރޭގެ ހުރިހާކަމެއްގެ މެންޑޭޓް އޮންނާނެ ހޯމް މިނިސްޓްރީއަށް

The name is already taken The name is available. Register?

ސަލާމް

27 June 2016

ބަލަ ގައްދޫ މީހުންގެ ފެންވަރުތަ ޙަމަ ތިބެން ޖެހޭނީ. ކަމެެއްވިޔަސް އަންނަން ޖެހޭނީވެސް ހަވަރު ތިނަދޫއަށް. ، ވަރަށް ސަލާމް

The name is already taken The name is available. Register?

ސަމްކުޅިބޭ

25 June 2016

ރާއްޖޭގެ ފުރަތަމަ ރައީސް މުހަންމަދު އަމީން ވްނީ މަރާލާފާ. އެކަން ހިނގައިދިޔަގޮތެއް ތާރީކް ފޮތްތަކުގައިވެސް ނެތް. އެކަން ހިނގިގޮތް ނުލިޔަނީ ކީއްވެބާ؟ އެކަމާބެހޭ ކޮންމެވެސް ވަރެއްގެ މައުލޫމާތު ހިމަނާގެން އަބްދުލް ހަކީމް ހުސައިން މަނިކު ނެރުއްވިފޮތެއް އެދުވަސްވަރު ސަރުކާރުން ވަނީ އެފޮތަ ވިއްކުމަ ގެންގުޅުން ވެސް މަނާކޮށްފައި. އެހެންކަމުން ތިޔަފިލްމް ހުއްޓުވުމަކީ އާދަޔަ ޚިލާފު ގޮތެއްނޫން. އަހަރެމެންކަހަލަ ދުވަސްވީ މީހުން ހައިރާންވާ ކަމެއްނޫން. އިއްޔެ މެންދުރު ކުދިންނަށް އެހެންހީވެދާނެ.

The name is already taken The name is available. Register?

ސިނޫ އެއްނު

12 December 2017

ބަލަ އެޒަމާނާ މިޒަމާނާ އަޅުވާ ނުކިޔަބަލަ. މިއަދު މެންދުރު ވިހެއި ކުދިންނޭ ކިޔާފަ ތިހެން ނުބުނެވޭނެ. ރައީސް ނަޝީދުގެ ވެރިކަން ނިމުނު ގޮތުގެ ވާހަކަވެސް އައްނަ ޖީލުގެ ކުދިން ފިލްމް ހަދާނެ. މިކަހަލަ ކަންކަމަކީ ތާރިޚް އިނގެން ބޭނުންވާ އަދި ތާރީޚް ދަސްކުރާ ދަރިވަރުންނަށާއި އާންމު ރައްޔިތު މީހާއަށްވެސް ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން.

The name is already taken The name is available. Register?

ތިނަދޫ ރައްޔިތެއް

25 June 2016

ތިނަދޫ އަކީ މުޅިރާއްޖޭގައިވެސް އެންމެ އަމާން ކަމާއި މިނިވަންކަމާއެކު ރަށަށް ހިޖުރަކޮއްފައިވާ މީހުން ދިރިއުލޭ ރަށެއް . އަދި އެމީހުން ތިނަދޫ ގައި އުޅެމުންދަނީ ހިތްހަމަޖެހިގެން . ކޮންމެ އަހަރުވެސް އެތަައް އާއިލާއެއް ތިނަދޫ އަށް ހިޖުރަކުރެއެވެ . ތިނަދޫ ގައި ދިރުއުޅޭ އެހެން ރަށްރަށުގެ މީހުން ކައިރީގައި އަހާބަލަ ތިނަދޫ މީހުން ނަކީ އެމީހުންނަށް ނުބައި ކޮއް ކަންތައް ކުރާބަޔެއްތޯ ؟ ގައްދޫ މީހުންނަށް ބުނެލަން އޮތީ ތިނަދޫ ހިޖުރަކުރާ އެންމެ ގިނަމީހުންނަކީ ގައްދޫ ރައްޔިތުންނޭ މިހާރުވެސް ތިނަދޫ ގިނައަދަދެއްގެ ގައްދޫ ރައްޔިތުން ދިރިއުޅެމުންދޭ ! މިއަދުގެ ހަގީގަތަކީ ތިނަދޫގަ މިވަގުތު ގިނައަދަދަކަށް އިލްމީ ގާބިލް މީހުންތިބިކަން . ތިނަދޫ މީހުންގެ ވިސްނުމަކީ އަތޮޅު ރައްޔިތުން ތިނަދޫ ގައި ވަޒަންވެރިވެ . އެންމެން އެކީ ތަރައްގި އާއި އިލްމާ، ހުނަރުވެރިކަމާއި ، ތަނަވަސްކަން ، ވަޒީފާ އެންމެނަށް ލިބި އުފަލުގަ އުޅުން . މިކަން ހާސިލްވާނީ ހުރިހާ އެންމެން ގުޅިގެން އެއްބައިވެގެން. ޝުކުރިއްޔާ

The name is already taken The name is available. Register?

ހަސަންބެ / މާލެ

25 June 2016

ތިނަދޫ މީހުންނަކީ ޒަމާނުއްސުރެ ވަރަށް ތަނަވަސް ކޮށް އުޅުނު ބަޔަކެވެ . ތިނަދޫ މީހުންނަކީ 1962 ކުރިން ހިކިމަސްފަދަތަކެތި އަމިއްލަ އޮޑި ތަކުގައި ތިނަދޫ އިން ސިރީލަންކާގެ ކޮޅުބަށް ގެންގޮސް އެމުދާ ވިއްކާ ލަންކާއިން ފާޑުފާޑުގެ ތަކެތި ރަށަށް ގެނެސް ވަރަށް އުފާވެރި ދިރުއުޅުމެއް އުޅުނު ބަޔެއް އުޅުނު ރަށެކެވެ . ދެކުނުގެ ހަތަރު އަތޮޅުގެ މީހުން އޭރުގެ ސަރުކާރާއި ދެކޮޅުވާންޖެހުން މައިގަނޑު ސަބަބަކީ . ނާސިރުގެ ސަރުކާރުން އެމީހުން ސީދާ ކޮޅުބަައް ކުރަމުން އައި ދަތުރުތަައް މާލެ ގައި މަޑުކުރުމަށް ( ޓްރާންސިޓް ) މަޖުބޫރުކުރުމުން ދަތުރުގެ ދިގުވެ އެމީހުން ގެންނަމުދާ ގަންނަ މުދުލަުން ޓެކްސް ނަގަންފެށުމުންނެވެ . އަދި މާލެއިން އެމީހުން ގެންނަ މުދާ ނުވިކި ގިނަދުވަސްވެ މާލެގައި މަޑުކުރަން ޖެހުމެވެ . ހަގީގަތަކީ އެއިރުގެ ތިނަދޫ އާބާދީ އަކީ 4000 އަށްވުރެ ގިނަ އެވެ . ނަމަވެސް ނާސިރު ތިނަދޫ މީހުން 22 އޯގަސްޓް 1962 ވަނަ ދުވަހު 06 ޖެހުމުގެ ކުރިން މުޅިރަށުގެ އާބަދީ އެއްކޮށް ހުސްކުރުމަށް އެންގުމުން ގިނަބަޔަކު ކަނޑަށް ޢަރަގުވެ ، ކާނެގޮތެއް ނެތިގެންނާއި ޖުލަގައި އަނިޔާކޮށްގެން އެތައް ބަޔަކު ވަނީ މަރުވެގެން ގޮސްފައެވެ . ދެވަނަ ފަހަރަށް ތިނަދޫ އަށް މީހުން އާބަދުވިއިރު ތިނަދޫ ގެ އަބާދީ އަކީ 1800 އެވެ . ބަކީ ތިބި 2200 ގިނަމީހުންވަނީ އެކިސަބަބުތަކާއި ހެދި މަރުވެ ވީނުވީ އަދިއަދާޖެހެން ދެންވަސް ވީނުވީ އެއްނޭގިފައެެވެ.

The name is already taken The name is available. Register?

ފަތޭ

25 June 2016

ހޮލީވްޑް ތަންތަނުގައި ތިޔަ ފަދަ ފިލްމުތައް ހަދަނީ، ހުރިހާ ގޮތަކުން ކުރަންޖެހޭ ދިރާސާ އެތައް އަހަރެއް ވަންދެން ކޮށް، އޭގެ ހެވާއި ނުބާ ބަލާ، ބޮޑުމަންޒަރުގެ ދެކޮޅުވެސް ރަނގަޅަށް އެނގި، ދެކޮޅަށްވެސް ހަމަހަމަކޮށެވެ. އަދި ފިލްމު ފެށުމުގެ ކުރިން، ކަމާބެހޭ ހުރިހާ ހުއްދައެއް ހޯދައިގެން ނޫނީ ނުވެސް ފަށާނެއެވެ. މިރާއްޖޭގައި އޮންނާނީ އަބަދުވެސް އިދިކޮޅެވެ. ތަރުތީބު އޮޅުވާލާފައެވެ. ކަން ވާނީވެސް އެހެން. ކޮންމެ މީހަކީ ތިމާ ވަރުގެ ނެތިގެން އުޅޭ މީހެއް

The name is already taken The name is available. Register?

ފަތުސަޓަނި

26 June 2016

ތިބުނާ ދިރާސާ ހަދައިގެން ހެދީމަދޯ އެއްހާދިސާއަކަށް ދެޑައިރެކްޓަރުން ހަދާ ދެފިލްމުގަ އެހާތަފާތުބޮޑީ. ހޮލީވުޑްގަ އެންމެ ގިނައިން ފިލްމުހދާފައިވާ އެއްހާދިސާއަކީ ޢީސާގެފާނުގެ ޙަދިސާ. ނަޞާރާއިން ގަބޫލުކުރާގޮތަށް އެފިލްމުތައްހަދާފަހުންނައިރު 2 ފިލްމުގެ ތަފާތު އެހާބޮޑު. ދެންއޮތީ ހުއްދައިގެ ވާހަކަ. އެމީހުންވެސް (ހޮލީވުޑް، ބޮލީވުޑް) ހުއްދަ ނަގަނީ ހުއްދަނަގަންޖެހޭ އިދާރާތަކުން ގައުމުގަ އޮތިއްޔާ އޮތްހާ މުއައްސަސާއަކުންނާ އޮފީސްތަކަކުން ހުއްދައެއް ނުނަގާ، ނަގާކަށްނުވެސްޖެހޭ. ހަމައެގޮތަށް މިމީހުންވެސް ފިލްމުހދުމުގެ ހުއްދަވަނީ ނެޝަނަލް ސންޓަރ ފޮ އާރޓްސްއިން ނަގާފައެވެ. ރާއްޖޭގެ ޤަވާއިދުތައްބުނާގޮތުން އެނިމުނީއެވެ. ދެން ހޯމް މިނިސްޓްރީންނާ ފޮރިންމިނިސްޓްރިންނާ ކަސްޓަމުންނާ އެމްއެމްއޭއިންނާ ބޭންކުތަކުންނާ ސުޕްރިމްކޯޓުންނާ އެމްޕީއެލްއިންނާ ޓްރޭޑް މިނިސްޓްރީންނާ ފެމިލީކޯޓުން ހުއްދަނަގާކަށްނުޖެހެއެވެ. މިހުރިހާތަނަކން ހުއްދަނަގަންޖެހޭނަމަ ފިލްމުހެދުމުގެ ހުއްދަދޭން ސެންޓަރެއްހުރުމުގެ ބޭނުމެއްނެތެވެ. މިއީ އިއިޖީއެމްއެޗަށް ގޮސް ޑޮކްޓަރަށްދައްކާފަ ޑޮކްޓަރު ބޭސްސިޓީ ދިނީމަ އެހިފައިގެން ހެލްތުމިނިސްޓަރުކައިރިއަށްގޮސް ހެލްތުމިނިސްޓަރުވެސް އެސިޓީގަ ހުރި ބޭސް ބޭނުންކުރިއަސް އޯކޭ ތޯބެލުންކަހަލަކަމެކެވެ. ތިއުލެވެނީ 2016 ކޫއްކުރަން 1900ގެތެރެއަކުވެސް ނޫނެވެ. ތިޔަ ނިދިން ހޭލެވޭތޯ އުޅޭށެވެ. އެހެންނޫނީ މިއޮއފަދަ ޒަމާނުގަ ނޭގިހުއްޓަ ރޮލާކައި ހުސްކޮށްފާނެއެވެ.

The name is already taken The name is available. Register?

ފަތޭތޭ

26 June 2016

ތިޔަބުނީ ހމަހެޔޮކޮށް. ކޮންމެމީހަކީ ތިމާވަރު މީހަކުނެތިގެން އުޅޭމީހެއްވީމަތާ އުމަރުގެ މިނިސްޓްރީއާ ނުވެސްބެހޭކަމެއްގަ އެސިޓީފޮނުވީ. އެގޮތަސް އޭނަބުނި އަދީބަށް ދައުވާކުރާނީ ފަހުންހެދި ޓެރަރިޒަމް ޤާނޫނުގެދަށުންނޭ. އެހެންބުނިފަހުން އޭނައަށްރޭކާލީ އެއީ އޭނަޔާބެހޭވާހަކައެއްވެސްނޫންކަން އަދި އާޤާނޫނުގެދަށުން ދައުވާނުވެސްކުރެވޭނެކަން. ތިޔަބުނާ ދިރާސާ ހެދިލަތްގިނަކަމިންނާ ފުރިހަމަކަމުން ހޮލީވުޑުންހަދާފަހުންނަ ޢީސާގެފާނުގެ ފިލްމުތަކުގަ އެކަލޭގެފާނު ސޮލިބަށްއަރުވާކަމަށްއެދައްކަނީ. ގައިމު ތިބުނާފެންވަރަށްދިރާސާކޮށް ބޮޑުމަންޒަރު ހަމަހަމަކޮށް ގެނެސްދޭނަމަ އެގޭނެ ދޯ އެކަލޭގެފާނު ސޮލިބަކަށްވެސްނޭރުވޭކަން އަދި އަވަހާރަކޮށެއްނުލެވޭކަންވެސް. ފަތޭވެސްވެސްތީ ހަމަ ފަތޭ ތިބުނާކަހަލަމީހެއް. މަވަރުނެތިގެން އޅޭމީހެއް. ބާތުކަރުތާހޭ. ހުއް...

The name is already taken The name is available. Register?

ރޮކް

25 June 2016

ތީ އުމަރު ފޮނުވި ސިޓޫއެއް ނޫން. ސީދާ ކެބިނެޓްގައި މަޝްވަރާ ނުކުރެވުންސް އެފިލްމު ހުއްޓުވީ އެންމެ މަތިން އޯޑަރު އައިސްގެންކަމަމެދު ޝައްކެއް ނެތެވެ. ދެން އާ ނައިބު ރައިސްއާއި ޔޫތުމިނިސްޓަރަށް އެއްވެސް ބާރެއް މިސަރުކާރުގައި އޮތްނަމަ ތިފިލްމު ހެދުމުގެ ހުއްދަ ދޭތަން މިތިބީ ބަލަން.

The name is already taken The name is available. Register?

ބަރާސީލު އަލިހުތާ

25 June 2016

ތިނަދޫއިން މީހުން ބޭލުން އަނިޔާވެރި.އަދި އެވަރަށް ތިނަދޫ މީހުން ހުވަދު އަތޮޅު ބައެއް ރަށްތަކަށް އަރާ އަނިޔާކުރި.މިސާލަކަށް އެއަތޮޅު ގައްދޫ މީހުންކުރެ އައްސަވާ އެރަށަން އަރާ މީހުނަށް ބިރުދައްކާ މުދާ ފޭރިގަނެ އަޅުވެތިކޮށް ނުފޫޒު ފޯރުވިވަރު ބަގާވާތާއި ގުޅުމަށް. މިކަންތައްވެސް ހިމަނަންޖެހޭ ، ނޫނީ ގައްދޫއިންވެސް ފިލްމެއް ކުޅެން ބޭނުންވެދާނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454