ޚިޔާލު

އިންޓެލިޖެންސް ރިޕޯޓުގެ ބޭނުމަކީ ކޮބާ؟

މާލޭގެ އެޕާޓްމެންޓެއް ފުލުހުން ފާސްކުރާއިރު، އެސްއޯ ދެ ފުލުހަކު އެ އެޕާޓްމެންޓުގެ ބޭރުގައި ފޯރިމަރަނީ.

އަބްދުﷲ ފައިރޫޝް

08 އެޕްރީލް 2018 - 07:36

19 comments

ފަރުދުންނަށް ލިބިފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތައް އިންޓެލިޖެންސް ރިޕޯޓް ބޭނުން ކޮށްގެން ހިފެހެއްޓެމުންދާ ވާހަކަތަކަކީ ރާއްޖޭގެ އިންސާފުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާ އަޑުތަކެއް ނޫނެވެ. ނަމަވެސް، އިންޓެލިޖެންސް ނޫނީ ސިއްރު މަޢުލޫމާތުގެ ބޭނުމަކީ ކޮބާކަމާއި އެފަދަ ލިޔުންތައް ބޭނުން ކުރެވޭނެ ގޮތްތަކާއި ޙާލަތްތައް އެނގޭ މީހުން ވަރަށް މަދެވެ. މިކަން ފާހަގަވެގެން ދިޔައީ އިންޓެލިޖެންސް ރިޕޯޓާ މެދު އަޅުގަނޑު ކުރި ޓްވީޓަކާ ގުޅިގެން އެކި މީސްމީހުން ފާޅުކޮށްފައިވާ ޚިޔާލުތަކުންނެވެ. މިހެންވެ، ކަމުގެ އަސްލު ހިއްސާ ކުރުމުގެ ވިސްނުމުގައި، މި ކަމާ ގުޅޭ ގޮތުން އިލްމީ ލިޔުމެއް ލިޔެލަން ގަސްތުކުރީ އެވެ.

ދިވެހި ފުލުހުން މިއަދު އަމަލުކުރަމުންދާ ފަލްސަފާ އަށް ބަލައިލާއިރު އެ ފަލްސަފާ އަށް ފުރިހަމަ އަށް ޢަމަލުކުރުމަށްޓަކައި މައިގަނޑު ހަތަރު ބާވަތެއްގެ އިންޓެލިޖެންސް ރިޕޯޓު ތައްޔާރު ކުރަން ވާނެ އެވެ.

އެ ބާވަތްތަކަކީ، ސްޓްރެޓީޖިކް އެސެސްމެންޓްސް (ދުރު މުސްތަޤުބަލުގެ ދިރާސާ ރިޕޯޓް) ޓެކްޓިކަލް އެސެސްމެންޓްސް (ދިމާވެގެން އުޅޭ ކަންކަމަށް ނުވަތަ ކައިރި މުސްތަޤުބަލުގައި ހިނގާނެ ކަމަށް ލަފާކުރެވޭ ކަންކަމަށް އަމާޒުކޮށް ތައްޔާރުކުރާ ރިޕޯޓް) ޓާގެޓް ޕްރޮފައިލްސް (ހައި ރިސްކް މައްސަލަތަކާއި މުއައްސަސާ އިން އިސްކަމެއް ދިނުމަށް ނިންމާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ކަންކަމާ ބެހޭ ގޮތުން ތައްޔާރުކުރެވޭ ވަކިވަކި މީހުން ނޫނީ ޖަމާއަތްތަކުގެ ރިޕޯޓް) ޕްރޮބްލެމް ޕްރޮފައިލްސް (އިތުރުވަމުން އަންނަ ވަކި ކުށެއް ނޫނީ ވަކި ހާދިސާތަކެއް ނޫނީ ވަކި ތަނެއްގައި ހިނގާ ކުށްތަކެއްގެ މައްޗަށް ތައްޔާރު ކުރެވޭ ރިޕޯޓް) އެވެ.

މީގެ ބައެއް ބާވަތްތަކަކީ ކަނޑައެޅޭ ވަކި މުއްދަތެއްގައި ތައްޔާރުކުރާ ތަކެއްޗެވެ. މީގެ ތެރެއިން، އެކި މައްސަލަތަކުގައި ޝަރުއީ ކޯޓްތަކާ ހަމައަށް އަންނާނީ ހަމައެކަނި ޓާގެޓް ޕްރޮފައިލްސް ކަމަށް ދެކެމެވެ. ޔަގީންކަމާ އެކު ބުނަން ދައްޗެވެ.

މި ލިޔުމުގައި ޖަވާބު ދޭން ބޭނުންވާ ސުވާލާ ހަމައަށް ދިއުމުގެ ކުރިން "އިންޓެލިޖެންސް" އާއި ހެކީގެ ތަފާތަށް އަލިއަޅުވާލަން ގަސްތުކުރަމެވެ. އިންޓެލިޖެންސަކީ ކަންކަމުގައި ގޮތް ނިންމަން ތިބޭ ފުލުހުންނަށް، އެ ކަމެއްގައި ޢަމަލު ކުރުމަށް އެންމެ ރަނގަޅު މަގު ދައްކައި ދިނުމަށްޓަކައި ވަކި ހަމަތަކެއްގެ ތެރެއިން ތައްޔާރު ކުރެވޭ ލިޔުމެކެވެ. މި ހަމަތަކަކީ އަބަދު އެއްމިންގަނޑެއްގައި ވަޒަން ކުރެވޭ އެއްޗެއް ނޫނެވެ. އަދި އިންޓެލިޖެންސް ރިޕޯޓު ތައްޔާރު ކުރަނީ، ލިބުނު މަޢުލޫމާތާއި އެ މައުލޫމާތުގެ މަސްދަރު ވަޒަން ކުރުމަށް ފަހު، އޭގެ ވަށައިގެންވާ ކަންކަން ކަމުގައި އެ ރިޕޯޓު ތައްޔާރު ކުރި އެނަލިސްޓަށް ގަބޫލުކުރެވޭ ކަންކަމެވެ.

އެނަލިސްޓުން މައިގަނޑު ގޮތެއްގައި ނުވަ ޓެކްނީކެއް ބޭނުން ކުރެ އެވެ. އެ އަށް ވުރެ ގިނަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއްކަމަކާ ގުޅިގެން ދެ އެނަލިސްޓަކު ތައްޔާރުކުރާ ރިޕޯޓު އެއްގޮތް ނުވުމުގެ ފުރުޞަތު އޮވެ އެވެ. އެހެންކަމުން އިންޓެލިޖެންސް ރިޕޯޓުގައި ބުނާ ކޮންމެ ބުނުމަކީ ހަގީގަތަކަށް ނުވެދާނެ ކަންކަމެވެ. މިހެންވެ، އިންޓެލިޖެންސް ރިޕޯޓު ފޮނުވަނީ "ނީޑް ޓު ނޯ، ރައިޓް ޓު ނޯ" އުޞޫލުން، މަންޒަރު ސިފަކޮށްދޭން ވަކި ބަޔަކަށެވެ. މުޖުތަމަޢަށް އޮވެދާނެ ކަމަށް ބެލެވޭ ނުރައްލަކުން ދުރާލައި ތައްޔާރުވުމަށް، ނޫނީ ކުށަށް އަރައި ގަންނަ ބަޔަކު ހޯދުމުގައި އެހީތެރިވުމުގެ ނިޔަތުގަ އެވެ. ފުލުހުންގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގަ އެވެ. ޝަރީޢަތުގައި ބޭނުން ކުރެވޭނެ އެއްޗެއް (ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް) ކަމަށް ދެކިގެންނެއް ނޫނެވެ.

މިއާ ޚިލާފަށް، ހެކި ހޯދަނީ ކުށެއް ހިނގުމުންނެވެ. ކޮންމެ ހެއްކަކީ އެ ކަމެއް ހިނގި ގޮތުގެ ކޮންމެވެސް ބައެއް ދައްކައިދޭ ނުވަތަ ދަލީލުކޮށްދޭ އެއްޗެކެވެ. ހެކިތަކަކީ ޝަރީއަތުގެ މަރުހަލާގައި ކްރޮސް އެގްޒަމިން ކުރެވޭ އެއްޗެކެވެ. ބައެއް ފަހަރު ތަހުގީގަށް ވަރަށް "ވަރުގަދަ ހެކިބަހަށް" ވެދާނެ ކަމަށް ގަބޫލުކުރެވޭ ހެކި ވެސް ކްރޮސް އެގްޒަމިންގެ ތެރެއިން އެއްވެސް އެއްޗަކަށް ނުވެދާ މަންޒަރު ވެސް ފެނެ އެވެ. އެއް މިސާލު ވެސް ދަންނަވާލާނަމެވެ. މީހަކު އޭނާގެ ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފެބްރުއަރީ 10، 2009 ގައި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ގެ އަށް ގޮސް، ތުހުމަތުކުރެވޭ ފަރާތް އެ ވަގުތު ގޭގައި ނެތުމުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ހާޒިރުގައި އެ ކޮޓަރި ބަލައި ފާސްކުރި އެވެ. ގާތްގަނޑަކަށް 13 ގްރާމްގެ މަސްތުވާތަކެތި އެ ކޮޓަރިން ފެނުނެވެ. މައްސަލަ ޝަރީޢަތަށް ފޮނުވުނީ ތުހުމަތުކުރެވޭ ފަރާތުގެ ބޭބެގެ ބަޔާނާއި ތަކެތީގެ ތަހުލީލް ރިޕޯޓާއި ދެން ވެސް ހުރި ހެއްކަކާ އެއްކޮށެވެ. ކްރިމިނަލް ކޯޓުން ނިންމީ ސާބިތު މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އިސްތިއުނާފްގެ ފުރަތަމަ މަރުހަލާ އިން ވެސް ހީކުރެވުނު ނަތީޖާއެއް ދައުލަތަކަށް ނުލިބުނެވެ. ކޮޓަރިން ފެނުނު ތަކެއްޗަކީ ތުހުމަތުކުރެވޭ މީހާގެ ތަކެތި ކަމަށް ބެލެވޭނެ މިންވަރަށް ހެކި ނެތިގެން ކަން ހައި ކޯޓުގެ ނަމްބަރު 2010/HC-A/87 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ.

މިހެންވެ، ހައި ކޯޓުގެ ނިންމުން ބަދަލުކުރުމުގެ ބޭނުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެންމެ މަތީ ކޯޓުން ނިންމީ، ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށވެ. ސަބަބަކީ އެ ކޮޓަރިން ފެނުނު ތަކެތި ހޯދާފައި ވަނީ ތުހުމަތު ކުރެވޭ ފަރާތުގެ ޣައިރު ޙާޟިރުގައި ހިންގި ބަލައިފާސްކުރުމެއްގެ ތެރެއިން ކަމަށް ވާތީ ޤާނޫނީ ނަޒަރަކުން ބަލާއިރު އެއީ ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގައި ވާ ތަކެތިކަން ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

އެނަލިސްޓުން މައިގަނޑު ގޮތެއްގައި ނުވަ ޓެކްނީކެއް ބޭނުން ކުރެ އެވެ. އެ އަށް ވުރެ ގިނަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެއްކަމަކާ ގުޅިގެން ދެ އެނަލިސްޓަކު ތައްޔާރުކުރާ ރިޕޯޓު އެއްގޮތް ނުވުމުގެ ފުރުޞަތު އޮވެ އެވެ. އެހެންކަމުން އިންޓެލިޖެންސް ރިޕޯޓުގައި ބުނާ ކޮންމެ ބުނުމަކީ ހަގީގަތަކަށް ނުވެދާނެ ކަންކަމެވެ. މިހެންވެ، އިންޓެލިޖެންސް ރިޕޯޓު ފޮނުވަނީ "ނީޑް ޓު ނޯ، ރައިޓް ޓު ނޯ" އުޞޫލުން، މަންޒަރު ސިފަކޮށްދޭން ވަކި ބަޔަކަށެވެ. މުޖުތަމަޢަށް އޮވެދާނެ ކަމަށް ބެލެވޭ ނުރައްލަކުން ދުރާލައި ތައްޔާރުވުމަށް، ނޫނީ ކުށަށް އަރައި ގަންނަ ބަޔަކު ހޯދުމުގައި އެހީތެރިވުމުގެ ނިޔަތުގަ އެވެ. ފުލުހުންގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގަ އެވެ. ޝަރީޢަތުގައި ބޭނުން ކުރެވޭނެ އެއްޗެއް (ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް) ކަމަށް ދެކިގެންނެއް ނޫނެވެ.

"ވަރުގަދަ ހެކިވެރިޔާ" ގެ ގޮތުގައި ޕްރޮސެކިއުޝަން އިން ހުށަހެޅި، ތުހުމަތުކުރެވޭ ފަރާތުގެ ބޭބެ އަކީ ވެސް ތަހުމަތުކުރެވިދާނެ ޙާލަތެއްގައި ހުރި މީހަކު ކަމަށް ވާތީ އޭނާ އަކީ ވަރުގަދަ ހެކިވެރިއެއް ކަމަކަށް ކޯޓުން ބަލާފައެއް ނުވެ އެވެ. އެއީ މުއްތަހަމްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމަކީ އެހެން މީހުންނަށް ވެސް ވަދެ ބޭނުންކުރާ ކޮޓަރިއެއްގައި ހުރި ތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭ ސަބަބެއް ކަމަކަށް ނުވާތީ އެވެ. ބެލި ކަންކަން، ސުޕްރީމް ކޯޓްގެ ނަމްބަރު 2010/SC-A/24 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން ސާފެވެ. ވަރުގަދަ ހެކީގެ ވަރުގަދަ ކަމެއް ނުފެނުނެވެ. ކްރޮސް އެގްޒަމިންގައި ފާހަގަވެގެން ދިޔަ ކަންތަކުގެ ސަބަބުންނެވެ. މި ދެންނެވީ ހެކި ވަޒަންކުރެވޭ މިންވަރުގެ ކުޑަ ޚުލާސާއެކެވެ.

ފެންނަ ގިނަ އިންޓެލިޖެންސް ރިޕޯޓުތަކަކީ މައިގަނޑު ގޮތެއްގައި ތަހުގީގަށް އެހީތެރިވުމަށް، ނޫނީ ފުލުހުންގެ އޮޕަރޭޝަނަލް ޔުނިޓްތަކަށް އެހީތެރިވެ ދިނުމަށް ތައްޔާރުކުރާ އެއްޗެއް ކަމަށް ހިތް ބުނެ އެވެ. މި ގޮތުން، ހެއްކެއްގެ ގޮތުގައި އެއްވެސް މީހަކު ހާމަވާން ބޭނުން ނުވާ ޙާލަތްތަކުގައި މީހުންނާއި ތަންތަނާއި ތަކެތި ބަލައިފާސްކުރުމުގެ އަމުރު ހޯދަން ބޭނުން ކުރެވެ އެވެ. މި ޙާލަތުގައި ވެސް އެ ރިޕޯޓު ވަޒަން ކުރަން ޖެހޭ އުޞޫލެއް އޮންނަން ވާނެ ކަމަށް ދެކެމެވެ. އެ ފަދަ އުޞޫލެއް އޮތް ކަމެއް އެނގިފައެއް ނުވެ އެވެ.

ޕާސްޕޯޓް ހިފެހެއްޓުން، ރަނގަޅު ކަމެއް ނޫން

މި ދެކެވެނީ ތަހުގީގު މަރުހަލާގެ ބައެއްގެ ވާހަކަ އެވެ. މިއިން ބޭރުން، ޕާސްޕޯޓު ހިފެހެއްޓުމަށާއި މީހުން ހައްޔަރު ކުރުމަށްޓަކައި އިންޓެލިޖެންސް ރިޕޯޓުގެ ބޭނުން ހިފުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެމެވެ. ރާއްޖެ ކަހަލަ، ބޭސްފަރުވާ އާއި ތަޢުލީމާއި އެފަދަ ގިނަ ޒަރޫރީ ބޭނުންތަކާ ގުޅިގެން، ގިނަ ބަޔަކު ގައުމުން ބޭރަށް ދާން ޖެހޭތީ، ކުށަކަށް ތުހުމަތުކުރެވޭ މީހަކު ވެސް ފުރައިގެން ހިނގައިދާނެ އެވެ. އެހެންކަމުން ފުރުން މަނާކުރަން ކޮންމެހެން އިންޓެލިޖެންސް ރިޕޯޓެއް ބޭނުން ނުކޮށް، ތަހުގީގުކުރާ ފަރާތަށް އެކަން ގަބޫލުކުރެވޭ ނަމަ އެފަދައިން ހުށަހަޅައިގެން ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ. މިގޮތުން، ތަހުގީގު ކުރާ ފަރާތަށް، އެ ފަދައިން ގަބޫލުކުރެވޭ ސަބަބު ހާމަކުރަން ޖެހޭނެތީ، އެއީ އޭގެ ސައްހަކަން ވަޒަން ކުރެވިދާނެ ވެސް ގޮތެކެވެ. އަދި، ހައްޔަރުކުރުމަށް ފަހު ދޫކުރެވޭ ފަރާތްތަކަކީ ކަފާލާތުގެ ދަށުން ދޫކުރެވޭ ބަޔަކަށް ވާ ހާލަތްތަކުގައި، ކަފާލާތުގެ ޝަރުތެއް ކަމަށް ވެސް އެކަން ކަނޑައެޅިދާނެ އެވެ.

ނަމަވެސް ޝަރީޢަތުގެ މަރުހަލާގައި އިންޓެލިޖެންސް ރިޕޯޓުތަކުގެ ބޭނުން ކުރުން ދަނީ އިތުރުވަމުންނެވެ. މިހެންވެ، 2013ގައި އިންޓެލިޖެންސް ރިޕޯޓަކީ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކުރަން ތައްޔާރުކުރެވޭ ލިޔުމެއް ނޫންކަން ކަނޑައަޅައި ރިޕޯޓުތަކުގައި އެ އިބާރާތް ހިމަނަން ފެށުނެވެ. ސަބަބުތަކެއް ވާތީ އެވެ.

ކުށަކަށް ތުހުމަތުކުރެވޭ ކޮންމެ ފަރާތެއްގެ މަޢުލޫމާތު، އޭނާ މުސްތަޤުބަލުގައި ކުރާނެ ކަންކަން ދެނެގަނެވޭ މިންވަރަށް ފުލުހުންގެ މުއައްސަސާގައި ހުރުމަކީ މުސްތަހީލު ކަމެވެ. ކޮންމެ ރައްޔިތެއްގެ ވިޔަސް، އެފަދަ މިންވަރަކަށް މަޢުލޫމާތު ހުރި ކަމަށް އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާ ނަމަ އެ މަޢުލޫމާތެއް ހޯދި ގޮތެއް ވެސް އޮންނަން ވާނެ އެވެ. މުވާސަލާތީ ވަސީލަތްތައް އަޑުއަހައިގެން މަޢުލޫމާތު ނެގި ނަމަ އެ ކަމުގެ ވޮރަންޓެއް އޮންނަން ޖެހޭނެ އެވެ. އެ މުއާމަލާތެއްގެ އަޑު ނޫނީ ޢިބާރާތް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. މީހަކު ދެއްކި ވާހަކައެއްގެ މައްޗަށް ބަރޯސާވާ ނަމަ، އެ މީހެއްގެ ނަން ހާމަނުކުރިޔަސް އެ މައުލޫމާތު ދިން މީހާ ވަޒަން ކުރެވެން ވާނެ އެވެ. އޭގެ ތެރޭގައި، އެ މީހަކަށް އެ މައުލޫމާތު ލިބުނު ގޮތާއި އެ މީހެއްގެ ބަހުގެ ތެދު މިންވަރާއި އޭނާ ކުރިން ކޮށްފައިވާ ކުށާއި އޭނާގެ ބަހަށް އެނަލިސްޓް އިތުބާރު ކުރާ މިންވަރާއި މިފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓުގައި، އެ މައްސަލާގައި ހެކިބަސްދޭ ފަރާތެއް ނުވަތަ ޝާމިލުވާ ފަރާތެއްގެ ބަސް ހިމެނިފައިވޭތޯ ނުވަތަ ނޫންކަން ވެސް ކޯޓުން ބަލަން ވާނެ އެވެ. މަޢުލޫމާތު ދޭ ފަރާތް ތަކުރާރުވިޔަ ނުދިނުމަށެވެ. މީހަކަށް ފާރަލައިގެން މަޢުލޫމާތެއް އެއްކުރި ނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫގައި ކަނޑައަޅާފައިވާ މިންގަނޑުން ޢަމަލު ކުރިކަން ސާބިތުކޮށް ދޭން ޖެހޭނެ އެވެ.

މި ވާހަކަ މި ދެންނެވީ، ޝަރުޢީ ކޯޓުތަކަށް އިންޓެލިޖެންސް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ބައެއް ގައުމުތަކުގައި މި ގޮތަށް ޢަމަލު ކުރުމުގެ އިޖުރާއަތުތަކެއް ހަދާފަ އެވެ. އެ ފަދަ އިޖުރާޢަތް، އެ ގައުމެއްގައި ކަނޑައަޅާފައި ވަނީ ޤާނޫނީ އަމުރުގެ ލިޔުންތަކުގަ އެވެ. މިހެން ގިނަ ފަހަރު ޢަމަލު ކުރެވެނީ އާންމު އުޞޫލުން ބޭރުން، ގައުމީ ސަލާމަތާއި ޓެރަރިޒަމާ ގުޅޭ މައްސަލަތަކުގައި އެކަންޏެވެ.

ޔޫރަޕްގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލައިލާއިރު ވެސް ސިއްރު މަޢުލޫމާތު ބަލައިގަންނަ ގޮތަށް ގާނޫނީ އޮނިގަނޑު ބައްޓަން ކޮށްފައި ވަނީ ހަމައެކަނި އިނގިރޭސި ވިލާތުގަ އެވެ. ފްރާންސް، ޖަރުމަން، އިޓަލީ އަދި ސްޕެއިންގެ ގާނޫނުތަކުގައި ކްރޮސް އެގްޒަމިން ނުކުރެވޭ ގޮތަށް، ސިއްރު މައުލޫމާތު ހުށަނޭޅޭނެ ކަން ވަރަށް ސާފުކޮށް ބަޔާން ވެގެންވެ އެވެ. ނެދަލޭންޑްސްގައި، ގައުމީ ސަލާމަތުގެ މައްސަލަތަކުގައި ސިއްރު ހެކިން ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ. ނަމަވެސް، އެ މައުލޫމާތު ހުށަހަޅަން ޖެހޭނީ އިންޓެލިޖެންސް އޮފިޝަލު ހާޒިރުވެ، ކަނޑައެޅިފައިވާ މަޖިލީހެއްގެ ކުރިމަތީގަ އެވެ. މި މަޖިލިސް ކުރިއަށް ގެންދާނީ ރޮޓެޑެމްގައި ހުންނަ ޚާއްޞަ ފަނޑިޔާރެއްގެ ކުރިމަތީގައި، ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ކުރިންނެވެ. އެ ހެއްކަކީ ސިއްރު ހެއްކެއް ކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެ ފަނޑިޔާރެވެ. އެ މަޖިލީހުގައި ދިފާޢީ ވަކީލު ލިޔެދީފައިވާ ސުވާލުތައް އެ ފަރާތްތަކާ ކުރެވޭނެ އެވެ.

މަޖީދީ މަގުގެ ވަކި ސަރަހައްދެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.

އެ ގައުމުތަކުން މި މަންޒަރު ފެނުނަސް، މިއީ ރާއްޖޭގައި އާންމު އުޞޫލުން ޢަމަލު ކުރެވިދާނެ ގޮތެއް ނޫނެވެ. އެހެނީ އޮކްޓޯބަރު 28، 2015 ގައި ތަޞްދީގުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، އިންޓެލިޖެންސް ރިޕޯޓު ބޭނުންކުރެވޭނީ ހަމައެކަނި ޓެރަރިޒަމްގެ ކުށަކަށް ތުހުމަތުކުރެވޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އެކަނި ކަމަށް ވާތީ އެވެ. ޝަރީޢަތުގައި، އެހެން އެއްވެސް ހާލަތެއްގައި ބޭނުންކުރެވޭނެ ވާހަކަ ގާނޫނީ ލިޔުމެއްގައި ނެތެވެ. އެ މާއްދާގެ އިތުރުން އިންޓެލިޖެންސްގެ ބޭނުމެއް ހިފޭނީ އެ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގައި ބަޔާން ވެގެންވާ "މޮނިކޮމް" އަމުރު ނެރުމަށްޓަކައި އެކަންޏެވެ. އިންޓެލިޖެންސް ރިޕޯޓު ބޭނުން ކުރެވޭނެ ޙާލަތް ކަނޑައަޅާފައި ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް ކަނޑައެޅޭ ވަކި ޙާލަތްތަކުގައި އެކަނި ކަމަށް ވާތީ، މި ނޫން ހާލަތެއްގައި، ރާއްޖޭގެ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި އިންޓެލިޖެންސް ރިޕޯޓު ބޭނުން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މި ނޫން އެހެން ސަބަބެއް ވެސް ވެ އެވެ.

މި ސަބަބު ބިނާވެގެން ވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހެކިވެރިން ބަލައިގަތުމަށް ކަނޑައަޅާފައިވާ މިންގަނޑަށެވެ. އޭގައި ވާ ގޮތުން، ހެކިވެރިޔާގައި ހުރުން ލާޒިމް ސިފަތަކެއް ވާތީ އެ ކަން ޝަރީޢަތުން ބަލަން ޖެހެ އެވެ. ބޭނުމަކީ ހެކިވެރިޔާ އަކީ ފާސިގެއް ނޫން ކަން ކަށަވަރު ކުރުމެވެ. މިއީ އިސްލާމީ ޝަރީޢަތުގެ އުޞޫލަށް ރިޢާޔަތް ކޮށް، ކަނޑައެޅި ނުކުތާއެކެވެ. ކުށްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް އިންޓެލިޖެންސްގެ ދާއިރާ އިން ބޭނުން ކުރާ ބައެއް މީހުންނަކީ، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ މިންގަނޑަށް ބަލާއިރު އިންސާފު ގާއިމްކުރުމުގެ މަޖިލީހެއްގައި ބޭނުން ކޮށްގެން ނުވާނެ ބަޔަކަށް ވުމަކީ ވެސް ނުހަނު ގާތް ކަމެކެވެ. އޭގެ ތަފްޞީލަށް ދެވޭ ވަރަށް ވުރެ މިހާރު ވެސް މި ލިޔުން ދިގުވެއްޖެ އެވެ.

އިންޓެލިޖެންސް ރިޕޯޓަކީ އެކި މީސްމީހުންގެ ފަރާތުންނާއި އެކި ގޮތްގޮތުން ހޯދޭ މަޢޫލޫމާތުގެ މައްޗަށް ތައްޔާރު ކުރާ އެއްޗެއް ކަމުން، އެ މަޢުލޫމާތުގެ މަސްދަރާ ގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީ އެ ރިޕޯޓް ތައްޔާރުކުރި އެނަލިސްޓަށެވެ. ނަމަވެސް، އިންޓެލިޖެންސް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ނަން ނޫނީ އެއީ ކާކުކަން އާންމު އުސޫލުން ރިޕޯޓުތަކުގައި ނުލިޔާނެތީ، މިކަން ބެލުން ވާނީ ދަތި ކަމަކަށެވެ. އެހެންކަމުން، ރިޕޯޓުގައިވާ މަޢުލޫމާތުގެ މަސްދަރުގެ ހެޔޮލަފާކަން ދެނެގަންނާނީ ކިހިނަކުންތޯ އެވެ؟ އެކި އިދާރާތަކުން ތައްޔާރު ކުރާ ލިޔުންތަކުގައި ސޮއިކުރުމުގެ އުޞޫލުތަކަށް ބަލާއިރު އިންޓެލިޖެންސް ރިޕޯޓުތަކުގައި ސޮއިކުރާނީ އެނަލިސްޓް ކަމަށް ނުވުން ގާތެވެ.

އިންސާފުން ޝަރީޢަތް ހިންގުމުގެ ހައްގަކީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުތަކުންނާއި ރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ކަށަވަރު ކޮށްދީފައިވާ، ކޮންމެ އަފްރާދަކަށް ލިބިގެންވާ ހައްގެއް ކަމަށް ވީ ހިނދު، ގާނޫނީ އަމުރެއްގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަން އޮންނަ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަން ޖެހޭނެކަން ޤާނޫނުއަސާސީގެ 142 މާއްދާ އިން ލާޒިމްކުރާތީ އާއި އަސާސީ ހައްގު ލިބިދިނުމުގައި ދިމިގުރާތީ މުޖުތަމަޢުތަކުން ގަބޫލުކުރާ އުސޫލުތައް ނެގެހެއްޓުމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި އަމުރުކޮށްފައި ވާތީ، މަތީގައި ބަޔާންކުރި ސަބަބުތަކާ ގުޅިގެން އިންޓެލިޖެންސް ރިޕޯޓަކީ ދިވެހިރާއްޖޭގެ ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކުރެވިގެން ވާނެ އެއްޗެއް ކަމަކަށް ގަބޫލެއްނުކުރެވެ އެވެ.

އެޑިޓަރުގެ ނޯޓު

ފައިރޫޝް އަކީ ރާއްޖޭގެ ފުލުހުންގެ ތެރޭގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ފުލުހުންނާއި އިންޓެލިޖެންސް އަދި ކައުންޓަ ޓެރަރިޒަމްގެ ބައި ހިމެނޭ ގޮތަށް ރިސާޗްގެ ދާއިރާ އިން މާސްޓާޒް ޑިގްރީ އަދި އިންޓަނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ ދާއިރާ އިން ވެސް މާސްޓާޒް ނަންގަވައިފަ އެވެ. އޭނާ މިހާރު ގެންދަވަނީ އޮސްޓްރޭލިޔާގައި ޕީއެޗު.ޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.

19 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިފާގު

10 April 2018

ފައިރޫޝްގެ މިލިޔުމަކީ ވަރަށް ފުރިހަމަ ލިޔުމެކެވެ. މިލިޔުމުގައި ރާއްޖޭގެ މުސްތަގުބަލު ބަދަލުކޮށްލި އިންތިޚާބު ބާތިލުކުރުމަށް ސްޕްރީމްކޯޓުގެ ތެރޭގައި ދިވެހިފުލުހުން ހެދި އިންޓެލިޖެންސް ރިޕޯޓަށް ބަލާލިނަމަ ވަރަށް ފުރިހަމަވީހެވެ.

The name is already taken The name is available. Register?

ހުވަދޫ ދޮންބެ

09 April 2018

އިންޓެލިޖެންސް ރިޕޯރޓްގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު ކުށްވެރިންގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ބަންދުކުރުން! ވަރަށް ސާފް

The name is already taken The name is available. Register?

އާދަނު

08 April 2018

އެދުވަހު ހުރީ ދިދަބުޑުގަ. ކަރުބުޑުގަ ހިތިރަހަ ލީމަ ހައްގުތައް މަތިން ހަނދާންވަނީ. ހިތާމަޔަކީ ބާރު ލިބޭއިރަށް އެކަކުވެސް އަނެކާ މަތިން ހަނދާން ނުވާކަން.

The name is already taken The name is available. Register?

ގުއިއްޒު

08 April 2018

އިންތެލިޖަންސް ރިޕޯޓުގެ ބޭނުމަކީ މީހުން ފްރޭމްކޮށް އިނދަ ޖައްސާލުން.

The name is already taken The name is available. Register?

ޒަމީރު

08 April 2018

އަހަރެމެން ގެ ސިކުޑިޔަށްވެސް ވިސްނޭ އިންޓެލިޖެންސް ރިޕޯރޓަކޭ ބުނުމުންވެސް ތިފަދައެއްޗެއް ޝަރީއަތަކަށް ބޭނުން ނުކުރެވޭނެކަން. ކޮއްމެހެން މާބޮޑު ޑިގްރީެއްނެތްކަމުގައިވިޔަސް. ބޮޑަށް ހައިރާންވަނީ ތި ގާޒީންގެ ވިސްނުންހުންނަގޮތުން.

The name is already taken The name is available. Register?

މެންޓަލިސްޓް

08 April 2018

އާދެ ތިޔަކަހަލަ އިންޓަލެޖެންސް ރިޕޯޓްއަކާއި ގުޅިގެން 2013 ގެ އިންތިޙާބެއް ކެންސަލްކޮށް ،،،، ދިރި ތިބި އެތައްބަޔަކު މަރުވެފައި ތިބިކަމަށް ތިޔަބުނާ އިންޓެލިޖެންސް ރިޕޯޓްގައި އޮވެ ،،، އެގޮތަށް ހުުކުމްވެސް ކުރީ ،،،،، އެހެންވީމާއި ރާއްޖޭގައި ފަހުގެ ތާރީޙްގައި ހިނގާފައިހުރި ހުރިހާ ގޯހެއް ،،،، ހުރިހާ ނާއިންސާފެއްގެ ތެރޭގައި ފުލުހުންގެ ރޯލްއާއ އިހްމާލް ވަރަށް ބޮޑުވާނެ ،،،، މިސާލަަކަށް ނާޒިމްސޯގެ މައްސަލަ ހިނގަވާ ބަލަމާ ،،،،، އެއީވެސް ފުލުހުންގެ ބައިވެރިވުމާޢި ލައިގެން ހިނގިކަމެށް ،،،، އަދި ފެންފޯއްރުއްކެނޑުމާއި ،،، މިހެންގޮސް ބައިވަރު ،،، ވީމާ ފުލުސްއޮފީހަކީ ވަރަށް ބޮޑަށް ރިފޯމްކޮށް މުޅިތަން އެއްކޮށް އޯވަރހޯލްކުރަންޖެހިފައިއޮތްތަނެށް ،،، ފުލުހުންއަމިއްލައަށް ހެދުނުގޯސްތަކަށް އެއްބަސްވެ އޭގެ ބަދަލު ރައްޔަތުންނަށް ދިނުމަކީ ބުއްދިވެރިކަމެށް ،،،، މައައްސަލާމާ

The name is already taken The name is available. Register?

ހުރާޖުން

08 April 2018

އަދި 2013 ގެ އިންޓެލިޖެންސް ރިޕޯޓުގައި ސޮއިކުރި،އޭރުގެ ޕޮލިސް ކޮމިސަނަރު ފަހުން ހުރީ ސުޕްރީމްކޯޓަށް މައްސަލަވެއްދި ފަރާތުގެ މަޖިލީހު ގޮނޑިއެއްގައި ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

The name is already taken The name is available. Register?

މުހަންމާ

08 April 2018

މީދެން ކޮން ބޭކާރު ވާހަކައެއް ދައްކާ މީހެއް. 2012 ވަނަ އަހަރު ފުރަތަމަ އިންޓެލިޖެންސް ރިޕޯޓު ނެރެ ޤައުމު ގަޑުބަޑުކޮށް އެކަމުން އަދިވެސް އަރައި ނުގެނެވިގެން މިއުޅެނީ. ވާހަކަ ނުދައްކާ އޮސްޓްރޭލިޔާގައި މަޑުން ހުރޭ

The name is already taken The name is available. Register?

ބޭރު

08 April 2018

އެހެން މީހުންނަށް ވެސް ވަދެ ބޭނުންކުރާ ކޮޓަރިއެއްގައި ހުރި ތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭ ސަބަބެއް ކަމަކަށް ނުވާތީ އެވެ. ބެލި ކަންކަން، ސުޕްރީމް ކޯޓްގެ ނަމްބަރު 2010/SC-A/24 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން ސާފެވެ. - ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނުކަމަށް ބުނާ ފިސްތޯލައަކީވެސް އެހެން މީހުންނަށް އެކްސެސް ވެވޭ ކޮޓަރިއެއްގައި އޮތްކަމަށް ބުނާ އެއްޗެކެވެ. އެކަމަކު ނާޒިމް ޖަލުގައި ދުވަސްތައް ހޭދަކުރަމުން ދަނީއެވެ، ކޮންފަދަ ބޭއިންސާފެއްތޯއެވެ. ފަޑިޔާރުންވެސް ތަންކޮޅެއް ގިނައި ފޮތް ވިދާޅުވެ ދިރާސާކުރުމުގައި ވަގުތު ހޭދަކޮށް ހުކުމް ނެރުމަކީ އިންސާފަށް ފަހިކަމެކެވެ.

The name is already taken The name is available. Register?

ނިންޖާ

08 April 2018

މިއީ ނޫސް ވެރިކަމަކީ، ކަންކަމުގައި އާންމުން ހޭލުންތެރި ކުރުމަކީ ނޫސްވެރި ކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންގެވެސް ފަރުދީ ޒިންމައެއް. މި ލިޔުން ވަރަށް ރަނގަޅު. ?

The name is already taken The name is available. Register?

ފާރޮށި

08 April 2018

ބުރޯ، ރައިސުލްޖުމްހުރިއްޔާއާ ދެކޮޅަށް ޖުމުހުރީ މައިދާނަށް ފުލުހުން އެއްކޮއްގެން ސިފައިންނާއި ކުރިމަތިލުމާއި ބެހޭގޮތުންވެސް ވަރަށް އިލްމީ ނަޒަރަކުން ބަލާލަބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454