ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
08 ޖެނުއަރީ 2022 - 11:14
ރަށްރަށުގެ އުމްރާނީ ތަރައްގީ އަށް ކުރީގެ އެއްވެސް ސަރުކާރަކުން މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިނުވާ މިންވަރަށް މި ސަރުކާރުން އެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ "ސްޕީޑް ސްލޯ" ކަމަށް ބުނާ މީހުންނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށް އޮތް އިރު، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އޭގެ ތެރެއިން 100 އަށް ވުރެ ގިނަ ރަށުގެ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި ފުޓުބޯޅަ ދަނޑުތައް ހެދުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"އެތައް އިންޖީނު ގެއެއް އެޅި ނުވަތަ ބަދަލުކުރުމުގެ ވާހަކަ އަޑުއިވޭ. އެތައް ސްކޫލުތަކެއް އެޅި އެތައް ކުލާސްރޫމުތަކެއް އެޅި، އެތައް މިސްކިތްތަކެއް އެޅި، މިފަދަ އެތައް ބައިވަރު އުމްރާނީ ތަރައްގީތަކެއް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވޭ ވާހަކަ މި ދައްކަނީ،" ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްއުސްތާޛް @faya_i ގެ ވާހަކަފުޅު ދެއްކެވުން ކުރިއަށްދަނީ
— MDP Secretariat (@MDPSecretariat) January 7, 2022
ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ލޯންޗިންގް ޖަލްސާ pic.twitter.com/HLmIWRwedr
"އަޅުގަނޑު ހިތަށް އަރަނީ 186 ރަށް އޮތް އިރުގައި ވޭތުވެދިޔަ 30 އަހަރު ނުވަތަ 100 އަހަރު ނުވަތަ 1،000 އަހަރު ކީއްބާއޭ ކުރެވިފައި މި އޮތީ. ސުލޯ ތޯ؟ ސުލޯ ތޯ ދެން ތިބޭފުޅުން ވިސްނާލައްވާ."
ގިނަ ރަށްތަކެއް އަދި ކިރިޔާ ފެނާ ނަރުދަމާ މަސައްކަތް ފެށުނުއިރު، ގައިން ތާހިރުވުމުގެ ކަންކަން މި ފެށުނީ އަދި ކިރިޔާ ކަމަށާއި އެހެންވެ، މިއީ "ސުލޯ" ސަރުކާރެއް ކަމަށް ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ. ސަރުކާރު "ސުލޯ" ކަމަށް ކިޔާއިރު، ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތަކާ ހަވާލުވެފައި ވެސް ވަނީ "ސުލޯއޭ ބުނާ މީހުން" ގެ ކުންފުނިތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގުހެޔޮ ކުރުމާއި މިނިމަން ވޭޖް ކަނޑައެޅުމަކީ ވެސް އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެއް ކަމަށާއި އެކަންކަން ވެސް ކުރީ މި ސަރުކާރުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އިންޓަނެޓް އަގުބޮޑު ވާހަކަ އާއި ސުލޯ ވާހަކަ ދައްކާ އަޑު މިހާރު އިވޭތޯ ފައްޔާޒު ސުވާލުކުރެއްވި އެވެ.
"މިނިމަން ވޭޖާ އެކު ރިސޯޓުތަކުގެ މަސައްކަތް ކުރާ 13،000 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނަށް 358 މިލިއަން ރުފިޔާ މިހާރު ކޮންމެ އަހަރަކު އިތުރަށް ލިބޭނެ. އަދި ދައުލަތުގައި މަސައްކަތް ކުރާ 15،000 ވުރެ ގިނަ މުވައްޒަފުންނަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ކުރަމުން އައީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ދަތިތަކާ އެކު ވެސް ހުއްޓުމެއް ނެތި ކަމަށާއި އެހެންވެ މިއީ ސުލޯ ސަރުކާރެކޭ ބުނެވެން ނެތް ކަމަށް ވިދާޅުވި އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަދުލު އިންސާފުގެ ދާއިރާ އަށް ވެސް ބޮޑެތި ހައްލުތަކެއް ގެނެވިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެން ފެންނަނީ ހަރުދަނާ ސިޔާސަތުތަކާ އެކު، އެކަން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ވެރިއެއް،" ފައްޔާޒު ވިދާޅުވި އެވެ.
"ހަމަ އެއް ގޮތަކަށް ވެސް ނުކުރެވި ހުރި ކަންކަން ރައީސް ވަޑައިގެން އެ ކުރެއްވީ. އެކަމަކު އަދިވެސް ބުނާނެ ސުލޯއޭ، ކަމެއް ނުކުރެވެޔޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދުބެ
09 January 2022
ފައްޔާޒުމެން އަމިއްލަ އެދުން ދޫކޮށް އިހުލާސްތެރިވެގެން ރައީސް ސޯލިހަށް ކަންކަންކުރަން ފަސޭހަވާނީ. އަދި އެމްޑީޕީގެ އަގު ހިފެހެއްޓޭނީ. ފޮނި ނުކަޑާ، އަމިއްލަ އެދުން ދޫކޮށް ރައްޔިތުންނަށް ތެދުވެރިވާށެވެ. ލިބޭ މުސާރައިން ފުއްދޭތޯ ބަލާށެވެ.
އާލީ
09 January 2022
ހެހެހެހެ
އެމްސް
09 January 2022
ފައްޔާޒް އެވެ! ތަރައްޤީވާންވީ ރަޢިއްޔަތު މީހާ އެވެ! އަދި، މުއްސަނދިވާންވީ ރަޢިއްޔަތުންގެ ޖީބެވެ! އަނގަޔާއި އަތާއި ދިމާކުރެވޭނީ އޭރުންނެވެ!
1828
09 January 2022
އިންޓަނެޓްގެ (މޯބައިލް ޑާޓާ) އަގު ހެވެއްނުވޭ. އިތުރުވީ އިތުރު ޑާޓާ ކޮޅެއް.
ލޫކް
09 January 2022
އިންޓަނެޓް ވެސް އަދިވެސް ވަރަށް ސްލޯ އިންގޭތޯ... ސޯޝަލް މީޑިއާ ބައްލަވާ ލެއްވިއަސް އެކަން ހާމަ ވާނެ.. މި ސަރުކާރުން ވިވައުދުތަށް ނުފުއްދާދޭ... ކޮބައިތޯ އެޅި ފްލެޓްތަށް؟ ކޮބައިތޯ އަތޮޅު ހޮސްޕިޓަލް؟ ކޮބައިތޯ ރަގަޅު ރަށު ސްކޫލް؟ ރައްޔިތުން ހަމަ އުންމީދުގަ...
ވޯރާ
08 January 2022
އިންތިހާބުތަކާ ދިމާކޮށް ފާސްޓުކަން ދައްކަން ވެގެން ކަންކަން ކުރިޔަސް ރައްޔިތުން ނުހެއްލޭނެ އިނގޭތޯ
ހެއްލޭނެ އެނގިއްޖޭ
08 January 2022
މިހާރުވެސް 2023ގައި އެމްޑީޕީ ކޯޑްވޯޑް "ގުބޯ" އޭ ކިޔައިފިއްޔާ ރާއްޖޭގެ 60% މީހުންގެ ހޭވެރިކަން ގެއްލި ވޯޓު އަޅާނީ އެމްޑީޕީއަށް. މިކަން ވަރަށް ސާފް. ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަދިވެސް އެމްޑީޕީ ކަމުދަނީ. "ބިރުފަހަނައަޅާ ދާނުހޭ"
ބޯރާ
08 January 2022
އެބުނީ ތެދެއް! ހެއްލޭނީ ވައްކަން ގިނައިން ކުރި ވަރަކަށް!
ލޫކް
09 January 2022
ބޯރާ ބުނިހެން މިވެރިކަމުގަ ބައެއް ސަރުކާރުގެ ސިޔާސީ ވެރިން ކުރި ކޮރަޕްޝަންތަށް ހާދަ ގިނައޭ... ޕެންޑަމިކްގަ ވެސް ކޮރަޕްޝަން، ވެންޓީލޭޓަރުން ވެސް ކޮރަޕްޝަން...
ރާވެރިބޭބެ
08 January 2022
ސަރުކާރުގެ ދުވެލި ބާރުކަމުންނާއި ރައްޔިތުން ސްލޯކަމުން މިވާގޮތަކީ ސަރުކާރުން ކުރާ އެއްވެސްކަމެއް ރައްޔިތަކަށް ނުފެންނާނެ މި ފަސްއަހަރަކުން. ރައްޔިތުންނަށް އަރާ ހަމަނުކުރެވޭނަމަ ކިހިނެއްތަ ދުވަހަކުވެސް ކުރިކަމެއް ފެންނާނީ
ކަންނަންނޫރު
08 January 2022
މިހާރުއޮޅިއްޖެ މިވެގެން އުޅޭގޮތެއް ކޮމަންޑޫދާއިރާޔައް އަލައްތޯ މެމްބަރަކުމިހޮވަނީ މީގެ ކުރީގަ ކޮބާތޯ ކޮމަންޑުދާއިރާ ވަރައްފާސްޓް މިސަރުކާރުގެ ފާސްޓްކަން ފެންނަނެ ދިރާގް އިންޓަރނެޓުން ފޭސްބުކްލޯޑްކޮއްލަން ޖައްސާލިމަ ފޮޓޯއެއްލޯޑްކޮއްލަން އެނަގާއިރު މާމޮޅުވާހަކަ ދެއްކޭކަމައް ހީކޮއް އަނގައޮތީމަ މަނާނުކުރާތީ ދައްކަނީ ވީވައުދެއް ނުފުއްދޭ 5 އަހަރު ހަމަވާންދަނީ ތެޅިތެޅިތިއްބައި
ހާސް
08 January 2022
އަދިވެސް ބެންޓިލޭޓަރު ތަކެއް ނާދޭ. އެވެސް ހުރީ އެކްސްޕްރެސް ގަޔޯ.
ހާސް
08 January 2022
ގިނައީ ކުރިން ފަށާފައި ހުރި މަސައްކަތްތަކުގެ ރިބަން ކެނޑުން. ދެން ގިނަވާނެ ދޯ.
ބާސްމަތީ
08 January 2022
ފެށިވަރުންތާ އަދި ކިރިޔާ ގައިން ތާހިރުވެވުނީ. ހީވަނީތަ އަހަރެމެން މިއީ އުޑެއް ބިމެއް ނޭނގޭވަރުގެ ގަމާރުންކަމަށް.