އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު (މ) ކެނދިކުޅުދޫ ކުދިންނާ އެކު --- ފޮޓޯ: މާޒިޔާ
28 ނޮވެމްބަރ 2021 - 11:01
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ނ. ކެނދިކުޅުދޫގައި ހުޅުވި ފުޓްބޯޅަ އެކަޑެމީއެއް ހުޅުވުމުގައި އުރީދޫއިން ބައިވެރި ވެއްޖެ އެވެ.
ހުކުރު ދުވަހު ލޯންޗު ކުރި އެކަޑެމީ އަކީ ކޮވިޑް-19 އާ ގުޅިގެން ކުޅިވަރު ހަރަކާތްތައް ހުއްޓާލި ފަހުން މާޒިޔާ އިން މާލެ އިން ބޭރުުގައި ހުޅުވި ފުރަތަމަ އެކަޑެމީ އެވެ. މީގެ ކުރިން ބައެއް އެހެން ރަށްރަށުގައި ވެސް މާޒިޔާއިން ވަނީ އެކަޑެމީ ހުޅުވައިފަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެކަޑެމީގެ ހަރަކާތްތައް ހުއްޓާލި ފަހުން އަލުން ފެށޭ ގޮތެއް އަދި ނުވެ އެވެ.
މާޒިޔާގެ އޮފިޝަލަކު ވިދާޅުވީ ކުރިން ހުޅުވި އެކަޑެމީތައް ވެސް ފަހަރަކު ތަނެއް ފަށަމުން ގޮސް މުޅި އެކަޑެމީ ސެޓަޕް އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު (ކ) މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު (މ) އަދި ކެނދިކުޅުދޫގެ ކައުންސިލްގެ ރައީސް: ކެނދިކުޅުދޫގައި ހުޅުވި މާޒިޔާ އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
Ooredoo Maldives has taken part in the opening of the Maziya Football Academy at N. Kendhikulhudhoo yesterday. @OoredooMaldives https://t.co/xHkB0imsPb
— Corporate Maldives (@corporatemv) November 27, 2021
މާޒިޔާގެ އެކެޑެމީ ހުޅުވުމުގައި އުރީދޫއިން ވަނީ ހިއްސާ ވެފައި
ކެނދިކުޅުދޫ ކައުންސިލާ ގުޅިގެން މާޒިޔާއިން އެ ރަށުގައި ފެށި އެކަޑެމީ އަކީ މިހާރު އެ ރަށުގައި ފަށާފައިވާ ދެވަނަ އެކަޑެމީ އެވެ. މި މަހު އެ ރަށުގެ އަމިއްލަ ކްލަބަކުން ވަނީ އެހެން އެކަޑެމީއެއް ވެސް ފަށައިފަ އެވެ.
އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އުރީދޫ އަކީ މާޒިޔާގެ މެއިން ސްޕޮންސަރެވެ. އުރީދޫއިން ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގައި އުރީދޫ ޝާމިލުވުން އިތުރު ކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން، މާޒިޔާގެ ސީނިިއާ ޓީމު ޕްރީ ސީޒަނަށް ކޭމްޕްކުރީ ވެސް ކެނދިކުޅުދޫގަ އެވެ. އެ ރަށުގައި އެ ޓީމުން 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދާނެ އެވެ. މާޒިޔާ އިން އިއްޔެ ވަނީ ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބާ ދެކޮޅަށް ޓްރޭނިން މެޗެއް ވެސް ކުޅެފަ އެެވެ. އެ މެޗު މާޒިޔާ އިން ކާމިޔާބުކުރީ 9-0 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy