ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަރީރު މޫން މަހާވަރާއި އެމްއެމްސީގެ ރައީސް މިއަދު ސަލާމް ކުރައްވަނީ.
28 ޑިސެމްބަރ 2021 - 22:38
ދިވެހި ނޫސްވެރިން ތަމްރީން ކުރުމުގެ ފުރުސަތުތަކެއް އިންޑިޔާ އިން ހޯދުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ހައި ކޮމިޝަނަރު މުނު މަހާވަރާއެކު މިއަދު މަޝްވަރާ ކޮށްފި އެވެ.
އިންޑިއާގެ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައި، ދިވެހި ނޫސްވެރިން އިންޑިޔާ އަށް ފޮނުވައިގެން ތަމްރީނު ޕްރޮގްރާމް ހިންގުމަށާއި އެ ގައުމުގެ ތައުލީމީ ހިދުމަތް ދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމް ފެށުމަށް އެ ދެ ފަރާތުން މަޝްވަރާކުރި ކަމަށް އެމްއެމްސީން ބުންޏެވެ.
MMC meets with HE Mr. Munu Mahawar, @AmbMunu High Commissioner of India, to discuss opportunities for journalist capacity development with the help of the Indian government. pic.twitter.com/opnuYtehbK
— Maldives Media Council (@mmc_mv) December 28, 2021
އެ އިދާރާ އިން ބުނިގޮތުގައި، ބައެއް ތަމްރީނު ޕްރޮގްރާމް އޮންލައިންކޮށް ހިންގުމާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކެއް ދިވެހި ނޫސްވެރިންނަށް ހޯދައިދިނުމަށް މަޝްވަރާ ކުރި އެވެ.
އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިން ތަމްރީނު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންޑިޔާގެ ސަފީރު މުނު މަހާވަރު ދެއްވި ކަމަށެވެ. އަދި މީޑިއާ ކައުންސިލާއި އިންްޑިޔާގެ ޕްރެސް ކައުންސިލާ ގުޅުން ބަދަހިކޮށް، އެ ދާއިރާ އިން ތަމްރީނު ޕްރޮގްރާމް ލިބޭނެ މަގު ފަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް އެމްއެމްސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނާ
29 December 2021
ހުރިހާ ދިމާއަކުން އިންޑިއާގެ ދަށުވެ ނިމެނީ. އެންމެ ފަހުން އަނގަމަތީ ޓޭޕް އަޅާނީވެސް އެމީހުން.
ޟަހުބޫރު
29 December 2021
ތިޔަ މަސައްކަތަށް ކިހާ ސިފައިނެއް ބައިތިއްބަން ޖެހޭނެބާ!
މޮޔަ އިންޑިޔާ
29 December 2021
އިންޑިޔާ ތިއީ ޕް ރެސް ފް ރީޑަމް އޮންނަ ބައެއްވެސް ނޫން. ޓްވިޓަރ އެކައުންޓްތަކުގައި ސަރުކާރާއި ދެކޮޅަށް ލިޔާ އެއްޗެހި ބަލާ، އެ އެކައުންޓްތައް ސަސްޕެންޑް ކޮށްހަދާ ބައެއް. ކަޝްމީރުގައި އިންޓަރނެޓް ކަނޑާލައިން ކިތެއް ދުވަސް ބެހެއްޓި. އަނިޔާވެރި ބައެއް. ދިވެހިން މިމީހުން ކައިރިން ދަސްކުރަންވީ އެއްޗެއް ނެތް.
އެކަހަލަކަމެއްނޫން
29 December 2021
ތަމްރީނުކުރުމަކީ އަޑުއަހާލަން ފަސޭހަ ބަހެއް. އެކަމަކު އެކުރާ ތަމްރީނަކީ ސިކުނޑިދޮވެލުން ކަމަށް ވިޔަނުދޭނެކަމަށް އުންމީދުކުރަން. އިންޑިޔާގެ މިނިވަންކަމަށް އަސަރުކުރާނޭހެން ބޭރު ގައުމުތަކާ ގުޅުން ބޭއްވުމަށް އިންޑިޔާގެ ރައްޔިތުން ނޭދޭނެ ފަދައިން ދިވެހި ރައްޔިތުންވެސް މިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ މިންވަރަށް އިންޑިޔާ ކީއްކުރަން އެނޫން އެހެން ގައުމަކާއެކުވެސް ގުޅުން ބޭއްވުމަކީ އަޅައިނުލައި ދޫކޮށްލާނެ ކަމެއްނޫން..
ނަނަނަ
29 December 2021
ނޫސްވެރިން ބޮލަށް އިންޑިއާ ޗިޕް ޖަހާނެ ގޮތެއް ހޯދީ ދޯ؟
ކޮތަރު
29 December 2021
ދެން ބޮނޑިބަތް ކައްކަން ދަސްކޮށްދިނަސް، ބަށި ކުޅެން ދަސްކޮށްދިނަސް، މަސްހުނި ހަދަން ދަސްކޮށްދިނަސް ދަސްކޮށްދޭނީ އިންޑިއާގެ އެހީގައި އެޤައުމުގެ މީހުން ގެނެސްގެން
ސޯސަންމާ
29 December 2021
އެއްވެސް ޤައުމެއްގެ ވަކިވަކި މުއައްސަސާތައް، އެ ޤައުމެއްގެ ޚާރިޖީ ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައި ނޫން ގޮތަކަށް ބޭރު ޤައުމެއްގެ އެމްބަސީއާ ޑީލްހަދާ ކަމެއް މީގެކުރިން އެނގިފައެއް ނެތް.
ބެއްޔާބެގެ ދަރި
29 December 2021
އެމްއެމްސީއަކީ ވަކި ގާނޫނަކުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރު އޮތް މިނިވަން މުއައްސަސާއެއް. ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭނެ.
ބެއްޔާބޭ
29 December 2021
ދެން މިގައުމުގަ އެ ގައުމުން ހިންގާ މަޝްރޫއުތަކުގެ ވާހަކަ މިގައުމުގެ މީހުން ނުދައްކާ ސަފީރު ދައްކަން ހަމަޖެހުނު ގޮތެއްވެސް ސާފުކޮށްދޭންވީނު؟
މުއްލާ
29 December 2021
އިންޑިޔާއޭ؟ ކީއްވެތަ ސީރިޔާ އައް ނުފޮނުވަނީ؟ އިޜާނައް؟ ސައޫދީ އައް؟ ޔަމަނައް؟ ޢިރާގައް؟ އަފްގާންއައް؟
ފުތާބެ
28 December 2021
ވޯރާއިން މުޅި ރާއްޖެ ކޮންޓުރޯލް ކުރަން ގެންގުޅުން ޓެކްޓިކްސް މިހާރުވެސް އެ ގެންގުޅެނީ. ދިވެހިންނަށް މާޒީން އިބުރަތެއް ނުލިބި އުޅެނިކޮށް ދެވަނަ ފަހަރަށް ކަށި ޖަހާނެ. އެކަމު އޭރުން ދެން ހިޔެއްނުވޭ ކުރިން ސަލާމަތްވިހެން މިފަހަރު ސަލާމަތް ވާނެހެން.
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
28 December 2021
ބޯހަލާކު. ދެން މިމީހުން އައިސް ލިޔާނީ އިންޑިޔާ މޮޅުވާހަކަ. ޗައިނާ ދަށްވާހަކަ. ރާއްޖެ އިންޑިޔާ ދަށުވާންޖެހޭނެ ވާހަކަ. އިންޑިޔާ ފަސްޓު ވާހަކަ.