ޚަބަރު / މެމްބަރު ހުސައިން ވަހީދު (ކޮމަންޑޫ)

ދެ ރައީސުންގެ ވެސް އޮތީ ހުސައިން ވަހީދާ ގުޅޭ އުފާވެރި ހަނދާންތަކެއް

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ . ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުން، އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުސައިން ވަހީދުގެ އުފާވެރި ހަނދާންތަކެއް އާކުރައްވައި، ތައުރީފު ކުރައްވައިފި އެވެ.

ތައުޒިޔާގެ ދަފްތަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސައިން ވަހީދަކީ ވާހަކަތަކާއި އަމަލުތައް ވެސް، މިސާލަކަށްވާހާ ހެޔޮކޮށް ބެހެއްޓެވި ބޭފުޅެއް ކަމަށެވެ. ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުމާއި ނަފުރަތަކީ އޭނާއާ އެންމެ ބީރަށްޓެރި ކަންތައްތައް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ހުސައިން ވަހީދު، ކަންކަން ހެޔޮކޮށްދިނުމަށް، ކަންކަން ހައްލުކޮށްދިނުމަށް، ކަންކަމުގައި މަގު ދައްކައިދިނުމަށް ދެއްވާފައިވާ ހެޔޮލަފާ ނަސޭހަތާއި އަޅުގަނޑަށް ދެއްވިހާ އިރުޝާދު، އިއްޔެ މެންދުރުގެ ކަމެއް ފަދައިން އަޅުގަނޑުގެ ހަނދާނުގައި ބިންވަޅު ނެގިފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ހުސައިން ވަހީދު، 10 ކެމްޕޭނެއްގައި މަސައްކަތް ކުރައްވައި 32 ރަށަކަށް ދަތުރުކުރެއްވި އެވެ. އޭނާގެ ހިދުމަތުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑަށް އަގު ވަޒަން ކުރެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގަޔާއި، އެ ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި މަޖިލީހުގައި ކުރެއްވި މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"ކޮންމެކަމެއްގައި ވިސްނަވާނީ ހެޔޮކޮށް"

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ހުސައިން ވަހީދަކީ ދިމާވާ ކޮންމެ ކަމެއްގައި ހެޔޮކޮށް ވިސްނާވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންވެ، އަބަދުވެސް ހުންނެވީ ހިތްހަމަޖެހިވަޑައިގެންފައި ކަމަށެވެ. ހުސައިން ވަހީދުގެ ފަރާތުން ފެނިވަޑައިގެންފައިވާ އެންމެ ބޮޑަށް ހަނދުމަފުޅު ހުންނާނެ އެއް ސިފަޔަކީ ވެސް އެއީ ކަމަށް ރަައީސް ވިދާޅުވި އެވެ.

"ކިތަންމެ ބޮޑު އުނދަގުލެއް، ކިތަންމެ ބޮޑު ދައްޗެއް ކުރިމަތިވެގެންދާ ވަގުތުގައި ވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ގަބޫލުކުރައްވައި، އެގޮތަކަށް މަސައްކަތްކުރެއްވުމަށް އަބަދުވެސް އަޅުގަނޑުމެންނާ އެކީގައި ހުންނެވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެ، މަގުމަތިވެފައި އޮތް އިރު ވަރުބަލިކަމެއް ނެތި ހުސައިން ވަހީދު ސިޔާސީ މަސަައްކަތުގައި އެ ޕާޓީއާ އެކު ހުންނެވި ކަމަށާއި އެއީ ހަނދުމަފުޅު ނެތޭނެކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ހުސައިން ވަހީދަކީ ހަމައެކަނި ސިޔާސީ މަސަައްކަތުގެ އެކުވެރިއެއް ނޫން ކަމަށާއި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވުމުގެ މާކުރިން ވެސް އެކުވެރިކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގެއްލިގެން އެދިޔައީ، ތެދުވެރި، ހެޔޮއެދޭ ވަރަށް ގާތް އެކުވެރިއެއް،" ރައީސް ވިދާޅުވި އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ހުސައިން ވަހީދު އަވަހާރަވީ އިއްޔެރޭގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގަ އެވެ

1 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 88%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ!

23 December 2021

ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުމާއި ނަަަަފު ރަތާ ބީ ރައްޓެހި ވުމަކީ ރަނގަޅު ކަމެެެެއް ކަމަށް ގަަަަަަަަަަބޫލުކުރާ މީހަކު ކީއްވެބާ އެހު ރިހައި ކަމެއް ގައިގައި ބަނދެގެން އުޅެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454