ޚިޔާލު

ހަޑިހުތުރު ވާހަކަތައް ރަނގަޅުވީތަ؟

މާލެ: ނޮވެމްބަރު 17، 2018- ޓޫރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު އައްޔަން ކުރައްވައި، އޭނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ފަތްކޮޅު ދެއްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ހަފުތާގައި ފުލުފުލުން ލީކު ކުރަމުން ދިޔަ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކާ އެކު، އަޅުގަނޑު ނިންމައިގެން މި ހުރީ އޯޑިއޯތަކުގައި އިވޭ ފަދަ ދަށު ދަރަޖައިގެ، ހަޑިހުތުރު ވާހަކަތައް އާންމު ތަންތާނގައި ދެއްކިޔަސް ދެން އޯކޭ ވީ ކަމަށެވެ. އެންމެން އެއްވެ އުޅޭ ތަންތަނުގައި ވެސް އަލީ ވަހީދު އެ ވިދާޅުވާ ފަދަ ހުތުރު ވާހަކަތަކާއި ފުރައްސާރަ ކުރަމުން ދާންވީ އެވެ. އިޖުތިމާއީ ފޭރާމާއި އާންމު މުޖުތަމައުގެ އަޚުލާގަށް ބަލައި، އެކަމަށް އެއްވެސް ބަޔަކު ސަމާލުކަން ދޭނެ ކަމެއް ވެސް ނެތެވެ. ކުޑަކުދިންނާއި ގާތްތިމާގެ މީހުން ވެސް އެކަކު އަނެކަކަށް އެފަދަ ވާހަކަތައް ދައްކަންވީ އެވެ. ސަރުކާރަށް ހަމަ އެންމެ ރަނގަޅުތާ އެވެ.

އެކުގައި މަސައްކަތް ކުރައްވާ ވަޒީރުންތަކަކާ ގުޅޭ ގޮތުން އެހެން ވަޒީރަކު، ހިތަށް ވެސް ނުގެނެވޭ ފެންވަރު ހަޑިހުތުރު ވާހަކަތަކެއް އެހެން ބަޔަކު ތިބި ތަނެއްގައި ދައްކަވާ އަޑުއިވޭ އޯޑިއޯތަކެއް ލީކުވުމުން މި ސަރުކާރުން ކަހާތަން ހިރުވައި ވެސް ނުލި އެވެ. އެހެން ވަޒީރުންތަކެއްގެ އަބުރު ކަތިލައި، ޚާއްސަކޮށް އަންހެން ވަޒީރުންތަކަކާ ގުޅޭ ގޮތުން ބޭއަދަބީ ބަސްތަކެއް އެހެން ވަޒީރަކު ވިދާޅުވާ ވާހަކަތަކެއް އޯޑިއޯގައި އިވުމުން އެއީ ތެދެއްތޯ ވެސް ބަލަލައިލަން ސަރުކާރުން ބޭނުމެއް ނުވި އެވެ. ހަގީގަތަކީ ކޮބައި ކަމެއް ވެސް ނުބަލަ އެވެ. މިވަރުގެ ބޮޑު ކަމެއް ހިނގީމާ އޭގެ ހަގީގަތް ބަލަން ރައްޔިތުންގެ މަޖިލީހުން ވެސް ނޫޅުނެވެ. ގައުމުގައި ހިނގާ ހުރިހާ ކަމެއް މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް "ދާން ޖެހޭ" ގޮތަށް އޮތަސް ވަޒީރަކު، އެހެން ވަޒީރަކާ ގުޅޭ ގޮތުން ރަހުމަތްތެރިން ކައިރީގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުން މައްސަލައެއް ނޫނެވެ.

އެ އޯޑިއޯތަކުގައި އަލީ ވަހީދު، އެހެން ބައެއް ވަޒީރުންތަކަކާ ގުޅޭ ގޮތުން އެ ދައްކަވާ ވާހަކަތަކާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި އަލީ ވަހީދު އެޕްރޯޗް ކުރެއްވި ގޮތް، ވަޒީރެއްގެ ހައިސިއްޔަތަކާ ނުގުޅެ އެވެ. އަދި ނަހުލާގެ ފޯނު ކޯލަށް ފަހު، އޭނާއާ ގުޅޭ ގޮތުން އަލީ ވަހީދުގެ ރަހުމަތްތެރިން ކައިރީގައި އެ ދެއްކެވި ބޭއަދަބީ ވާހަކަތައް އިވުމުން ގިނަ މީހުން ހައިރާން ވާނެ އެވެ.

Ali Waheed ge huthurubasthakun aamunnah suhumeh!

Ali Waheed ge huthurubasthakun aamunnah suhumeh!

The most trusted news source in the Maldives

Mihaaru

އަލީ ވަހީދުގެ ހުތުރުބަސްތަކުން އާންމުންނަށް ސިހުމެއް!

އެއީ ކޮންމެ މަގުސަދެއްގައި ބަޔަކު ލީކުކުރި އޯޑިއޯތަކެއް ކަމަށް ވިޔަސް އެއިން އިވެނީ މިނިސްޓަރު އަލީ ވަހީދުގެ އަޑުކަމަށް ނުބުނާ މީހަކު ނެތެވެ. ހުދު އަލީ ވަހީދު ވެސް އެއީ އޭނާގެ އަޑު ނޫން ކަމަކަށް ވިދާޅެއް ނުވެ އެވެ. ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ފުރަތަމަ ލީކާ އެކު، ވިދާޅުވި ނަމަވެސް ސައްހަ ނުވަނީ ކީއްވެ ކަމެއް ވިދާޅެއް ނުވެ އެވެ. ސައްހަ ނުވަނީ އެ އޯޑިއޯތައް ރިކޯޑް ކުރި ބަޔަކު ބޭނުން ނުވާ ވާހަކަތައް ސިއްރު ކުރުމަށްޓަކައި އެޑިޓް ކޮށްފައި ނުވަތަ ވާހަކަތަކުގެ ބައިތައް ގުޅުވާފައި ވާތީ ކަމަށް ބެލެވެ އެވެ. އޯޑިތައް ހުރީ އެޑިޓް ކޮށްފަ އެވެ. ދައްކަވާ ވާހަކަތައް ވެސް ބައެއް ފަހަރު ވަރަށް ނުސާފެވެ. ތަންތަންކޮޅު ގުޅުވަން މަސައްކަތް ކޮށްފައި ހުއްޓެވެ.

މައްސަލަ އަކީ އަޑުތައް ނުސާފުވުމެއް ވެސް ނޫނެވެ. އޯޑިއޯތައް އެޑިޓް ކުރުމެއް ވެސް ނޫނެވެ. ވަޒީރެއްގެ ވާހަކަތަކަކަށް ވުމެވެ. އަދި އެއީ "އެއްވެސް ކަމެއް ނޫން" ކަމަށް މި ސަރުކާރުން ދައްކަން އުޅޭތީ އެވެ. ވަޒީރަކު ހުތުރު ބަހުން ދައްކަވާ ވާހަކަތަކުގެ ބައިތަކުގައި ފަސްއަޅައި ފޮރުވަން އުޅޭތީ އެވެ. އޯޑިއޯތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ދޭނެ ޖަވާބެއް ނޭނގިގެން އުޅޭތީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިމޭނުން އޮންނާތީ އެވެ.

ވާހަކައިގެ އެހެން ބައިތަައް ފެތެނީ ވަޒީރެއްގެ ކިބާގައި ހުންނަން ޖެހޭ އަޚުލާގާ އެވެ. އެހެންކަމުން ރައީސް އޮފީހުގެ ޒިންމާއެއް މީގައި އެބަ އޮތެވެ. މާދަމާ ހަމަ އެ ވަޒީރު އާންމު ތަންތަނަށް ނުކުމެވަޑައިގެން، ހަފްލާތައް ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އާންމުންގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ރައީސް ޕޯޑިއަމްގައި ސްކޫލް ކުދިންނާއި އާންމުކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވާއިރު، މުޖުތަމައުގެ އަޚުލާގާއި ރީތި ބަހުން ވާހަކަ ދެއްކުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާއިރު، ދެއްކެވުނީ ރަނގަޅު ނަމޫނާ އަކަށް ވާނެ ބާވަ އެވެ؟

ވަޒީރުން ވެސް ރައްޓެހިންނާ އެކު މަޖާކޮށް، ސަކަރާތްޖަހައި ހުތުރު ބަހުން ވާހަކަ ދައްކަވާފާނެ އެވެ. ދިވެހި މުޖުތަމައު މިހާރު ބައްޓަން ވެފައިވާ ގޮތުން ނަމަ، ކޮފީ މޭޒުތަކުގައި ޒުވާނުން ދައްކާ ވާހަކައިގެ ތެރެއަށް ހަޑިހުތުރު ބަހެއް ނުލައި ކުރިއަކަށް ނުދެ އެވެ. އެއީ ބައެއް ފަހަރު ފެޝަނެކެވެ. މީހާ، މީހަކަށް ވަނީ އޭރުންނޭ ބުނާ ބަޔަކު ވެސް އެބަ ތިއްބެވެ. ގަޓު ހުރުމަކީ އެއީ އެވެ. ދެ ބަހެއްގެ ދެމެދު ހުތުރު ބަހެއް އައުމަކީ މަޖުބޫރު ކަމެކެވެ.

އެކަމަކު، އާންމު މީހާ އަށް ވުރެ މާ ބޮޑަށް ވެސް، ހައިބަތާއި ގަދަރު އުފުލިގެންވާ ވަޒީރަކު ރައްޓެހިންތަކަކާ އެކު ހުތުރު ބަހުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯއެއް އެންމެ އާދައިގެ މީހާއާ ހަމައަށް ތިލަވުމުން އެ ހިސާބުން އަޅުގަނޑުގެ ނަޒަރުގައި ތަފާތުވެ އެވެ. ވަޒީރަކަށް ވީމަ އެވެ. ގައުމުގެ އެންމެ އިސް ވެރިޔާ ނެގުމަށް ފަހު، ސަރުކާރުގައި ދެން އެންމެ އިސްވަނީ ކެބިނެޓު ކަމަށް ވާތީ އެވެ. އެހެންކަމުން ކެބިނެޓުގައި، ރައީސަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ބޭފުޅެއްގެ ފަރާތުން އެ ފެންވަރުގެ ވާހަކަތަކެއް ތިލަވުމުން ރައީސްގެ ޒިންމާ ވެސް ވަރަށް ބޮޑެވެ. ކޮންމެވެސް އެއްޗެއް ވިދާާޅުވާން ޖެހޭނެ ކަމަށް ފެނެ އެވެ. އެ މައްސަލަ ބަލާތޯ ނުވަތަ އަލީ ވަހީދަށް ނަސޭހަތްތެރިވެވަޑައިގެންނެވިތޯ ރައްޔިތުން އެނގެން ބޭނުންވެ އެވެ.

Ali Waheed aai Asad corruption ge sallaa kuraa audio ge massala fuluhun balanee

Ali Waheed aai Asad corruption ge sallaa kuraa audio ge massala fuluhun balanee

The most trusted news source in the Maldives

Mihaaru

އަލީ ވަހީދާއި އަސްހަދު ކޮރަޕްޝަންގެ ސައްލާ ކުރާ އޯޑިއޯގެ މައްސަލަ ފުލުހުން ބަލަނީ

ލީކުވި ފަސް އޯޑިއޯގެ ތެރެއިން ފުލުހުން ބަލަނީ އެންމެ މައްސަލައެކެވެ. އެއީ، އަލީ ވަހީދު ކޮރަޕްޝަންގެ ވާހަކަތަކެއް ދައްކަވާ ކަމަށް ބުނާ އޯޑިއޯ އެވެ. ފުލުހުން ބުނެފައިވާ ގޮތުން ނަމަ އެ މައްސަލަ ބަލަނީ އެ އޯޑިއޯ އިން ޖިނާއީ ކުށަކަށް އަރައިގަންނަ ވާހަކަތަކެއް އިވޭތީ އެވެ.

ވާހަކައިގެ އެހެން ބައިތަައް ފެތެނީ ވަޒީރެއްގެ ކިބާގައި ހުންނަން ޖެހޭ އަޚުލާގާ އެވެ. އެހެންކަމުން ރައީސް އޮފީހުގެ ޒިންމާއެއް މީގައި އެބަ އޮތެވެ. މާދަމާ ހަމަ އެ ވަޒީރު އާންމު ތަންތަނަށް ނުކުމެވަޑައިގެން، ހަފްލާތައް ޝަރަފުވެރި ކޮށްދެއްވާނެ އެވެ. އާންމުންގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ރައީސް ޕޯޑިއަމްގައި ސްކޫލް ކުދިންނާއި އާންމުކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވާއިރު، މުޖުތަމައުގެ އަޚުލާގާއި ރީތި ބަހުން ވާހަކަ ދެއްކުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާއިރު، ފުރަގަހުން ދެއްކެވުނީ ރަނގަޅު ނަމޫނާ އަކަށް ވާނެ ބާވަ އެވެ؟

އަލީ ވަހީދު އަމިއްލައަށް ވަނީ އޭނާގެ މައްޗަށް ވެސް ތަހުގީގެއް ހިންގަން އެދިވަޑައިގެންފަ އެވެ. އެކަމަކު ރައީސް އޮފީހުން އެކަން ކުރާކަމެއް އަދި ހާމަައެއް ނުކުރެ އެވެ. އެހެންކަމުން މި މައްސަލާގައި ރައީސާއި ސަރުކާރު ހިމޭންވުމުން އަޅުގަނޑަށް ލިބޭ މެސެޖަކީ ހަޑިހުތުރު ވާހަކަތަކަކީ، ވަޒީރުންގެ މުނިފޫހިފިލުވުން ކަމެވެ.

51 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 8%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

24 February 2020

ޖިނާއީ ތަހުޤީޤު ހިންގަންވީ ތި ގޮތަށް މީހުންގެ ފޯނު ރެކޯޑު ކޮށްގެން ކޮށްގެން ލީކު ކުރަނީ ކޮންބަޔެއްތޯ ބަލަން! އެއީ ހަމަ ދައުލަތުގެ ބޮޑެތި ސިއްރުތައްވެސް ހަމަ ފޯނު ރެކޯޑިންގ ހަދައިގެން ހާމަ ކޮށްފާނެ! ކޮންމެހެނަކުން އަލީވަހީދު އަމަލުތަކަކީ ރަނގަޅު އަމަލު ތަކެކޭ ނޫން މި ބުނަނީކީއެއް! އެ ޒާތުގެ ކަންކަމަކީވެސް ވިސްލުބްލޯ ކުރެވެންޖެހޭނެ ކަންކަން!

The name is already taken The name is available. Register?

ޖުލައި

21 February 2020

މަހުލޫފު ބުނީ “އެމީހާ ހަވަރަށް ދޭށޭ” ދެންވެސް ދިވެހިންނަށް އޯކޭ! ތިޔަ ކެބްނެޓްގަ ނެތް ސަހަލު އެކަކުވެސް. މީވަރަށް ވާހަކަ.

The name is already taken The name is available. Register?

ނިކަާން

21 February 2020

ހަމަ މިހާރު ކަލޭ އިސްތިއުފާދީ!

The name is already taken The name is available. Register?

ވޯލް

21 February 2020

އަންނިގެ ޕާޓެއް އަލިކޮއި އެއީ އެހެންވީމަ ހަމަ ހަސަނަށްހޭވެސް އަހާނުލާ އެ ހުންނަނީ. މީގައި މައްސަލައަކީ މުޅިން އަދި ހަޑި ބަހުރުވަ ބޭނުންކުރުމެއް ނޫން. ޖުމްލަގޮތެއްގައު މިހާރު އަލީ ވަހީދުއަށް ރައްޔިތުންގެ އިތުބާރު ގެއްލުން. އެއީ ވަޒީރަކު ވަޒީރުކަމުން ދިރުކުރަންޖެހޭ ފުރަތަމަ ސަބަބު.

The name is already taken The name is available. Register?

ފާރޫގް

20 February 2020

މިވަރުގެ ކަމެއްވީމަ ރަނގަޅުތާ އަމިއްލަޔަށް އިސްތިއުފާދޭންވެސް.ލަނދެއް ހަޔާތެއްހުރިނަމަވެސް އިސްތިއުފާ ދޭނެ.

The name is already taken The name is available. Register?

އިރުފާން

20 February 2020

އެއީ ވަޒީރެއްކަ މަކު އޭނާގެ ފެންވަރު އެން މެންނަށް އިގޭ.

The name is already taken The name is available. Register?

މުހައްމަދު..

20 February 2020

އަލީ ވަހީދަށް ކުޅޭކަށް ނުކެރޭނެ، ލަންޑަނުގައި ޖެހި ސަކަރާތް ފަޅާއަރާނެ.

The name is already taken The name is available. Register?

ޙަސަުލް

20 February 2020

މީސަަުު''މީސަރުުާކާާަރަަްށްް ލިބުނު އެއްމެބޮޑު ކުރިއެރުން ދޯ ރަޔިތުން

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

20 February 2020

ހަމްދޫން ބްރޯ ހާދަ ގިނަބަޔަކު ކިއާ އިޖްތިމާއި ބަންޖަކުންނޭ ދެއްތޮ ތިޔަ ހާމަކޮށް ސާފް ކޮށްދެއްވަނީ ހަހަހަހ

The name is already taken The name is available. Register?

އަޒްމީ

20 February 2020

މިޔައްވުރެ ނާޤާބިލް ސްލޯ ސަރުކާރެއް އަދި މި ދުނިޔެ ނުދެކޭ، އަދި ލަދެއް ހަޔާތެއް އަމުދުން ނުވެސް ހައްދަވާ

The name is already taken The name is available. Register?

އެމްޑިޕީ ކަލޯ

20 February 2020

ޢަޒުމީ އެއްކަމަކު ތިޔަށްވުރެ ހެޔޮ ރަނގަޅު ބަހެއް ބުނެ ކޮމެންޓް ކުރި އިތުރު މީހަކު ނެތް މި ލުމަށް. އަހަރުމެން މިތިބީ މިސަރުކާރު ގެންނަން ވޯޓު ދެވުނީތީ ލަދުން. ބޮއި ހަލާކު ވުވާގަންދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454