އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ނިޔާޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޑިސެމްބަރ 2016 - 20:48
ލޯކަލް ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް ހަތް ދުވަހަށް ގޭގައި ބަންދުކުުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިޔާޒްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިރޭ 7:00 ގައި ކޯޓަށް ގެންދިއުމުން، އޭނާ ހަތް ދުވަހަށް ގޭބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން ޕާޓީގެ ހިންގުމަށް ވަރަށް ބޮޑަށް ދަތިވާނެ. އެހެންކަމުން، އަޅުގަނޑުމެން ގޮވާލަން ނިޔާޒް ދޫކޮށްލަން. ޕާޓީ ހިންގުމަށް މިވަގުތު ދިމާވެފައިވާ މައްސަލަ އަށް އިތުރު ގޮންޖެހުންތަކެއް އަންނާނެ އޭނާ ބަންދުކުރުމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ނިޔާޒަކީ އެމްޑީޕީގެ މާލީ ކަންތައްތައް ބަލަހައްޓަވާ ބޭފުޅާގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީގައި އެ ޕާޓީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ބޭފުޅާ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާދެއްވާފައި ވުމުން ޕާޓީގެ ކަންތައްތައް ހިންގަވަނީ ޗެއާޕާސަންގެ ނައިބު މާލީ އަދި ޗެއާޕާސަންގެ ނައިބު އިދާރީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަތީމު
10 December 2016
ކުށެއް ނުކުރާ މީހަކު ބަންދު ކުރި މައްސަލަ ބެލޭނެ. ޓެރަރިސަމް ދައުވާ ކުރެވޭނެ. ފަޑީޔާރު މަނުކުފާނާ ފުލުސް ކަމިޝަނަރުއަށް 13 އަހަރު އޮންނާނެ
ކޮންކަމެއް
10 December 2016
އެމްޑީޕީގެ ޗެެއާރ ޕާރސަންގެ ނައިބް ހަތް ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުން އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެމައްސަލަ އަކަށް ވާމީހުންނަށް މައްސަލަ އަކަށް ވިއަސް އެއީ މަމެންނަށް އެއްވެސް މައްސަލަ އެއް ނޫނެވެ. ތަމެންނަށް އެކަން އަންޑަރސްޓޭންޑް ވެގަ. އެއިރުން އެކަން އެނިމުނީ އެވެ. ތަމެން ޓްވިޓަރޭ މެން މިފަދަ ކުދި ކުދި ކަންކަމުގައި ރޫރޫ ނާޅަގަ. އެއިރުން ބަރާބަރު ވާހުށި ކަމެކެވެ. ތަމެންގެ ތިމާގެ މީހެއް ނޫން ދޯ. ދެން ކޮންކަމެއް ތަމެންނަށް ދޯ.
ނެތީމު
10 December 2016
އިދިކޮޅު އެމްޑީޕީ އަށް އިނގެންވާނެ މިރާއްޖޭގެ ސިޔާސީ މައިދާނުގައި ސުޕަރ ޕަވަރ އަކީ އެއީ މަމެން ޕިންކީން ކަން. ތަމެން ނުޖެހޭނެ މަމެން ކޯޓް މެދުވެރިކޮށް އިންތިޚާބު ފަސް ކުރުމުން އެކަމާއި ޖޭވެގެން ނިކުންނަން. ތަމެން އެކަމަށް ރިއެކްޓް ކޮށް ފިނަމަ ތަމެން ނަށް ލިބޭނެ ޕެކޭޖްސް ތަކަކީ ތީ އެވެ. ތީ އަދި ފެށުން. ނިމުން އޮންނާނީ 13 ގެ ޕެކޭޖް އަކުން. މަމެން ނަށް ނޯންނާނެ ޗެއާރޕާރސަން އެއް އަދި ޗެއާރޕާރސަން ގެ ނައިބެއް. އެއްވެސް ޗެއާރ ޕާރސަން ގެ ނައިބެއް ނޯންނާނެ އޮންނާނީ ބޮޑު އެއް ނައިބް. އެއީ ބްލޫސް ގެ ބެލުމުގެ ދަށަށް ގެންދިއުން އިނގޭ. ތަމެން މައިތިރި ވެ ތިބެގަ މަމެން ލޯކަލް ކައުންސިލު އިންތިޚާބު ބާއްވާ ނިމި މަމެން މޮޅު ވަންދެން. ތަމެން އިދިކޮޅު ކްރިޓިކްސް އަށް އެއް ޕަރސެންޓް މަމެންނަށް ނުވަދިހަ ނުވަ ޕަރސެންޓް އޭ މަމެން ބުނަން ނެތީމު އިނގޭ.
ލޮލް
10 December 2016
ގަޓުހުރި ސަރުކާރޯ އެކަމަކު؟
ބަދަން
10 December 2016
ގަޓުހުރީމަތާ އެހައްޔަރުކުރީ. ޙީވެއެއްނުން ކަމެއްހެން.
ސަހަރޯ
10 December 2016
އެމް.ޑީ.ޕީގެ މުޅި ލީޑަރ ޝިޕް އެއްކޮށް ޖަލަށް ލިޔަސް، އިދިކޮޅު ހަރަކާތްތައް ހުއްޓުވާނުލެވޭނެ އިންޝާﷲ.. ޤައުމު ބަހާލައިގެން ކާލަން ދޫ ނުކުރުމަށް ދިވެހި އުއްމަތަށް ގޮވާލަން.
ހިނިއަންނަނީ
10 December 2016
އިދިކޮޅު ކޮން ހަރަކާތެއްތަ ކަލޭމެން މިހާރު ތިހިންގަނީ. މިމާލެތެރޭގައިވެސް ރާއޖެތެރޭގައިވެސް ބަޔަކު ސަރުކާރާ އިދިކޮޅަށް ޗުއްޕުވެސް ބުނެނުލާ ތަނެއް ނުފެންނާތީ އަހާލީ. ހަރުގެ ދޮށަށް ދެތިންސޮރުނެރުން އެއީ ހަރަކާތެއްކަމަށް ހީކުރިއެއްކަމަކު އަހަރަމެން އެކަހަލަ ކަންކަމަށް ކިޔަނީ ފަރިޔަށް ނުކުމެ ލުމެއްކަމަށް.
މަންކީ ދުމް
10 December 2016
ސަހަރޯ މީނާ ހައްޔަރު ކުރުމުން އެމްޑީޕީ މަރުތަޅު އެޅުނިއްޔޯ.
ސައްދާމް
09 December 2016
ދެން މީހުން ހައްޔަރުކުރުން ހުއްޓާލާފައައި މިވަގުތުން ފެށިގެން ރަސްކަމަކަށް ބަދަލު ކުރަންވީ....... އޭރުން އިންތިޚާބެއް ނޯންނާނެ........
ޔަގީންދޯ
09 December 2016
އެމްޑީޕީ ޗެއާރޕާރސަންގެ ނައިބް ނިޔާޒުގެ ގޭބަންދަށް 7 ދުވަހުގެ މުއްދަތެއް ދިނުން އެއީ އެމެންނަށް ވިސްނުން އަންނާނެ ކަމެކެވެ. އެގޮތަށް މާ ފެންމައްޗަށް އަރައިގަނެގެން ސުއްދާނު ނުހިފިގެން އުޅޭ އިދިކޮޅު ކްރިޓިކްސްގެ ކޮންމެ މީހަކު 7 ދުވަހުން 15 ދުވަހުން އަދި 30 ދުވަހުން ޕެޖޭކްސް ތައް ދީ ހައުސް އެރެސްޓް ކުރަމުން ދަނިކޮށް ރާއްޖޭގެ ސިޔާސީ ދާއިރާ އިސާހިތަކު ހަމަ ޖެހިގެން ދާނެއެވެ. އެއީ ޔަގީން ކަމެކެވެ.
ޖޮބްލެސް ކޯޑިނޭޓަރު
10 December 2016
ޕެޖޭކްސް އަކީ ކޯއްޗެއް ތޯ؟
GAN Island
09 December 2016
އަޖަލު ކައިރިވެއްޖެ، ސަނާކިޔަމުން އުޅުނު މީހުންނާއި ފުއްނާބުގައި ތަޅަން ފަހަތުގައި ތިބިމީހުން ވެސް އެއްދުވަހުން އަނެއްދުވަހަށް މަދުވެ އަދި ދުވަސްކޮޅަކުން އެންމެން ގެއްލި ހުސްވާނެ. . . ބާރުގަދަ ޗައިނާ އަކަށް މި ދައުލަތުގެ ވެރިކަމުގައި މީހަކު ބެގެއްޓޭނެ ހެނެއް ހީއެއްނުވޭ. ދެން އިތުރަށް އަރާނެ ގޮޅިއެއްނެތް. ޖެހޭނީ ކުރިމަތީއިވާ ހުރިހާ ކަމަކަށް އެއްބަސްވާން. އަދި ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ދަންނަވަން.
ސުންބު
10 December 2016
ޚިޔާލީފޮލާ ކިޔާ ޑްރާމާއެއް ރޭޑިޔޯއަކުން ކުރިން އަހަން. ފަޑުވަމުންދަނީ ކާކުގެ ނަމެއްތޯ ސުވާލުކުރާނެ ތަނެއް އެބައޮތްތަ.
ފަޒީ
09 December 2016
ނިޔާޒެއް ކަމަކު ޤާނޫނާ ޚިލާފު ވެއްޖިއްޔާ މައްސަލަ ބެލެންޖެހޭނެ.