ޚިޔާލު / ހުޅުމާލެ

ބިން ވިއްކުމުގެ ދެބަސްވުމުން "ނަސްލީ" ކޯޅުމަކަށް

ހުޅުމާލެ ދެވަނަ ފިޔަވަހި. ބިން ވިއްކުމުގެ މައްސަލަ ހޫނުވެ މާލެ-ރާއްޖެތެރެ ބަހުސް އަނެއްކާވެސް ވަނީ ފެށިފައި. --ފޮޓޯ: ނިޝާން އަލީ/މިިހާރު

އެއްކޮޅުން މި ކިޔަނީ ކަލޭމެން މާލެއަށް އައީ އަހަރެމެން ބުނެގެން ހެއްޔޭ އެވެ. ރަށުގައި ތިބި ނަމަ ކުލި ބޮޑުވެގެން، ބިން ނުލިބިގެން އުޅޭކަށް ނުޖެހުނީނުންހޭ އަހަރެމެން މާލެއަށް އުފަންވެ މި ތަނުގައި އުޅެ މަރުވެގެން ދާއިރު ވެސް އަމިއްލަ ބިންކޮޅެއް ވަންނާނެ ތަނެއް ނެތިފައި ތިބެންވީ ހެއްޔޭ ބުނެ އެވެ. ރަށްރަށުން މާލެ އައިސް މިތަނުގައި ދިރިއުޅުން ބިނާވެފައިވާ މީހުން އަނެއްކޮޅަށެވެ. މާލެ އައީ އަންނަން މަޖުބޫރުވާ ގޮތަށް ސިޔާސަތުތައް ހުރުމުން ކަމަށާއި ރަށްތަކުން ހިދުމަތްތަކާއި ވަޒީފާ ލިބޭނެ ގޮތަށް ތަރައްގީކުރި ނަމަ މާލެ އޮތް ކޮޅަށް ބޯވެސް ނުލާނަމޭ ބުނެ އެވެ.

މި ބަހުސް އަދިވެސް ވާން އޮތީ ހޫނެވެ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުލިބި އޮއްވައި އެ މީހުންގެ އުފަން ރަށުން އެހެން ބަޔަކަށް ގެދޮރު ލިބުމަކީ ހިންދިރުވާލާފައި ގަބޫލުކޮށްލައިގެން ތިބެން ފަސޭހަ ކަމަކަށް ނުވަނީ ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައި އޮތް މިންވަރު ބޮޑުކަމުންނެވެ. މައްސަލައިގެ ހައްލަކަށް ސަރުކާރުގެ ވެސް ވިސްނުން ހުރީ މާލޭ މީހުންނަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ބޯހިޔާވަހި ކަމުގެ ހާއްސަ މަޝްރޫއުތަކެއް ހިންގުން ކަމަށް ވާއިރު، ދެން މި ތަނުގައި އުޅޭ އެހެން މީހުން ވެސް ހަމަ އެއް ޝަކުވާއެއް ކުރާނެ އެވެ؛

ބިމެއް ހިއްކީމާ އެއީ މާލެ ހެއްޔެވެ؟ ހިއްކާ ބިމަކުން މާލޭ މީހުންނެކޭ އެހެން މީހުންނެކޭ އެއް ހަމައަކުން ބިން ނުވަތަ ފްލެޓް ލިބެން ޖެހޭ ކަމަށް ބުނާނެ އެވެ.

އެންމެ ބޮޑު ޒުވާބަކީ މާލޭގެ ބިން ވެސް ހިއްކަނީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމަށް ވާތީ ހުރިހާ އެންމެންނަށް އެތަން ހައްގުވާނެ ކަމަށް ބުނެ އެވެ. މާލޭ މީހެއްގެ ފަރާތުން ރައްދަކީ ރަށެއްގައި ހިއްކާ ބިމަކުން މާލޭ މީހުންނަށް ވެސް ބިން ލިބޭނެ ކަމަށް ބުނެފި ނަމަ އެ ރަށެއްގެ މީހުން ހިތްހަމަޖެހޭނެތޯ އެވެ. ރަށު މީހާއަށް އިސްކަން ދޭން ނުޖެހޭނެތޯ އެވެ.

ހުޅުމާލެ ފުރަތަ ފިޔަވައްސާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ބްރިޖުގައި ބަޔަކު މަސައްކަތްކުރަނީ.-- ނިޝާން އަލީ /މިހާރު

ރަށްރަށުގައި ވެސް ބިން ހިއްކަނީ ހަމަ އެންމެންގެ ފައިސާއިންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. މާލޭ މީހުންނަށް ނުދޭންވީ ކީއްވެ ހެއްޔެވެ؟

ބިން ބޮޑު ރަށްތަކުން ރާއްޖޭ ކޮންމެ މީހަކަށް ވެސް ބިން ލިބޭ ގޮތަށް އެތައް ފަހަރަކު ގޯތި ދީފި އެވެ. މިގޮތަށް ދިނުމުގައި ވެސް ބައެއް ޝަރުތުތައް ހުރެ އެވެ. އެކަމަކު މިހެން ދޫކުރި ބިންތައް ބޮޑަށް ވެފައި ވަނީ މުއްސަނދި މީހުންގެ ހޮލިޑޭ ހޯމްތަކަށެވެ. ދިރިއުޅުމުގެ އަސާސީ ބޭނުމަކަށް ނުވި އެވެ.

ވަކި ރަށެއްގައި ރަޖިސްޓްރީ އޮތުމުން ތަފާތެއް ނުކުރެވޭނެ

މާލެ-ރާއްޖެތެރެ ބަހުސްގައި އެންމެ ބޮޑަށް މި ދެކެވެނީ އެ މީހެއްގެ އަމިއްލަ ރަށުން އެ މީހަކަށް ކަންކަން ހާއްސަވާން ޖެހޭނެ ކަމަށެވެ. މާލޭން ބިން ދޭއިރު މާލޭ މީހުންނަށް އަދި އެހެން ރަށަކުން ބިން ދޭ ނަމަ އެ ރަށެއްގެ މީހުންނަށް ހާއްސަވާން ޖެހޭނެ ކަމަށެވެ. އެކަމަކު ގާނޫނުއަސާސީގައި މިކަން އޮތީ އެހެންނެއް ނޫނެވެ.

ގާނޫނުއަސާސީގެ 41 ވަނަ މާއްދާގައި "ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން" ބަޔާންކޮށް އޭގެ ދަށުން ބުނެފައި އޮންނަނީ؛

- ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ.

- އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ.

އެހެންވެ ވަކި މީހަކު ވަކި ރަށެއްގައި ވަޒަންވެރިވުމަކީ ވަކި ހައްގަކުުން މަހުރޫމުވާނެ ކަމެއް ނޫނެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ތަފާތުކުރުމެއް ނެތި އެއް ހަމަޔަކަށް ހުރިހާ ކަމެއް ވެސް ލިބެންޖެހޭނެ އެވެ. އެކަމަކު ކަން ހިނގަނީ އެންމެ ކުރިން ފެށިގެން ވެސް އެހެންނެއް ނޫނެވެ. އެ މީހެއްގެ ދާއިމީ އެޑްރެސް އޮތް ރަށަކުން އެ މީހުންނަށް ހާއްސަ ކަންކަން ހުރެ އެވެ. އެހެންމެ މާލެ-ރާއްޖެތެރެ ބަހުސްގައި މި ދައްކަނީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ.

"މާލޭ މީހުންނަށް" ކޮން ގޮތެއް

މާލޭ މީހަކަށް ވުމަކީ ކުށެއް ނޫނެވެ. ކޮންމެ ގެއެއް ބަހައި ފޮތިކުރަމުން ގޮސް މަގުމަތިވެފައިވާ އެތައް އާއިލާއެއް މާލޭގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. އެ މީހުންނަށް ގޮތެއް ހޯދައިދޭން ކުރާ ކޮންމެ ކަމަކީ ތަފާތުކުރުމެއްގެ ގޮތުގައި ބެލުން އެއީ އިންސާފަކަށް ނުވާނެ އެވެ. އެއީ ތަފާތު ކަމެއް ހުރި ބައެއްގެ މެދުގައި ތަފާތުކުރުން ގެންގުޅުން އެއީ މައްސަލައަކަށް ނުވާތީ އެވެ.

އެކަމަކު މި މައްސަލަ، ގޯތި ދީގެން ހައްލުވާނެ ހެއްޔެވެ؟

އެއްބަޔަކު ގަބޫލުކުރަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭން ބިން ދިން ގޮތަށް އަދިވެސް ބިން ދޭން ޖެހޭނެ ކަމަށެވެ. ބިމުގެ ދަތިކަން މިހާ ބޮޑުކޮށް އޮންނައިރު އިން ވަކިކޮށްފައި ވަކި މީހަކަށް ބިމެއް ދިނުން އެއީ އަސްލު މައްސަލަ ހައްލުނުވާ އެއް ސަބަބު ކަމަށް ގަބޫލުކުރަން ޖެހެ އެވެ. "ވެހިފަހި މާލެ" ސިޔާސަތުގެ ދަށުން މާލެއިން ކުދި ބިންކޮޅު ދޫކޮށްލި މީހުންނަށް ހުޅުމާލެއިން ދީފައި ހުރި ބިންތަކަށް އެކަނި ބަލައިލިޔަސް މިކަން އެނގޭނެ އެވެ. އެގޮތަށް ދީފައި ހުރި ގޯތިތައް ހުރި ސަރަހައްދުގައި ފްލެޓް އެޅި ނަމަ އެއީ ކިތައް ހާސް މީހުންގެ ބޯހިޔާވަހި ކަމަށް ވާނެ ހެއްޔެވެ؟ ބިން ދިނުމުން މަދު ފަހަރެއްގައި ނޫނީ ބަދަލުވަނީ އަމިއްލަ ރިއަލްއެސްޓޭޓް ވިޔަފާރިއަކަށެވެ.

ބިމުގެ ދަތިތައް މިހާ ބޮޑު ގައުމެއްގައި، ދިރިއުޅެން ބިން ލިބޭނެ ތަންތަނާއި ނުލިބޭނެ ތަންތަން އޮންނަން ޖެހޭނީ ކަނޑައެޅިފަ އެވެ. ހަމައެއް އުސޫލެއް އޮންނަންޖެހެ އެވެ. ބިމުގެ ސައިޒާއި ތޮއްޖެހުން އޮތް މިންވަރާއި އާބާދީ ފަދަ ކަންކަމަށް ބަލައި ބައެއް ރަށްތަކަކީ ދިރިއުޅެން ބިން ދިނުމުގެ ބަދަލުގައި ފްލެޓް އަޅަންޖެހޭ ތަންޔަނުގައި ގޮތުގައި ކަނޑައަޅަން ޖެހެ އެވެ. ސަބަބަކީ ބިމަކީ އަބަދު ބޮޑުކުރެވޭނެ އެއްޗަކަށް ނުވާތީ ކޮންމެވެސް ހިސާބަކުން ބިން ހުސްވެ އަދި ބިން އިތުރު ވެސް ނުކުރެވޭނެ ހިސާބަށް ދާނެތީ އެވެ. ހަމަ އެގޮތަށް، ސޯޝަލް ހައުސިންގައި ސަރުކާރުން ދޭ ފްލެޓްތަކަކީ މީހުންގެ މުދަލެއް ކަމަށް ވާ ގޮތަށް އޮތުމަކީ ވެސް އަބަދު ފްލެޓް އަޅަންޖެހޭ އެއް ސަބަބަށް ވާނެ އެވެ. ވަކި މުއްދަތެއް ފަހުން ނުވަތަ އެ ފްލެޓްގައި އުޅެމުން އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުން ނުވަތަ މީހާގެ ފޯރުންތެރިކަން ވަކި ހިސާބަކަށް ދިއުމުން ސަރުކާރާ ފްލްޓް ހަވާލުކޮށް، ބޮޑަށް ބޭނުންޖެހިފައިވާ މީހަކަށް އަނެއްކާ އެތަނުން ހިޔާވަހިކަން ދިނުން އެއީ އެހެން ކާމިޔާބުކަމާ އެކު މިކަން ކުރާ ގައުމުތަކުގައި އެކަން ކުރަމުން އަންނަ ގޮތެވެ.

މާލެއަށް ހިޖުރަކުރުން ނުހުއްޓުވޭ ހާލު، މިތަނަކީ އަމިއްލަ މީސްމީހުންނަށް ބިން ދޭ ތަނެއްގެ ގޮތުގައި ބޭއްވުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާ ނަމަ އެކަމަށް އޮތް ހުރަކަށް ނޫނީ ނުވާނެ އެވެ.

ހަވީރު ގަޑީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަތިރި ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން .-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ބިން ނުލިބިގެން ދިރިއުޅެން ދަތިވެފައިވާ ބަޔަކަށް ހައްލެއް ހޯދައިދޭން ވިސްނުމުގައި ހުރި ނަމަ މިހާރު މި ވިއްކާ ގޮތަށް ބިން ވިއްކުން އެއީ ހަމަޖެހޭ ކަމަކަށް ނުފެނެ އެވެ.

އެޗްޑީސީން ބުނެފައިވަނީ މިފަހަރު މާލޭ މީހުންނަށް އެކަނި ގަނެވޭ ގޮތަށް ބިން ވިއްކަނީ މާލޭ މީހުންނަށް ބޯހިޔާވަހިކަން މާބޮޑަށް ދަތިވެފައި އޮތުމުން ކަމަށެވެ. އެކަމަކު މިއީ އެހާ ދެކޮޅުޖެހޭ ވާހަކަކަށް ނުވަނީ މިހާރު އެ ކަނޑައަޅާފައި ހުރި އަގުތަކުގައި ގޯއްޗެއް ގަނެވޭ ވަރުގެ ފުދުންތެރިކަން ހުރި މީހަކު ނަމަ "ނިކަމެތި" ވެފައި ހުންނަންޖެހޭ ސަބަބެއް ނެތީމަ އެވެ. ބިޑް ސެކިއުރިޓީއަށް އެތައް ލައްކައެއް އަދި ބިން ގަންނަން އެތައް މިލިއަނެއް ހަރަދުކުރުމުގެ ގާބިލްކަން ހުރި މީހެއް ނަމަ މިހާރު ވެސް ހުންނާނީ ތަންތަން ގަނެ މިލްކުކޮށްގެން ނޫން ހެއްޔެވެ؟

މާލޭ މީހުންނަށް އެކަނި ބިން ވިއްކުމުގައި އަދި އެހެން ސުވާލެއް ވެސް އުފެދެ އެވެ. އެއީ އެޗްޑީސީ އަކީ ކުންފުންޏަކަށް ވެފައި ކުންފުނީގެ ބޯޑުން އަބަދުވެސް އިސްކުރަން ޖެހޭނީ ކުންފުންޏަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ވާއިރު، ބިޑަށް ހުޅުވާލާ ބިންތަކަކަށް ވަކި ރަށެއްގެ މީހުންނަށް ނޫނީ ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން ވިޔަފާރީގެ ގޮތުން ލިބޭނެ ގެއްލުމެވެ. ވީހާ ވެސް ގިނަ ބަޔަކަށް ބިޑްގައި ބައިވެރިވެވޭ ނަމަ ލިބޭ އަގު ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ.

ގޮތް ދޫނުކޮށް ގޯތި ދީ ބިންތައް ހުސްކޮށްލެވިދާނެ އެވެ. އެކަމަކު ދެން އަނެއްކާ އަނެއް ބައި ގަރުނު އެ ބިންތަކުގައި ގެދޮރު ބިނާ ނުކުރެވި ފަގީރު އަވަށެއްގެ ގޮތުގައި ފެންނަން އޮތުމުގެ ފުރުސަތު ބޮޑީ އެހާ ގިނަ ތަންތަނަށް އިމާރާތްކުރަން ފައިސާ ހޯދޭނެ ގޮތެއް ނެތީމަ އެވެ. ލޯނު ހޯދަނީ ކޮން ތާކުންހެއްޔެވެ؟ ފައިސާ ދޭނީ ކާކުހެއްޔެވެ؟

65 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 7%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަދި

26 January 2022

ކޮންމެ 50 އަހަރަކުން ކެޕިޓަލް ސިޓީ ބޮޑެތި އާބާދީ ތަކަށް ބަދަލު ކުރަންވީ. އުތުރާއި ދެކުނަށް . ޙުރިހާ ހިދުމަތަކާ ސާރވިސް އެއްތަނަކަށް ޖަމާކުރީމަ ވާނެ ގޮތްތީ. އުފަންވާ ތަނަކީ އަމިއްލަ ބާރުގައި ވާ ކަމެއްނޫން. ރައްޔިތުން މާ ބޮޑަށް ތަފާތު ވުމަކީ މައްސަލައެއް. ޤނ ގަ އެއްމެން ހމހމ

The name is already taken The name is available. Register?

ނަސްރު45

04 January 2022

ތިޔަ ހަދާ އެއާރޕޯރޓްތަކާއި، ރަށްރަށުގާ ހިއްކާ ބިންތަށް ނިންމަނީ ޓެކްސް ފައިސާ އިންނެއް ނޫންތޯ؟

The name is already taken The name is available. Register?

ކޮރލަް

04 January 2022

މާލޭ މީހުންނަށް ރާއްޖޭގެ އެއްވެސް ރަށަކަށް ގޯތި ހޯދަން ޝަރުތު ހަމަ އެއް ނުވެ އެވެ. މިއީ ތަފާތު ކުރުމެވެ. ރަށްރަށައްދާން ބޭނުން މާލޭގެ ވ ގިނަ މީހުން އެބަ އުޅެ އެވެ.

The name is already taken The name is available. Register?

ދޫފަރިތަ

04 January 2022

ބިން ހުސްވެފަ ހުރި ރަށްތަކުގެ މީހުން އެއުޅެނީ ރެފިއުޖީއިންގެ ގޮތުގައި މާލޭގެ ކުއްޔަށް. ރަށަށް ދިޔަޔަސް ހަމަ ކުއްޔަށް. ޅ. އަތޮޅު ނައިފަރު ކުރެންދޫއަށް ބަލާލަބަ. އެ ރަށްތަކުގަ ދޭނެ ގޯއްޗެއް ފްލެޓް އަޅާނެތަނެއް ނެތް. ދެން އެމީހުންނަށް ފްލެޓް ލިބެނީކީނޫން، ނުވިތާކަށް ގޯއްޗެއް ގަންނަން ލިބެނީކީވެސް ނޫން. އެހެންވީމަ އެމީހުންނަށް ޙައްޤުވާ މިންވަރަކީ ކޮބާ؟

The name is already taken The name is available. Register?

ޙަބީބު.

04 January 2022

އަސްލުކިޔާދީ ނަސްލުކިޔާދީ ރޫހުދިރުވީމިރޭ މިކަމަކީ އެއްވެސް ސުވާލެއް ކުރަންވެސް ޖެހޭކަމެއްނޫން ރާއްޖޭގެ ހުރިހާ ރައްޔިތުން އެކީއެކައް މާލެސަރަހައްދައް ބަދަލުކުރަންވީ ގުޅީފަޅު ތިލަފަލު ވިލިފަޅު ފުލްމޫނާ ކުރުނބާ ހުރާ އެނބޫދޫފަޅު އެކީއެކައް ހިއްކާލުމައްފަހު އުތުރުން ދެކުނުގެ ހުރިހާ ގޭބީސީއަކައް ގޯތި ކަނޑާފަ ދޭންވީ ކޮންއަސްލެއްނަސްލެއް ކޮންމެރަށެއްގަ ބަނދަރާ ބުރިޖާ އަޅާނީ އޭގެ ފަހުން އާބާދީ އިތުރުވާވަރަކުން

The name is already taken The name is available. Register?

އަބްޑޫޅް

04 January 2022

ކުޑަސިޓީ ގެ އުސޫލަށް، އަނެއްކާވެސް ބަދަލުކޮށްލަންވީ. އޭރުން ބީރަށްޓެހިންގަނޑު ރަށަށް ހިނގާދާނެ.

The name is already taken The name is available. Register?

މުލި

03 January 2022

ވެރިކަމުގެ ނިޒާމުގައި ދިމޮކްރަސީޔޭ ކީނަމަވެސް އަސްލަކީ އޭރުވެސް އޮތްގޮތް. ރާއްޖެތެރޭ މީހަކަށް އަމިއްލަ އަތޮޅުން ކިއްތޯ, އަމިއްލަ ރަށުންވެސް ވަރުވާއަށް ގޮއިފާލައްބަޔާ ހިންނަ ފަދަ ތަންތަން ނުލޔެވޭނެ. އަމުދުން ފަޅުރަށެއް ނުލިޔެވޭނެ. މާލިއްޔާއިން އެފަދަ ތަންތަން ލިޔެދޭނީ މާލޭމީހަކަށް. ގާނޫނުންވެސް ހުއްދަ ގޮތަކީ އެއީ. މިހާރު މިކިޔާ ޑިމޮކޮރަސީ އައިމަވެސް ވަކިތަފާތެއްނެތް. މިހާރު ނުލިބެނީ ފަޅުރަށެއް ނޫން. މާލެއިން ބިން. ރާއްޖެތެރޭ މީހާ މުޅި އުމުރު މާލޭގައި ހޭދަކުރިޔަސް މި ނަސްލީވެރިކަމުގައި އެމީހަކަށް މާލެއިން ބިމެއް ލިބިގެން ނުވާނެކަމަށް ވެރިކަމުން އެ ގޮވަނީ. މިކަމާބެހޭ ޚާއްސަ ރިިޕޯޓެއް ގަޓުސް ހުރި ކުއްޖެއް ލިިޔެލަބަލަ. ނަސްލީތަފާތު އޮތީ ދުނިޭyގެ ކޮންތާކުކަން އެނގޭނެ.

The name is already taken The name is available. Register?

ހައްޕު

03 January 2022

ކޮންމެ މީހަކު ކޮންމެ ވާހަކައެއްދެއްކިއަސް މާލެއަށްއުފަންވެ މާލޭ މީހަކަށްވުމަކީ ކުށެއްނޫން.އަނެއްކާ ސީދާ "ހަތަރުމަތިފުއް" މާލޭ މީހުންނަށް ގޯތިނުލިބި އެހެން ހިސާބުތަކުން މާލެއަށް ހިޖުރަކުރި މީހުންނަށް ގޯތިލިބިފައިވުމަކީ އެންމެން ދަންނަކަމެއް. ވީއިރު އެފަދަ ފަރާތްތަކަށް ލިބެންޖެހޭ ގޯތި ލިބުމުގާ އެހެން ރަށްރަށުގެ މީހުންނާ ހަމަހަމަ ވާންޖެހޭކަމަށް ބުނުމަކީ ބޭއިންސާފު ވިސްނުމެއް.

The name is already taken The name is available. Register?

ފުރިހަމަލިޔުމެއް

03 January 2022

ކަމުގެ ދެކޮޅުއަންގާދީފައޮތް ފުރިހަމަ ލިޔުމެއް! ހިތައްއަރާ ގައުމުގެ ރައީސަކަށް ހުރިމީހާއަށް މިކަންއޮތީ މިލިޔުމުގައި ބުނިމަގުންކަން ވިސްނޭނެނަމައޭ! މިލިޔުމުން ބުނެދިން އެންމެ ބޮޑުހަގީގަތަކީ ބިމްބެނުންވެގެން އުޅެނީ ރިއަލްއެސްޓެޓް ވިޔަފާރީގެ ދަހިވެތިކަމުގަ ކަމާއި ވަކިރަށަކަށްހާއްސަ ކުރުމުގެ ބޭނުން ހާސިލްނުވާނެގޮތުން ތިތަންތަން ދެންވެސްގަންނާނީ މިހާރުވެސް ކުލީވިޔަފާރިކުރާމީހުންކަން

The name is already taken The name is available. Register?

ސަރީފުއަލީ

03 January 2022

ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެރިރަށަކީ ބަކިބަޔަކަށް ބިން ނޫނީ ފުލެޓް ލިބޭ ތަންތަނެއްނޫން! ކެޕިޓަލްގައި އުޅެން ބޭނުންވާ މީހާއަތުގައި ލާރިހުރިނަމަ ހަމަކޮންމެ ރައްޔިތަކަށްވެސް މިބުނާވެރިރަށުގައި އުޅުމުގެ ހައްގުދީފައި އޮވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454