މިއަދުގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ/މަޖިލިސް
23 ނޮވެމްބަރ 2021 - 10:44
ސައޫދީ ސަރުކާރުން މާލޭގައި ހެދި ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ކުރި ހޭދައިގެ ބޮޑު ބަޔަކީ ދިވެހ ސަރުކާރުން ކުރި ހޭދަ ކަމަށާއި އެކަމަކު އެ ފައިސާ ސައޫދީން އަނބުރާ ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަލްމާން މިސްކިތަށް ކުރި ހޭދައިގެ 80 ޕަސެންޓަކީ ސަރުކާރުގެ ބަޖެޓުން ކުރި ހޭދަތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ސުވާލުކުރެއްވުމުންނެވެ.
ސަލްމާން މިސްކިތަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވިޔަސް ހޭދަވީ ކިހާ ވަރެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ ފައިސާ ސަރުކާރަށް އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސައޫދީ ސަރުކާރުގެ އެހީން ކުރަންފެށި މަސައްކަތެއް އަޅުގަނޑަށް ހަމަ ޔަގީން. އިއްޒަތްތެރި މެންބަރު ފާހަގަކުރީ މިވަގުތަށް މިހާތަނަށް ކުރި ހަރަދުގެ ވަރަށް ބޮޑު ބައެއް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހިނގާފައިވެއޭ. އެހެންނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން ސައޫދީ ސަރުކާރުގެ ނިޔަތް އެބަ އޮތްކަން އަދި ދެއްވާނެކަން އެ ލާރި ރީއިމްބާސް ކޮށްދެއްވާނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ އާޚިރުގައި އެއީ ހަމަ ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި ކުރި ކަމެއްގެ ގޮތުގައި ނިމިގެންދާނީ."
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. މިސްކިތް ބޭނުންކުރެވޭ ވަރަށް ދެ އަހަރު ތެރޭ ނިންމާފައި ވިޔަސް އެތަން އަދިވެސް ބޭނުންކުރާކަށް ނުފަށަ އެވެ. މިސްކިތް ހުޅުވާނެ ކަމަށް ސަރުކާރުން އެކި ތާރީހުތައް ކުރިން ދީފައިވެ އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކޮވިޑާ ގުޅިގެން ސައުދީގެ އިސްބޭފުޅުންނަށް ރާއްޖެ ވަޑައިނުގެންނެވޭތީ ކަމަށެވެ. އޭގެ ފަހުން ސައޫދީގެ ވަފުދެއް ރާއްޖެ އައިސް މިސްކިތް ބަލައި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް މިސްކިތް ހުޅުވަން އަދި ވަކި ދުވަހެއް ނުނިންމަ އެވެ. މިސްކިތް ހުޅުވަން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
23 November 2021
ތިޔަ މިސްކިތް ނިންމަން ކިތަށް ފަހަރުތޯ މިސަރުކާރުން ސައޫދީއަތުން ފައިސާނަގާފައިވަނީ؟ ހީވަނީ ސަލްމާން މިސްކިތަކީ މިވެރިންނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދަން ހަދާފަހުރި ތަނެއްހެން.
ކޮޔާ
23 November 2021
މިމީހުން ދައްކާ ވާހަކަ ގަބޫލުކުރަން ނުވާނެ ހޭބުއްދި ހުރި މީހަކު. ކޮންމެސް ކުރީ ސަރުކާރެކޭ ނޫން އެއްޗެއް ކޮޔާކަށް ނޭނގޭނެ.
ޑަބިޔާ
23 November 2021
ނުދައްކާ އެއްވެސް ލާރިޔެއް ނޯންނާނެ. އަސްލަމް ސޯޓްބޭލިދާނެ. ނުލިބޭނެ އެދުނު ވަރެއް
ޗ އަތޮޅު
23 November 2021
އަރަމްކޯ މައްސަލައިގައެއްނޫންތަ އަނެއްކާ ސައުދީން ރުޅިއައިސްގެން އުޅެނީ.. ނުބުނާނެ މިވެރިންނެއް. އެންމެން ފ. އަތޮޅޭ ކިއީމަ ހުންނާނީ ރަގަޅަށް.
ވަހުތާން
23 November 2021
ވާނުނާ ނޭންގެނީތޯ ނުވަތަ ބަހަނާއެއްތޯ؟
މޮޑުން
23 November 2021
2 އަހަރު ތެރޭގަ ނުނިމޭ. 2018 ގަހުރީ މިސްކިތުގެ ސްޓްރަކްޗރވެސް ނުނިމި. ހިޔާކުރަން ފެށީވެސް 2019 ގައި.
ބޮޑުމީހާ
23 November 2021
ތިކަހަލަ ޕްރޮޖެކްޓް ހިންގޭވަރު މިސަރުކާރުގަ ނެތް
އަބްޑޫޅް
23 November 2021
ފ އަތޮޅު ނު ދިނީމަ ރުޅި އައިސް ރަތްވެގެން ތިޔަ އުޅެނީ.
މަބުނީ
23 November 2021
އަރަބި ދަންނަ ބޭފުޅަކު މިސަރުކާރުގަ ނެތީތަ؟ ނުވަތަ ފާފު އަތޮޅު ޑީލް ފަނިވީމަ ބާ؟
ސަސި
23 November 2021
އެހެންވީމަ ރުފިޔާކޮޅު ލިބުނީމަ މިސްކިތް ހުޅުވަން ވިސްނަންވެސް ވާނީ. އަނެއްކާވެސް ރަގަޅު އުޒުރެއް މިސްކިތް ހުޅުވުން ލަސްކުރަން ލިބުނީ