ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، ބައްދަލުކުރައްވަނީ،. -- ފޮޓޯ: ފޮރިން މިނިސްޓްރީ
11 ޖެނުއަރީ 2022 - 18:00
އިންޑިއާއަކީ ރާއްޖެއިން ކޮންމެ ވަގުތެއްގައި ވެސް ބަރޯސާވެވޭވެނެ ފަދަ ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުދﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު، މުނޫ މުހައްވަރު، ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ވެސް މަޝްވަރާކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އައިސްފައިވާ ހިސާބާ މެދު ހިތްހަމަޖެހިވަޑައިގެން ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ.
High Commissioner of India to Maldives, H.E. Munu Mahawar paid a courtesy call on the Minister of Foreign Affairs of Maldives H.E. @abdulla_shahid
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 11, 2022
📃 Press Release | https://t.co/MwQmFkDSrV pic.twitter.com/1miSq764kl
ޝާހިދުގެ ވާހަކައިގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޮވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ހައި ކޮމިޝަނަރު ވެސް ވަނީ ރާއްޖޭގެ ހޫނު މަރުހަބާ ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެން ފަހުން ޝާހިދު ދިރިއުޅުއްވަނީ ނިއު ޔޯކްގަ އެވެ. އެކަމަކު މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވަނީ މިދިޔަ ހުކުރު ދުވަހު، ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ދުވަސްކޮޅެއް ވަންދެން ޝާހިދު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
14 January 2022
އިންޑިއާ އަބަދުވެސް ރާއްޖެއާ ގާތްގުޅުން އޮވޭ. މައްސަލައަކީ ޗާއިނާއާ އެމެރިކާއާ އޮންނަ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްދާ ، ރާއްޖޭގެ އަމިއްލަ މިނިވަންކަމަށް ލޮޅުން އަރާވަރަށް ކަންކަން ދިއުން. މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން.
އަނެއްހެން
12 January 2022
ދެ އަނބިން އެއްވަރަށް ރުއްސައިގެން ގެންގުޅެންޖެހޭފަދަ ހާލަތެއްގަ މީހަކު ދައްކާ އުޅޭ ޒާތުގެ ވާހަކައަކާ ބޮޑަށް ވައްތަރީ.
ޝަފީރު
12 January 2022
ކޮންމެ ވަގުތަކުވެސް އިންޑިޔާށް ބަރޯސާ ވުމަކީވެސް ހުދޫދެއް އޮންނަން ޖެހޭނެ ކަމެއް. އެކަމަކުވެސް އިންޑިޔާ މިލިޓަރީ އައުޓް. އިންޑިޔާ މިލިޓަރީ މިތާ ގެންގުޅުމުގެ ބޭނުމަކީ ނަޝީދުގެ ވެރިކަން ގެއްލުނުގޮތަށް ވެރިކަން ގެއްލިދާނެކަމުގެ ބިރަށް މިތަނުގައި ގެންގުޅޭބައިގަނޑެއް. ވަގުތުން މިތަނަށް އަރުވަން ގެނެސްފައިތިބި ބައިގަނޑެއް.
އަސްރަފް
11 January 2022
އިންޑިއާ އާއި ގުޅުން ބާއްވަންވެސް ހައްދެއް އޮންނަން ވާނެ
މަޑަވެލި
11 January 2022
މިބައިގަނޑަ 2ދެވަނަ ދައުރެއް ލިބިއްޖިޔާ ރައްޖޭގެ ދުވަސްދިޔައީ.
ކަޑަވޭ
12 January 2022
ނުދާނެ
އިންޑިޔާ އައުޓް
11 January 2022
ޗައިނާ ބޮޑުވަޒީރު އައިމަ މޭ ކަރައިގަނެފި... ހެހެހޭ އިންޑިޔާ އައުޓް!
ކަތްދައްތަ
11 January 2022
އޮޅުދޫ ކަރަޔާ ރާއްޖެއާ ދެމެދު ބަދަހިކުރާ ގުޅުމަކީ ރާއްޖޭ ހަރިޖީ ސިޔާސަތާ ކަނޑައެޅިގެން ފުށުއަރާ ގުޅުމެއް. ރާއްޖޭގެ ހާރިޖިއްޔާއަކީ ވަކި ފަރާތަކަށް ބުރަނުވާ ސިޔާސަތެއް. މިހާރު ވަކިގައުމަކާ ގުޅުން ވަރުގަދަ ކުރުމުގެ ބޭނުމުގައި އަނެއް ގައުމު ކުޑައިމީސް އެބަ ކުރެވޭ.