ކުންފުނިތަކަށް ގެންނަ ބަދަލުތަކުގައި ހިމެނިވަޑައިގަންނަވާ (ކ-ވ) އީސީގެ ކުރީގެ ރައީސް ޝަރީފް އާއި މުޣުނީ އާއި އާދަމް މުހައްމަދު.
28 ފެބުރުއަރީ 2022 - 11:35
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ބަދަލުކޮށް، ކުންފުނިތައް ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.
ކުންފުނިތަކަށް މި ބަދަލު ގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ ހުށަހަޅައިފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ކުރިން އަޑު އެރި ގޮތަށް ސްޓެލްކޯ ވެސް ހިމެނެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ. އެ މަގާމުގައި މިހާރު ހުންނެވި ހަސަން މުޣުނީ، އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އާދަމް މުހައްމަދު ބަދަލުކުރަނީ އެނގިފައިވާ ގޮތުގައި ޕޯސްޓް އޮފީހަށެވެ. އެތަނުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީގް ބަދަލުކުރާ މަގާމެއް އަދި ކަށަވަރެއް ނޫނެވެ.
ސްޓެލްކޯގެ ހިންގުން ޝަރީފްއާ ހަވާލުކުރަން އުޅޭ ކަމުގެ ވާހަކަތައް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ދެއްކެވުނެވެ.
އީސީގެ ރައީސްކަމުގެ މަގާމުގެ މުއްދަތު ހަމަވެ ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުރަތަމަ ބޭނުންވީ އެނގިފައިވާ ގޮތުގައި، ފެނަކައިގެ އެމްޑީއަކަށް އޭނާ އަައްޔަން ކުރުމަށެވެ. އެކަމަކު، އެ ކުންފުނީގެ އެތެރޭގެ ބައެއް ކަންކަމާ ގުޅިގެން އެ ނިންމުން ފަހުން ބަދަލުކުރީ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
ފަހުން ސްޓެލްކޯގެ ހިންގުން ޝަރީފްއާ ހަވާލުކުރަން ނިންމައި، އެ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ވެސް ތެރޭގައި ވެސް އެ ވާހަކަ އޮތީ ވާހަކަ ދެކެވިފަ އެވެ. ދެން ހަވާލުވެވަޑައިގަންނަވާ އެމްޑީއަކީ ޝަރީފް ކަމަށް ގްރޫޕްތަކަށް ފޮޓޯ ވެސް ފޮނުވާފައިވެ އެވެ.
އެމްޑީއެއްގެ ގޮތުގައި ހުންނަވައިގެން ސްޓެލްކޯގެ ހިންގުން ރަނގަޅު ކޮށްފައިވާ ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުޣުނީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އޭނާ މަގާމުން ދުރުކޮށް، އެނާޖީ އޮތޯރިޓީއަށް އައްޔަންކުރާ ސަބަބެއް ސާފެއް ނުވެ އެވެ.
ދައުރު ހަމަވެ، އީސީން ވަކިވެވަޑައިގަތްއިރު ޝަރީފް ވިދާޅުވެފައި ވަނީ ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް ދެމިހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ.
ޝަރީފަކީ ކުރިން، ޕީޕީއެމްގެ ސިޔާސީ ފިކުރުގައި ހުންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ވަޑައިގެން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް އެތަން ހިންގެވި ކަމުގެ ފާޑުކިއުން އަމާޒުވި އެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވޯޓާ ހަމައިން ޔާމީން ވަނީ އިދިކޮޅު ޕާޓީތަކާ ގުޅިގެން ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު ޝަރީފަށް ކުރައްވައިފަ އެވެ.
އެކަމަކު މި ތުހުމަތުތައް ޝަރީފް ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް ގެންނަ ސަބަބު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި މި ބަދަލުތައް ގެންނާނެ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުުުން
03 March 2022
މީ އަޅެ ކޯއްޗެއް ކިޔަވައިގެން ތަންތަނުގެ އެމްޑީއަށް ވާ ބައެއް ތަ؟؟
ބަބުލިގަމި
01 March 2022
މަޖީދިޔާއާއި އީސީގެ ހިންގުން ރަނގަަޅުކުރުމުގައި ލިބުނު ތަޖުރިބާގެ ބޭނުންކޮށްގެން ސްޓެލްކޯގެ ހިންގުން ހަރުދަނާކުރާނެ ކަމުގައި އުންމީދުކުރަން
ޝަރީފު
01 March 2022
ކަރަންޓް ކެނޑޭތަނުން ފިލައިގެން ދާނީ ލަންކާއަށް. އެނބުރި އަންނާނީ އަލުން ކަރަންޓް ދެވުނީމަ.
ލިރާރު
01 March 2022
އީސީ ޝަރީފު އިންތިޚާބާ ކުޅުނު ވާހަކަ މީގެ ކުރިން ޔާމީނު އެތައް ފަހަރެްގެ މަތިިން ބުނީމަވެސް ގަބޫލެއް ނުކުރަން. އެކަމަކު މިއަދު އޭނާ ބުނި ވާހަކަތައް ވަރަށް ބޮޑަށް ގަބޫލް އެބަ ކުރެވޭ! އީސީ ޝަރީފަކީ ކުރިން ޔާމީނުގެ ވަރަށް އަރިސް މީހެއް. މިފަދަ ގޮތަކަށް ކޮޅު ބަދަލުވާނީ *ވަރަށް އަގުބޮޑު* ހުށަހެޅުމެއް އޮވެގެން. އޭގެ ބާކީބައި ކަންނޭގެ ދޯ މިފެން ނަނީ! އީސީ ޗަރީފަކީ ގައްދާރެއް!
ވވވޗފ
28 February 2022
އެނާޖީ އޮތޯރިޓީ އެއް މިހާރަކު ނުހުރޭ. މިހާރު ހުންނަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ކަނބިލި
28 February 2022
ސްޓެލްކޯ ބަނގުރޫޓް ކޮށްލާނެ.
އިލެކްޝަންސްގެ ސްޓާފެއް
28 February 2022
ހަނދާންވަނީ ޝަރީފް ފެނަކައަށް ހަދާލިގޮތެވެ. މިފަދަ އެތެއްކަމެއްގެ ތުހުމަތުކުރެވޭ، ނޭއްގާނީ ކަންތަކަށް ފާޅުކަން ބޮޑުކޮށްކުރާ މީހަކަށް ސަރުކާރުގެ މިފަދަ ނާޒުކު ކުންފުންޏެއް ހަވާލުކުރަންވީ ސަބަބެއް ނެތެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ވަގުތުވެސް ޕީޕީއެމް ހަރުގެތެރެއަށް މީހުން އެއްކޮށް ވޯޓަށް މަކުރުހަދަން ކިޔައިދީ، ރައީސް ޔާމީނުގެ ވެރިކަން ރައްޔިތުންގެ ވޯޓުން ބޮޑުތަފާތަކުން ނިންމީމައި، ޖެހިގެން އައިދުވަހު ހުދުކާފޫރަށްވި މިފަދަ އެތެއްބައެކެވެ!
ސަރިއްފެ
28 February 2022
އަރަބި ޗީޓަރަކަސް އުޅުނު މީހެއް ގައުމީ ކުންފުންޏެއް( އޭ ކެޓަގަރީގެ) ހަވާލުކުރީމާ ވަރަށް ތާހިރު ވާނެ. ބޮޑުސުކޫ ލެއްގެ ޕުރިންސިޕަލް ކަން ދިން ނަމަ ދޯ
ޝަރީފު
01 March 2022
25 އަހަރު ބައެއް ވެސް ނުބުނެ މަޖުލީގައި އިން މީހަކު ރައީސަކަށް އެހުރީ. މައްސަލައަކަށް ނުވޭތަ ތިބޭފުޅާއަށް.
ކައުންސެލަރު
28 February 2022
ރައްޔިތެއްގެ ވޯޓް "ބަނޑުއަޅާ" ލާނީ ވަރަށް ބައިވަރު ލިބުނީމަ. ދެންވެސް ބަނޑެއްނުފުރޭނެ.
އަސްލު ދިވެސްސެއް
28 February 2022
މީއަޅެއަޅެ އަޖައިބު ވާވަރުކަމެއް މައުމޫނުގެ ވެރިކަން ބަދަލު ވީއިރު ހުރި އީސީ ރައީސް އެއާޕޯޓު އެމްޑީއަކައް ޔާމީން ވެރިކަން ބަދަލުވުމުގައި ތުހުމަތު ކުރެވުނު އީސީ ރައީސް އަނެއްކާވެސް އެމްޑީއަކައް. މިމީހުންގެ ގާބިލުކަމުން ހިންގުމުގެ ކުޅަދާނަކަމުން ލިބުނީ މުސްކުޅިން ބުނާހަރުބަހެއް އޮވޭ އަގައެއްއޮތިއްޔާކާޅެއްނުކާނޭ. ވަރައް ސަލާމް