އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޑެޕިއުޓީ މިނިސްޓަރު އިހުސާން (ކ) އަދި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު ބައިވެރިވެވަޑައިގަންނަވަނީ.--
09 ޖެނުއަރީ 2022 - 18:19
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލްތަކުގައި އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
މަހެއްހާ ދުވަހުގެ ބަންދަކަށް ފަހު، އަންނަ ހަފުތާގެ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވާއިރު، އޮމިކްރޮން ވޭރިއެންޓާއެކު ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވަނީ، އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މިންގަނޑުތަކަށް އަމަލުކުރަން އަންގައި، މައިގަނޑު ފަސް ކަމެއް ތަންފީޒު ކުރަން އެދިވަޑައިގެންފަ އެވެ.
އެއީ:
- ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
- މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
- ސްކޫލްގެތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުން.
- މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުން.
- ސްކޫލްގެތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުން.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން 2020 ވަނަ އަހަރު ގްރޭޑު ހަތަކުން ފެށިގެން ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް އަހަރަކަށް ވުރެ ގިނަ ދުވަހު ކިޔަވައިދިނީ އޮންލައިންކޮށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައި ތިބުމުން، ރައްކާތެެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ސްކޫލުތަކުގައި ކިޔަވައިދޭން ފެެށީ އެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 އަނެއްކާވެސް އާދަޔާ ހިލާފަށް ފެތުރެން ފެށުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ، ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށް ކަނޑައެޅުމެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބްލިކް ހެލްތް
10 January 2022
ޅަތީފްމެންގެ ވިޔަފާރި ތަންކޮޅެއް ދައްވީ. ޓެސްޓް ކިޓް ކޮޅެއް ވިއްކާލަން މިދުވަސްވަރު ގެ ބޭނުން ހިފާލަނީ.
ދިއްދޫމީހާ
09 January 2022
މާލޭގަ ސަރުކާރާ ދެކޮޅަ އަޑުއުފުލުން ގިނަވީ ކޮރޯނާވެސް ގިނަވޭ، އަޑުމަޑުވީ ކޮރޯނާ މަދުވޭ…
ލޯރެންޓް ކަބީލާ
09 January 2022
އޮމިކުރޯނު އަރައިގެންއުޅޭތީ ގިނަވެގެންއުޅެނީ.
2021
09 January 2022
އެހެންނު ވާނީ، މުޒާހަރާވެސް އެޗްޕީއޭގެ ގަވާޢިދަށް ކުރަންވާގޮތަށް ނުުކުރަންޏާ
ހާމިދުޗޝާހިދު
09 January 2022
ސްކޫލް އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭން ފަށަންވީނޫންތޯ! އެއީ މާރަނގަޅު ގޮތެއް ނޫންތޯ! ކަންކަން ނުބެލެހެއްޓި ހތުލަފަކަށް ކަންކަން ކުރީމާވާނެ ހައެތި ތިއޮތި ވެފައި.
އޯބަތި
09 January 2022
ކަލޭމެން ކުރާނެ ކަމެއްކޮއްފަ ބޭނުންވާ ކަމެއްވީމަ ކޮރޯނާ އަންނަނީ ހުރިހާ ގެއްލުމެއް ރައްޔިތުނައް