ށ އަތޮޅުގެ ރިސޯޓު ހަދަން ދޫކުރި ތިން ރަށުގެ ސެޓްލައިޓް އިމޭޖެއް--
17 ޖެނުއަރީ 2022 - 19:09
ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާނުކުރި ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން އިތުރު ކޮށްފައިވާ ރަށްތަކަކީ ށ. މެދުރަށާއި ށ. ދިގުރަށް އަދި މައިރަށެވެ. ޖުމުލަ 1.2 މިލިއަން ރުފިޔާ އަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެ އެވެ.
ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލިއިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންގެ ކެމްޕެއިންގެ ފޯރިވަނީ ގަދަވެފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާތީ، އެ އިންތިހާބާ ދިމާކޮށް ސަރުކާރުން ގެންދަނީ ށ. އަތޮޅަށް ތަރައްގީގެ އެކި ކަންކަންކަން ކުއްލި ގޮތަކަށް އިއުލާނު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށް، އާ ޕްރޮޖެކްޓްތައް އިއުލާނު ކުރާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިދިކޮޅު ޕީޕީއެމާއި ދެން އެ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެފައިވާ އެމްއެންޕީން ވެސް ބުނަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.
ށ. އަތޮޅުގެ ތިން ރަށެއް ލިސްޓަށް އިތުރުކޮށް، ރިސޯޓު ހަދަން އިއުލާނު ކުރިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ސަރުކާރުން ވަނީ 10 އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައިފަ އެވެ. އެ ތަންތަން ވިއްކުމަށް ދައްކަން ޖެހޭ އަގުތައް ވެސް އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.
މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ. އަންނަ މަހުގެ ނިޔަލަށް މި ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރުންނަށް އެބަ އޮތެވެ.
ކޮމަންޑޫ ދާއިރާ އަށް ހާއްސަކޮށް ސަރުކާރުން އިއުލާނުކުރި ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވައިލުމާއި އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ފުޓްސަލް ދަނޑުތައް ހެދުން އަދި ބަނދަރުތައް އަޕްގްރޭޑް ކުރުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުމާ
19 January 2022
މިދުވަސްކޮޅު ކޮމަންޑޫ ކައިރީ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް އަޅާނެ.ކޭބަލް ކާރުދުއްވޭގޮތް ހަދާނެ.ކަނޑު އަޑީގެ ބުރިޖްވެސް އަޅާނެ.ދެރައީ ރައްޔިތުން އެއަށް ހެއްލޭކަން.ވޯޓަށް ނުފޫޒް ފޯރުވާއިރު އިލެކްޝަން ނިދާފަ.އަނގައިގަ ޓޭޕްއަޅާފަ.އަނގަ ހުޅުވާލިޔަސް ނިމުނީވިއްޔާ..
އަޑުއަހާބަލަ!
19 January 2022
ތިހާ ގިނަ ރިސޯޓް ހެދުމުގެ ބޭނުމަކީ ކޮބާ؟ ކީއްވާނީ ކޮންމެ އަތޮޅަކަށް ދަތުރުދާން ތިން ރަށާ ދަނޑުވެރިކަންކުރަން ތިންރަށް ދިނިއްޔާ؟ ނޫނީ ބޮޑެތި ފަޅުތައް އޮތް އަތޮޅުތަކުގައި އެ ފަޅު ހިއްކާފަ ސިޓީ ފެންވަރަށް ތަރައްޤީ ކުރިއްޔާ؟ ހާދަ ވަރަކަށޭ އެއް ދާއިރާއަކަށް މި ބަރޯސާވަނީ!
ސެޕަލިންގ
18 January 2022
އަހަރުމެންގެ ރައީސް ޔާމީނުގެ ވެރިކަމުގައި ތި ތިންރަށުގައިވެސް އޮންނާނީ ރިސޯރޓް އަޅައިފަ އިބޫ އަނެއްކާ އެއިއުލާނުކުރީ އެއީ އޭނަކުރި މަސައްކަތަކަށް ހަދަން
ވަހުތާން
18 January 2022
ދިވެހިރައްޔިތުންގެ މުދަލުން ވަަކިބައެއްގެ ކިބައިން ވޯޓް ބޭނުންވީމާ އޮންނަ ސަރުކާރަކަށް އެފައިސާ އަޅައި ހުސްކުރާނަމަ އެއީ ރައްޔިތުންނަށްވާ ޚިޔާނާތެއް! އެކަމާއި ޒިއްމާވާނެ ދުވަހެއް އެބައޮތް. ދުނިޔެމަތިން އޭގެ ބަދަލު ދޭނީ ރައްޔިތުން. ބާރާއި ވައި ނޮޅި އާއި ދެމެދު މާދުރުމިނެއް ނުހުރޭ! އެއަކު ނުވެސް ހިފެހެއްޓޭ.
ރަދީފްއޮފިޝިއަލް
18 January 2022
މި ގޮނޑިއަށް މި ހިފަނީ ޕީޕީއެމް އެކަންޏެއް ނޫން.ޕީޕީއެމް މި ވާދަކުރަނީ ދިވެހި ސަރުކާރާއި ، ދިވެހި ދައުލަތާއި އަދި އިންޑިޔާ ސަރުކާރާއި އެ ސަރުކާރު ބެކްކުރާ މަހުޖަނުންނާ.އެހެންވީމަ ފަތުހީއަށް ލިބޭ ކޮންމެ ވޯޓެއް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް.03 ވަނަ ޑިވިޝަނުން ބަޔަކު ނިކުމެ ކުޅުނަސް އެއީ މަމެން ކެއާ ކުރާނެ ކަމެއް ނޫން.ވ.ވެދުން
އިސްމާލި
18 January 2022
ސުޕަރ މެޖޯރިޓީ ލިބިފައި އޮތް މަޖިލީހެއްގެ އެންމެ ގޮނޑިގަނޑަކާއިގެން ވިއްޔަ މި ސަރުކާރުން މި މަރުފަލި ޖަހަނީ. ދެން ވިސްނާ ވެރިކަމާއި އާރާއި ބާރާ ހެދި ބޫތުކައިފަ ތިބި ވަރު. ސަރުކާރާ، މަޖިލީހާއި ޖުޑިޝަރީ ދީގެން ރައްޔިތުން ތިބޭތާ ތިން އަހަރު ވީ. އައުވާނުންނަށް ބަދަލު ދިނުން ނޫން ކަމެއް ނުކުރެވުނު.
ކިނބޫ.????
18 January 2022
ރީނދޫ މެންބަރުން ތިބި ދާއިރާތަކުގެ މީހުން މިހާރު ތިބޭނީ އެމީހުންގެ މެންބަރު މަރުވާނީ ކޮންއިރަކުންތޯ ހިތަށް އަރައަރާ.
ޅެމާލަވަޔާ ރައިވަރު
18 January 2022
ޔާމީނު އޮތީ ބުނެފަ ތޭނާގެ ވެރިކަމެއް ލިބިއްޖެ ނަމަ ދިގުވެލިދޫގައި އެއަރޕޯރޓް އަޅާނޭ ވާހަކަ އެކަމަށް ހުރަސް އެޅުންވެސް ތިކަމުގަ ހިމެނޭ
އެނދިމަރިޔަނބު
18 January 2022
މިހާ ނުކުޅެދޭ ސަރުކާރެއް ނުދެކެން.
ރަދީފްއޮފިޝިއަލް
18 January 2022
އަދި މިހާ އަގަލު ކުޑަ ސަރުކާރެއް ވެސް ނުދެކެން.
ނަށީދު
18 January 2022
ހަހަހަހަ ހާދަ ޑެސްޕަރޭޓޭ. މާލޭ މީހުން ކައުންސިލް އިންތިހާބުގަ ދިން ޖަވާބު ދީފިއްޔާ ހީހީ ހަލާކުވާނެ ތިހާ ޑެސްޕަރޭޓް ވެގެން އުޅެނިކޮށް. ހަހަހަހަ
ބަރުބާދު
18 January 2022
ކޮމަންޑޫ ދާއިރާގެ މީހުން މިހާރު ހިތައްއަރާނެ، މެމްބަރު ހޮވޭތާ ދެތިންމަސް ތެރޭގަ މަރުވާނެނަމައޭ!!!! މިސްޓަރ ޒީރޯ ޓޮލެރެންސޫ ތީއެކަމަކު ކޮރަޕްސަންގެވެސް ބޮޑުވަރު.
ރަދީފްއޮފިޝިއަލް
18 January 2022
މީތި ކަޑަ.އެއްވެސް މީހެއްގެ މަރު އެއީ ތިމާމެންގެ ކުރިއެރުން ކަމަށް ދެކޭނަމަ އެއީ ވަރަށް ނުރާއްކާތެރިކަމެއް.އިސްލާހްކޮށްލާ ބްރަދާ.
ހަތަރުކަށިމަތި
18 January 2022
ތީ ހަމަ ވ ރަނގަޅު ވާހަކައެއް. އިސްލާހު ކުރަންވީ ސަރުކާރުގެ ހުތުރު އަމަލު. ކޮމަންޑޫ ދާއިރާ މެންބަރު މަރުނުވިނަމަ މިހާރު އެތެޅޭ ތެޅުން ތެޅި ހުރިހާ ކަމެއް ނުކުރީސް. މުޅި ސަރުކާރު ކޮމަންޑޫ ވެފަ އެއޮތީ މެންބަރު މަރުވީމަ. ހަގީގަތް ގަބޫލުކުރޭ.