ވެލާނާ އެއާޕޯޓްގައި މަތިންދާބޯޓުތަކެއް: ޗާޓާކޮށް އަންނަ ފްލައިޓުގެ އަދަދު ވަނީ އިތުރުވެފައި
22 ޑިސެމްބަރ 2021 - 21:39
ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަން އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އަށް ޗާޓާ އެއާލައިން އެބައޮތް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ވޭތުވެދިޔަ ދެ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ. މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައީ ޗާޓާ ހަތަރު އެއާލައިނެއްގެ ފްލައިޓްތަކެވެ. އަދި 2019 ވަނަ އަހަރު ޗާޓާކޮށްގެން ދަތުރު ކުރަނީ ތިން އެއާލައިނެއްގެ ފްލައިޓްތަކެވެ.
މިވަގުތު ޗާޓާކޮށް ދަތުރު ކުރަނީ ގަލިވްއެއާ އާއި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިން އާއި އުސްބަކިސްތާން އެއާލައިން އާއި އަޒުރް އެއާ ރަޝިއާ އާއި ލޮޓް ޕޮލިޝް އެއާލައިންގެ އިތުރުން މެއިޓް މޮންގޯލިއަން އެވެ. އަދި އަންނަ މަހު ނޯޑްވިންޑާއި ކްލާސްޖެޓްގެ ދަތުރުތައް ވެސް ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ އާ ޗާޓާ ދަތުރުތަކާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގައި ވެސް ޓޫރިޒަމްގެ ޕީކް ސީޒަނާއި އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓްގައި ތޮއްޖެހުން އަންނަނީ ބޮޑުވަމުންނެވެ. ބައެއް ފަރާތްތަކުން މިހާރު ވެސް އަންނަނީ އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އަހަރު ވެސް ޕީކް ސީޒަން އައިއިރު އެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.
އެމްއޭސީއެލް އިން ބުނީ މައްސަލަ އަށް ދާއިމީ ހައްލެއް އަންނާނީ އެއާޕޯޓްގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަޒްްނާ
23 December 2021
މަދު ކައުންޓަރު ތަކުން ހިދުމަތް ދިނީމަ ވާ ގޮތް.
ކުރުކޮށް
23 December 2021
އެމްއޭސީއެލުން އުޅެނީ ދެވަނަ ރަންވޭ ބޭނުން ކުރަން ނޭނގިގެން އެތަނުގަ ހުރި ދުވަސް ވީ ޢިމާރާތެއް ތަޅައި ނުލެވިގެން ޢިމާރާތް ސަބަބަކަށް ހަދައިގެން ގަޑި ދެގަޑިއިރު ވަންދެން ފްލައިޓް މަތީގަ ރޫރު އަޅައަޅާ
ގިޔާސް.
23 December 2021
ކ.އަތޮޅު މާލޭ އެއަރޕޯޓް ނޫން އެއަރޕޯޓްތައްވެސް ދިވެހިރާއްޖޭގައި އެބަހުރި. އެތަންތަނަށް ބޯޓް ޖެއްސޭގޮތް ހަދާ މުޅި ރާއްޖެއަށް އިޤްތިސޯދު ފަތުރަން ދެކޮޅު ހަދަނީ ކީއްވެ؟ ގަމާއި ހަނިމާދޫ އޮޕަރޭޝަނަށް ގެނައިމަ ތިހުރިހާ ކަމެއް ހަމަޖެގި އެސަރަޙައްދު ތަކުގެ ރައްޔިތުނަށްވެސް އާމްދަނީ ލިބޭނެ މަސައްކަތެއް ކުރެވިދާނެ.
ބޮޑުމީހާ
23 December 2021
ދެން ތިހުރިހާ ޑޮލަރެއް ވަންނަތަން ހޯދަންވެއްޖެނުން! ޑޮލަރުން ގައުމު ފުރެނީ އެކަމަކުވެސް ޑޮލަރުގެ އަގު އިންތިހާއަށް މަތީގަ. ރިސޯޓް އޯނަރުންގެ ނިދާ ބާލިސްދަށަށް ޑޮލަރު ބޮޑިތައް ލައިގެންތަ ނިދަނީ
އަފްޝީން
23 December 2021
ޕީކް ސީޒަނާ އެކު ޗާޓާ އެއާލައިންތައް އިތުރުވެ ޑޮލަރު އަގު މަތިވެ ޑޮލަރު ލިބުން ހުއްޓިއްޖެ…. މި ޙެޑިންއަށް ވެސް ޚަބަރެއް ލިޔެލާ
އޮނަރަބްލް އަފީފު ދީދީ
22 December 2021
ފަތުރުވެރިން ރާއްޖެއަށް ވިއްކާ ޑޮލަރު ވަންނަނީ ރިސޯޓް މަހުޖަނުންގެ ޖީބަށް. މިދެންނެވި މަހުޖަނުންގެ ބޭންކް އެކައުންޓްތައް ހުރީ މޮނާކޯ، ސްވިޓްޒަލެންޑް، ސްވިޑަން އާއި ސިންގަޕޯރ ފަދަ ޤައުމުތަކުގެ ބެންކް ތަކުގައި. # އަދި ތިޔަ މުއްސަދިކަމުގެ މަންފާއެއް ލިބޭނަމަ ދެން ލިބެނީ ކ.އަތޮޅު މާލެ އަށާއި މާލޭގައި ދިރިއުޅޭ ބަޔަކަށް. ތުރާކުނުން އައްޑުއަށް ފެތުރިފައިވާ އެހެން ރަށްރަށުގެ މީހުން ވަނީ މުޅިން ބާކީކޮށް އެކަހެރިކޮށްފަ.
ސީޒަން ޖެކުހަން
22 December 2021
އާޓާމިނަލް ބޭނުންކުރެވޭނީ އަދި ސަލްމާނުމިސްކިތްވެސް ހުޅުވޭނީ ކަލޭމެން ވެރިކަމުން ފޭބީމާ.