ޝަހީދު ހުސެއިން އާދަމް ބިލްޑިން.--
09 ނޮވެމްބަރ 2021 - 22:13
މާލޭގައި 27 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިން މިރޭ ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ދޫކޮށްލީ، މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ. އެ މީހުން ދޫކޮށްލިޔަސް، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފިރިހެނަކަށް ބްލެކްމެއިލްކޮށް ބިރުދައްކައި އޭނާ ބަރަހަނާކޮށް، ވީޑިއޯކޮށްގެން ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ ރޭ ފަތިހު އެވެ.
މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެން ކަަމަށް ފުލުހުން ކުރިން މައުލޫމާތު ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
10 November 2021
މީ އާ ކަމެއް. ޖިނާއީ ކުށް ތަކުގާ ދައަުލަތުން މައްސަލަ ބަލާ ދައުވާ ކުރަންޖެހޭ ކަމަށް ގަބޫލު ކުރެވެނީ. އެއީ އަނިޔާ ލިބުނު މީހުންގެ ޗޮއިސް ކަމުގަ ވެގެން ނުވާނެ!
މައިޑޭ
09 November 2021
އެމީހުންނަށް ތުހުމަތު ކުރެވެނީ ބޮޑު ޖިނާއީ ކުށެއް "ރަހީނުކޮށް ބުލެކް މެއިލްކުރުން" އަނިޔާ ލިބުނު ފަރާތުން ނުވަތަ މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ދޫކޮށްލިޔަސް ޤާނޫނީގޮތުން އެކަން ތަޙްޤީޤުކޮށް ޕީޖީ މެދުވެރިކޮށް ޝަރީއަތައް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރުމަކީ ފުލުންނަށް ލާޒިމްކަމެއް، މިއީ ފުލުހުން ބޭނުންވީމާ ބޭނުން ގޮތަކަށް އަމަލުކުރެވެން އޮންނަކަމެއްނޫން