އެމްޑީޕީން ކުރިން ބޭއްވި އެއްވުމެއްގައި ނިޔާޒް ފުލުހަކާ ވާހަކަދައްކަވަނީ.--ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
10 ޑިސެމްބަރ 2016 - 10:18
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް އިއްޔެ ހައްޔަރުކުރީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީން ވަމުން އަންނަ ތައްޔާރީތައް ހުއްޓުވައި، ޗެއާޕާސަނަކު ނެތް މި ދަނޑިވަޅުގައި ޕާޓީ ހިންގުމަށް ސަރުކާރުން ހުރަސް އެޅުމަށް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގެ ކުރިމަތީގައި އިއްޔެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ނިޔާޒުގެ ބަންދަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.
މި މައްސަލާގައި އެމްޑީޕީން ފާހަގަކުރި ގޮތުގައި، ނިޔާޒަކީ އެ ޕާޓީގެ މާލީ ކަންތައްތައް ބަލަހައްޓާ ބޭފުޅާގެ އިތުރުން ލޯކަލް އިންތިހާބާ ގުޅޭ ކަންކަމުގައި ލަފާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އުފައްދާފައިވާ ކޮމިޓީގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރު ވެސް މެ އެވެ. އެހެންކަމުން، އެ ޕާޓީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކަށް، ނިޔާޒް ހައްޔަރު ކުރުމުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"މިހާރުން މިހާރަށް އެފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހަރުއަޑުން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ނިޔާޒް ހައްޔަރު ކުރުމަކީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ސީދާ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމުގައި ދެކޭ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އެހެންކަމުން، އެފަދަ ގާނޫނީ ހަމައެއް ނެތް ކަންކަމުގައި ފުލުހުންގެ އަގުހުރި ވަގުތު ނަގާނުލައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ގާނޫނުގެ ތަރަހައިގެ ތެރޭގައި ފުލުހުންގެ މަސައްކަތް ބައްޓަންކޮށް، ޑިމޮކްރަސީގެ އުސޫލަށް ރުޖޫއަވުމަށް ފުލުހުންނަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.
"ސިޔާސީ ނުފޫޒުން އެއްކިބާވެ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދީ، ދިވެހި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށް ދިވެހި ފުލުހުންނަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 December 2016
އިންތިޚާބް ގެ ފޮރެންޒިކް ހެދުން. އިންތިޚާބެއް ބޯމަތިވުމުން އިސްސަފުން އިންތިޚާބަށް މަސައްކަތް ކުރާ އިސްވެރިން ގެއަށް ކަޑާލުން. އާދެ: މަސްދަރު މަންޒިލް މަގްސަދު ފިސާރި ބޮޑަށް ރައްޔިތުންނަށް ސާފްވެ ނިމިއްޖެ.
މުހަންމަދު
11 December 2016
ކުޅިސަމާ ފެށެނީތާއެވެ! ޖަލުގައިތިބި އެކިފަންތީގެ ޤައިދީންތައް ދޫކޮށްލަން ރޭވެމުންދަނީ މިކަމަށްކަމަކީ މުޅިރާއްޖެ ދަންނަކަމެކެވެ. މިފެންނަނީ ކޮޅުމައްޗެވެ. "އަންގާލިގަޑިއެއްގައި، އަންގާލިތަނަކަށްގޮސް، އަންގައިލިކަމެއްކުރަން" ޝަރުތުކޮށް ދޫކޮށްލީމަ ދެންވާނެގޮތް މީގެކުރީ އިންތިޚާބުތަކުން އޮތީފެނިފައެވެ! ތަޖުރިބާކާރުންނަށް މިކަން ރަނގަޅަށްއެނގޭނެއެވެ! ޚާއްޞަކޮށް މާލޭގައި ދިރިއުޅޭމީހުން، ސަމާލުވޭ!
މަހީހީހީ
10 December 2016
ތީ ހިގާ ޕާރޓީ އެއްތަ؟ ބޮޑަށްވައްތަރީ ކޮށިއަރައިގެން ހަޅޭއްލަވާ ޕާރޓީއަކާ.
ހުސޭނުބެ
10 December 2016
ނިޔާޒް ހައްޔަރުކުރީ ޕާޓީ ހިންގަން ހުރަސް އަޅާކަށްނޫން!! އޭނާ ހައްޔަރުކުރީ އެއްވުން މަނާ ތަނަކަށް އެއްވާންގޮވާލާ މުޒާހަރާކުރީމަ!! ޓީވީތަކުން އެހެރޭ ފެންނަން ގޮވެލި ފައްޗާއެކު!!
އަލީ
10 December 2016
ޔާމީނު ނިކަން އަނގަފުޅާކޮއްފަބުނާނެ އެއްވެއުޅުމާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތޭ މިފެންނަނީ ޔާމިނު ދައްކާ ވާހަކައިގެ ދޮގާމަކަރު ހުރިމިންވަރު
ހީވޭ
10 December 2016
މިހާރު ތަމެން އެމްޑީޕީ އަށް އިނގޭނެ ދޯ މަމެންގެ ފަންވަރާއި ބުންވަރު. ދެން ވެސް ތަމެން މަޑު މައިތިރި ވެ ތިބެގަ. އެހެންނާ ރާކަނި މަސްކާން ދޭން ޖެހިދާނެ އަނެއްކާ އިނގޭ.
ވަހިއްކޮ. ކުދިހިތިގަނޑުވަރު
10 December 2016
އައްދައްޔޭ! ޔާންބެގެ ސަރުކާރަކުން ގޯސްކަމެއް ނުކުރާނެ! އަހަރެން ނެޓްވޯކަށްވެސް އެއްބާރުލެއްވުން އެދެއްވަނީ ހުރިހާގޮތަކަށް މަގުފަހިވާގޮތަށް! ދެން ކޮންހުރަހެއްގެ ވާހަކައެއް ދައްކާކަށް !
އަލްޖިބްރާ
10 December 2016
ޤާނުނެއް ފާސްކުރަންވީނު ؟ އެމް.ޑީޕީ އަކީ މިސަރުކާރުން ޤަބޫލުކުރާ ޕާރޓީއެއް ނޫނޭ ! އެހެންވީމާ އެމް.ޑީޕީ އުވާލީއޭ ! މިސަރުކާރަކީ އިދިކޮޅު ބަޔަކާ ކުރިމަތިލާން ކެރޭނެ ބައެއްނޫން ! އެއަށްވުރެ މާފިޑި ! ދެފުއްދެގޮތް ބައެއް !
މެންޓަލިސްޓް
10 December 2016
ޕާޓީހިންގޭނެ ގޭގައިހުރެގެންވެސް ، މިހާރު އެހެރީގޭބަންދުގައެއްނު ،،،،،، ވީމާ ޕާޓީހިންގަން ހުރަސް އެޅިނަމަ ނިޔާޒް ހުންނާނީ ޖަލުގައި ނޫންތޯ ؟؟ ވީމާ ބުއްދިގަބޫލްކުރާވާހަކަދެއްކީމައި ރަގަޅުވާނެ ،،
ޗެއަރޕާސަން
10 December 2016
ތަންތަނުގެ ޗެއަރޕާސަނަކީ އެތަންތަން ހިންގާ މީހާއެއް ނޫން. އޭނާގެ ނައިބުންނަކީވެސް ހިންގުމާބެހޭ ކަންތައްތައް ކުރާ ބައެއް ނޫން. އެއީ މީޓިންގތަކުގެ ރިޔާސަތު ބަލަހައްޓަން ތިބޭ ބައެއް. ތަން ހިންގާނީ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ މިނިސްޓަރުން ނުވަތަ މެނޭޖިންގ ޑިރެކްޓަރުން ފަދަ މަގާމުތަކުގައި ތިބޭ މީހުން. އެމް.ޑީ.ޕީ މިވަގުތު ހިންގާނީ އެމް.ޑީ.ޕީގެ ނައިބުރައީސް. އެހެންވީމާ، ޢަލީ ނިޔާޒު ނެތަކަސް ޕާޓީގެ ހިންގުމަށް ކޮން އަސަރެއް ކުރާނީ؟