24 ނޮވެމްބަރ 2021 - 19:21
ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް މިއަދު ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއެކު، ގައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.
ސަރުކާރުން ހުށަހެޅި އެ ބަޖެޓާ ދެކޮޅަށް ވޯޓު ދިން އިދިކޮޅު ދެ ޕާޓީ، ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ މިހާތަނަށް އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައި ކަމަށެވެ.
ފައިސާ ޗާޕު ކުރުމާ ދެކޮޅަށް އިދިކޮޅު މެމްބަރުން އަޑު އުފުލަމުން ދަނިކޮށް ވެސް 4.4 ބިލިއަން ރުފިޔާ ކުރިން ކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ފައިސާއެއް ދައުލަތަށް އަނބުރާ ދައްކާފައި ނެތް ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
އިިދިކޮޅުން ބުނިގޮތުގައި، ސަރުކާރުގެ ހިންގުމުގެ ހަރަދު ފޫބައްދަން ފައިސާ ޗާޕު ކުރުމަކީ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި އިގްތިސާދީ މާހިރުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، އަނެއްކާވެސް 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސަރުކާރުން ވަނީ ދީފަ އެވެ. އެހެންކަމުން ޖުމުލަ 6.9 ބިލިއަން ރުފިޔާ ޗާޕު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
...ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާ ގުޅުން ހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަން ވެސް ފާހަގަކުރަން،" --- އިދިކޮޅު
"...މީގެ ސަބަބުން މިހާރު ވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް މަތިވެ، ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ. އަދި މިއީ އާއްމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާ އަށް ކުރާނެ ކަމެއް،" އެ ބަޔާނުގައި ވެ އެވެ.
ދަރަނި ބޮޑުކޮށް އަދި ރައްޔިތުންނަށް ގެއްލުން ދީގެން ފައިސާ ޗާޕު ކުރަނީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށް ފަހު 2023 ގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ކަންކަން ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
އިދިކޮޅުން ބުނާގޮތުގައި، ބަޖެޓުގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި ސިޔާސީ ނުފޫޒު ފޯރުވާ ފަދަ އިދާރާތައް އިތުރު ކޮށްގެންނެވެ. އެ އަދަދު ކުޑަކޮށް ސީދާ ރައްޔިތުންނާއި ގުޅޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެލޮކޭޓް ކުރަން އިދިކޮޅުން ގޮވައިލަމުން ދިޔަ ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ.
"....ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާ ގުޅުން ހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަން ވެސް ފާހަގަކުރަން،" ބަޔާނުގައި ވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ސަރުކާރުގެ ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
27 November 2021
ބަނގުރޫޓު އެއީ ކިހިނެއް ވާއެއްޗެއްކަން ބޮޑަށް އެނގޭނީވެސް ޕްރޮފެސަރު އަދުރޭމެން ޒާތުގެ މީހުނަށް.
އިސްލާހުޖާޑި
27 November 2021
ގައުމުގެ ބައިތުލްމާލު ޒުވާން ބްރޯއާއި ހަވާލުކޮށްފަ ވަލިއްޔުލް އަމްރު ތާސްކުޅުއްވުމުގައި އަވަދި ނެތި އުޅުއްވުމަށްވުރެ ގައުމު ބަނގުރޫޓު ވާނެ ގޮތެއް މަށަކަށް ނުފެނޭ ، އިބޫ ގެ ވެރިކަން ފައްކާވެ އުތުރިއަރައި ދުނިޔޭގެ ކުރިބޯއްޓަށް އަރާތީ މޭކަރަނީ ، ދިވެހިގައުމު ދުނިޔޭގެ ސިންގާސަނާގައި ވިދާ ބަބުޅާތަން ފެންނަނީ
ނިޒާމް
25 November 2021
ނިމިދިޔަ ސަރުކާރުގެ ތިބިގިނަމީހުންވެސް ދައުލަތުފައިސާ ނުހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުން ކުރި. އޭގެ ސަބަބުން ދައުލަތުން ހަރުދުވާން ނުޖެހޭ އެތައްބައިވަރު ފައިސާއެއް ދައުލަތަށް ގެއްލުނު. އަދި ސިޔާސީ މަންފާތަކެއް ހާސިލު ވާނެކަމަށް ހީކޮށް ތަރައްގީއަކަށް ނުވާ ވަރަށް ބައިވަރު ބޭކާރު ހަރަދުތަކެއް ކުރި. މިސަރުކާރުންވެސް މިނާޒުކު ދަނޑިވަޅުގައި ބޭނުމެއްނެތް ގިނަކަންތައްތަކެއް ބަޖެޓް ހިމަނާފަ އެބަހުރި. މާބޮޑަށް ވެސް އިނދަޖެހޭނެ.
ހަސަނު
25 November 2021
ފޮޓޮއިން އެފެންނަނީ ހުސް ޕުރޮފެސަރުން ފެންވަރު މީހުން.. އިކޮނޮމިކްސް އަކުން ނޫން ކަޅު ދަބަހުން...
ލަދުގަނޭ
25 November 2021
ގައުމަށް އިތުރަށް ވާނެކަމެއް ނެތް. ގައުމުގެ ބައިތުލްމާލު ހުސްކޮށްލާފައި ދިޔައީ. ހަރުމުދާތައް ނުއަގުގައި ދޫކޮށްލިއިރު އެފައިސާ ވަންތަނެއް ނޭނގެ. ހިންގި ޕްރޮޖެކްޓެއް ވިއްޔާ ހިންގާފައި އޮތީވެސް އެގޮތަށް. ކުރުގޮތަކަށް ބުނާނަމަ ކުރި ކޮންމެކަމެއް ކުރީ 1/2 ލިބޭގޮތަށް.
ނަސީމް
25 November 2021
ޤައުމު ބަނގުރޫޓު ކޮށްފަދިޔަ ބަޔަކު ދެންތިކިޔާ އެއްޗެއްދޯ؟ ކިޔާނެ އެއްޗެއް ނެތީމަ ބޯގޮވައިގެން ތިތެޅިބާލަނީ. ކުރީ ސަފުގަ ތިތިބޭ ހުސް ޤައުމު ބަނގުރޫޓް ކުރި ގިނަމީހުން. ކޮންމެ އެއްޗެއް ކިޔަސް ޔާމިން ހަމަ ހުންނަންޖެހޭނީ ބަންދުގަ އެކަމާއި އެއްވެސް ޝައްކެތް ކުރާނެ ކަމެއްނެތް.އަންނަ ރިޔާސީ އިންތިހާބުގައި އޭނާ އަށް އިރާދަކުރެވިއްޔާ ކުރިމަތި ލެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.
ޓައީ އަޅާފަ މަހައްދޭ1
25 November 2021
ކަލެއަކާ ނުބެހެވޭނެ. ބަގުރޫޓު ވިޔަސް ނުވިޔަސް ކަލޭމެންނައް މިފަހަރު މަންފާއެއް ނުކުރާނެ!
ގެދޮރު ނެތް މާލޭމީހާ
25 November 2021
ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީތާއެވެ. އެ ސަރުކާރޭ މިސަރުކާރޭ ގޮވަމުން ސިޔާސީ މި ހުރިހާ އެންމެންވެސް ކުރާކަމަކީ ދިވެހި ދައުލަތް ލޫޓުވުން. ނުޙައްގު މުސްއަނދިކަން ހޯދާ, ބާރުގެ ބޭނުން ކޮށްގެން ފްލެޓް ހޯދާ.
ރަތްބެ
24 November 2021
ރައްތައް ވިއްކާލި ލާރިތައް އަމިއްލަ އެކައުންޓަށް އެޅީމަ ގައުމު ބަގުރޫޓެއް ނުވާނެ.
ރާޅުބޯއިޒް
24 November 2021
ތިޔަހަރަ ފޮޓޯއެއް ފެނުނީމަޥެސް ވާ ފޫއްސެއް.. ތަންކޮޅެއް ފަސްބައި ސާފުބަޔަކު އަރުވަބަލަ.