ޚަބަރު / އަރަބިއްޔާ ސްކޫލް

މައްސަލަ ހައްލުވެއްޖެ، އަރަބި ތައުލީމަށް އިސްކަން ދޭކަން އެނގިއްޖެ: އަރަބިއްޔާ ޕީޓީއޭ

"ރައީސް ވިދާޅުވި ބަސްފުޅާ އެއްގޮތަށް އެ ކަންތައްތައް ކޮށްދެއްވީ. އަރަބި ތައުލީމަށް ހާއްސަ ސަމާލުކަމެއްދޭކަން އެނގިގެން މި ދިޔައީ"

އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާ ކަމަށާއި އަރަބި ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން މިހާރު ހާމަވެއްޖެ ކަމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން މިއަދު ބުނެފި އެވެ.

އަރަބިއްޔާގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ، އަރަބިއްޔާ މިހާރު ހިންގާ އިމާރާތް ހަލާކުވެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރަން ނިންމުމާ އެކު ބެލެނިވެރިން ފާޅުކުރި ހުރިހާ ކަންބޮޑުވުމަކަށް މިހާރު ހައްލު ހޯދައިދީފި ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން، އަރަބިއްޔާގެ ދަރިވަރުން ގޮސް ހުސްވި ކަމަށާއި މިހާރު އެކަން ހައްލުވެއްޖެ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ، އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

އެކަމަކު، ދެ މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ވުމާއި އިއްޒުއްދީން ސްކޫލްގެ ޖާގަ ކުޑަވުމުން އަރަބިއްޔާގެ ބެލެނިވެރިން ދިޔައީ އިއްޒުއްދީނަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ބުނަމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސްކޫލް ދޮށުގައި މުޒާހަރާ ވެސް ކުރި އެވެ.

އަރަބިއްޔާގެ ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ، އެ ސްކޫލް އެންމެ ފުރަތަމަ ހިންގި އިމާރާތުން ނެރުމަށް ފަހު ކުޑަ ސްކޫލަކަށް ދަރިވަރުން ބަދަލުކުރުމެވެ.

އެ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލް ބިން ހަމަޖައްސައިދީ، ވަގުތީގޮތުން އެ ދަރިވަރުން އެމްޓީސީސީ ސޯމިލް އިމާރާތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަަތަމަ ހިންގީ މަޖީދީމަގުގައި ފްލެޓުތައް ހަދާފައި އޮންނަ ބިމުގަ އެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އާ އިމާރާތަށް ބަދަލުވިއިރު ހުރިހާ ފްލޯއެއް ނުނިމޭތީ ފުރަތަމަ އަހަރު ބައެއް ގްރޭޑުތައް ކިޔެވީ އަމީނިއްޔާގެ ކްލާސްރޫމްތަކެއްގަ އެވެ. ޝާދިޔާ ވިދާޅުވީ އަރަބިއްޔާ އެންމެ ފުރަތަމަ ހިންގި ބިމަށްވުރެ ބޮޑު ބިމެއް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދުނު ކަންތައްތައް ފުރިހަމަކޮށްދީފައިވާތީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގެ އުފަލުގައި މިހާރު މި ތިބީ. ރައީސް ވިދާޅުވި ބަސްފުޅާ އެއްގޮތަށް އެ ކަންތައްތައް ކޮށްދެއްވީ. އަރަބި ތައުލީމަށް ހާއްސަ ސަމާލުކަމެއްދޭކަން އެނގިގެން މި ދިޔައީ. ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ މިހާރު،" ޝާދިޔާ ވިދާޅުވި އެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވަނީ އެމްޓީސީސީގެ ސޯމިލް އިމާރާތެވެ. އެ ތަން ހަމަޖެއްސިކަން ރައީސް އޮފީހުން ވަނީ ޕީޓީއޭއަށް ރޭ އަންގައިފަ އެވެ. ޝާދިޔާ ވިދާޅުވީ އަންނަ ޖެނުއަރީ 16 ގައި ކިޔެވުން ފަށަން ވާއިރަށް ސްކޫލު ތައްޔާރުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެންމެ ދުވަހަކު ވެސް ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓްރީގެ ވިސްނުން ހުރީ ވެސް، ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާގެ އާ އިމާރާތް ހެދެން ދެން ވަގުތީ ގޮތުން އެމްޓީސީސީގެ އިމާރާތުގައި ކިޔަވައިދޭށެވެ. ނަމަވެސް މިހާރު ހަދަމުން އަންނަ އެސެސްމަންޓަށް ފަހު އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ދުވަސްވީ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބުމުގެ އުފަލުގައި އަރަބިއްޔާ ސްކޫލުގައި މިރޭ ބޮޑު ޖާފަތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

61 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 2%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްތާ

23 December 2021

2018 އިން ފެށިގެން އެ އިމާރާތުގެ ހާލަތާ ބެހޭ ގޮތުން އެތައް ވަރަކަށް ސަރުކާރުގެ ސަމާލުކަމަށް ކަންކަން ގެނައީމަ އެއްވެސް ކަމެއް ނުކޮށް ތިބެ އިހަކަށް ދުވަހު މި ނޫހުގައި ލިއުމެއް ޖަހާލި ހިސާބުން ކަންކަން މާ ބޮޑަށް ހޫނުވެ ބެލެނިވެރިންނާ މީހުން މުޒާހަރާކޮށްގެން ހަފްތާއެއް ތެރޭގައި ބިމެއް ހަމަޖައްސާލާ ވަގުތީ އިމާރާތެއް ހަމަޖައްސާލާ އާ ސްކޫލް އަޅާނެ ތަން ހަމަޖައްސާލާ ހެދުނީމަ އެ ފެންނަނީ އިސްކަންދޭކަންބާ؟ ބޭނުންނަމަ ހަފްތާއަކުން ހަމަޖެއްސެން އޮތް ކަމެއް؟

The name is already taken The name is available. Register?

އަނހަ

23 December 2021

ކީހައި ޅެމެއް ފަރިއްސަށްވީ އެވެ.

The name is already taken The name is available. Register?

އަހުރެން

23 December 2021

އަރަބި ތައުލީމު މިއީ ކޮން އެއްޗެއްތޯ؟ ދީނީ ތައުލީމަކީ އަރަބި ތައުލީމަކަށް ނުވާނެ. އަރަބި ބަސް އެއީވެސް މިހާރު ދީނެއްތޯ؟

The name is already taken The name is available. Register?

ކޮއްޓެއްޚް

23 December 2021

އަރަބިންނަށްވެސް ރާއްޖޭގަ އުޅެވެންވާނެ

The name is already taken The name is available. Register?

ކަނީރު

23 December 2021

ޑިމޮކްރަސީގެ ރިވެތި ސިފަތަކުގެތެރެއިން އައިކަމެއް. ހުރިހާ ޝުކުރެއް ޑިމޮކްރަސީގެނައި މީހުންނަށް.

The name is already taken The name is available. Register?

އަބްޑޫޅް

22 December 2021

މިރާއްޖެ އަކަށް އަރަބި ތައުލީމެއް ބޭނުވެއް ނުވޭ. މިރާއްޖޭގަ މިހާރު މިއޮތް އިިގިރޭސި ތައުލީމަކީ، މުޅި ދުނިޔެއަށް ދޮރު ހުޅުވޭ، ތަހުޒީބުވެފައިވާ ތައުލީމީ ނިޒާމެއް. އެއްވަނަ ދުނިޔެއިން ތިންވަނަ ދުނިޔެއަށް ދިޔުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ޕީއެޗްޑީސްޓޫޑެންޓެއް

23 December 2021

އަބްޑޫލް ތިޔައީ ވަރަށް ނާތަހުޒީބު ކޮމެންޓެއް. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޔުނިވަރސިޓީތަކުގަ އެތައް ބަހަކަުން ކިޔެވެން ހުރޭ. އެތައް ކަމަކާ ގުޅޭ ގޮތުން ރިސަރޗްކުރެވެން ހުރޭ. ވަރަށް ހީނުވޭ ތިބޭފުޅާ ދުވަހަކުވެސް ބޭރުގެ ގައުމެއްގައި ކިޔެވި ހެނެއް.

The name is already taken The name is available. Register?

މީމުޝާ

23 December 2021

އބޑލ، ގަތަރު މިސާލަކަށް އެއީ މިހާރު ދުނިޔޭގައި ޕަރ ކެޕީޓަރ ޖީޑީޕީ އެންމެ މަތީ ގައުމު. އަރަބި ގައުމުތަކުގައި އެތައް ބައިވަރު ޔޫރަޕު މީހުންވެސް މަސައްކަތްކުރޭ. އަރަބި ބަހަކީ ޔޫއެންގެ 5 ބަހުގެ ތެރެއިން އެއްބަސް. ހަމަ ހައިރާންވެއްޖެ ތިޔަ ކޮމެންޓުން. ދުނިޔެ އާ މެދު ހޭލުންތެރިކަން ހާދަ ކުޑައޭ. ދިވެހިންތެރޭގަ ތިބި ވަރަށް ގިނަ ޓެކްނިކަލް އިންޖިނިއަރސް އަކީ ވެސް ކުރިން މައުހަދުން ކިޔެވިކުދިން. މިސާލަކަށް ރާއްޖޭގެ ހަމައެކަނި ޖިއޯޓެކްނިކަލް އިންޖިނިއަރ.

The name is already taken The name is available. Register?

ކޮއިރާ

23 December 2021

ދުނިޔޭގެ އެންމެ ރަނގަޅު ތައުލީމީ ނިޒާމުތަކުގެ ތެރޭގައި މި ހިމެނެނީ ސިންގަޕޫރު ނިޒާމާ ފިންލެންޑު ނިޒާމް މި 2 ނިޒާމަކީވެސް ހަމަ އެއްގޮތަކަށްވެސް އިނގިރޭސީންގެ އޯލެވެލް އޭލެވެލް ނިޒާމެއް ނޫން

The name is already taken The name is available. Register?

މޮހިތު

23 December 2021

އަރަބިން ވެސް މިހާރު ކިޔަވަނީ އިނގިރޭސި މީޑިއަމް އަށް!

The name is already taken The name is available. Register?

ހަސީ

22 December 2021

އަޅުގަނޑުގެ ދަރިން އަރަބިއްޔާ ގަ ވެސް ޖަމާލުއްދީނުގަވެސް ނޫޅޭ. އާއްމު ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑު ގެ ހިޔާލު - ޖަމާލުއްދީން ކޮއްޓަށް އިތުރު ސްކޫލެއް ލުމުގެ ބަދަލުގަ ޖަމާލުއްދީން ސްކޫލަށް އެ ބިން ދީ، ޖަމާލުއްދީން ސްކޫލް ބޮޑުކުރަން ފެނޭ. އަދި ޓާޓާ އަށް ދީފައި އޮތް ބިމުގައި އަރަބިއްޔާ ސްކޫލް އަޅަން ފެނޭ. ބަދަލުގައި ޓާޓާ އަށް މިހާރު އަރަބިއްޔާ ސްކޫލް ހުރިބިން ދެވިދާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

23 December 2021

ޓާޓާ އަށް އެއްވެސް ބިމެއް ދޭކަށް އަޅުގަނޑަކަށް ނުފެނޭ.

The name is already taken The name is available. Register?

ބޮޑުމީހާ

22 December 2021

އަރަބި، ދުރޫސުލް އަޚްލާގު، ދިވެހި ސަގާފަތް އާދަކާދަތައް ކިޔަވާދޭންވީ ޔުނިވަސިޓީއާއި ހަމައަށްވެސް

The name is already taken The name is available. Register?

އަބްޑޫޅް

23 December 2021

އަރަބިންނާ ދިވެހި ސަގާފަތާ އެއްވެސް ގުޅުމެއް ނެތް. ސައިންސާއި ޓެކްނޯލޮޖީގެ މާދަރީ ބަހަކީ ވެސް އިގިރޭސި ބަހާއި އެހެނިހެން، ހުޅަނގުގެ ބަސްތައް. ބަހުގެ ގޮތުން ބަލާއިރުވެސް ދިވެހި ބަހާ ތިމާގެއީ އިގިރޭސި ބަސް. އަރަބި ބަހާ ދިވެހިބަހާ، ބަހުގެ ގޮތުން، ތިމާގެކަމެއް ނެތް.

The name is already taken The name is available. Register?

ދިވެހިންހޭލުންތެރިވަމާ

23 December 2021

އަބޭޑޫލް އަކީ އެއްވެސް ވަރަކަށް ދުނިޔަށް ހޭލުންތެރިކަމެއް ނެތް މީހެއް ހެން ހީވަނި. އިގިރޭސި ވިލާތުގަވެސް އެކި ބަސްބަހުން ކިޔެވޭ. އަރަބި ބަހުން ޕޯސްޓްޑޮކްޓޯރަލް އަދި އެއަށްވުރެ މައްޗަށްވެސް ކިޔެވޭ. އަބޭޑޫލް ރަނގަޅަށްވިއްޔާ އޯލެވެލް އާ ހަމައަށްވެސް ނުކިޔަވާހުރެ، ކޮމެންޓް އެކުރަނީ. ހީވާގޮތުން އަރަބި ދެކެ ރުޅިއަންނަނީ ކޮންމެވެސް އެހެން ސަބަބަކާ ހެދި.

The name is already taken The name is available. Register?

12345

23 December 2021

ބޭރުގެ އިލްމުވެރިން އަރަބި ބަސް އުނގެނެނީ އިލްމުގެ ހަޒާނާ ކަމުގައިވާ ކީރިތި ޤުރުއާނާ ހަދީޘް އެމީހުން ދަސްކުރަން ބޭނުންވާތީ. އެއީ އެމީހުންގެ މުޖުތަމައު ބިނާކުރުމަށް. އަރަބި ބަހަކީ، ކީރިތި ޤުރުއާން އެބަހަކުން އައިސްފައިވާ ބަސް. އެކަމަށްޓަކައިވެސް މުސްލިމުން އަރަބި ކިޔަވާ. ރަސޫލުﷲ ޞޢވ ގެ ހަދީޘްތައް ދެނެގަނެވެނީ އަރަބި ބަސް ރަނގަޅަށް އެނގިގެން. މުސްލިމުން ފާސިދުވެ މާއްދިއްޔަތަށް ގެއްލި ހަލާކުވެފައިވާ މިންވަރު މިކޮމެންޓްތައް ކިޔައިލުމުން އެނގޭ.

The name is already taken The name is available. Register?

8987

23 December 2021

އެންމެ ރިވެތި އަޙްލާޤަކީ، އިސްލާމީ އަހްލާޤް. ހުޅަނގުގައި އޮތީ މުޑުދާރުކަން. އެމީހުން މިހާރު ތަރައްގީވެފައިއެވަނީ އިސްލާމީ ސަގާފަތުގެ ތެރެއިން. ބޭސްވެރިކަމާ ޓެކްނޮލޮޖީއާ އެސްޓްރޮނޮމީ ފަދަ އެތައް އިލްމެއް އެމީހުން ދަސްކުރީ އިސްލާމީ އިލްމުވެރިންގެ ކައިރިން. މަޝްހޫރު ކޮމަންލޯގެ އުސޫލުތަކަކީ، އިނގިރޭސިވިލާތުގައި އުޅުނު މުސްލިމުން ކައިރިން އެމީހުން ދަސްކުރި އުސޫލުތައް. މިއީ ތާރީޚު ހެކިވާގޮތް. ދުނިޔޭގައި އެންމެ ޖާހިލުން ގިނަ ގައުމަކަށްވާނީ ދިވެހިރާއްޖެ

The name is already taken The name is available. Register?

ކަޕްޑޫލް

23 December 2021

އަބްޑޫލް ބުނަނީ ދިވެހިބަހާ ޢަރަބި ބަހާ ތިމާގެ ކަމެއް ނެތޭ. ދިވެހި ތިކިޖެހި ތާނަ ބޭނުންކޮށްގެން ލިޔާ ޢަރަބި ބަސްތައް އައިސްގެން އުޅެނީ އެހެންވިއްޔާ އިނގިރޭސިބަހުންތަ؟ ސިންހަލަ އެތައް ބަހެއް ދިވެހި ބަހާ އެއްގޮތީ އިނގިރޭސި ބަހުގެ ތެރެއިން އައިސްގެންތަ؟ ރާއްޖެ އިސްލާމްކުރި ކަމަށް ބުނާ މީހަކީ އިނގިރޭސިއެއްތަ؟ ކޮން ގޮތަކަށް ބަހުގެ ދިރާސާކޮށްގެން ނިކުތް ނިންމުމެއްގެ ވާހަކަތަ ތި ލިއަނީ؟

The name is already taken The name is available. Register?

މިއަދު

22 December 2021

އަރަބި ތައުލީމަށް އިސްކަން ދިނީކީނޫން ބެލެނިވެރިންގެ ޕްރެސަރަށް ގޮތްހުސްވީ

The name is already taken The name is available. Register?

ދޮންހުސޭނު

22 December 2021

ތިޔައީ އެދުންވެރިކަމެއް، ނާގާބިލް ބައެއްގެ ކުރިމައްޗަށް އޮއްސާލީމާ އެމީހުން އުނބަށް ޖެހެމުން، ތިމަންމެންހައި އިޚުލާސްތެރިބަޔަކު ނެތްކަމަށް ދެއްކެން އޮއްސާލި ބަހަނާއެކެވެ. އިހަށް ވެސް ތިޔަ ތަނުން ތި ފާޑަކަށް ބޮޑާ ހާކާ އުޅުނެވެ. މިހާރު އަނެއްކާވެސް ހޭކީއެވެ. ދެންވެސް ހާކާނެތެވެ. ދައުލަތަކަށް ދައުލަތެކޭ، ސަރުކާރަށް ސަރުކާރެކޭ ކިޔާ ސަބަބު ބޮޑާ ހާކާ މީހުންނަށް ވެސް ސަރުކާރު ހިންގަންތިބި ބަޔަކަށް ވެސް މޭރުންވާހެން ހިޔެއް ނުވެއެވެ. ދައުލަތުން ނާށިގަނޑު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454