ރިޕޯޓް / އެޗްޑީސީ

އެޗްޑީސީ އުފެއްދީ ހުޅުމާލެ ލިބޭ ގޮތަށް!

ހުޅުމާލެއަކީ އެޗްޑީސީ މިލްކެއް އަދި އެއީ އެ ކުންފުނީގެ ރައުސުލްމާލް. ގާނޫނަށް އަމަލުކުރަން ފެށިިއިރު އެހެން ފަރާތްތަކަށް މިލްކުވެރިކަން ދީފައިވާ ތަންތަން ކައުންސިލްގެ މިލްކަކަށް ނުވާނެ.

އެޗްޑީސީގެ އޮފީސް: މިހާރު ނަގާފައިވާ ލޯނުތަކާ ހެދި މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި --ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެޗްޑީސީ އަށް ހުޅުމާލޭގެ ދެ ފޭސް ރަޖިސްޓްރީކޮށްދީ މާލޭ ސިޓީ ކައުންސިލް ހަދައިދީފައިވާ ރަޖިސްޓްރީ މިއަދު ބާތިލްކޮށް ކައުންސިލުން ބުނަމުން ދަނީ ހުޅުމާލެ އަކީ އެ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ އެ ކައުންސިލްގެ ބާރު ހިނގާ ތަނެއް ކަމަށެވެ. އެކަމަކު ހުޅުމާލެ އާއި އެޗްޑީސީގެ އުފެދުމާ ބެހޭ ގޮތުން ނިންމާފައި ހުރި ކަންކަމަށް ބަލާއިރު ކައުންސިލުން އެ ބުނާހާ ފަސޭހައިން އަދި މިކަން ވާނެ ކަމަކަށް ނުފެނެ އެވެ.

ރަޖިސްޓްރީ ބާތިލްކޮށްލުމުން، ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސް ކަމަށް ބަލައި އެތަނުގައި ކަންކަން ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ކައުންސިލަށް އޮތް ކަމަށް ކައުންސިލުން ގަބޫލުކުރި ނަމަވެސް ހުޅުމާލޭގެ އަސްލާ ހިސާބަށް ދާއިރު ބޮޑެތި ނިންމުންތަކެއް ނިންމާފައި އެބަހުއްޓެވެ.

ކައުންސިލަށް ލިބޭނީ ހުޅުމާލޭގެ މަގުތަކާއި މަދު ބިންތަކެއް

ހުޅުމާލޭގެ ބިމުގެ ފެށުމަކީ ހުޅުލޭ ފަރުކޮޅު ފުށި ފަޅުގެ ތެރެއިން ބިން ހިއްކައިގެން ބިން އުފައްދައި ތަރައްގީކުރުމަށް މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ބޯޑުގެ ޔުނިޓަކުން ކުރަމުން އައި މަސައްކަތް ރައީސް އޮފީހުގެ ދަށަށް ބަދަލުކޮށް "ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓް" އެވެ. ހުޅުމާލޭގެ ނަން ދީ ބިން ހިއްކުމުގެ މަސައްކަތް އެ ޔުނިޓާ 2002 ވަނަ އަހަރު ރައީސް ހަވާލުކުރެއްވި އެވެ. އަދި އޭގެ ފަހުން މާޗް 23، 2005 ގައި މި ޔުނިޓް އުވާލައި ރައީސްގެ ގަރާރަކުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދެވީ އެވެ.

މި ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި ހަމަޖެއްސީ "ހުޅުމާލެ" ހަދަން ހިއްކި ބިމުގެ ބޮޑު ބައެކެވެ. އެހެންވެ އެ ބިން ވެގެން ދިޔައީ އެޗްޑީސީގެ އަމިއްލަ ބިމަކަށެވެ. ބިން ރަޖިސްޓްރީކޮށްދީފައި ވެސް އޮތީ އެއީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގަ އެވެ. ފަހުން މާޗް 11، 2009 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ކުންފުނީގެ ނަން ބަދަލުކޮށް ހުޅުމާލެ ތަރައްގީކޮށް ފްލެޓް އަޅައި މީހުންނަށް އިމާރާތާއި ބިންތައް ވަކިން ރަޖިސްޓްރީކޮށްދެމުން ދަނިކޮށް ހުޅުމާލެ އަކީ މާލޭގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އެވެ.

ހުޅުމާލޭގެ ބިމާއި ފަޅަކީ އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި އޮންނާތީ އެ ތަންތަނަށް އޭރުގެ މާލޭ މުނިސިޕަލްޓީގެ އިހްތިސާސް ނުހިނގާތީ 2010 ވަނަ އަހަރު ހުޅުމާލެ މުނިސިޕަލްޓީގެ ދަށަށް ގެންގޮސް އެ ރަށުގެ ބިމުގެތެރެއިން އެޗްޑީސީގެ އެސެޓްގެ ގޮތުގައި ހިމެނޭ ބިންތަކަށް މާލޭ ސިޓީ ކައުންސިލުން ބޮޑު އެއް ރަޖިސްޓްރީ ހަދައިދިނެވެ. އެ ރަޖިސްޓްރީ ހަދައިދިނީ ހުޅުމާލެ ތަރައްގީކުރުމަށް ޕްލޭންކޮށްފައިވާ ބިންތައް ތަރައްގީކުރަމުންދާ ވަރަކުން ބައެއް ތަންތަން އެ ރަޖިސްޓްރީން އުނިވަމުންދާ ގޮތަށެވެ. އެގޮތަށް އުނިވާނީ؛

- ސްކޫލްތައް ހިމެނޭ ބިން

- މިސްކިތްތައް ހިމެނޭ ބިން

- ހަދާ ނިމިފައިވާ މަގުތައް

- ހަދާ ނިމިފައިވާ ޕާކުތައް ހިމެނޭ ބިންތައް

- ސިފައިންނާއި ފުލުހުން ބޭނުންކުރާ ބިންތައް

- ހޮސްޕިޓަލް ހިމެނޭ ބިންތައް

- އަމިއްލަ މީހުން ގަނެ ފައިސާ ދައްކާ ނިންމާފައިވާ ބިންތަކުގެ ތެރެއިން ރަޖިސްޓްރީ ހަދައިދީފައިވާ ބިންތައް

- ބަހާލައިގެން ފައިސާ ދައްކާ ބިންތަކަށް ދޭ ވަގުތީ ރަޖިސްޓްރީ، ފައިސާ ދައްކާ ހަލާސްކުރުމުން އަލުން ރަޖިސް ހެދުމުން

މި ނޫން ކޮންމެ ބިމަކީ އެޗްޑީސީގެ މިލްކެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ކުންފުންޏަށް ދީފައި އޮތް ބިމެވެ.

ރަޖިސްޓްރީ ބާތިލްކުރުމަކުން ކައުންސިލަށް ބާރެއް ނުލިބޭ

ހުޅުމާލޭގެ ފޭސް 1 އާއި 2 ވެސް އޮތީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފަ އެވެ. އެއީ ކުންފުނީގެ މުދަލެވެ. އެހެންވެ ހަމަ އެކަނި ލާމަރުކަޒީ ގާނޫނަށް ބެލިޔަސް ރަޖިސްޓްރީއެއް ބާތިލްކުރުމުން ހުޅުމާލޭގެ މިލްކުވެރިކަން އެޗްޑީސީއަށް ގެއްލޭނެ ކަމަކަށް ނުފެނެ އެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ 56 ވަނަ މާއްދާގައި ބުނަނީ "ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް" ކަމަށެވެ.

ހުޅުމާލެ: ހުޅުމާލޭގެ މުޅި ބިމުގެ ރަޖިސްޓްރީއެއް އެޗްޑީސީއަށް ހަދައި އޭގެ ދަށުން ވަކި ބިންތައް އަމިއްލަ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭ ގޮތް ހަމަޖެއްސި. -- ފޮޓޯ: މިހާރު

"މިހެން އޮތީމާ، ރަޖިސްޓްރީ ބާތިލްކުރިޔަސް މުދަލުގެ މިލްކުވެރިކަން ހަމަ އޮންނާނީ އޭގެ މިލްކުވެރިކަން ކުރިން ވެސް އޮތް ފަރާތަށް. ހުޅުމާލެއަށް ބަލަންޏާ އެތަނަކީ އެޗްޑީސީގެ މުދަލެއް ކަމަށް ވާތީ އެ ތަން ބޭނުންކުރާނެ ގޮތެއް އެނގޭނީ އެޗްޑީސީ އަށް. ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސްއޭ ބުނެ ކައުންސިލަށް އެތަނަށް ބާރެއް ނުހިންގޭނެ. ކައުންސިލުން އަސްލު އެ ދައްކަނީ ވަރަށް ހަަމަނުޖެހޭ ވާހަކައެއް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ގާނޫނީ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ހުޅުމާލޭ އުފެދުނު ގޮތާއި އެޗްޑީސީގެ އަސްލަކީ ކޮބައިކަން އެނގޭ ނަމަ ކައުންސިލަށް ވެސް މިކަން ސާފުވާނެ އެވެ.

ޖަވާބު އޮތީ 2019 ވަނަ އަހަރު ގެނައި އިސްލާހެއްގައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ނުވަ ވަނަ އިސްލާހުގައި "އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަން" އޮތީ މިގޮތަށެވެ؛

(ހ) ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ވަކި ބައެއްގެ އިހްތިސާސް އޮތުމަކީ އިހްތިސާސް އޮތް ތަނެއްގައި އެކި ފަރާތްތަކަށް ރަޖިސްޓްރީކޮށްދީފައިވާ ތަންތަނުގެ މިލްކުވެރިކަން، އިހްތިސާސް އޮތް ބަޔަކަށް ލިބުމެއް ނޫނެވެ. އެއްވެސް ބައެއްގެ ނުވަތަ މީހެއްގެ މިލްކެއް ނެގޭނީ އަދުލުވެރި ބަދަލެއް ދީފައިކަން ގާނޫނުއަސާސީގައި އޮންނަނީ ކަނޑައަޅައިފަ އެވެ.

ރަޖިސްޓްރީ ބާތިލްކުރިޔަސް މުދަލުގެ މިލްކުވެރިކަން ހަމަ އޮންނާނީ އޭގެ މިލްކުވެރިކަން ކުރިން ވެސް އޮތް ފަރާތަށް. ހުޅުމާލެއަށް ބަލަންޏާ އެތަނަކީ އެޗްޑީސީގެ މުދަލެއް ކަމަށް ވާތީ އެ ތަން ބޭނުންކުރާނެ ގޮތެއް އެނގޭނީ އެޗްޑީސީ އަށް

ގާނޫނުއަަސާސީގެ 40 ވަނަ މާއްދާގައި "މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު" ބަޔާންކުރާ އެ މާއްދާގައި އޮންނަނީ؛

މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

ގާނޫނުއަސާސީގައި މިހެން އޮތް އިރު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވެސް ކޯޓަށް ހުށަހަޅައިގެން ނޫން ގޮތަކަށް މިހެން ރަޖިސްޓްރީ ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

ކައުންސިލްތަކުން އިމާރާތްތަކާއި ބިންތަކަށް ރަޖިސްޓްރީ ހަދައިދިނުމަކީ އިދާރީ ކަމެކެވެ. މީހުންގެ މިލްކުގައިވާ އިމާރާތާއި ބިންތަކަށް ކައުންސިލުން ރަޖިސްރީ ހަދައިދިނުމުގެ މާނަ އެ ރަޖިސްޓްރީއެއް ބާތިލްކޮށްލުމުން ކައުންސިލަށް އެތަނެއްގެ ބާރު ލިބުމެއް ނޫނެވެ.

އެހެންވެ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނަމަވެސް ހުޅުމާލޭގެ މިލްކުވެރިޔަކީ އެޗްޑީސީ އެވެ. އެތަނުގައި އެއްވެސް ކަމެއް ކުރެވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެންނެވެ. އެއީ ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ ތަނަކަށް ވާތީ އެވެ.

65 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 2%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައި

14 December 2021

ރައްޔަތުން ތަކެއްގެ ބަލަދުވެރިކަން ކުންފުންޏެއްގެ އަތްމައްޗަށް. ކޮންރަށެއްތޯ ނުވަތަ ކޮން އަވަށެއްތޯ ކުންފުންޏަކުން ހިންގަނީ. ހުޅުމާލޭގެ ބިމުގެ ވެރިޔަކަށް އެޗްޑީސީ ވިޔަސް ހުޅުމާލެ މަގުތަކާއި ސަރުކާރުން ދޭ އެންމެ ޚިދުމަތް ދޭންޖެހޭނީ މުނިސިޕަލް ކައުންސިލުން. ތިބީދައިން ބަލަންޏާ އަމިއްލަ ގޯތީގައި ހުންނަ ފިހާރަވެސް ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެ. އަމިއްލަ ގޯތީގައި ކުރާ އިމާރާތްހަދާއިރުވެސް ހުއްދަ ހޯދަން ނުޖެހޭނެ.

The name is already taken The name is available. Register?

ސަސް

12 December 2021

މަގޭ ސުވާލަކީ ހުޅުމާލޭގެ އިންޖީނުގެއާއި ފެން ޕުލަާންޓް ތަކަކީ ކޮންބައެއްގެ މިލްކެއްތޯ؟ހުޅުމާލެއީ އެޗް.ޑީ.ސީގެ މިލްކަކަށް ވަންޏާ އެތަނުގެ ސްކޫލް ތަކާ ހޮސްޕިިޓަލް ތަކާ މިސްކިތްތަކާ މިފަދަ އެއްމެހާ ތަނެއްވެސް އަޅަންޖެހޭނީ ކުންފުނީން ޚަރަދު ކޮށްގެން. އަދި މިފަދަ އެންމެހާ ތަންތަނުގެ މުވައްޒަފުންނަށް މުސާރަވެސް ދޭންޖެހޭނީ އެޗް.ޑީ.ސީ އިން!

The name is already taken The name is available. Register?

120687

10 December 2021

..ޢަމަލުކުރަނީ ނަމަ، ހ.މާލޭ އިޒް ނޯ މޯ އޭން އިންވެސްޓްމަންޓް ޕްރޮޕަރޓީ. އެއީ އައި.އޭ.އެސް 16 ގައިވާ ގޮތުން ޕްރޮޕަރޓީ ޕްލާޓް އެންޑް އިކުއިޕްމަންޓް (ޕީ.ޕީ.އީ)ގެ ގޮތުގައި ހިމެނޭ އެއްޗެއް. އެޗް.ޑީ.ސީ މިހާރު ހިންގަން އުޅޭ ބާރު ހިންގޭނީ މިހާލުތަގައި އެކަނި. އިންވެސްޓްމަންޓް ޕްރޮޕަރޓީއެއް ބަލާ ނަމަ، ތަނުގެ މުނިސިޕަލް ކަންކަމުން އެޗް.ޑީ.ސީ އެއްވެސް ޝަރުޠެއް ނެތި އަތް ދޫކޮށްލަންޖެހޭ. އެހެންވެ ހުޅުމާލެ ބަލަންޖެހެނީ ލީޒް ހޯލްޑް ޕްރޮޕަރޓީއަކަށް. ވ ސާފު 5/5

The name is already taken The name is available. Register?

އަހުމަދުއަމީރ

13 December 2021

ކޮމްޕްލައި ވާނެ. އިންވެސްޓްމަންޓް ޕްރޮޕަރޓީސްތަކުގަ މުޅި ހުޅުމާލެއެއް ނުހިމެނޭ. ބައެއް ބިންތައް ހުންނާނެ އިންވެންޓްރީގަވެސް އަދި ރައިޓްއޮފް ކޮށްފަވެސް ޕީޕީއީ ގޮތުގަވެސް. ތިމާއަށް އައިއެފްއާރްއެސް އެނގުމަކީ އެހެންމީހުންނަށް އެކަން ނޭގުމެއްނޫން. ކުންފުނިތަކުގަވެސް ތިބެނީ ކިޔަވައިގެން ތިބި މީހުން. އޮޑިޓްކުރަނީ ބިގް ފޯ ފާމް ތަކުން. އެހާވަރު ބަލާފަ އެކަންތައް ކުރަނީ އިނގޭތޯ. . އެ ރިޕޯޓްތަކަށް ބޭސްކޮށްފަ ދުނިޔޭގެ ބޮޑެތި ބޭންކް ތަކުން ލޯނުދީފަ އެހެރީ.

The name is already taken The name is available. Register?

120687

10 December 2021

އެތަނުގެ އޮކިއުޕަންޓްސްއަށް ކުރަންޖެހޭ ޚަރަދަކަށްވާނީ ކްލިއަރީ މުނިސިޕަލް އެކްޕެންސަންސް. މިހާރު ލައްކަ އަކާ ކައިރި ކުރާ ހުޅުމާލެގެ ދައުރުވާ ޚަބަރުތަކަށް ނަޒަރު ދޭއިރު، ހަމަ އެކަނި ހުޅުމާލޭގެ މުނިސިޕަލް އެކްސްޕެންސަސް މާލޭ 5 އަވަށް ކުރާ ހޭދައާއި ނުބައްދަލު. އެހެންވީމާ، އެ ޚަރަދު އެޗް.ޑީ.ސީ ހުޅުމާލެ ބިމުގެ ޕްރޮޕަރޓީގެ މައްޗަށް ކުރާ ނަމަ މުނިސިޕަލް އެކްޕެންސަސް ބައި ނޯމީންސް ވިލް ބީ އޭން އިންސިގްނިފިކަންޓް އެމައުންޓް. މި ގޮތަށް އެޗް.ޑީ.ސީން...4/5

The name is already taken The name is available. Register?

120687

10 December 2021

..އައިދާ އެއީ އިންވެސްޓްމަންޓް ޕްރޮޕަރޓީއެއް. އެ ގޮތަށް މާލީ ހިސާބުތަކުގައި އޮތީވެސް. މި ބުނާ ޕޮޕަރޓީއަކީ މުޅި ހުޅުމާލޭގެ ބިން. މުޅި ހުޅުމާލޭގެ ބިމަކީ އެޗް.ޑީ.ސީގެ އޮފީހެއް ނުވަތަ އޯނާ އޮކިއުޕައިޓް ޕްރޮޕަރޓީއެއް ނޫން. އެހެން ނޫން ނަމަ އިންވެސްޓްމަންޓް ޕްރޮޕަރޓީއަކަށް ކެޓަގަރައިޒް ނުކުރީސް. ދެން އެހެންވީ އިރު، އޯނާ ހެލް އިންވެސްޓްމަންޓް ޕްރޮޕަރޓީއެއް. އެތަނުގެ އޮކިއުޕަންޓްކީ އެތަނުގެ ބިންބިމާއި އިމާރާތްތަކުގެ ދިރިއުޅެ މަސައްކަތްކުރާ މީހުން..3/5

The name is already taken The name is available. Register?

120687

10 December 2021

..އިންވެސްޓްމަންޓް ޕްރޮޕަޓީއަކީ އޯނާރ އޮކިއުޕައިޑް ނޫން ގޮތުން އޯނާރ އަލް ލިބިގެންވާ ނުވަތަ ލީޒްގެ މަގުން، ކެޕިޓަލް އެޕްރިސިއޭޝަންގެ ބޭނުމަށް ހުރި ޕްރޮޕަރޓީސް. ނަމަވެސް އެ ޕްރޮޕަރޓީޒްގެ އޮކިއުޕަންޓް އޯނަރ ފޯރުކޮށްދޭ ޚިދުމަތްތަކީ އެއަށް ކުރާ ހޭދައިގެން ނިސްބަތުން ބޮޑު ޚިދުމަތެއް ނަމަ، އެ ޕްރޮޕަރޓީއަކީ އިންވެސްޓްމަންޓް ޕްރޮޕަރޓީއެއް ނޫންކަމުގައި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްގައި މާނަކޮށްފައި އޮވޭ. ކާންޓް ހޭވް އިޓް ބޯތު ވޭޒް. އައިދާ..2/5

The name is already taken The name is available. Register?

120687

10 December 2021

އޮޑިޖަރ ޖެނެރަލް އޮޑިޓްކޮށް، ސޮއިކޮށް، އެޗް.ޑީ.ސީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ ބަޔާނުގެ ސަފުހާ ނަންބަރު 35ގެ ނޯޓް ނަންބަރު 14ގައި ބުނާ ގޮތުން ހުޅުމާލޭ ބިން އެޗް.ޑީ.ސީން އައި.އެފް.އާރް.އެސް އާ އެއްގޮތްވާ ގޮތުގެ މަތިން ގިންތި ކޮށްފައިވަނީ "އިންވެސްޓްމަންޓް ޕްރޮޕަރޓީއެއް" ގޮތުގައި، އެއީ މުޅި ހުޅުމާލެ 14 ބ. ރުފިޔާގެ އަގުމަގުގައި. އައި.އޭ.އެސް 40 ގައި ބުނަނީ... 1/5

The name is already taken The name is available. Register?

އަޛާން

09 December 2021

ބައްލަވާ! މީހުން ދިރިއުޅޭ ރަށެއް ކުންފުނީގެ މިލްކިއްޔާތައް ނުހެދޭނެ! އެހެން ކަމަށް ވާނަމަ ހުޅުމާލެ ވާންވާނީ ވަކި ސަރުކާރަކަށް ތާ! ލާމަރުކަޒީ ގާނޫނާ ޚިލާފު ކަމެއް ކުންފުނީގެ މިލްކިއްޔާތު ކަމުގައި ހުޅުމާލެ ހަދާފިނަމަ. ހުޅުމާލޭގެ ރައްޔިތުންނަށް ޚިދުމަތްދޭ ސަރުކާރުގެ މުއައްސަސާ ތަކުގެ ޚަރަދުތަކާ މުވައްޒަފުންގެ މުސާރަ ދެނީ ދައުލަތުން ނޫންތޯ؟؟

The name is already taken The name is available. Register?

ސަކިއްތަ

09 December 2021

އެޗްޑީސީ އަށް ހުޅުމާލެ. ސުހޭލުއަށް އެޗްޑީސީ.

The name is already taken The name is available. Register?

ކޮރަލް

09 December 2021

އެޗްޑީސީ އިން އާއްމު ރައްޔިތުންނަށް ވާ ފައިދާ އެއްނެތެވެ. ފައިދާ ވަނީ ސިޔާސީވެރީންނަށާއި ވިޔަފާރި ވެރީންނަށެވެ. އެމީހުން ރަނގަޅު ހިސާބު ތަކުން ބިންނަގައިފިއެވެ. ކޮމާޝަލް އޭރިޔާ ތކުން ނަގާފަހުރި ބިންތަކަށް ކުލި ނުދައްކާ މީހުންވެސް ގިނަ އެވެ. ދެން އެމީހުން ބޭނުން ބަޔަކަށް ބިން ވިއްކާ ދީ ހަދަ އެވެ. އެޗްޑީސީގަ ވ ކޮރަޕްޝަން އެބަ އޮތެވެ. އަމިއްލަ މަސްލަހަު ވެސް ވ އިސްކުރެ އެވެ. އެޗްޑީސީ އަށް ބަދަލެއް ބޭނުން ވެ އެވެ.

The name is already taken The name is available. Register?

ކޮރަލި

10 December 2021

ޔާމީނުކުރެން އަހާލަބަލަ ކީއްވެތޯ އެގޮތަން ހެދިީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454