މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް. އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ވަނީ ހަނދު ފެނިފައި. އޭގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ބުރޫނާއީ، ސޫދާން އަދި ތުރުކީ ހިމެނޭ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ ކުރިއަށް ދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖޫން 2016 - 21:50
މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީގައި ދެންމެ ބޭއްވި، ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މި ގޮތަށް ނިންމީ، މިއަދަކީ ޝައްވާލް މަހުގެ 29 ވަނަ ދުވަހަށް ވެފައި، މިއަދުގެ އިރު އޮއްސުމަށް ފަހު އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އެވެ. މިރޭ ހަނދު ފެނުނު ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، އިންޑޮނީޝިއާ، ބުރޫނާއި، ސޫދާން އަދި ތުރުކީ ހިމެނެ އެވެ. ހަނދު ފެނިގެން، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައު ސައޫދީ އަރަބިއްޔާ، ޖޯޑަން، ޔޫއޭއީ އަދި ފަލަސްތީން ހިމެނެ އެވެ.
އިސްލާމިކް މިނިސްޓްރީގައި އޮންނަ ހަނދު ސާބިތުކުރުމާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ގޮތުގައި މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް 19-24 މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ އެވެ. އަދި އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ އެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ރޯދަ މަހުގެ ދިގުމިނަކީ 30 ދުވަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް
06 June 2016
މިފެށުނު ބަރަކާތްތެރި ރަމަޒާން މަހުގެ ތަހުނިޔާ އެންމެހާއިސްލާމުންނައް އަރިސްކުރަން އަދި މިމާތްމަސްވަރަކީ އިސްލާމީ މުޖުތަމައުއައް ފާގަތި ތަނަވަސް އަމާން މަސްވަރެއްކަމުގަ މާތްﷲ ލައްވާށި..އާމީން
މޫސާ ޗަނބޭލީ
05 June 2016
ރަމަޞާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެއްމެހާ މުސްލިމް އަޚުންނާއި އުޙުތުންނަށް
އައިމިނާ
05 June 2016
ރަމަޟާން ކަރީމް. ހުރިހާ މުސްލިމް އަޚުންނާއި އުޚުތުންނަށް.