ޚަބަރު / މޯލްޑިވިއަން އެއާލައިން

މޯލްޑިވިއަންގެ ޗެންނާއީ ފްލައިޓް ތޫފާނާ ހެދި ޓްރިވެންޑްރަމްގައި ޖައްސައިފި

ތޫފާން ވަރުދާ އަރައި ޗެންނާއީ އަށް މިއަދު ބޯކޮށް ވާރޭ ވެހެނީ: ޗެންނާއީ އެއާޕޯޓަށް މިއަދު ފްލައިޓެއް ނުޖެއްސޭ.-- ފޮޓޯ: އޭއެފްޕީ

12 ޑިސެމްބަރ 2016 - 14:39

6 comments

ދެކުނު އިންޑިއާ އަށް އެރި ބާރު ގަދަ ތޫފާނަކާ ގުޅިގެން ޗެންނާއީގައި ބޯޓު ނުޖެއްސޭތީ، މޯލްޑިވިއަންގެ ފްލައިޓް ޓްރިވެންޑްރަމްގައި ޖައްސައި، ދަތުރުވެރިންނަށް އެއްގަމު މަގުން ޗެންނާއީ އަށް ދެވޭ ގޮތް ހަމަޖައްސައިފި އެވެ.

ބޭ އޮފް ބެންގޯލްގައި އުފެދުނު، "ވަރުދާ"ގެ ނަން ދީފައިވާ ތޫފާން ޗެންނާއީގެ އައްސޭރި ފަށަށް މިއަދު ހެނދުނު އަރާފައިވާ އިރު، ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރެ އެވެ. އަދި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާ ގުޅިގެން ޓަމިލް ނާޑޫގެ ސްކޫލުތަކާއި ކޮލެޖުތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވީ ޗެންނާއީ އެއާޕޯޓުގައި މިއަދު އެއްވެސް ގޮތަކަށް ބޯޓެއް ނުޖެއްސޭ ކަމަށެވެ. އެހެންވެ، މިއަދު ހެނދުނު ޗެންނާއީ އަށް ދިޔަ ފްލައިޓް ޑައިވާޓުކޮށް، ޓްރިވެންޑްރަމްގައި ޖެއްސީ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ޗެންނާއީ އަށް ދަތުރުކުރަނީ، އެ ސިޓީ އަށް މީހުން ބޭލުމަށް ފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވެސް ދާ ގޮތަށެވެ. މިއަދުގެ ފްލައިޓް ވެސް ޓްރިވެންޑްރަމްގައި ޖެއްސުމަށް ފަހު މިހާރު ވަނީ ޑާކާ އަށް މިސްރާބު ޖަހައިފަ އެވެ.

ނަޝާތު ވިދާޅުވީ ކުރިން ނިންމާފައި އޮތީ ޑާކާ އަށް މީހުން ބޭލުމަށް ފަހު، އެނބުރި އަންނަ މަގުމަތީގައި އަނެއްކާވެސް ޗެންނާއީގައި ޖެއްސޭތޯ ބެލުމަށް ކަމަށެވެ. އެކަމަކު މިއަދާ އަދި މާދަމާ ވެސް އެއްވެސް ފްލައިޓެއް ޖެއްސޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޗެންނާއީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ޗެންނާއީ އަށް ދަތުރު ކުރި ދިވެހިންނާ ވާހަކަ ދެއްކުމުން އެ ބޭފުޅުން ބޭނުންވީ ކޮންމެ ގޮތަކުން ވެސް މިއަދު ޗެންނާއީ އަށް ދާން. އަޅުގަނޑުމެންގެ ހަރަދުގައި، އެއްގަމު މަގުން ޗެންނާއީ އަށް ދެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި،" ނަޝާތު ވިދާޅުވި އެވެ.

ޓްރިވެންޑަރަމުން ޗެންނާއީ އަށް އެއްގަމު މަގުން ދާން ގާތްގަނޑަކަށް އަށް ގަޑިއިރު ހޭދަވެ އެވެ.

އިންޑިއާގެ ދެކުނުގެ ދެ ސްޓޭޓް ކަމަށްވާ ޓަމިލް ނާޑޫ އާއި އަންދުރަ ޕްރަދޭޝް އަށް ތޫފާން ވަރުދާ އަރައި ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އެ ދެ ސްޓޭޓުގެ މަސްވެރިން ކަނޑަށް ނުނުކުތުމަށް އަންގާފައިވާ އިރު، ރެސްކިއު ޓީމުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. އަދި ރިލީފް އޮޕަރޭޝަނަށް އިންޑިއާގެ ކަނޑުގެ ސިފައިން ވެސް ވަނީ ތައްޔާރުވެފަ އެވެ.

6 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 88%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަބީބު

13 December 2016

ޓްރިވަނަންތަޕޫރަން އާއި ޗެއްނާއީ އާއިދެމެދު 8 ގަޑިއިރުގެ ދަތުރެކޭ ބުނެފައިވަނީ ކިހިނެއްކަމެއް ނެއެނގެއެވެ. 775 ކިލޯ މީޓަރުގެ ދުރުމިން މި ދެ ސަހަރު ދެމެދު ހުރެއެވެ. ފްލައިޓުން ދެވެނީ 1 ގަޑިއިރުންނެވެ. ޓެކްސީއިން ދެވެނީ 11 ގަޑި އިރުންނެވެ. ބަހުންދެވެނީ 15 ގަޑިއިރުންނެވެ. ގޭން އައިލޭންޑް ބުނެފައިވާގޮތަށް އިންޑިއާގައި އަދި ކޮމާރޝަލީ މިފަދަ ބާރުމިނުގައި ދުވާ އުޅަދެއް ބޭނުންކުރާކަން އެނގިފައި ނުވެއެވެ.

The name is already taken The name is available. Register?

GAN Island

12 December 2016

އަހަރުމެންގެ ޤައުމީ އެއަރލައިން އިން ހާދަ ބާރަށް ދުވާ ކާރު ނުވަތަ ބަސް ތަކެކޭ ކެރަލާގަ ތިގެން ގުޅެނީ. .. . ގާތްގަނޑަކަށް 800 ކިލޯމީޓަރ ކަޑައްތުކޮށް ކެރަލާއިން ޗެންނާއީ އަށް ދާން 8 ގަނޑި އިރު އެއީ ފްލައިޓް ގަ ދިއުމަށް ވުރެންވެސް ރަނގަޅު ގޮތެއްކަމަށް ބެލެވިދާނެ. ކެރަލާގެ ޓްރެވެންޓްރަމް އެއަރޕޯޓުން ދަތުރުކުރާ ކޮމާޝަލް ފްލައިޓް ތައް އާންމުކޮށް ޗެންނާއީ ގެ Chennai International Airport ދާން މޫސުން ރަނގަޅު ނަމަ އާންމުކޮށް 70 ވަރަކަށް މިނެޓް ނުވަތަ 1 ގަނޑި އިރަށް ވުރެން ނަގާ. . . އިންޑިޔާގެ ދަތުރު ފަތުރުގެ ތާރީޙް ގައި މިހާތަނަށް މިފަދަ ސްޕީޑް ބާރު ބަހެއް ނުވަތަ ޕެސެންގަރ ވެހިކަލެއް ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރިކަމެއް ނޭގޭ.

The name is already taken The name is available. Register?

ޢަލީ

12 December 2016

13 ގަޑިއިރުންވެސް ދެވޭނެ އެކްސްޕްރެސްގައި. ޢެކަމަކު 8 ގަޑިއިރަކުން ނުދެވޭނެ

The name is already taken The name is available. Register?

ޙަލީލު

12 December 2016

ޓްރިވެންޑްރަމް އިން ޗެއްނާއީ އަށް ދާން 08 ގަނޑި އިރެއްނޫން، 18 ގަނޑި އިރުނަގާ އިނގޭތޯ، އެވެސް އަދި ބަހުގަ. ރޭލުގަ ދަންޏާ އެއަށް ވުރެން ވެސް ގިނަ އިރު ނަގާނެ.

The name is already taken The name is available. Register?

ޢަލީ

12 December 2016

ކަލޯ ރޭލު އަވަސްވާނެ

The name is already taken The name is available. Register?

ވާނުވާ

12 December 2016

އަލީ، ރޭލުގަވެސް ނަގާ 18 ގަޑިއިރު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454